ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް: ފިހާރައަކަށް ދިޔަ މީހަކަށް ޖިންސީ ގޯނާކުރި ކަން ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
08 އޯގަސްޓް 2022 - 16:33
މާލޭގައި ފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.
ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ދައުލަތުން ކުރީ އޭނާ މަސައްކަތްކުރި ފިހާރައަކަށް އޮގަސްޓް 2020 ގައި ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި ހިފާފައިވާތީ އެވެ. ދައުވާގައިވާ ގޮތުން އޭނާ އެ އަމަލު ހިންގީ އަނިޔާ ލިބުނު މީހާ އާއި އޭނާގެ ކޮއްކޮއާ އެކު މިރުސް ގަންނަން އެ ފިހާރަ އަށް ދިއުމުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ޖިންސީ ގޯނާކުރި މަންޒަރު ލޮލަށް ފެނުނު އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ކޮއްކޮ ވެސް ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށާއި އެހެންވެ، އަނިޔާ ލިބުނު މީހާ ބުނާ ބުނުމެއް ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.
ހުކުމުގައިވާ ގޮތުން ސައިންޓިފިކް އެއްވެސް ތަހުލީލެއް އެ މައްސަލައިގައި ކޮށްފައިވާ ކަން އެނގެން ނެތެވެ. އަދި ސީނަށް ދިޔަ ދެ ފުލުހުން ގާތު އަންހެން މީހާ ކިޔައިދިން ކިޔައިދިނުމާ ގުޅިގެން އެ ދެ ފުލުހުން ހެކިބަސް ދިނަސް، އެ އަށް ބާރުދޭ އިތުރު ހެކިތަކެއް ނެތް ކަމަށް ހުކުމުގައި ބުންޏެވެ.
އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫލު
09 August 2022
ކެމެރާއެއް ނުހުންނަ ފިހާރައެއްތަ.
އިނަފް އިޒް އިނަފް
09 August 2022
ބަަގާޅިން މިކަންކުރޭ. ގިނަ އނަހެނުން ނަށް ނުކެރޭބުނާކަށް. އެއީ ވަރަށް ހިއްވަރު ގަދަ އަންހެނެއް. ބަންގާޅުގަ ނަމަ ހިފި މީހާގެ ޒަމާން ދުއްވާލާނެ. ދިވެހި ފިރިހެނުން ފިނޑީ އޭ ބުނެވޭނީ ހަށިވިއްކުމާއި ބަދު އަމަލުތަށް ، ޑްރަގު އަދި މީހުންމެރުން ފަދަ ކަނަކަން ބަންގާޅިން އަންނަނީ ކުރަމުން. ބަނަގާޅިން އައުޓު. އައުޓު އައުޓު
އެމްސް
09 August 2022
މާލޭގަ، އަދި ދިވެހިންގެ ނަންނަމުގަ ވިޔަސް، ބޮންދުން ހިންގާ ގެސްޓް ހައުސްތަކަކީ ނާސިގެ/ޑްރަގް ކެފޭ ތަކެއް!
ހުސެން
08 August 2022
ނުހިފާނަމަ ހިފިޔެކޭ ނުބުނާނެދޯ! އަނެއްކޮޅުން ކޮށްކޮވެސް ހެކިބަސްދޭން ދެކޮޅުހެދީކީއްވެބާ؟ ކޮންމެއަކަސް ކޯޓުން ކަންކަން ނިންމާނީ އިވިޑެންސްގެ މައްޗަށް، 2020 ގައި ހިނގިކަމެއް، ކަމުގެ މުއާލާތްކެނޑި ހަނދާންނެތޭހާ ދުވަސް ކޯޓުމަރުހަލާގައި ނަގުންވެސް އެއީ އިންސާފު ލިބުމަށްހުރަސްއެޅޭކަމެއް، ބަންގާޅީއާއި ވިކްޓިމުގެ ކޮށްކޮ ޑީލެއްހެދީބާ؟ ކޮށްކޮހެކިބަސްނުދިނުމުން ސުވާލުއުފެދޭ!
ހުސޭން ގާސިމް
08 August 2022
ތިޔަ ލޮޖިކުން ބުނަންޏާ ހިފި ނަމަ ނުހިފަމެކޭ ވެސް ބަންގާޅު މީހާ ނުބުނީސް.
