ދުނިޔެ / ކާޑުގެ ބާވަތްތައް

ގޮވާން ބަރުކުރި 16 އާގުބޯޓެއް ޔޫކްރޭނުން ފުރަން ތައްޔާރުވެއްޖެ

ޖުލައި 27، 2022: ޔޫކްރޭނުން ގޮވާ އެކްސްޕޯޓްކުރުމުގެ މަގު ފަހިކޮށްދިނުމަށް، ރަޝިޔާ އާއި ޔޫކްރޭނާއި ތުރުކީ ވިލާތް އަދި އދ. މަޖިލިސް ގުޅިގެން ގާއިމުކުރި ޖޮއިންޓް ކޯޑިނޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫކްރޭންގެ އޮފިޝަލުން ބައިވެރިވަނީ. --އޭއެފްޕީ

31 ޖުލައި 2022 - 12:43

1 comments

ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޔޫކްރޭނުން ބޭރު ނުކުރެވި ހުރި އެތައް މިލިއަން ޓަނެއްގެ ގޮވާމުގެ ބާވަތްތައް ބަރުކޮށްގެން، 16 އާގުބޯޓެއް އެ ގައުމުން ފުރަން ތައްޔާރުވެފައިވާ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ ވިދާޅުވީ ތުރުކީ ވިލާތުގެ އިސްނެގުމަށް، ރަޝިޔާ އާއި ޔޫކްރޭން އަދި ތުރުކީ ވިލާތާއި އދ. މަޖިލިސް ގުޅިގެން ގާއިމުކުރި ޖޮއިންޓް ކޯޑިނޭޝަން ސެންޓަރު (ޖޭސީސީ) ގެ ބެލުމުގެ ދަށުން، ގޮވާން ބަރުކުރި ބޯޓުތައް، ފުރާނީ އޮޑެސާގެ ބަނދަރުން ކަމަށެވެ. އެކި ގައުމުތަކުގެ 16 އާގުބޯޓަށް މިހާރު ގޮވާން ބަރުކޮށް ފުރުމުގެ ތައްޔާރީތައް ކުރިއަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭސީސީގެ ބެލުމުގެ ދަށުން ޔޫކްރޭނުން ބޭރުކުރާ ފުރަތަމަ ޝިޕްމެންޓްގައި އެ ގައުމުން ބޭރުކުރާނީ، އދ. އާއި ޔޫކްރޭނާ ދެމެދު މިމަހުގެ 22 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ގޮވާމެވެ. މިފަހަރު ބޭރުކުރާ 25 މިލިއަން ޓަނުގެ ގޮވާން ގެންދާނީ އެފްރިކާގެ ފަގީރު ގައުމުތަކަށާއި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން، ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށެވެ.

ޖުލައި 27، 2022: ޔޫކްރޭނުން ގޮވާ އެކްސްޕޯޓްކުރުމުގެ މަގު ފަހިކޮށްދިނުމަށް، ރަޝިޔާ އާއި ޔޫކްރޭނާއި ތުރުކީ ވިލާތް އަދި އދ. މަޖިލިސް ގުޅިގެން ގާއިމުކުރި ޖޮއިންޓް ކޯޑިނޭޝަން ސެންޓަރު ހުޅުވުމަށް ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރުގެ އޮފިޝަލުން ބައިވެރިވަނީ. --އޭއެފްޕީ

