ރިޕޯޓް / އެމްއެންޑީއެފްގެ ރެހެންދި ހެލިކޮޕްޓަރު

ހެލިކޮޕްޓަރު އެކްސިޑެންޓް: 400 ފޫޓު ދުރުން އައި އެތި 22 އެތިކޮޅަށްވެ، ސީރިއަސް ހާލަތުގައި

ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހި ސިޑީގެ ބައިތައް ބުރައިގެން ގޮސްފައި.-- ފޮޓޯ: ކިއުންތެރިއެއް

އާދައިގެ މަތިން އެ ދުވަހު ވެސް އަސްރު ނަމާދުން ފައިބައިގެން އޭނާ ބޭރުގައި މަޑުކޮށްލީ އެއްކޮށް މަސައްކަތް ކުރާ ބަޔަކާ ވާހަކަ ދައްކާލާށެވެ. އެއާޕޯޓުގެ މުވައްޒަފުންނަށް ހާއްސަކޮށް ހަދާފައިވާ އެ މިސްކިތް ކައިރީގައި ހުއްޓާ، ބަނޑަށް އެއްޗެއް ވަތްހެން ހީވި އެވެ. ލައިގެން ހުރި ގަމީހުގެ މަތިން ބަނޑު މަތީގައި އަތް އަޅާލުމުން އެ ސަރަހައްދުން އެއްވެސް އިހުސާސެއް ނުކުރެވުނެވެ. އެކަމަކު، އަތް ނަގައި ބަލައިލުމުން އަތުގައި ލޭ ހުރި ތަން ފެނިގެން، ކޮންމެވެސް ކަމެއް ވީ ކަމަށް ބަލާފައި ގަމީސް ހިއްލާލާފައި ބަލާލި އިރު، ބަނޑަށް ހުރީ ބޮޑު "އެއްޗެއް" ހެރިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 4:00 ހާއިރު، މޫސާ ވަޖުދީ ހުރީ ޑިއުޓީގައިި، އެއާޕޯޓުގަ އެވެ. ބެގޭޖް ހޭންޑްލިން ބައިގައި މަސައްކަތް ކުރާ، ބ. ހިތާދު އަށް އުފަން ވަޖުދީ އަށް އެއާޕޯޓުގައި ހެލިކޮޕްޓަރެއް ޖެއްސި ވަގުތު، އެ މަންޒަރު ފެނުނެވެ. އޭނާ ހުރީ، އެކުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނާ ގޮތުގައި، ހެލިކޮޕްޓަރާ ގާތްގަނޑަކަށް 400 ފޫޓު ދުރުގަ އެވެ.

ހެލިކޮޕްޓަރު އަނބުރައިނުލަން އެންގި!

ގއ. ވިލިނގިލިން ބަލި މީހަކު ގޮވައިގެން އައި ސިފައިންގެ ހެލިކޮޕްޓަރު ޖެއްސީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާއްމުކޮށް ހެލިކޮޕްޓަރު ޖައްސާ އޭޕްރަންގަ އެވެ. އެކަމަކު، އެ ދުވަހު ހެލިކޮޕްޓަރު އޮތީ އޭޕްރަން އަށް ހިދުމަތް ދޭން ބޭނުން ކުރާ އުޅަނދުފަހަރު ދުއްވާ މަގާ ވަރަށް ކައިރީގަ އެވެ. ބުރަފަތިން ބައެއް އޮތީ އެ މަގަށް ވާ ގޮތަށެވެ. އޭރު ވެސް ބުރަފަތި އެއްކޮށް ހުއްޓުމަކަށް ނާދެ އެވެ.

ހެލިކޮޕްޓަރުން ސިޑިއެއްގައި ޖެހުނު ސަރަހައްދުގައި މީހުން ހަރަކާތްތެރި ވަނީ:-- ފޮޓޯ: ކިއުންތެރިއެއް

އެ މަގުގެ އަނެއް ކޮޅުގައި، މަތިންދާބޯޓަށް ތެޔޮ އަޅަން ބޭނުންކުރާ އުޅަނދުތައް ބާއްވާފައި އޮންނަ ސަރަހައްދުގައި، ބޯޓަށް އަރާ ސިޑިއެއް (އެއާސްޓެއާ) ޕާކުކޮށްފައި ހުއްޓެވެ. މަގާ މާ ކައިރީގައި އޮތްކަން ހެލިކޮޕްޓަރު ދުއްވަން އިން އިންޑިއާގެ ޕައިލެޓަށް ފާހަގަކުރެވުމުން، ހެލިކޮޕްޓަރު އަނބުރާލަން ހިފައިލި އެވެ. ހެލިކޮޕްޓަރު ޖެއްސުމުގެ މާ ކުރިން ވެސް ޕާކުކޮށްފައި ހުރި އެ ސިޑީގެ އެންމެ މަތީގައި ހުންނަ ގެގަނޑުގައި ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހުނީ އެ ވަގުތު އެވެ.

