ދިރާގުގެ ބޯޑަށް އައްޔަނު ކުރި އާ މެންބަރު އަބްދުﷲ އަބްދުއްރަހީމް
03 އޯގަސްޓް 2022 - 12:28
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަމަޖައްސައިފި އެވެ.
ޕީސީބީން އިއްޔެ ވަނީ އެކަން އިއުލާންކޮށްފަ އެވެ.
ދިރާގުގެ ބޯޑުގައި ނުވަ މެންބަރު ތިބެން ޖެހެ އެވެ. އެކަމަކު އަލަށް އައްޔަންކުރި އަބްދުﷲ އަބްދުއްރަހީމާ އެކު އެ ބޯޑުގައި މިހާރު ތިބީ އަށް މެންބަރުންނެވެ.
ދިރާގުގެ ޗެއާޕާސަނަކީ އިސްމާއިލް ވަހީދެވެ. އެކުންފުނީގެ ބަޓެލްކޯގެ ހަތަރު މެންބަރުން ތިބެ އެވެ.
ދިރާގު އުފެއްދީ 1988 ވަނަ އަހަރު އެވެ. އެ ކުންފުނީގެ ހިއްސާގެ 52 ޕަސެންޓު ވަނީ ބަޓެލްކޯއަށް ވިއްކާލައިފަ އެވެ. ސަރުކާރުގެ ހިއްސާއަކީ 41 ޕަސެންޓެވެ. އަދި އާންމުންގެ ހިއްސާއަކީ 6.2 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
03 August 2022
ސިޔާސީ މަގާމްތައް ހެސްކިޔާފަ ދެނީ. އެމްއެމްއޭ މުއަށްޒަފުން މުސާރަ ބޮނޑް ކޮށްފި. އެކަމް އެމްއޭސިލު މުއަށްޒަފްން ނަށް ނުލިބޭ ބޯނަސް ކޮޅު ދޭށްވީމަ ފިނޭސްމިނިސްޓްރީން ހިފަހަށްޓަނި. ހެޔޮވެރިކަން ކުރާގޮތް ފެނޭ
މާކުންބޭ
03 August 2022
މީނައަކީ އެމް.އެން.ޔޫ ގެ ޔުނިވިޔަ ކުންފުނީގެ އެކައުންޓެންޓް، އެތާކު ނުހުރޭ ކުރާނެ މަސައްކަތެއް، ދެން ބޮޑެތި މީހުނާއެކު ސަޔަށް ދިއުން ދޯ އޮންނާނީ. ބޮޑު މުސާރަ އެތަނުންވެސް ނަގާނެކަމަށް ބެލެވޭ
ދިއްދޫ.
03 August 2022
އެއްވެސް ތައުލީމެއް ތަޖުރިބާ އެއް ނެތް ކަމުގައިވިޔަސް މިފަދަ ހުރިހާ މަޤާމް ތަކަކީ 0އެމްބެސެޑަރުންފަދަ) މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލޭ މީހުނަށް ކަޑައަޅާފައިވާ އެއްޗެއް.
ރމޒ1
03 August 2022
އެންމެ ފަހުން ބޭއްވި މަޒިލިސް އިންތިހާބުގައި ބައިވެރިވެ 5 ވޯޓު ނުލިބި ފެއިލް ވެފައިވާ މީހެއް ތަންތަނުގެ ބޯޑަށް މީހުން ލާއިރު އަދި ވެރިކަމަށް ގެންނައިރު ފެއިލްވެފަތިބި މީހުން ގެ ވަނަވަރު ބެލުން މުހިއްމު ކުރިޔަށް އޮތް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބައް ރައްޔިތުން ނޫނޭ ބުނެ ދުރުކޮށް ފަވާ އެއްވެސް ބޭފުލާކަށް ވޯޓު ނުދޭތި ފެއިލްވެފަ ތިބިމީހުން އަލުން ވެރިކަމަށް ގެނައުމުން ވާގެއްލުން ކައިރި އަވަށްޓެރި ލަންކާއިން ފެނޭ ވިސްނާތި !!!!!!!!
އަބްޑޫޅް
03 August 2022
ހޫނ. އަބްދުއްލޯ ދޯ؟
އައްޔަ
03 August 2022
މީގެކުރިން ފެނުނީޓެކްސީކުރަނިކޮން މިހާރު ދިރާގްބޯޱައް މިޔޮތީވާކަމެއް
މުހިއްމުމީހާ
03 August 2022
ޓެކްސީ ކުރުން ކަޑައީކަންނޭގެ...
އައްޔަ
03 August 2022
އައްދެ ދިރާގް ބޯޱައް ޓެކްސީޱްރައިވަރެއް
ހެހެހެހެ
03 August 2022
މިއީ އަހަރެން ވަރައް ރަނގަޅައް ދަންނަ މީހެއް. ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް ރަހުމަތް ތެރިކަން ބަހައްޓާ އަބަދުވެސް ހާލު އަހުވާލު ބަލާނެ. ރަހުމަތްތެރިންނަކީ މިހާރު ހޯދަން ފަސޭހަ ބައެއް ނޫން.
ޑްރައިވަރެއް.
03 August 2022
ޓެކްސީ ޑްރައިވަރުންނަކީ ތިޔަބުނި ސިފަ ހުންނަ ބައެއް. އެހެންވެކަން ނޭގެ ރަހީމްގެ ފަރާތުންވެސް ތިޔަ ސިފަ ފެންނަނީ.
އިޔެ
03 August 2022
ތައުލީމާއި މަސައްކަތު ތަޖުރިބާހުރި ރަނގަޅު އަޚުލާގެއްގެ ބޭފުޅެއް. ސިޔާސީ ކަންކަމުން ދުރުގައި ޤައުމަށް ހިދުމަތް ކުރުމުގައި ހުންނަވާނެ ކަމަށް އުއްމީދު ކުރަން.
ހިބިރިންބެއްޔާގެ ކުޑަސޮރު
03 August 2022
މީ ކޮންއިރަކު އެޅި ކޭކެއް؟ މިކޭކު ހުހެއްނުވާނެ. ކޭކު ހުސްނުވީމާ ހުރިހާގެއްލުމެއް ރައްޔިތުންނަށް.