ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ. ރާއްޖެއިން އަޅާ ފިޔަވަޅުތަކަށް މާލީ އިދާރާތަކުން ތާއީދު ކުރުމަކީ އެ އިދާރާތަކުން ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި--ފޮޓޯ:މިހާރު
31 ޖުލައި 2022 - 13:44
އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް އައިއެމްއެފާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމުން އެނގެނީ ސަރުކާރުން އިގްތިސާދާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކަށް އެ އިދާރާތަކުން އޮތް އިތުބާރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ކަންކަމުގެ މިންގަނޑުތައް ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކަށް އައިއެމްއެފާއި ވޯލްޑް ބޭންކުން ތާއީދު ކުރުމަކީ ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އަމީރު ވދާޅުވީ، ސަރުކާރުން 2023-2025 އަށް އެކުލަވައިލާ ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވި ގޮތަކަށް ގެންދިއުމަށް އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"އައިއެމްއެފް އަދި ވޯލްޑް ބޭންކް އިން ވެސް ފާހަގަކޮށްފައިވާ ފަދައިން އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާއި ހަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖައާ ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއެްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް
— Ibrahim Ameer (@iameeru) July 31, 2022
އަމީރުގެ ޓްވީޓް
އަަމީރު ވިދާޅުވިގޮތުގައި ސަރުކާރުން އިގްތިސާދީ ކަންކަން ރަނގަޅު ކުރުމުގައި އަބަދުވެސް އައިއެމްއެފާއި ވޯލްޑް ބޭންކްގެ ލަފާ ހޯދަ އެވެ. ކޮވިޑްގެ ހާލަތުގައި ވެސް އިގްތިސާދު ހަމަޔަކަށް އަޅުވަން ސަރުކާރުން އެޅި ފިޔަވާޅުތަކަށް އެ އިދާރަތަކުގެ ތާއީދު ލިބުނު ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފިޔަވަޅުތައް އެޅުމުގައި މާލީ އިދާރާތަކުގެ ލަފާ ހޯދާނެ ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ.
ދުނިޔޭގެ އިގްތިސާދު ދަށްވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާއިރު، އޭގެ އަސަރު ރާއްޖެ އަށް ވެސް ވަރަށް ބޮޑަށް ކުރާނެ ކަމަށް އައިއެމްއެފުން ބުނެފައިވެ އެވެ. އެ އިދާރާ އިން ލަފާ ކުރާ ގޮތުން، ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން ޕަސެންޓަށް އުފުލޭނެ އެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ.
ވޭތުވެދިޔަ ތިން އަހަރު ވެސް ރާއްޖޭގެ އިންފްލެޝަން ރޭޓު އުޅެނީ 0.5 ޕަސެންޓާއި 1.5 ޕަސެންޓާ ދެމެދުގަ އެވެ. އަހަރެއްގެ ތެރޭގައި ދެ ގުނައަށް އެ އަދަދު އުފުލުމުން މިހާރަށް ވުރެ ތަކެތީގެ އަގުތަކުން އެކަން ފެންނާނެ އެވެ.
ރަޝިޔާ-ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާ ލޮޅުމުގެ އަސަރު ދެ އަހަރަށް ދެމިގެންދާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލިހު ގޯ ހޯމް
01 August 2022
ފަޅޮލޭ ފަޅޮލޭ
ބޮޑުމީހާ
31 July 2022
މާލީ އިދާރާތަކަށް ފެންނާނީ ކަލޭމެން ދެއްކި އެއްޗެއް. ޑޮލަރެއް ނުލިބޭ ތެޔޮ އެހާ އަގުބޮޑު މުސާރަ ބޮޑީ ސިޔާސީ މީހުންގެ
މޯދީ
31 July 2022
މާލީ އިދާރާތަކުގެ އިތުބާރު އޮތަސް ރައްޔިތުންގެ އިތުބާރާއި ތާއީދެއް ނެތް ޖީއެސްޓީ ބޮޑުކުރާކަށް . ޓެކްސް ބޮޑުނުކޮށް ދައުލަތް ހިންގޭ ވަރަށް އާމްދަނީ ހޯދަން ނޭގެންޏާ އަމީރުމެން ޖެހެނީ އިސްތިއުފާ ދޭން،
ކޮރަލް
31 July 2022
ޔޫރަޕްގަ އެތައް ގައުމެއް ބައިވެރި ވެގެން އެދަނީ ބޮޑު ހަނގުރާމަ އެއް ކުރަމުންނެވެ. އެހަނގުރާމަ ފެތުރިގެންދާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އެކަމަށް ރާއްޖެ އޮތީ ތައްޔާރަކަށް ނޫނެވެ.
އައްޔަ
31 July 2022
އަނގައިންހަދުކުޑަކުރަނީ ! ފާޑުފާޑުގެ ނަންނަމުގަ ތަންތަން އުފެއްދުމާ ދެވޭހިދުމަތައް ވުރެމުވަޒިފުން ދަނީގިނަކުރަމުން . ވޯޓުލާން ތިބޭނެ,
ށަވިޔަނި
31 July 2022
އެހެންތަ؟ ރަނގަޅުތާ އިތުބާރު އޮތްކަން.
ދަ އިކޮނޮމިސްޓް
31 July 2022
މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް އޮންނަންވީ ލޮޖިކަލް ރީޒަނަކީ ކޮބައިތޯ؟ ހަމަގައިމުވެސް ދުނިޔެއަށާ ރާއްޖޭގެ އިގްތިސާދަށް އެރި ލޮޅުންތަކުން އަރައިގަނެވުނީ ބޮޑެތި ދަރަނިތަކެއްގެ ތެރެއަށް ފުންމާލައިގެން. އިގްތިސާދު ދުޅަހެޔޮ ކުރެވޭނީ ތެދުވެރި ނިޔަތެއްގަ ހަރަދުތައް ވަރަށްބޮޑަށް ކުޑަކުރަން މަސައްކަތްތަކެއް ކޮށްގެން. ހަމަގައިމުވެސް ދުނިޔެ ދަތުރުކުރަމުންދާ މިސްރާބުން އަދި ނެތް އެއްވެސް ހިތްހަމަޖެހުމެއް.
އެމްސް
31 July 2022
މިޤައުމުގަ ތިބި އެތައް ލައްކަ ބިދޭސީން މައްޗަށް މަހަކު ބިލިޔަނެއްހާ ޑޮލަރު ޤައުމުން ބޭރުވަންޏާވެސް އިތުބާރު އޮންނާނެ! އެކަމަކު އެއީ ހުރިހާ ރަޢިއްޔަތުންނަށް އޮތް ނިކަމެތިކަމެއް!
އެމްސް
31 July 2022
އަމިއްލައަށް މަ މޮޅު ކީމަޔޯ؟ މިޤައުމު އަބަދުވެސް އޮތީ ސަލާމް ޖެހުމުގަ، އެއަކުން/ދަރަންޏަކުންވެސް ނާރާ!
ހަސަންޓޭ
31 July 2022
އިތުބާރު އޮތް ވަރުން މުޅި ސަރުކާރު އެންމެން ދެއިރު ދެދަޅަޔަށް ތިވާހަަކަ ދައްކަން ޖެހެނި!
ރަދީފު ބިން ރަފައިދާ
31 July 2022
މާލީއިދާރާތަކުން އިތުބާރުއޮތަކަސް އަހަރެމެން އިތުބާރެއްނުކުރަން.