"އެއާ މާޝަލް އަތުގެ އިޝާރާތުން ދެއްކި ކުރި އަށް ނުދާން. [ހެލިކޮޕްޓަރު ދުއްވަން އިން] ޕައިލެޓަށް ނުފެނުނީއެއް ކަމެއް ނޭނގެ، އެކަމަކު އަނބުރާލަން ހިފާލީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

22 އެތިކޮޅު، ލިވަ ހަލާކުވެފައި!

ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހުމާ އެކު، ދަގަނޑާއި ޕްލާސްޓިކުން ހަދާފައިވާ ސިޑީގެ ބައިތައް ކުޑިކުޑި ވެގެން އެކި ދިމަދިމާލަށް ބުރައިގެން ދިޔަ އެވެ. އޭގެ ތެރޭން ބޮޑު އެކަތިގަނޑު ވަޖުދީގެ ބަނޑަށް ހެރުނު އިރު، އޭނާގެ ކައިރީގައި ހުރި މީހެއްގެ ފަޔަށް ވެސް ކުޑަ އެތިކޮޅެއް ވަނެވެ. އެކަމަކު، އޭނާ އަށް ސީރިއަސް ޒަހަމެއް ނުލިބޭތީ، ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

"ލިވަ ވަރަށް ބޮޑަށް ހަލާކުވެފައި. އެކަމަކު، ޑޮކްޓަރުން ބުނޭ ލިވަ ގްރޯ ވާނެ ކަމަށް." -- ވަޖުދީގެ އާއިލާގެ މީހަކު

ވަޖުދީ އަށް ދިމާވީ މާ ހިތާމަވެރި ގޮތެކެވެ. ވަގުތުން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، ބެލިބެލުމުން އެނގުނީ އޭނާގެ ބަނޑަށް ވަތް ދަގަނޑުގަނޑު ކުދިކުދިވެ، 22 އެތިކޮޅަށް ބައިބައިވެފައިވާ ކަމެވެ. އާދިއްތަ ދުވަހުގެ ރޭ، ހައެއްކަ ގަޑި އިރު ވަންދެން ކުރި އޮޕަރޭޝަނަކަށް ފަހު 21 އެތިކޮޅު ވަނީ ނަގައިފަ އެވެ. އެކަތިކޮޅު ފެންނަ ވަރެއް ނުވި އެވެ. އެހެންވެ، ޑޮކްޓަރުން ނިންމީ، ވަޖުދީގެ އާއިލާގެ މެމްބަރަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި، އޭނާގެ ހާލު ސްޓޭބަލް ވުމުން އަލުން އޮޕަރޭޝަންކޮށް އެ އެތިކޮޅު ނެގުމަށެވެ.

"ލިވަ ވަރަށް ބޮޑަށް ހަލާކުވެފައި. އެކަމަކު، ޑޮކްޓަރުން ބުނޭ ލިވަ ގްރޯ ވާނެ ކަމަށް،" ނަން ނުޖަހާ ގޮތަށް، އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހެލިކޮޕްޓަރު އެކްސިޑެންޓްގައި އަނިޔާވި ވަޖުދީ ހޮސްޕިޓަލަށް ގެންދަނީ --ފޮޓޯ/މިހާރު

އެކްސިޑެންޓުގައި ހެލިކޮޕްޓަރުގެ ބުރަފަތީގެ ތިން ފިޔައިގެ ކޮޅު ވަނީ ފުނޑުފުނޑުވެފަ އެވެ. ސިޑި އާއި ސިޑި އެކި ތަންތަނަށް ގެންދިއުމަށް ބޭނުންކުރާ އުޅަނދުގެ ބައިތައް ވެސް ވަނީ ހަލާކުވެފަ އެވެ. އެކަމަކު، ވަޖުދީގެ ބަނޑަށް ހެރުނީ ކޮން އެއްޗެއް ކަމެއް އަދި ނޭނގެ އެވެ. އާއިލާ އިން ގަބޫލުކުރާ ގޮތުގައި އެއީ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ބައެކެވެ.

