ށ. ޅައިމަގު: އެ ރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސްގެ މޫނަށް ވަނީ ކެމިކަލް ޖަހާފައި
03 ޖެނުއަރީ 2017 - 11:58
މިދިޔަ މަހު ށ. ޅައިމަގު އަންހެނުންގެ ކޮމެޓީގެ ރައީސް ހަލީމާ އާދަމްގެ މޫނަށް ލައްފިލުވާ ޖެހި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ދޫކޮށްލީ 21 އަހަރުގެ ޒުވާނާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި 23 އަހަރުގެ ޒުވާނެއް ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ އަދި ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.
ހަލީމާގެ މޫނަށް ލައްފިލުވާ ޖެހުމުން ލޯ ފާރު ވި އެވެ. އޭނާ ވަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް ފަރުވާ ހޯދައިފަ އެވެ. އަދި އިތުރު ފަރުވާ އަށް މިހާރު ވަނީ މާލެ އައިސްފަ އެވެ. އޭނާ މިއަދު ބުނި ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ.
އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ލައްފިލުވާ ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު، ގޭގެ ބޭރު ދޮރު ހުޅުވައިލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހަކު ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްޕިންކޭ
03 January 2017
އެނިމުނީނު އެކަން....ސިންޕަލް ކަމެއްނު ތީ
ފުނޯސް
03 January 2017
ދޫކޮށްލަނަް ޖެހުނީ ކީއްވެތޯ؟ ހައްޔަރުކޮށްފަ ދޫކޮށްލަން ޖެހުނު ގޮތެް އޮންނަންވާނެ. އަނެއްކާ މިސަރުކާރު ގަބޫލް ކުރާ ޒުވާނެއްތޯ؟