މަސްތުވާއެއްޗެހިތަކެއް: ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ ދައުވާލިބުނު ބިދޭސީއަކު ވަނީ ކުށް ސާބިތުނުވެ، ސަލާމަތްވެފައި --- ފޮޓޯ/މިހާރު
05 އޯގަސްޓް 2022 - 16:51
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
ބަންގްލަދޭޝްގެ މީހަކު ފެބްރުއަރީ 2020 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އޭނާ ގެނައި ފައިވާން ޖޯޑެއްގެ ތެރެއިން 200 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ވަނީ މަސްތުވާތަކެތި ފެނުނީ ލަގެޖްގައި އޮތް ފައިވާނެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ވާތީ ބޭރު ފުށުން ބަލާއިރު އޭގައި މަސްތުވާއެއްޗެއް ހުރިކަން ނޭނގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދައުވާ ލިބުނު މީހާގެ ފިންގަޕްރިންޓް ފަދަ ހެއްކެއް އެ ތަކެތިން ލިބިފައި ނުވާއިރު، މަސްތުވާތަކެތީގެ އެއްވެސް ބާވަތަކަށް އޭނާ ޕޮޒިޓިވްވެފައި ނުވާތީ އެފަދަ ޝައްކެއް އޭނާގެ މައްޗަށް އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެއީ އެހެން މީހަކާ ހަވާލުކުރަން މީހަކު ދިން ފައިވާނެއް ކަމަށް ދައުވާ ލިބުނު މީހާ ބުނެފައި ވެ އެވެ. އެހެންވެ، އެއީ އެހެން މީހެއްގެ އެއްޗެއްތޯ ބެލުމަށްޓަކައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައި ނުވާ ކަމަށް ހުކުމުގައި ބުންޏެވެ. އެފަދަ އޮޕަރޭޝަނެއް ނުހިންގީ ރިސްކު އޮތުމުން ކަމަށް ފުލުހުން ބުންޏަސް، އެ ރިސްކަކީ ކޮބައިކަން ސާފުނުވާ ކަމަށާއި އެކަން ޝަރީއަތަށް ވެސް އޮތީ ސިއްރުކޮށްފައި ކަމަށް އެ ހުކުމުގައި ވެ އެވެ.
އެ ކަންކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިރާނ
06 August 2022
ކޯޓާއިހަމައަށްދިޔައިމަ ޑުރަގުކަންތައްތަކަށް މިވާގޮތެއްތާއެވެ!!!! ތިފައިވާނަކީ މީހަކަށް ދޭންގެނައި އެއްޗަކަށްވާނަމަ ތިމީހާއަތަށް އެދިންމީހަކުވެސް ވާނެތާއެވެ! ފޮށިތަންމަތީގެތެރޭގައި ހުންނަތަކެއްޗަކީ އެމީހާގެ ޒިންމާގެދަށުގައި ހުންނައެއްޗިއްސަށްވާއިރު ތިއާއި އެމީހާ ޙަވާލުވާންނުޖެހޭގޮތެއް މަގޭބުއްދިއަކަށް ނުވިސްނޭ. އެކަމަކު ފަނޑިޔާރުގެބޮލަށް އެކަން ނުވަންނަނީތާއެވެ!!!! މިވާގޮތެއް އޮޅުންފިލުވަން ދައުލަތަށް ނުކުޅެދިގެންމިދަނީ ކިހިނެތްވާތީބާވައެވެ؟
ސަހިނދާ
06 August 2022
ފުލުހުންގެ ވިޔަފާރޖ މުދާކޮޅު
ޢަހުމަދު.