ގާތްގަނޑަކަށް 24 ގަޑި އިރަށް ފަހު، ވަޖުދީ މިހާރު ވަނީ ހޭ އަރައިފަ އެވެ. އޭނާގެ ހާލު ކޮންމެވެސް ވަރަކަށް ސްޓޭބަލް ވެފައި ވިޔަސް، އަދިވެސް ވާހަކައެއް ނުދެއްކެ އެވެ. އެކަމަކު، އަތުގެ އިޝާރާތުން ކޮންމެވެސް ވާހަކައެއް ދައްކަން މަސައްކަތް ކުރެ އެވެ. އޭނާގެ ހާލު ސީރިއަސް ކަމުން ބޭރަށް ގެންދެވޭ ވަރު ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ވަޖުދީ އަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވިދާޅުވީ ވަޖުދީގެ ހާލު އަދިވެސް ސީރިއަސް ކަމަށާ އެކަމަކު ކޮންމެވެސް ވަރަކަށް މިހާރު ސްޓޭބަލް ކުރެވިފައިވާ ކަމަށެވެ. އޭނާ އަށް ދޭން ޖެހޭ ފަރުވާ، ޑޮކްޓަރުންގެ ބެލުމުގެ ދަށުން އެ ހޮސްޕިޓަލުގެ އައިސީޔޫން ދެމުން އަންނަ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްއާ މެދު ހިތްހަމަނުޖެހުންތަކެއް!

ވަޖުދީ މަސައްކަތް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭނާގެ ބޭސްފަރުވާގެ ހުރިހާ ހަރަދަކާ ވަނީ ހަވާލުވެފަ އެވެ. އެ ކުންފުނީގެ އޮފިޝަލުން އަންނަނީ އޭނާގެ ހާލު ވެސް ގަވާއިދުން ބަލަމުންނެވެ.

އެމްއޭސީއެލް އިން ކަންތައްތައް ކުރާ ގޮތާ މެދު އާއިލާ އިން ހިތްހަމަޖެހުނަސް، ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ އެމްއެންޑީއެފް އިން އަމަލު ކުރަނީ، އާއިލާ އިން ބުނި ގޮތުގައި، ވަރަށް ދެރަ ގޮތަކަށެވެ. އާއިލާގެ އެންމެ ބޮޑު މައްސަލަ އަކީ، ސިފައިންގެ ހެލިކޮޕްޓަރެއް ހިމެނޭ އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހެއްގެ ހާލު ބަލައިލަން އަަސްކަރިއްޔާގެ އެއްވެސް އިސް ވެރިއަކު ނުދިއުމެވެ.

"ސިފައިން ގެއިންނޭ ކިޔާފައި މިއަދު ހޮސްޕިޓަލަށް ދިޔަ މީހަކު. އެކަމަކު، އެއްވެސް މަތީ މީހަކު ނާންނާތީ އަޅުގަނޑުމެން ބުނީ އެހެން ނުދެވޭނެ ކަމަށް،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެކްސިޑެންޓާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން ވަކި އެއްޗެކޭ ނުބުނެ އެވެ. އެކަމަކު، ޒަހަމްވި މީހާގެ ކަންކަން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

މި ހާދިސާ ސިވިލް އޭވިއޭޝަނާއި އެމްއެންޑީއެފްގެ އިތުރުން ފުލުހުން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ. ވަޖުދީގެ ބަނޑުން ނެގި އެތިކޮޅުތައް ފުލުހުން ބޭނުންވެގެން ދީފައިވާ އިރު، ފުލުހުންގެ ތަހުގީގު ޓީމެއް ހޮސްޕިޓަލަށް ގޮސް، ބޭނުންވާ ބައެއް މައުލޫމާތުތައް ވަނީ ހޯދައިފަ އެވެ. އެކަމަކު، ތަހުގީގު ނިމުމުން ނޫނީ އެމްއޭސީއެލް އިން ވެސް މި މައްސަލައިގައި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ.

