ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 އޯގަސްޓް 2022 - 23:06
ގިސާސް ހިފުން ނުވަތަ މަރުގެ އަދަބު ދިނުމަކީ އެއްވެސް ރައީސަކަށް ކުރައްވަން ފަސޭހަފުޅު ކަމެއް ނޫން ކަމަށާއި އެއީ ވެރިއެއްގެ ކޮނޑުގައި އެޅޭނެ އެންމެ ބޮޑު ޒިންމާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ފުރަތަމަ ފަހަރަށް ޔާމީން ބޭއްވެވި ޕްރެސް ކޮންފަރެންސްއެއްގައި ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުރި ހުރަސްތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވައިފަ އެވެ.
އެންމެ ފުރަތަމަ ވެސް އަދި ތަކުރާރުކޮށް ވެސް ޔާމީން ވިދާޅުވަމުން ގެންދެވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ވިސްނުންފުޅަށް އެއްވެސް ބަދަލެއް އަދިވެސް ނާންނަ ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގައި މަރުގެ އަދަބު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިޔަސް، މަރަށް މަރު ހިފަން ބަލާއިރު ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު ޔާމީނަށް ގަބޫލުފުޅެއް ނުކުރެއްވެ އެވެ. މިރޭގެ ވާހަކަފުޅުގައި ވެސް އެ މަނިކުފާނު އެންމެ ގިނައިން އަދި އެންމެ ބޮޑަށް ފާހަގަކުރެއްވި ނުކުތާއަކީ އެއީ އެވެ.
"އެހެން އިންސާނަކު ކިތައްމެ ނުބައި ވިޔަސް، އަނެއްކާ ވެސް މި ނެގެނީ އެހެން އިންސާނެއްގެ ފުރާނަ ދެއްތޯ؟ އެއީ ކުޑަ ކަމެއް ނޫން. އެއީ ވަލީއުލްއަމުރަކަށް ހުންނަ މީހަކަށް ވެސް، ހަމަ ލޯމަރާލައިފައި ލޯ ހުޅުވައިލާހާ ފަސޭހަ ކަމެއް ނޫން. އެއީ އޭނާ އުފުލަން ޖެހޭ އެންމެ ބޮޑު ޒިންމާ. އަދި އެކަން އެންމެ ބޮޑު ޒިންމާއަކަށްވާ ސަބަބު މިއަދުގެ ހަގީގަތްކުން ތި ބޭފުޅުން ގަބޫލުކުރައްވާ،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ރާއްޖޭގައި ތަހުގީގުތައް މި ކުރެވެނީ ކިިހިނެއްތޯ؟ ރާއްޖޭގައި މި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އެބަ އޮތްތޯ؟ ޝަރުއީ މަރުހަލާ ފެށޭ ހިސާބަކީ ތަހުގީގު. ތަހުގީގު ފޭރާން މިހާ ދަށް ކަމަށް ވަންޏާ ކިހިނެއްތޯ ފަނޑިޔާރުން މައްސަލަ ނިންމަވާނީ؟،" ޔާމީން ސުވާލު އުފެއްދެވި އެވެ.
މަރުގެ އަދަބު ދިނުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަކަށް ވިޔަސް، ރާއްޖޭގެ ޖިނާއީ ތަހުގީގުގެ ފޭރާން މިހާރު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އެކަން ތަންފީޒުކުރަން ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ގާނޫނުތަކާއި ފަނޑިޔާރުންގެ ވިސްނުމާއި ފަނޑިޔާރުން ޕްރެކްޓިސް ކުރައްވާ ގޮތްތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.
"ފަސްދޮޅަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ނުކޮށް އޮތް ކަމެއް ކުރާއިރުގައި ވަރަށް ގިނަ އިޖުރާއީ ކަންތައްތަކެއް ވެސް ފުރިހަމަ ވާން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.
"މީހެއްގެ މަރު ހިފާއިރު، އެ މަރު ހިފާ މެތޮޑޮލޮޖީ ވެސް ވާންޖެހޭ ހިއުމޭން ކަމަކަށް. އެންމެ ހިއުމޭން ކަމެއް ގޮތަށް ފެނިގެންދިޔައީ ލީތަލް އިންޖެކްޝަން. އެއަކުން މީހާ އަށް ވާނުވާއެއް ނޭނގޭނެ. މީހާ އަށް ފެނިގެން މީހާ އަށް މި ކުރަނީ ކިހާވަރެއްގެ ކަމެއްކަން އެނގޭ ނަމަ އެއީ އެކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތެއް ނޫން."
