ދުވާފަރު ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފޭސްބުކް
08 އޯގަސްޓް 2022 - 13:42
ރ. ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ހަސަން މަނިކު ވިދާޅުވީ، ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަ ދިރާސާކުރުމަށް ފަހު އެކަން ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ފެންމަތިވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހު ނެރުނު ރިޕޯޓުންނެވެ.
އޭސީސީ އަށް އެ މައްސަލަ ހުށަހެޅީ ވެސް އެ އޮތޯރިޓީންނެވެ.
އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.
އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ނަގުދު ފައިސާ ފައިސާ ބެހުން ހިމެނެ އެވެ.
އެންމެ ގިނަ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފުސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.
އޭގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް ކައުންސިލްގެ ވަޒީފާގައި ހުރެ ދިޔައީ ފުލްޓައިމް ކޮށް އެހެން ރިސޯޓެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ހަތް ދުވަހު މެމްބަރުން ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ބުނި ނަމަވެސް ބައެއް މެމްބަރުން 50 އަށް ވުރެ ގިނަ ދުވަހު ނާދެ އެވެ. އެކަމަކު އެއްވެސް ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
09 August 2022
ވެރިކަމަށް އައި ބަޔަކު އައީ ރައްޔަިތުންގެ ލޯ ލާރިއެއްގަ ނުޖެހި ގެއްލިފައިވާ އެތައް ބިލިޔަން ރުފިޔާއެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ނޫންތަ؟ މިހާތަނަށް އެބުނާ ގެއްލުނު ލާރިތަކުން ލޯ ލާރިއެއްވެސް ހޯދައި ދެވިއްޖެތެ؟ ދެން އެހެންވިއިރު ތިފައިސާ އިން ކޯއްޗެއް ހޯދައި ދެވޭނީ؟
އަހްމަދ
08 August 2022
ތިހެން ހިޔާނާތް ވެގެން ބެލި މައްސަލައެއްގެ އަދަބު ލިބުން މީހެއް ނެތް..
ކުލުުނުގަލާ
08 August 2022
އޭސީސީއިން މި މައްސަލަ ބަލައިދީ ފިޔަވަޅުއަޅާދީ ދުވާފަރު ރައްޔިތުންގެ ހައްގު ހޯދައިދީ
މަހްފޫޒް
08 August 2022
އޭ.ސީ.ސީ.. ކޮބައިތޯ އެމް.އެމް.ޕީ އާރުސީގެ ހިޔާނާތުގެ މައްސަލަ. ގެއްލުނު 2 ބިލިއަން ރުފިޔާ އަކީ ރައްޔިތުންގެ ފައިސާ. އެކަން ކުރި އިސްމީހާ އެހުރީ ގޭތެރޭގައި ގައުމު ހަލަބޮލިކުރަން. ބޮޑު ހިޔާނާތުގެ މަތިން ރައްޔިތުން ހަނދާނެއް ނުނެތޭ، ދީނީ ކާޑު ކުޅެގެން، ހަރުކަށި ފިކުރު މީހުންގެ ތައްޕާހުން ވެރިކަމަށް އާދެވޭނެ ކަމަށް ހީނުކުރާތި.
ނަންނުޖަހާ
08 August 2022
ޢަވަހަށް ފިޔަވަޅު އަޅައިދީ
އެދީދީ
08 August 2022
ކީއްކުރަން ބަލަނީ. ލާމަރުކަޒު ތިހެން ކުރީމަ ޚިޔާނާތާއި ދައުލަތުގެ ޚަރަދު އިތުރުވުން ނޫން ނަތީޖާއެއް އަދި ނުފެނޭ. ކައުންސިލްތަކާއި ލާމަރުކަޒީ ނިޒާމު ވަގުތުން އުވާލަން ޖެހޭ.
ދިއްދޫމީހާ
08 August 2022
ބަލާނި ކަމެއްނެތް ދުވާފަރު ކައުންސިލްގައި ތިބީ ދިވެހިރައްޔިތުން ހަމަ އެމީހުން ބޭނުން ކުރީ އެމީހުންގެ ލާރި، ވެންޓިލޭޓަރު މައްސަލަވެސް ބެލި މޭޔަރު ސިފާގެ މައްސަލަވެސް ބެލި އެކަމް ފަންސުރާ ފަންސުރު ޖަހާ ދައްޗާ ފޮހޭ ރަބަރު ހަމަ ނުވާތީ އެކަންވީ ނުހިނގާ ކަމަކަށް، ދުވާފަރު ކައުންސިލުން ބޭނުން ކުރީ އެމީހުންނަވީ ބައި…
ކޮރަލް
08 August 2022
މިގައުމުގަ އޮތީ މައްސަލަބަލާ މައުލޫމާތު އެއްކުރުމެވެ. ދެން ދިރާސާ ކުރުމަެވެ. ފަހައް ރައްކާ ކުރަނީ އެވެ.
ފިޔާ
08 August 2022
ދުވާފަރަކީ ބިރުވެރި ތަނެއް…
ލާމަރުކަޒީ ނިޡާމް
08 August 2022
އެއީ ކޮން ގޮތަކަށްތޯ؟