37 ކޮމެންޓް, 250 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 95%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމަ333

10 January 2017

ދިވެހި އަސްކަރިއްޔާގެ އުޅަނދުތައް ކޮން ހައިސިއްޔަތަކުންތޯ އިންޑިއާ މީހުން ދުއްވަންޖެހެންވީ؟؟؟ ގައިމު ރާއްޖޭގައި އަދި އެމްއެންޑީއެފްގައިވެސް ތިފަދަ ޕައިލެޓުން އެބަތިބި....ހެލިކޮޕްޓަރު ފޮނުވިއިރު ޝަރުތުކުރީބާ އޭތި ދުއްވަން ބައިންދަންޖެހޭނީ އިންޑިއާ މީހެކޭ؟ އަޅުވެތި ވިއަސް މީ ބޮޑުވަރު......ގައިމު ފޮޓޯ އިންވެސް އެބައެނގޭ ހެލިކޮޕްޓަރު އެއތީ ގޯސްކޮށްކަން....ވަރަށް ސާފުކަމެއްތީ.....

The name is already taken The name is available. Register?

އަމައްޔާތް

05 January 2017

ވަޖުދީ އަށް އަވަސް ޝިފާ އަކަށް އެދެމެވެ. އެކަމަކު މިފަހަރު ތި އޮތީ އިންޑިޔާ މީހުންގެ އަތުން ވީކަންތައް ދިވެހި ސިފައިންގެ ބޮލުގައި އެޅިފައެވެ. ތިފަދަ ހިތާމަވެރި ޙާދިސާއެއް ދިމާވެފައި ވާ ދަނޑިވަޅެއްގައި ވެސް ވަޖުދީގެ ޢާއިލާގެ މީހުންގެ ހުރި ނޭއްގާނީކަން ފެނިފައި ހައިރާން ވެއްޖައީމެވެ. އެމް އެން ޑީ އެފް ގެ ބޮޑުން ތިތަނަށް ގެނެސް ކުޑަކަކޫ ޖެހުވުމަށް ވުރެން ބޮޑަށް މިވަގުތު ބަލިމީހާ އަށް ބޭނުންވަނީ ފަރުވާއެއް ނޫންހެއްޔެވެ؟ މި ދަނޑިވަޅުގައި ޢާއިލާގެ ފަރާތުން ތިގޮތަށް ކަންކަން ބެހެއްޓުމުން ހެޔޮ ދުޢާ ކުރަން ތިބި މީހުން ވެސް ވާނީ ފޫއްސެވެ. ފިތުނަވެރިކަން އިސް ކުރުމުގައި މިމީހުން މިތިބީ ހައްދުފަހަނައަޅައި ގޮއްސައެވެ.

The name is already taken The name is available. Register?

މުހަންމަދު

04 January 2017

ތިމީހާއަށް ލިބުނުގެއްލުމާއިމެދު ނުހަނު ހިތާމަކުރަމެވެ. ޒަޙަމް ލިބުނު ހުރިހައިފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން! ދެރަކަމަކަށް ވީކަމަކީ، ނުބައިވަގުތު ނުބައިތަނުގައި އެމީހާއަށް ހުރެވުނުކަމެވެ. އޭނައަށް އެތަނުގައި ނުހުރެވުނުނަމަ، އެއްވެސް ގެއްލުމެއް ނުލިބުނީހެވެ! ތިކަމުގެ ޒިންމާ އުފުލާނެފަރާތެއް ޖެހޭނީ ހަމަޖައްސާށެވެ! ހަމަގައިމުވެސް އެމީހާ ތިކަމުގައި ކޮންމެސްމިންވަރެއްގެ ޒިންމާއެއް އުފުލަންޖެހޭނެކަމުގައި ޤަބޫލުކުރެވެއެވެ. ކިތަންމެ ނުޤަބޫލުނަމަވެސް ޤަބޫލުކުރަން އެބަޖެހެއެވެ. އެނބުރުއެނބުރިއޮންނަ ބޮޑު ފިޔަފަތެއް ފެންނަންއޮތްއިރު ބަލައިލުމެއްނެތި ދާންވެދާނެހެއްޔެވެ؟

The name is already taken The name is available. Register?

