ރިޕޯޓް / މަރުގެ އަދަބު

އަނިޔާވެރި ގަތުލާއެކު އަނެއްކާވެސް މަރުގެ ހުކުމްގެ ބަހުސް!

08 އޯގަސްޓް 2022 - 07:18

91 comments

ޒުވާން އަންހެނެއްގެ ކަރާއި އަތްފައި ބުރިކޮށް މަރާލި އަނިޔާވެރި ހާދިސާއާ އެކު އިއްޔެ މުޅި ގައުމު ހޭލައްވާލީ އަނެއްކާވެސް ބިރުވެރިކަމެއްގެ ތެރެއަށެވެ. އެއްކޮށް އުޅޭ މީހުންގެ މެދުގައި އުފެދޭ ރުޅިވެރިކަން ބޮޑުވެ ގޮސްދާނެ ހިސާބާއި ފަސް ޖެހުމެއް ނެތި މީހުން މެރުން އާންމުވެ، އެންމެ ފަހުން ޒުވާން އުމުރުފުރައިގެ މީހުންގެ ތެރޭގައި ވެސް އެ މައްސަލަ ބޮޑުވެފައި އޮތް މިންވަރު ފެނިގެން ދިޔަ ހާދިސާއެކެވެ.

މުޅި ގައުމު ސިއްސުވާލި އެ ރަހުމުކުޑަ ގަތުލަކީ މުޖުތަމައުގައި އެއްވެސް މީހަކަށް އަމާންކަމެއް ރައްކާތެރިކަމެއް ނެތް ކަމަށް ވަރަށް ގިނަ މީހުން ދެކެ އެވެ. އެއާއެކު އަނެއްކާވެސް މި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ބަހުސް ފެށިފަ އެވެ.

އާންމުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާ ނަމަ މީހުން މަރަން ފަސް ޖެހޭނެ ކަމަށެވެ. އެފަދަ ކޭސްތައް ވަރަށް ބޮޑަށް މަދު ވާނެ ކަމަށެވެ. އިސްލާމީ ޝަރީއާގައި ބުނާ ގޮތަށް ގިސާސް ހިފަން ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބާރު އަޅާއިރު ސަރުކާރާ ހަވާލުވާ އެއްވެސް ވެރިއަކު އެ ނިޒާމް ތަންފީޒު ނުކުރަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

އަނެއްކޮޅުން ދައްކަނީ މަރުގެ އަދަބަކީ ތަހުޒީބު މުޖުތަމައެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމުގެ ވާހަކަ އެވެ. އެއީ ގައުމު ފަހަތަށް އަޅާނެ ފިޔަވަޅެއް ކަމެވެ. އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ވާހަކަތަކެކެވެ. ވަކިން ހާއްސަކޮށް "ހުކުމް ގަނެވޭ" ފަދަ ޝަރުއީ ނިޒާމެއްގައި އޮތް ގައުމެއްގައި ތަންފީޒު ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމުގެ ވާހަކަތަކެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ބްރީފިން އެއްގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.--ފައިލް ފޮޓޯ: މިހާރު

މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ދެއްކީ ވެސް މިފަދަ ވާހަކަތަކެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވަނީ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ފަހު މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެންނެވި ދުވަހު އެ ވިސްނުން ބަދަލު ކުރައްވައިފި އެވެ. ބޭރު ދުނިޔޭގައި ރާއްޖެއިން ދައްކާ ވާހަކަ ވެސް ބަދަލުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތަށް މި ސަރުކާރުގެ ސިޔާސަތަކީ "މޮރިޓޯރިއަމް" ދެމެހެއްޓުމެވެ. ނުވަތަ ހުކުމް ތަންފީޒު ކުރުން ފަސް ކޮށްފައި ބޭއްވުމެވެ.

މަރުގެ އަދަބު ތަންފީޒު ކޮށްފާނެތީ ބޭރުން އަންނަ ފިއްތުންތައް!