06 August 2022
ފަނޑިޔާރު މަނިކުފާނަކަށް ނޭނގުނު ރާއްޖެ އަށް އެތެރެކުރުން މަނާއެއްޗެއް އެތެރެ ކުރުމުގެ ޒިންމާ އެމީހަކު ނަގަން ޖެހޭކަމެއް. މިކަން ފަނޑިޔާރަށް އެގުނު ދުވަހަކުން ރަނގަޅުވާނެ. މީހަކުދިން ފައިވާނެކޭ ކިޔާކަށް ނުޖެހެ. ޢެމީހާގެ ލަގެޖުން ފެނުނު އެއްޗަކަށް އެމީހަކު ޒިންމާވާން ޖެހޭނެ. މިކަން ފަޑިޔާރަށް އެނގޭނެ ފައިވާނަށް މަސްތުވާ ތަކެތި އަޅައިގެން އެހެން ޤައުމަކަށް ދޭބަލަ. މިވަރު މީހުން ފަނޑިޔާރުކަމުގަ ތިބެން ހެޔޮނުވާނެ.
ލޮލް1
06 August 2022
ޤާނޫނު ކިޔަވާލީމާ އަދި ތިބޭފުޅާ ރަނގަޅުވާނެ. ޙުކުމެއް ސާބިތުވާނީ ވަށައިގެންވާ ހުރިހާ ކަންކަމަށް ބަލާފަ އެއީ އެމީހަކު ކުރިކަމެއްކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބތިވާނަމަ.
މެލޭސިޔާ ހުސޭނު
05 August 2022
އެމީހެއްގެ ލަގެޖްގައި ހުންނަ އެއްޗެއްސަށް ޒިންމާވާންޖެހޭނީ އެމީހަކު. ތިގޮތަށް މަނާއެއްޗެއް ފެންނައިރަށް މީހަކު ދިންއެއްޗެކޭ، މަށަކަށް ނޭގެޔޭ ކިޔާފަ ކޮންމެ މީހަކަށްވެސް ސަލާމަތްވެވޭނެ. އެހެންވެ ސިންގައްޕޯ ފަދަ ގައުމުތަކުގައި ލަގެޖުން ފެންނަ އެއްޗެއްސަށް އެމީހަކު ޒިންމާވާންޖެހޭ. ނޯއަދަރ ޗޮއިސް.
ބީފާނުނުނު
06 August 2022
އެންމެ ފުރަތަމަ ވެސް އެމީހަކު އެގޮތަށް ބުނާނަމަ ތަޙުޤީޤުން އެމީހަކު ހޯދަން ކުރި މަސައްކަތެއްވެސް ފެންނަން އޮންނަންވާނެ. މީގެން އެނގެނީ ތަޙުޤީޤު ރަނގަޅަށް ފުރިހަމަ ނުކުރާކަން
މަރުމޯލްWas
05 August 2022
މީކިހިނެއް ހުކުމް ކުރާ ބައެއްތަ ، I
ސުންދުރަ
05 August 2022
ފުލުހުން ރިސްކެއް އޮވެ އެމީހުންގެ ޤާނޫނީ ޒިއްމާ އަދާ ކުރަން ޖެހިލުންވާ ކަމަށް ބުނާ ނަމަ ރައްޔިތުންގެ މަޖްލިހުގެ 241 ކޮމެޓީ އެއްކުރަން ޖެހޭ . މިއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް. އަދި ފުލުހުންގެ ސަފު ފޫއަޅައިފި ކަމަށް ފުލުހުން އިއުތުރާފު ވާ ހާލަތުގައި ސިފައިންގެ ސަފުތައް ނުކުންނަން ޖެހޭ.. ފަނޑިޔާރު ގޭގޭގައި ރިސްކެއް އޮވެ ޤަނޫނީ ޒިއްމާ އަދާ ނުކުރެވުނު ވާހަކަ ފުލުހުންގެ މުއައްސަސާއިން ބުނާ ބުނުމަކީ އާދައިގެ ކަމެއް ނޫން.
ޝަމީނު
06 August 2022
ފުލުހުން އެ އޮތީ ބުނެފައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ނުހިންގުނީ ރިސްކު ބޮޑުވީމަ އޭ. ޢެއީ ކޮން ރިސްކެއްތޯ. ،ފުލުހުންނަށް ލިބިފައިވާ ޤާނޫނީ ބާރާ އަދި ފުލުހުންގެ އަތުގައި ހުރި ހަތިޔާރުން ކޮންޓްރޯލް ނުކުރެވޭ ފަދަ ބާރެއް އޮތް ކަމަށް އެވަނީ ބުނެފައި. މާނައަކީ ދައުލަތުގެ ބާރު ކެނޑިފައޭ މިއޮތީ . މި ޤައުމު މި އޮތީ ކޮންމެ ވެސް ޑްރަގް ކާޓެލެއްގެ ދަށުވެފައޭ.