އަހުމަދު އަލީ

04 January 2017

އިންޑިއާ ސިފައިން ރާއްޖެއައީ 2 އަހަރުތެރޭގައި ދިވެހި ޕައިލެޓުން ތަމްރީން ކުރާގޮތަށް. އެކަމަކު ކިތައް 2 އަހަރު ވެއްޖެތޯ؟ ކިތައް ޕައިލެޓުން ތަމްރީން ކޮށްފިތޯ؟ މާލެ، ގަން، ކައްދޫގައި ވެސް އިންޑިއާ ސިފައިން. 2020 މަތިން ހަނދާން ބަހައްޓާ.

The name is already taken The name is available. Register?

ސަރުކާނު

04 January 2017

އެމްއެންޑީއެފުން މީހަކު ތި ތަނަށްދާކަސް ނުޖެހޭ ސބަބަކީ ތީ ހިނގި އެކްސިޑެންޓެއް. އެކްސިޑެންޓްވާ ކޮންމެފަހަރަކު އެކސިޑެންޓްވީ އުޅަދުގެ އިސްފަރާތެއް އަންނަންޖެހެންޏާ އަބަދު ތިކަން ކުރަންޖެހޭނީ މާލޭގައާއިޮ ރާއްޖޭގެ އެކި ހިސާބުގަ ކިތައް އެކްސިދޭންޓް ހިގަނީ؟ އެންމެ މުހިއްމު ކަމަކީ ފަރުވާ ލިބުން އެކަން އެބަ ވޭ އިތުރު ކަމެއް ކުރަންވިޔަސް އެކަމަށް އެމީހުން އެތިބީ ތައްޔާެަރަށް. ދެން ކޮބާ މައްސަލައަކީ؟ މިޙާރުން ތީ ކަމކަށް ހަދަންވެގެން އުޅެނީހެން ހީވަނީ

The name is already taken The name is available. Register?

މޭޖަޖެނެރަލް ބްރިގޭޑިޔާ

04 January 2017

"ވެގެން އުޅޭކަމަށް ބުނާކަންތައް އެހާ ސާފު ނުވިޔަސް އަތުގައި ހުރި ބައެއް ވަސީލަތް ބޭނުން ކޮށްގެން ތަންކޮޅެއް ދުރުން ނަމަވެސް ބަލަމުން މިގެންދަނީ. މިކަމުގައި ފުރޮޅެން ހުރި ގާކޮޅުތަކުން ބޮޑު ބައެއްވެސް ވާނީ ފުރޮޅާފައި. އަދި ގައުމީ ސަލާމަތަށްޓަކައި ނުފޮރުވާ ހުރި ހުރިހާ ކަމެއްވެސް ވަގުތުވީވަރަކުން ދަންނަވަމަން ވިދާޅުވަމުން މިދަނީ. އަޅުގަނޑުމެންގެ އެންމެ އިސް އެއް މަސައްކަތަކީ ގާނޫނު ނެގަހައްޓައި، އެވެއްޓުނަނުދީ ހިފެހެއްޓުން. އެހެންކަމުން މިވަގުތަށް ދެންނެވެން ހުރި އަދި ވިދާޅުވެވެން ހުރި ހުރިހާ ވާހަކައެއް ބުނެދީ މިނިމުނީ. ފަހު ސުވާލެއް ނެތް."

The name is already taken The name is available. Register?

ފޮނިކަލޯ

04 January 2017

ތީ ހަމަ މިސަރުކާރު ހިންގަން ޙަވާލުވެފަ ތިބި ބޮޑުންގެ ފާޑު.... އަޅުގަނޑުގެ ޕާކުކޮށްފައޮތް ވެހިކަލެއް ސަރުކާރުގެ ދުއްވަމުންދިޔަ ވެހިކަލް ޖެހި ހިނގި އެކްސިޑެންޓުގަ ،އެނމެ ފަހުން ކުައްވެރި މިވީ ޕާކުކޮށްފަ އޮތް ވެހިކަލް މީ މިސަރުކާރުގެ ހިންގަން ޙަވާލުވެ ތިބި މީހުންގެ ފެންވރު މިވެސް ނިކަމެއްޗެއްގެ ވެހިކަލެއް ވީމަ ތޯޗެއް

The name is already taken The name is available. Register?