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި 1953 ވަނަ އަހަރު، ބަޑި ޖަހައިގެން މަރުގެ އަދަބު ދިން ފަހުން ދައުލަތުން މިއަދާ ހަމަޔަށް އެފަދަ އެއްވެސް ހުކުމެއް ތަންފީޒެއް ނުކުރެ އެވެ.

މަރުގެ އަދަބު ދިނުމާ އެންމެ ގާތަށް ވެސް ދިޔައީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ބަޔަކު އަރައި 19 ދިވެހިން މަރާލި ހާދިސާ އަށް ފަހު އެވެ. އޭރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ހައި ކޯޓުން ވަނީ އެ ހަމަލާ ދިނުމުގެ ފަހަތުގައި ތިބި ބަޔަކު މަރަން ހުކުމް ކޮށްފަ އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެ ހުކުމް، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.

ފަހުގެ ތާރީހެއްގައި ވެސް ހިނގި ކޮންމެ މަރުގެ ހާދިސާއަކަށް ފަހު އާންމުންގެ ތެރޭގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ މިއީ އެވެ. އެކަމަކު އެ އިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކަށް މިއީ ވަރަށް ސެންސިޓިވް ވާހަކަ އެކެވެ. އެންމެ ފާޅުގައި އެކަން ކުރައްވާނެ ކަމަށް މި ފަހުން ވިދާޅުވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެކަމެއް ނުކުރެ އެވެ. -- ކީއްވެ ހެއްޔެވެ؟

މި މައްސަލާގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ކައިރީ ސުވާލު ކޮށްލައި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި މި ސަރުކާރުން ވެސް މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކޮށްފައި ބާއްވާ ދެ ސަބަބެއް އެބައޮތެވެ. އެއް ކަމަކީ ޝަރުއީ ނިޒާމު އޮތް ހާލަތެވެ. އަނެއް ކަމަކީ އިންސާނީ ހައްގުތަކާ ގުޅޭ ބޭރުގެ ޖަމިއްޔާތަކާއި ބައެއް ބޮޑެތި ގައުމުތަކުން އަންނަ ޕްރެޝަރެވެ. އެކަމަށް ގޮންޖެއްސެވުމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުގެ އަދަބު ނުދެއްވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"މި ޕްރެޝާތަކަކީ ސީދާ ބޭރުން އަންނަ އެއްޗެއް ނޫން. ރާއްޖޭގައި ތިބި ލިބަރަލް ފިކުރުގެ ބަޔަކު ބޭރުގެ ޖަމިއްޔާތަކާ ލޮބީކޮށްގެން އެމްނެސްޓީ ކަހަލަ ތަންތަން މެދުވެރިކޮށް ރާއްޖޭގައި އެކަން ކުރިޔަ ނުދޭން މަސައްކަތް ކުރޭ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އދ. ގެ މެމްބަރު ގައުމުތަކުން އިންސާނީ ހައްގުތަކަށް އަމަލު ކުރާ މިންވަރު ބެލުމަށް ހަދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް) ގައި 2020 ވަނަ އަހަރު އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވެސް ދެއްކެވީ މިފަދަ ވާހަކަތަކެވެ. ރާއްޖޭގެ ރިވިއު ސެޝަންގައި ވާހަކަ ދައްކަވަމުން ރިއްފަތު ވިދާޅުވީ މަރުގެ ހުކުމް އުވާލުމަށް ބޭރު ގައުމުތަކުން ގޮވާލި ނަމަވެސް އެކަން ކުރެވޭނީ ގާނޫނުއަސާސީ ބަދަލު ކޮށްގެންނެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ގޮސްގެން ނޫނީ އެކަން ނުކުރެވޭނެ އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު--

އޭގެ ބަދަލުގައި ރިފްއަތު ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދުނިޔެ އަށް ދެއްވައިފަ އެވެ. މިއަދާ ހަމަޔަށް ވެސް އަދި ދެން ވެސް މި ސަރުކާރުން އަމަލު ކުރާނީ އެހެން ކަމަށް ސަރުކާރުން ވެސް ވަނީ އެކި ފަހަރު މަތިން ޔަގީން ކަން އަރުވައިފަ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރުދަނާ ފޮރިން ޕޮލިސީއެއް އޮތް ނަމަ މަރުގެ އަދަބު ތަންފީޒު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ. އެ ކަމަކީ ލޯނުތައް ނުދީ ހިފެހެއްޓުމާއި، ސަރުކާރަށް ކެތް ނުކުރެވޭ ވަރުގެ ބޮޑެތި ފިއްތުންތަކެއް އަންނާނެ މައްސަލައެއް ކަމަށް ވެސް އެ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.