ގޮވާން ބަރުކޮށްފައިވާ އާގުބޯޓުތައް، ބައިނަލްއަގުވާމީ އާންމު ކަނޑަށް ނުކުންނާނީ، ކަޅު ކަނޑުގެ ތެރެއިން ޖޭސީސީގެ ފަރާތުން ކަނޑައަޅާފައިވާ ވަކި މަގަކުންނެވެ. އެ މަގަކީ، ޔޫކްރޭން ސިފައިންނާއި ރަޝިޔާ ސިފައިން ކަޅު ކަނޑުގެ ތެރެއަށް އަޅާފައިވާ މައިންތަކުގައި ނުޖެހި އާގުބޯޓުތަކަށް ދަތުރުކުރެވޭނެ މަގެއް ކަމަށް އެ ސެންޓަރުން ބުނެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެ ގައުމުން އެކްސްޕޯޓް ކުރާ ގޮވާމުގެ ފުރަތަމަ ޝިޕްމަންޓް ބޭރުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް، ޔޫކްރޭންގެ ރައީސް އިއްޔެ އޮޑެސާގެ ބަނދަރަށް ޒިޔާރަތް ކުރި އެވެ. މިހާރު ދަތުރަށް ތައްޔާރުވެފައިވާ 16 އާގުބޯޓުގެ ތެރެއިން އެއް ބޯޓަކީ، ހަނގުރާމަ ފެށި ދުވަސްވަރު މުދާ ބަރުކުރުމަށް ފަހު، ރަޝިޔާ އިން ހުރަސްއެޅުމުގެ ސަބަބުން ނުފުރިފައި އޮތް ބޯޓެކެވެ.

ބޯޓުތައް ފުރަން ތައްޔާރުވެފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިތާ 24 ގަޑިއިރު ވެގެން ދިޔައިރު ވެސް، އޭގެ ތެރެއިން އެންމެ ބޯޓެއް ވެސް އޮޑެސާ ބަނދަރުން އަދި ނުފުރާ ކަމަށް ހުޅަނގުގެ ނޫސްތަކުން ބުނެ އެވެ. ބޯޓުތަކުގެ ކެޕްޓަނުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ބޯޓުތައް ދަތުރުކުރަންޖެހޭ ކަޅު ކަނޑަކީ މައިން އަޅާފައިވާ ކަނޑަކަށް ވުމެވެ.

ޖުލައި 27، 2022: ޔޫކްރޭނުން ގޮވާ އެކްސްޕޯޓްކުރުމުގެ މަގު ފަހިކޮށްދިނުމަށް، ރަޝިޔާ އާއި ޔޫކްރޭނާއި ތުރުކީ ވިލާތް އަދި އދ. މަޖިލިސް ގުޅިގެން ގާއިމުކުރި ޖޮއިންޓް ކޯޑިނޭޝަން ސެންޓަރު ހުޅުވުމަށް ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ބޭއްވި ރަސްމިއްޔާތުގައި ރަޝިޔާގެ އޮފިޝަލުން ބައިވެރިވަނީ. --އޭއެފްޕީ

މީގެ ކުރިން އެ ކަނޑުގެ ތެރެއިން ދަތުރުކުރި ބައެއް ބޯޓުފަހަރު މައިންތަކުގައި ޖެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި ބައެއް މީހުން މަރުވެ ބައެއް މީހުން ވަނީ ޒަޚަމްވެފަ އެވެ.

ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރަން މިފަށަނީ، ކަޅު ކަނޑުގެ އައްސޭރީގައިވާ ޔޫކްރޭންގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ރަޝިޔާ އިން މަގުފަހިކޮށްދިނުމާ ގުޅޭ ގޮތުން، ރަޝިޔާ އާއި ޔޫކްރޭން ސަރުކާރާ ދެމެދު މިމަހުގެ 22 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

މިހާރު ހަނގުރާމަ ކުރަމުންދާ ރަޝިޔާ އާއި ޔޫކްރޭނަކީ ބައިނަލްއަގުވާމީ ބާޒާރަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން ނެރޭ ދެ ގައުމެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެ ގައުމުގެ ކަނޑުގެ ބަނދަރުތައް ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮވާމުގެ އެކްސްޕޯޓަށް ވަނީ ހުއްޓުން އަރައިފަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފު ބިން ރަފައިދާ

31 July 2022

މިކޮޅަށްވެސް ދެތިންބަސްތާ ފޮނުވާލާތި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454