އެމްސް
09 August 2022
މި ޤައުމުގެ އިސް ރަށްވެހިންނަކީ ބަންގާޅުން، ވިސާއަކާއި ނުލާވެސް އޭގެ ލައްކައެއްހާ މީހުން މިޤައުމުގަ އެބަ އުޅޭ އެކަމަކު އެއްވެސް ޤާނޫނެއްވެސް ނުހިނގާ! މިއަދު އެ އުޅެނީ އެ އެންމެނަށް މަޢާފުދީ އިތުރަށް ބައިތިއްބަން!
ސީމް
08 August 2022
ފިހާރަފިހާރައަށް ވަންނައިރު އަދި މަގުމަތީގާ ހިނގާފާދާއިރުވެސް ބިދޭސީން އަދި ބައެއް ދިވެހިންވެސް ވަރަށް ލޯއަޅާ. ކަޅިވެސް ޖަހާނުލާ އެބަހުރޭ ބަލަހައްޓައިގެން އެވާނެތޯ ޖިންސީ ފުރައްސާރައަށް؟
އެމްސް
09 August 2022
އެއީ ލޮލުގެ ޒިނޭ، ނިތް ތިރިކުރަން ދީނުގަ އޮންނަނީ އެހެންވެ!
އޯމޯކުމާރު
08 August 2022
ނަސީބެއްނު އަންހެންމީހާގެ އާއިލާމީހަކު ގޮސް ތިޔަ ބަންގާޅީ ކަލޭގެ ކަންފަތްމައްޗަށް އަތްދޮވެނުލިކަން.
ބައި
08 August 2022
އެހެންވީމާ މީހަކަށް ނުފެންނަނަމަ ޖިންސީ ގޯނާ އޯކޭ ވީތޯ މިއީ
ނާރިގު
08 August 2022
އޯކޭ ވީއެއް ނޫން. އެހެން ނަމަވެސް މީހަކަށް އަދަބެއް ދޭން ހަމައެކަނި އަނިޔާ ލިބުނު މީހާ ބުނާ ބުުނުމެއްގެ މައްޗަށް ބިނާކޮށް ގާޒީ ހުކުމެއް ނުކުރާނެދޯ.. ކިހިނެއް އެގެނީ އަނިޔާ ލިބުނުކަމަށް ބުނާ މީހާ ހަދަނީ ދޮގެއްނޫންކަން. އޭނަ ކައިރީގަ ހުރި ކޮއްކޮވެސް ހެކިބަސް ނުދިން ވިއްޔާ، ދެން ކިހިނެއް ؟؟
ޒުއްނަވާރު
08 August 2022
އޯކޭއެއް ނޫން. އެކަމަކު އޭގެ މާނައަކީ މާދަމާ ކަލޭ ވެސް މީހަކަށް ޖިންސީ ގޯނާކޮށްފިޔޭ ކިޔައިގެން އެމީހާ އެއްވެސް ހެތްކެއް ނެތި ދައުވާކޮށްފި ނަމަ އެކަމުން ކަލޭ ވެސް ބަރީއަވާނޭ. ކަލޭ ނުކުރާ ކުށެއް ނަމަ އަބުރުގެ ދައުވާ ކުރެވިދާނެ. ކުރި ކުށެއް ނަމަ ގިޔާމަތް ދުވަހުން އެމީހާއަށް އިންސާފު ލިބޭނެ. ޕޮއިންޓަކީ ކޯޓުގެ ހުކުމް ރަނގަޅޭ މި މައްސަލައިގަ.
ސަމްސުންނިސާ
08 August 2022
ހާދަ ހިތާމަވެރިޔޭ
އޮނަރަބްލް އަފީފު ދީދީ
08 August 2022
ބިދޭސިންގެ ފަރާތުން ރާއްޖޭގައި މިފަދަ ކަންކަން ކުރުން އާންމުކަމަކަށް ވެއްޖެ. މިކަންކަމުގައި މިހެން ޙައްޤު ނުލިބިގެން ދާނަމަ އަދި ސަރުކާރުގެ ފަރާތުން މައްސަލަ ނިމުނީމަވެސް މިފަދަ ބިދޭސިން ރާއްޖެއިން ޑިޕޯޓްކޮށް ފޮނުވާ ނުލާނަމަ މިކަން ހިގައިދިޔަ ފިހާރައިގެ ނަން އަނިޔާ ލިބުނު ފަރާތުން ހާމަކުރަންޖެހޭ. # ބޭނުމަކީ ޖިންސީ އަނިޔާކުރި ބިދޭސި މީހާއަށް އޮތް ވަޒީފާގެ ފުރުސަތު ހަނިކުރުމާއި އޭނާއަށް ވަޒީފާދޭ ފިހާރަތަކަށް ދަތިކުރުން.