މަރުގެ އަދަބަކީ އެމެރިކާ އާއި ސިންގްޕޫރު ފަދަ ބޮޑެތި ގައުމުތަކުގައި މިހާރު ވެސް އޮންނަ ކަމަކަށް ވާއިރު ރާއްޖެ ވެސް ރަނގަޅު ސްޓޭންޑެއްގައި ކުރިޔަށް ދާނަމަ ކުރެވިދާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަަންނަވަ އެވެ.

"ގިނަ ފަހަރަށް ޖަމިއްޔާތަކުން މި ބުނަނީ ރާއްޖެ އަށް ޓޫރިސްޓުން ނާންނާނޭ. އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން. ޓޫރިޒަމަކަށް އަސަރެއް ނުކުރާނެ. އެކަމަކު ދެތިން ހިއުމަން ރައިޓްސް އިންޑެކްސްއަކުން ރާއްޖޭގެ ރޭޓިން ދަށް ވެދާނެ. އީޔޫ އިން ޓްރެއިނިން ހަދަން ދޭ ދެތިން މިލިއަން ޑޮލަރު ނުލިބިދާނެ،" އޭނާ ވިދާޅުވި އެވެ.

"މިއީ ކުރުމުގެ ވަރުގަދަ އަޒުމެއް އޮތް ނަމަ ހަރުދަނާ ފޮރިން ޕޮލިސީއެއް ހަދައިގެން ކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެ ފިއްތުންތަކާ ދެކޮޅަށް އެންމެ ބާރަށް ވާހަކަ ދެއްކެވީ ބޭރުން އަންނަ އެހެން ޕްރެޝަރުތަކާ ދެކޮޅަށް ވެސް "ގަދަ ހަދާފައި" ނުކުންނަވާ ޔާމީންގެ ވެރިކަމުގަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި 2015 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވައިދެއް ހަދައި އެކަން ކުރައްވާނެ ކަމުގެ ޔަގީން ކަން އެކި ފަހަރުގެ މަތިން ދެއްވި އެވެ.

އެނގިފައިވާ ގޮތުގައި އޭރު ލީތަލް އިންޖެކްޝަން ޖަހައިގެން އަދަބު ތަންފީޒު ކުރަން ނިންމާފައި އޮތް ނަމަވެސް ބޭރު ފަރާތްތަކުގެ ޕްރެޝަރާ ހެދި އެ އިންޖެކްޝަން ވެސް ލިބެން ދަތިވުމާއި އެއާ ގުޅިގެން އަންނަ ބައެއް އެހެން މައްސަލަތަކާ ހެދި އިންޖެކްޝަން ނުޖަހަން ނިންމި އެވެ.

އޭގެ ފަހުން ހޯމް މިނިސްޓްރީން ދަން ޖައްސާނެ ތަނެއް ހެދި އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެތަން ތަޅާލައި މިހާރު ވަނީ ގުދަނެއް ހަދައިފަ އެވެ.

"ހައްލު ވާނީ މަރުގެ އަދަބު ދީގެން، ނެތީ ގަޓު"

ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި ތަންފީޒު ކުރާ ހިސާބުގައި ތިން މީހަކު އެބަހުއްޓެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް މުހައްމަދު ނަޖީބު މަރާލި އަހުމަދު މުއްރަތުގެ އިތުރުން ސ. ހުޅުދޫ ލިލިމާގޭ އަބްދުﷲ ފަރުހަދުގެ މަރާލި މުހައްމަދު ނަބީލެވެ.