އަފްރާސިޔާބު
06 August 2022
ފުލުހުން ރިސްކް އޮތް ކަމެކޭ އެބުނަނީ ފައިޓެއް ހިނގާނެ ވާހަކައެއް ނޫން. އެބުނަނީ އެހިފައިގެންދާ މީހާ ފައިވާނަށް ހަދާގޮތް ބަލަން ފާރަލުމަކީ ކުރުން ވަރަށް އުނދަގޫ ކަމެކޭ. ޢޭނާގޮސް ވަންނާނީ އެތައް ބައިވަރު ބަންގާޅީން އުޅޭ ތަނަކަށް. އެހިސާބުން ފައިވާންވެސް ގެއްލޭނީ. ދެން އެމީހާ ފޮށީތެރޭ ފައިވާން ބާއްވައިގެން އުޅުނަސް އެދެނީ ކާކަށްތޯބަލަން ފުލުހުނަށް ނުތިބެވޭނެ. ތިމަންނަގެ އެއްޗެއް ނޫނޭ އެމީހާ އެބުނީ އެގޮތުން ސަލާމަތްވާނެކަން އެނގޭތީ.
ޙަލީމްބާއި
07 August 2022
އަފްރާސިޔަބު ، ތީގަ ރިސްކަކީ ކޮބާތަ. ފުލުހުންގެ އޮޕަރޭޝަން ޑްރާމާގެ ޑައިލޮގަކާ ހާދަ ވައްތަރޭ.
ކަމަނަ
05 August 2022
މަސްތުވާތަކެތި އެތެރެކޮށް ބޭނުން ކުރާ މީހުނާގްރޫޕްސެކްސް ހަދާ މޯހުނާ ލިވާތުކުރާމީހުން ދޫވެފަ ކޯޓުން މުއްދަތު ނުޖަހާ އިސްލާމް ދީނުގައި ހުއްދަ ނޫން ބުދު ދީނުގެ އަޅު ކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހުއްޓުވި މީހުންގެ މުއްދަތަކަށްފަހު މުއްދަތެއް އިތުރު ކުރަމުން ހަމަ ގެންދަނީ . މިއޮތީވާ ގައުމެއްއިބޫސާލިހް އިންޑިއާ ރުއްސަން އުޅުނަސް ތިޔައީ ދެން މާބޮޑުވަރު
ެއަފްރާސިޔާބު
06 August 2022
އިސްލާމްދީނުގައި ހަރާންކަންކަން އެއޮތީ ސާފުބަހުން އަންގަވާފައި. ހަރާންކަމެއް ކަމަށް ބެލެވިދާނެ ކަމެެއް އިސްލާމްދީނުގައި ނޯންނާނެ. ބެވެވިދާނެއޭ ކިޔައިގެން އެއްޗެހި ލިޔަނީ ނުވަތަ ބުނަނީ އިންސާނުން. ދެން ދީނީ އިލްމުވެރިންނަށް (އަރަބި ތަރުޖަމާނުންނެއް ނޫން) ދީނުގައި ހަރާންކުރައްވާފައިވާ ކަމަކާ އެއްފަދަ ކަމެއް ކުރުމަށް އެހެން ވަސީލަތެެއް ބޭނުންކުރާނަމަ އެކަމެއް ހަރާންކަމެއް ކަމަށް ނިންމިދާނެ. މިސާލަކަށް ކޮންޑަމް ބޭނުން ކޮށްގެން ޒިނޭ ކުރުން.
ނެކްސްޓް
05 August 2022
ޢަބަދުވެސް
ޢިބޫ
05 August 2022
އާކަމެއް ނޫނެއްނު…
މަކުނު
05 August 2022
ސާބަސް