ޚަބަރު / ހައި ކޯޓް

ޔޯގާ މައްސަލާގައި ޝޭހް ނިޝާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް

ޝެއިހު ނިޝާން (ކ) އަދި ފަޒްލޫން: ނިޝާންގެ ބަންދު ހައި ކޯޓުން ވަނީ ދަމަހައްޓާފައި

ޔޯގާއާ ދެކޮޅަށް ހިންގި ހަަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބަންދުން ކުރަން ނެރުނު އަމުރުތައް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މިދިޔަ މަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އެކިފަހަރު ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް އިތުރުކުރީ 16 ދުވަހެވެ.

އެ މައްސަލަ ނިޝާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނިޝާނާ ދެކޮޅަށް ހުރި ހެކިތަކަށް ބަލާއިރު ކޮންމެވެސް ވަރެއްގެ ހެކި އެބަހުރި ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގެ ބޭރުގައި އޭނާ ހަރަކާތްތެރިވެފައި ވުމާއި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުވާ އެހެން މީހުންނާ އޭނާ މުއާމަލާތްކުރާ މަންޒަރު ފެންނަ ސްނެޕް ޝޮޓްތަކެއް ހުށަހަޅާފައިވާއިރު، އިންޓެލިޖެންސް ރިޕޯޓުން ވެސް އިތުރު ކަންތައްތަކެއް ފާހަގަ ކޮށްފައިވާ އެ ހުކުމުގައިވެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އޮންނަ ގޮތުން އެ ގާނޫނުގެ ދަށުން ތުހުމަތު ކުރެވޭ ކުށްތަކުގައި އެ މިންވަރަށް ހެކި ލިބިފައިވާ ނަމަ، ބަންދުގައި ބެހެއްޓިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ނިޝާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ތާއީދުކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.

އެ މައްސަލައާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދު ވެސް ކުރިން ހައްޔަރުކުރި އެވެ. އޭނާ ޝަރުތުތަކާ އެކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި ދައުލަތުން މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

30 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 6%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަތަންގ

04 August 2022

މޯދީޖީ އެންގި ގޮތައް ހުކުމު އެއްެއީ

The name is already taken The name is available. Register?

ދޮންކަބިލި

04 August 2022

ޓެރަރިސްޓް އަމަލްތަށް ހިންގާމީހުން ތިބެންޖެހޭނީ ބަންދުގައި.

The name is already taken The name is available. Register?

އެޗް އެމް

04 August 2022

މިބަހުޘު ކުރާވަރުގެ ވާހަކައެއްތަ؟ ބޯގޯސް މީހުންވެސްއުޅޭ. މީހަކު ވިލުންނެގޭވަރަށް ހިންދެމިލީމި ޝިރުކަކަށްވާނަމަ ވަށައިގެން ހުސް ޝިރުކު.

The name is already taken The name is available. Register?

ލިވާ

04 August 2022

މިމީހުންނަށް ހުކުމެއް ކުރެވޭ ވަރު ނުވޭތަ އަދިވެސް...

The name is already taken The name is available. Register?

ކޮމެންޓްކުރާމީހާ

04 August 2022

ރާއްޖޭގައިވެސް ޔޯގާ ހަދާހިތްވާ މީހުން މިހާރު ގިނަކަން ، ޔޯގާއާ ގުޅޭ ޚަބަރުތަކުގެ ކޮމެންޓްތައް ކިޔާލީމަ ފާހަގަވޭ..ޝިރުކަކަށްވެދާނެތީ އެކަންނުކޮށް ދޫކޮށްލަމާ ހިނގާ.. މިކަމުގައި ސޭފްސައިޑް ނަގަންޏާ އެއީ އެންމެ ރަނގަޅުގޮތަކީ...

The name is already taken The name is available. Register?

ކޮމެންޓް ކިޔާ މީހާ

04 August 2022

ކަލޭ ސޭފްސައިޑް ނަގައިން ހުރެބަލަ. އެންމެން ތި ސޭފްސައިޑް ނަގާކަށް ނުޖެހޭ

The name is already taken The name is available. Register?

ދޮންކަބިލި

04 August 2022

އެމީހަކު ޔޯގައާއި ކަސްރަތު ކުރަންވީމަ އެގޭނީ އެމީހަކަށް،، ގަދަކަމުން އަރާގަނެ ހުއްޓުވުން އެއީ ލާދީނީ ކަމެއް.... ތިމާ ކުރާހިތްނުވާކަންކަން އެހެންމީހުން ކުރުމަކީ އޭނަދެކެ ރުޅިއަންނަންޖެހޭކަމެއްނޫން.

The name is already taken The name is available. Register?

ނިޝާންގެ ބަފާބެ

04 August 2022

މަ ވަރަށް ލަދު ގަނޭ މީނަ ތެޅޭ ފާޑުން

The name is already taken The name is available. Register?

އަރޫޝާ

04 August 2022

ޝެއިޚް ނިޝާން ވަރަށް ރީތި

The name is already taken The name is available. Register?

މުއިއްޒު

04 August 2022

މަންޖެ ވެސް ދެން ދެއަންބަތް އިނދޭ. މިހާރުވެސް 3 ސްލޮޓް ފުރިފަ އޯ އިނީ

The name is already taken The name is available. Register?

ހުސައިން

04 August 2022

لاحول ولا قوّة إلاّ با الله ޝެއިޚް ކުރި ކުށެއް ނުދެއްކޭ. ދަނޑަކަށް ނުވަދޭ. އެއްޗަކަށް ގެއްލުމެއް ނުދޭ. ޔޯގާ އަކީ ޙަރާމް އެއްޗެއް ކަމަށް އިސްލާމިކް މިނިސްޓްރީ ޢަދާލަތު ޕާރޓީ އަދި ރާއްޖެއާއި ދުނިޔާގެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވޭ. ޝެއިޚަކީ މަވްސޫމް ބޭފުޅެއް. ވަގުތުން މިނިވަން ކުރަންވީ. ޝަރްޢީ ގޮތުންނާއި ގާނޫނީ ގޮތުން ހުއްދަކަމެއް ގައި ޢަޑު އުފުލުމަކީ ކުށްވެރިވާނެ ކަމެއްތޯ؟

The name is already taken The name is available. Register?

މޮހިތު

04 August 2022

ޝަރްޢީ ގޮތުންނާއި ގާނޫނީ ގޮތުން ހުއްދަކަމެއް ކުރަންތިއްބާ އައިސް ވަދެގަނެ މާރާމާރީ ހިންގުން އޯކޭ؟

The name is already taken The name is available. Register?

ކިހާރީތި

04 August 2022

ކޮބާ އަނދުނ ހުސެން ހައްޔަރެއް ނުކުރޭތަ؟

The name is already taken The name is available. Register?

ކޮމެންޓްކުރާމީހާ

04 August 2022

ޢިއްޒަތްތެރި މެންބަރުން ހައްޔަރުކުރުމަކީ ދުނިޔޭގަ ނެއްވަރުގެ ބޮޑު ކަމެކޯލަ..

The name is already taken The name is available. Register?

އެމްސް

04 August 2022

މިއީ ޔޯގާ ފެކްޝަނަކާއި، އަލަންގީރ ފެކްޝަނަކާއި، އިންޑިއާ އައުޓް ފެކްޝަކާއި މިހެން ގޮސް ބައިބައި ކުރާވަރަށްވުރެ މާ ކުޑަކުޑަ ޤައުމެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454