އެ މީހުންގެ އިތުރުން މަރުގެ ހުކުމް އައިސްފައިވީ ނަމަވެސް ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމޭ އަދި ވިއްސަކަށް މީހުން އެބަތިއްބެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުންވާ ހުރިހާ ކަމެއް ވަނީ ފުރިހަމަވެފަ އެވެ. ހަމައެކަނި ނެތީ އެކަން ކުރަން ކެރޭނެ ވެރިއެއް ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ-- ފައިލް ފޮޓޯ: މިހާރު

ޔޫރަޕުގެ ކޮންސެޕްޓަށް ތަބާވުމުގެ ބަދަލުގައި ޤުރުއާނުގައި ގިސާސް ހިފަން އަންގަވާފައި އޮތް އޮތުމަށް އަމަލު ކޮށްފި ނަމަ ރާއްޖޭގައި ހިނގާ އިޖްތިމާއީ ވަރަށް ގިނަ މައްސަލަތައް ހައްލުވާން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަރުގެ އަދަބު ތަންފީޒު ކުރަން ފެށީމަ އަމަންއަމާންކަން ގާއިމް ވާނެ މީހުންނަށް ރައްކާތެރިކަން އިހުސާސް ވާނެ، މީހުންނަށް އެ މީހުންގެ ދަރިން މަގުމަތީ އުޅެން ކެރޭނެ. އެކަން ގާއިމްވީމަ ލިބޭ ހިތްހަމަ ޖެހުން މާ ބޮޑުވާނެ ގައުމުތަކުން ކުރާ ލޮބީ އަށް ވުރެ،" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ގޮތުން މި ވަގުތަށް އެކަން ތަންފީޒު ކުރަން ރަނގަޅު ނޫން ކަމަށް ދެކެވޭ ވާހަކަ އަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވި ގޮތުގައި މަރުގެ އަދަބު އަންނާނީ ތިން މަރުހަލާއެއްގެ ނިންމާފައި 11 ފަނޑިޔާރުންގެ ތެރެއިންނެވެ. އަދި މަރުގެ އަދަބު ދޭން ޖެހޭތޯ އެންމެ ފަހުގެ ނިންމުން އޮތީ ވެސް ފަނޑިޔާރެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުގައި ނޫން ކަމަށާއި އެއީ ހުރިހާ ވާރިސުން އިއްތިފާގުން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހުރިހާ ކަމަަކަށް ނުފޫޒު ފޯރުވުމަކީ ވަރަށް ނާދިރު ކަމެއް. އާއިލާގެ އެންމެ މީހަކު އެކަމާ ދެކޮޅުވިޔަސް ދީނުގައި ބުނާ ގޮތުން ނަމަ މަރުގެ އަދަބެއް ނުދެވޭނެ. އެހެންވެ ވަރަށް ފުރިހަމަ ކޮށް އޮތް ނިޒާމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ކޮންމެއަކަސް މަރުގެ ހުކުމް އިއްވައި މީހުން މެރުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެހާ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކަށް ވެސް އޭގެ ޕްރެޝަރު އޮންނަ ކަމެކެވެ. އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން އަބަދުވެސް އަޑު އުފުލާނެ ކަމެކެވެ.

ނަމަވެސް ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެއީ ދައުލަތުގެ މައްޗަށް އޮތް އިހްތިޔާރީ ބާރެއް ނޫނެވެ. އެއީ އިންސާފުވެރި ޝަރުއީ ނިޒާމެއްގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭ ކަމެކެވެ. އަދި މަރުގެ އަދަބު ދިނުމުގެ އެ އިހްތިޔާރު އޮތީ މަރުވި މީހާގެ އާއިލާ އަތުގައި ކަމާ މެދު ކުރެވޭނެ ބަހުސެއް ނެތެވެ.