މައުލޫމާތު

04 January 2017

އެމްއެންޑީއެފް ބަޑީއެއް މައުލޫމާތު ދިންގޮތުގައި އެ ހެލިކޮޕްޓަރ އޮޕަރޭޓްކުރަން އުޅޭ އިންޑިއާ ޕައިލެޓުންނަކީ ދިވެހި ސިފައިންނަށް ދަސްކޮށްދޭން ނަމުގައި އައިސް މި ފަސްގަނޑުގައި ފައި ހަރުކުރަން މަސައކަތް ކުރާ ބައެއް. އެމީހުންގެ ފޮނިކަމުން ބުނާ ގޮތެއްވެސް ނުހަދާ، ބޭނުން ގޮތަކަށް އުޅެނީ. ޢަދި ދިވެހި ސިފައިންނަށް އެއްޗެއް ދަސްކޮށްދޭކަށްވެސް ނޫޅޭ.ްްއަދިއހެލިކޮޕްޓަރއއޮޕަރޭޓްކުރަން އެމީހުން ވަރަށް ނުފަރިތަކަމަށްމަށްވަނީ. ޑިޕްލޮމެޓިކް އުސޫލުން އެމީހުންނަށް ކަންކަން ހަމަޖައްސާފައި ހުންނައިރުވެސް އެމީހުން އުޅެނީ އަމިއްލަޔަށް ތަންތަން ކުއްޔައް ހިފާލައިގެން ބޭނުން ގޮތަކަށްކަމަށް ވަނީ. އެމީހުންނާ ޑީލްކުރުން އުނދަގޫ ކަމެއއކަމަށް ވަނީ. މީ ވިސްނަން ޖެހޭކަމެއް. އެމީހުން މިތަނުގެ އުސޫލުތަކަށް ކިޔަމަންވާކަށް ބޭނުމެއްނުވޭ ، އޭގެ ނަތީޖާ ނުރައްކާ މި ފެންނަނީ. ބީ އެލަރޓް..

The name is already taken The name is available. Register?

123

04 January 2017

އިންޑިޔާގެ ޖާސޫސުން ތަކެއް އެއީ ރަނަގަޅަށް ވިއްޔާ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

04 January 2017

އެމްއެންޑީއެފްގެ ހެލިކޮޕްޓަރ އަދިވެސް ދުއްވަނީ އެއްކަލަ "ފަޑުއްކަ" އިންޑިއާގެ ޕައިލެޓުން ދެއްތޮ.....ވަރަށް ސަލާމް، ހެހެހެ

The name is already taken The name is available. Register?

ދޮން ބަބުރު ސޮރު

04 January 2017

ގާތުން ބަލާވާހަކައަކީ ބޭރުގައޮމުތަކުގެ އަސްކަރިއްޔާތަކުން ބާވާ ނޫސްވެރީންގެ ބައްދަލުވުންތަކުން ނަކަލު ކޮއްގެން، ދިވެހި ސިފައިން ނާއި ފުލުހުން ނޫސްވެރީންނަށް މަޢޮލޫމާތު ދޭއިރު ބޭނުންކުރާ (ފިލްމުގެ ޑައިލޮގެއް ފަދަ) ނަކަލު ބަހެއް. ވީމާ މިގޮތަށް ގަބޫލު ކުރެއްވީމާ އިންތިޒާރުގެ ނިމުން އެހިދުން އެހިދަށް އަންނާޅެ. އެޒާތުގެ އެނޫން ބަސްތައްވެސް ހުންނާނެ، މިސާލަކަށް "ވ-ސާފު""ވ-ކާރީން ބަލަމުން" "ހުރިހާވަސީލަތެއްގެ ބޭނުން ހިފުން" "ނުފޮރޮޅާނެ އެންމެ ގާގަޑެއްވެސް ނޮއޮންނާނެ" "ގައޮމީސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސްކަމެއް" "ގާނޫނު ނަގަހައްޓާ ދެމެހެއްޓުން" މިހެންގޮސް.........އެ ބޭފުޅުންނަށް ޚާއްސަ ބަސްތައް ވ- ބާވަރު ބަސްތައް ހުންނާޅެ، އެކަމަކު މޮޅުކޮށް ފޮނިކޮށް ވިދާލުވުން ފިޔަވާ، ކުރާ އެއްވެސް ކަމެއް، އަޅަމެނަށް އަދި ނުދައްކަވާ! އަދި ބޮޑަށް ލަފާ ކުރެވެނީ އެހެން ވިދާޅުވާ ބޭފުޅާއަށް އެބަހުގެ މާނަ އެންމެ ރަގަޅަށް އެނގިވަޑާ ނުގަންނަވަނީހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454