އެމްސް
08 August 2022
ދުނިޔޭގެ އެއްވެސް ޤައުމެއްގަ ޢާއްމު/އާދައިގެ ވިޔަފާރި ތެރެއަކު ބިދޭސީންނެއް ނޫޅޭނެ! މިޤައުމުގަ ހުސް ބިދޭސީން އުޅޭ ފިހާރަތައްވެސް ބައިވަރު! އެމީހުން ހިންގާ މާރކެޓްތައްވެސް އެހާ ގިނަ! ދިވެހިންނަށް ވަޒީފާ އޮތީ ޕެޓްރޯލް ޝެޑް ތަކުންނާއި ވެމްކޯ އިން އެކަނި! މިޤައުމުގަ ވަޒީފާތައް އިސްވާންވާނީ ދިވެހިންނަކަށް ނޫންބާ؟ ރިސޯރޓްތަކުގަ %75 ދިވެހިން ތިބެންޖެހޭ، އެކަމަކު 25 މީހުން އުޅޭ ފިހާރައެއްގަ ކޭޝިއަރު އެކަނި ދިވެއްސަކަށް ވިޔަސް އެބަ ނިމޭ!
ޒީލަމް
08 August 2022
ބިދޭސީއަކަސް މީހަކު ނުކުރާ ކުށެއްގެ ބަދުނާމު އަޅުވައި އަނިޔާވެެރި ވާކަށް ނުޖެހޭ. ހަމަ އިނޮސެންޓް މީހަކަށް ވެސް އެހެން މަގްސަދެއްގަ މިފަދަ ތުހުމަތެއް ކޮށްފާނެދޯ. ޖޮނީ ޑެޕް ހާދިސާ ވީގޮތް ބަލާ.
އެމްސް
09 August 2022
ބިދޭސީންނޭކިޔަސް، މިދެއްކެނީ ބޮންދުންގެ/ވަރަށް ނާތަހުޒީބު ބަޔެއްގެ ވާހަކަ! އަންހެނަކު ފެނިއްޖެއްޔާ ގައިގަ ނުއުނގުޅި ނުދާ ބަޔެއްގެ ވާހަކަ/ލޮލު ކުރިއަށް އަންހެނަކު ފެނުނަސް ކަޅިޖަހާނުލާ ބަލާބަޔެއްގެ ވާހަކަ! މިހެން އުޅޭ ދިވެހިންވެސް އުޅޭ! ޙަޤީގަތުގަ ރާއްޖޭގަ އުޅެންވީގޮތް ބޮންދުން ދަސްކުރީވެސް ދިވެހިންގެ ފަރާތުން! ބޮންދުންވެސް ސައިކަލުތައް ދުއްވަނީ ހަމަ އެހެން ބަޔަކަށް ބެލުމެއްނެތި ޒުވާނުން ދުއްވާހެން! ބޮންދު/ދިވެހި 7 ކައިވެނި ދުވާލަކު އެބަ ހިނގާ!
ސައިންޓިސްޓު
08 August 2022
ސައިންޓިފިކް ހެއްކެއް؟ އަތްލީމާ ނޫނީ ހިފީމާ؟ ދެން ފިންގަޕްރިންޓު ނަގަން ދައްކަންތަ ޖެހޭނީ؟ މަށަކަށް ނޭނގުނު
އެމްސް
08 August 2022
ވިޔަފާރިތަކަށް އޮންނަ: ކޭޝިއަރަކަށް އެކަނި ދިވެއްސަކު ލައިގެން ހިންގޭނެ ކަމަށް އޮންނަ ހުއްދަ ބާޠިލް ކޮށް، ދިވެހިންނަށް ވަޒީފާ ނުދީ ބިދޭސީން އިސްކުރާ ވިޔަފާރިތަކުން އިތުރު ޓެކްސެއް ނަގާ، އަންއެމްޕްލޯއިމެންޓް ބެނިފިޓް ބަޖެޓަށް އެފައިސާލާން ފެނޭ! މާލޭގެ މަޝްހޫރު ބޮޑެތި ޗެއިންތަކުގަ، ބޮންދުން ދިވެހި މުވައްޒަފުންނާއި ފޮށުން ޢާއްމު! ބަލާނެ މީހަކު ނުހުރޭ! ކުރެވޭނެ ކަމެއްވެސް ނޯވޭ!