91 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުކުރެވޭ

10 August 2022

ބަޔަކު ފުރިހަމަ ޝަރުއީ ނިޒާމޭ ކިޔާއިރު އެންމެ މޮޅު ސިސްޓަމް އޮންނަ އެމެރިކާގަ މަރަށްމަރު ހިފިފަހުން އެކަން ހިނގީ ގޯހުންކަން ސާބިތުނުވާހެން ހީވަނީ. މިކަމާ އިދިކޮޅު ހަދާ ބަޔަކު ފުރަތަމައިނުންވެސް އެ ދެކެނީ މިގައުމުގަ ކުރެވޭ ހުރިހާ ހުކުމެއް ކުރެވެނީ ގޯސްކޮށް ކަމަށް. އެހެންނަމަ މުޅި ޝަރުއީ ނިޒާމު އުވާލަންވީނުންބާ. ވެރިކަމުގަ ތިބި މީހުންނަށް ކޮން ބާރެއް ނުލިބިގެންބާ އަދިވެސް ނިޒާމު ހަމައަކަށް ނޭޅުވިގެން އެއުޅެނީ. 4 އަހަރުވީ ހުރިހާ ބާރެއް ލިބިފަ އޮތްތާ

The name is already taken The name is available. Register?

ހަސަނު

09 August 2022

މަރުގެ އަދަބަކީ މިތާ ނެތް އެއްޗެއް.. އެއީ އެއްވެސް ކަމަކަށް ހައްލެއް ނޫން. ކުށް ގިނަވެގެން މިއުޅެނީ އަދަބު ނުދެވިގެން. ޢަދަވު ދިނުމުގެ ބިޒާމް ކަރަޕްޓުވެ ދޯހަޅިވެފައި ވަތީ..

The name is already taken The name is available. Register?

ވިކިލީކްސް

09 August 2022

ދަތަކަށް ދަތެއް. ލޮލަކަށް ލޮލެއް. އަތަކަށް އަތެއް. ފަޔަކަށްފަޔެއް. ބޮލަކަށްބޮލެއް. ކޮންމެހެން މަރާނުލިޔަސް، މިހެން ހެދީމަ މަރުވާން ހުރިއްޔާ މަރުވާނެ. ހުކުމް ކުރަންވީ ގޮތަށް ކުރަން ފަށައިފިނަމަ ސަލާމަތުގެ އައްސޭރިއަށް ދެވޭނެ!

The name is already taken The name is available. Register?

ގިސާސޫ ރަށައްދޭ!

09 August 2022

ނުވާނެ ތިކަމެއް. ކުރާކައް ނުކެރޭނެ! އަދި މި ގައުމުގަ ޑްރަގްސް ވިޔަފާރި އެހާ ބޮޑުއިރު، އެމީހުންގެ އެހާ ބާރުވެސް ގަދަ. ވާނެ ކަންކަމުގެ ވާހަކަ ދައްކަމާ! ދައުރު ނިމެންދެން ހުސް އަގަ ތަޅާލަ ތަޅާލަ ތިބެފަ، ކަޓުނަގާލާ އުމުރައް ފައިދާ ވާވަރައް. ނިމުނީ އޭރުން!

The name is already taken The name is available. Register?

ރުޅިގަދަ އާބިދު

09 August 2022

ގިސާސް ހިފުމުގައި މާފުކުރުމުގެ ހައްގު އާއިލާއަށް ދީފައި އޮންނަނީ ކީއްވެގެން؟ މިކަމުގެ ފަހަތުގައިވާ ބުއްދިއަކީ ކޮބައިތޯ މިކަމާމެދު ކޮމެންޓްކުރާ މީހުން ނުލިޔަނީ ކީއްވެ؟ އިލްމުވެރިން މިވާހަކަ ނުދައްކަނީ ކީއްވެ؟ އިސްލާމްދީން ބާރުއަޅަނީ މަރަށް މަރު ހިފާކަށްނޫން. ވާރިސުންގެ ތެރެއިން އެންމެ މީހަކު ދެކޮޅު ހެދިޔަސް މަރުގެ ދިޔަ ދޭންޖެހޭ ގޮތަށް އޮންނަ އޮތުމުގެ ބޭނުމަކީ ކޮބާ؟ ގިސާސް ހިފުމަކީ ހަމައެކަނި މަރަށް މަރު ހިފުން ކަމަށް ދޭހަވާގޮތަށް ވާހަކަ ނުދައްކާ

The name is already taken The name is available. Register?

