ސުޕްރީމް ކޯޓު: ކޯޓުތަކުން ވަކިކުރި އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގި މައްސަލަ އެ ކޯޓަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
10 އޯގަސްޓް 2022 - 12:27
ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މަސައްކަތުގެ ފެންވަރު ބެލިއިރު ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެ 2019 ވަނަ އަހަރު ވަޒީފާ އިން ވަކިކުރީ ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ހައި ކޯޓުގެ އެޑްމިނިސްޓްރޭޓަރުންގެ އިތުރުން ހަތް މެޖިސްޓްރޭޓް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.
އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށެވެ. އެ މައްސަލަ ޖޭއެސްސީން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް މިދިޔަ މަހު ނިންމީ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ޖޭއެސްސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް އަދި ނުނިންމަ އެވެ.
ޖޭއެސްސީން ބުނެފައި ވަނީ އެ މީހުން ވަކިކުރީ އަދާކުރަމުން ދިޔަ މަގާމު އުވުމުން ކަމަށެވެ. އެކަމަކު ހައި ކޯޓާއި ޓްރައިބިއުނަލުން ވެސް ނިންމީ އެ މަގާމުތައް އުވުނީ ކަމަށް ނުބެލެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
10 August 2022
ތިއޮތީ ސުޢޫދުގެ ލޮޖިކަށް ހުށަހަޅާފަ، ދެން އިވޭނީ 6 މަހުގެ މުސާރަ ބަދަލެއްގެ ގޮތުގައި ނަގައިދީފަ ނިންމާލާ އަޑު، ފެށުނީއްސުރެ ޙައްޤުހޯދަން ބަޔަކުމީހުން ކުރި މައްސަކަތެއް ބާރު އޮތްފަރާތުން ބާރުގެ ބޭނުންކޮށްގެން އެބުނާ އިމެއްގެތެރެއިން ނިގުޅައިލާތަން ނުފެނުނިއްޔާ ކިތަންމެހާވެސް ރަނގަޅު، ބަދަލެއްގެ ގޮތުގައި ފައިސާކޮޅެއް ދީފަ މަޤާމު އިޢާދަ ނޮކޮށްދޭނަމަ ޙައްޤު ލިބުނުކަމަކަށް ބެލުމަކީ ދަތިކަމެއް، ދައުރުގެ ބާކީބައިގަ ތީތި ނިމިއްޖެއްޔާ ރަނގަޅު.
ސައީދު ޢަލީ
10 August 2022
ކޯޓު އެޑްމިނިސްޓްރޭ ޓަރުންވެސް ފަނޑިޔާރުންވެސް އަދި ކޯޓުތަކުގެ ރެޖިސްޓްރަރ އިން ވެސް އެޕްރޭޒަލް ހަދާފައި އެކަށީގެންވާ ވަރަށް ޕޯފޯމް ނުކުރެވޭ ނަމަ ވަކި ކުރަންވީ. ވަކި ވަކި ފަރުދުންނަަށް ވުރެ ޤައުމު އިސްކުރަން ޖެހޭ.
މުންޖިޗޭ
10 August 2022
އެޕްރެއިޒަލްގެ މާކްސް ދަށްވެގެންނޫން އެމީހުން ވަކިކުރީކީ، ފަހަތަށް ހިނގާ ޤަވާޢިދެއް ހަދައިގެން ގަސްތުގައި ވަކިބަޔަކަށް އަމާޒުކޮށްގެން ބަޔަކު މީހުން ހިނގި ކެމްޕެއިނެއްއެއީ، ޢައްޔަންކުރާށޯ ކިޔާފަ ބަޔަކުމީހުން ލައްވާ އެއްވެސް އިންޞާފެއްނެތި ދިން މާކުސްތަކަކަށް ބަލައިގެން ބައެއްގެ ދިރިއުޅުމާ އެކުޅެލީ، ކުށެއްނުކުރަނީސް ވަޒީފާ ގެއްލުވާލުމަކީ ދިރިއުޅުމާކުޅުން، އެކަންކުރި ބަޔަކަށް އެމީހުންގެ ހިތުގެ ދުޢާއާ ކުރިމަތިލާންނުޖެހި ދާނެކަމަކަށް ނުބެލެވޭ.
މޮލޮކޭ
10 August 2022
ތީގެ ތެރެއިން ގިނަ އެޑްމިނިސްޓްރޭޓުންނަކީ 2013 އަށްފަހު ނުފޫޒުން، ނުހައްގުން މަގާމު ދީފައިވާ މީހުން. ވަކިކުރަން ޖެހޭ! ކޯޓްތައް ސިޔާސީ ކުރަން ލީ ބައެއް ތީ! ފޯއްމުލަކު ފަރޭގެ ކޮރަޕްޝަން މައްސަލަ އޭސީސީން ބަލާފައި ރިޕޯޓް ނެރެފައި އޮތްވާ ވެސް އެރަށު ކޯޓުގެ އެޑްމިނިސްޓްރޭޓުކަން އޭނާއަށް ދިނީ. މާގާބިލު މީހުންކުރިމަތި ލާފައި ތިއްބާ ނުފޫޒުން.
ޖުޑީޝަލް
10 August 2022
ޑިޕާޓްމަންޓްގެ އުސޫލުތަކަށް ފާޑުކިޔާ މީހުން ބޭރުކޮށް ސަނާކިޔާ މީހުން ބައިތިއްބަންކުރިކަމެއް އެއީ. ސަނާކިޔާ މީހުން އެތިބީ އަދިވެސް.
ނަސްރުގގގގ
10 August 2022
އަޖާއިބެއް. ކޯޓްތަކަކީ މީހުންނަށް ޙައްޤު ހޯދައިދޭންޖެހޭ ތަނަކަށްވާއިރު މިފެންނަނީ ކޯޓްތައްހިންގުމާ ހަވާލުވެ ހުރިތަނުން ފާޅުގަ މީހުންގެ ޙައްޤުތައް ނިގުޅައިގަންނަތަން. ލަދެއް ހަޔާތެއް ނެތޭ މަޤާމު އުވުނީއޭ ބުނާކަށް. މަޤާމުގެ ނަމުގެ ކުރިޔަަށް ޗީފް ލިޔަކަސް ހަމަ އެމަޤާމު ހަމައެމަސައްކަތްކުރުވަނީ. ހީވަނީ ކަންނޭގެ ރައްޔިތުންނަށް ބޭނުންގޮތެއް ހެދޭނޭ؟؟؟މިފަދަ ކަންކަން ކުރާ ކޮމިޝަންތަކުގެ ތިބިމީހުންނަށް ޖަލުހުމެއް އަންނަފަދަ ގޮތެއްނެތި މައިތިރިނުވާނެ.
އެމްސް
10 August 2022
ސިވިލް ސާރވިސްގެ ގިނަ ތަންތަނަކީ އިރު އަރާ އޮއްސެންޏާ މުސާރަ ހިނގާ ތަންތަން! އެއިން އިސްތިސްނާވާ ތަންތަންތެރޭ ކޯޓްތައް ހިމެނެނީބާ؟