އެމްސް

09 August 2022

ޢިލްމުވެރިންނޭތޯ، ކޮންމެވެސް ސިޔާސީ ފިކުރަކުން އަރާ ހުރި ބަޔަކު ނޫނީ ނޫޅޭނެ!

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

08 August 2022

ކުދިންނޭ ! ދުޢާ ކުރޭ މަށައް މި ޤައުމުގެ ވެރިކަން ލިބޭތޯ. އޭރުން ހަމަ ވަޤުތުން ވަޤުތަށް ، ހަމަ މިހާރުން މިހާރަށް ތިޔަ ބުނާ މަރުގެ ޙުކުމް ތަންފީޒު ކޮއް އެކަން ދަމަހައްޓާނަން. އޯކޭ އެންނު ދޮތަ!

The name is already taken The name is available. Register?

މ‫ުޙުއްމާ

08 August 2022

ކ‫ޮބާއިތޯ އެއްކަލަ ދީނީ މިނިވަންކަމޭ ކިޔާމީހުން. އިސްލާމުން އިސްލާމް ދީނަށް އުޅުމަކީ ވެސް ޙައްޤެކޭ. އިސްލާމް ދީނުގަ ކަނޑައެޅިބައޮންނަނީ ޤިސާސް ހިފުމަށް. އެހެންވީމާ ދީނީ މިނިވަންކަމަށް ވަކާލާތުކުރާމީހުންވެސް އިސްލާމީ ޝަރީޔަތުގަ ހުރި ޙުކުމްތަކާ ނުބެހޭ.

The name is already taken The name is available. Register?

އެމްސް

08 August 2022

ޤިސާސް ހިފަން ޖެހޭ މީހާ ހޯދިގެން ނުން! އަސްލު މީހާ ފިލުވާފަ ކަންބަޅިއެއް ކަތިލީމަ އެ ހިފެނީ ޤިސާސް އެއް ނޫން!

The name is already taken The name is available. Register?

އަހުމަދު މުހައްމަދު

08 August 2022

ދުނިޔޭގެ އެއްވެސް ބަޔަކު މިކަން ކުރި ބާ މި ވީ 1400 ވަރަކަށް އަހަރު ތެރޭ. އަދި ކުރި ގައުމުތަކުގެ ނަތިޖާ އަކީ ކޮބައި ބާ.ދެން ހުރިހާ ވާރިސުން އެއްބަސް ވެގެން ކުރާނަމަ އެންމެ ގާތީ މުއްސަނދިންގެ ދަރިން މަރުން ސަލާމަތް ވާނެކަން

The name is already taken The name is available. Register?

ބަހުސްބެ

08 August 2022

މަރަށް މަރު ހިފުމަކީ ބަހުސެއް ކުރަންޖެހޭކަމެއް ނޫން މަރުގެ ހުކުން މިހާރުން މިހާރަށް ވަގްތުން ވަގްތަށް ތަންފީޒުކޮށް މިމީހުން މެރުމަށް ގޮވާލަން

The name is already taken The name is available. Register?

އެމްސް

08 August 2022

މަރަންވާ މީހާ އެބަ ހޯދޭބާ؟

The name is already taken The name is available. Register?

ބޮޑުރިޔާ

08 August 2022

މީހަރު މަރާލާ ކޮންމެފަހަރަކު ދެކެވޭ ދުވަސްކޮޅަކުން އެކަމާދެކޮޅުހަދާ ވާހަކަ ކޮންވާހަކަ މަރުގެ އަދަބުގެ ވާހަކަ ދަންނަވަންތޯ އުމަރުނަސީރަށް ނޫނީ މިކަންވާނެ ެރިއެއްނެތް

The name is already taken The name is available. Register?

އެމްސް

08 August 2022

ޝަރީޢަތެއް ނެތި ލޭ ހުއްދަކުރުމީ ދީނީ އުސޫލެއް ނޫން! ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުކުރެވި މީހުން މެރުމީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454