މަރުގެ އަދަބު ދިނުމަކީ ޔާމީންގެ ވެރިކަމުގައި ނުކުރަން ދޫކޮށްލި ކަމެއް ނޫން ކަމަށާއި އަދި އެކަން ކުރުމަށްވީ ތައްޔާރީތަކަކީ ވަކި މިނިސްޓަރަކަށް އެކަނި އޭގެ ކްރެޑިޓް ވެސް ނެނގޭނެ މަސައްކަތެއް ނޫން ކަމަށް ވިދާޅުވި އެވެ. އެއީ އޭރުގެ މުޅި ކެބިނެޓުގެ ނިންމެވުމަށް ކަމަށާއި އެއްވެސް ވަޒީރަކު އެ ނިންމުމަށް ދެކޮޅު ވެސް ނުހައްދަވާ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ދިނުމަށް، ކ. ދޫނިދޫގައި އެކަމަށް ހާއްސަ ޗޭމްބަރެއް ހަދައި، އެކަމަށް ސާމާނު ވެސް ގެނަ އެވެ. އެކަމަކު، އެ ވެރިކަން ނިމުނުއިރު އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.
މަރުގެ ހުކުމް އިއްވުމަށް ފަހުގައި ވެސް ސުޕްރީމް ކޯޓުން އެކި ފަހަރު މަތިން އެ ނިންމުމަށް ބަދަލު ގެންނަތަން މިހާރު ވެސް ފެންނަމުންދާ ކަމަށާއި އެއީ އެކުރި ހުކުމާ މެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށް ޔާމީން މިރޭ ވިދާޅުވި އެވެ. އެހެންވެ، ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުނުކޮށް، މަރުގެ އަދަބު ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
"ގިސާސް ހިފައިގެން ރާއްޖޭގައި މި ހިނގާ ހުރިހާ އަނިޔާވެރިކަމަށް ކޮންމެސް ވަރެއްގެ ލުއިކަމެއް ނުވަތަ ނިމުމެއް އަންނާނީ،" ޔާމީން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
12 August 2022
ރައީސް ޔާމީން ވެރިކަމުގަ ނުދައްކަވާހާ ރަނގަޅުވާހަކަތައް ރޭގަ ދެއްކެވި.
އައިމިނާ
12 August 2022
ރާއްޖޭގެ ރަށްރަށުން ފުރިހަމަ އަށް ބޮޑު ތާއީދު އޮތީ ރައީސްޔާމީނަށް. ރަށްރަށް ތަރައްގީކޮށްގެން ރަށުގަ ތިބޭށޭ ގޮވާ މީހުންނަށް ތާއީދެއް ނެތް. އެހެން ގޮވާ ފަރާތްތަކުން ކެމްޕެއިނަށް ރަށްރަށަށް ގޮސް އެއްމެ ރެއެއްގަވެސް އެ ރަށުގަ މަޑުކުރާން ނުކެރޭ.
4 ގަޑި
12 August 2022
މިއޮތް ހުރިހާ ދުވަހު ހުރި އުދާސްތައް އެއްދުވަހުން ބޭރުކޮށްލީ މަސްދުވަސްވަންދެން ބަނޑު ހަރުވެފަ އެއް ދުވަހުން ފަސޭހަ ވިހެން. ނަމަވެސް ނުކުތް ވާކަކަތަކެއްގެ މާ މީރު ވަހެއް ނެތް.
ކްޠްލް
12 August 2022
ޑިއަރ ކުރީގަ އަހަރެމެން މޮޔަކަމުން ރާއްޖޭގެ ވެރިކަން ދެވުނު ޔާމީން. ދެން އަހަރެމެން ހައްދަން ނޫޅޭ. ކުރިޔަށް އޮތީ 2013 އެއް ނޫން. ކުރިޔަށް އޮތީ 2023. އެމްޑީޕީ ވެރިކަމެއް އަނެއްކާވެސް މިގައުމުގަ 2023 ގަ ފެނިގެންދާނެ އިންޝާ ﷲ.
ދޮންނޭ
14 August 2022
ހުވަފެނުގަ. ??
އެމްސް
12 August 2022
ޙުކުމެއް ތަންފީޒް ކުރުމަށްވުރެ އަބަދުވެސް އިސްވާނީ ޢަދުލަށް ޙުކުމް ކުރުން!
عبد اللّه
12 August 2022
ޔަމީނު މަނިކުފާނު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވުރެން އޯގާތެރި އަކަށް ވާން ދަޢުވާ ކުރަނީތަ؟ މަރަންޖެހޭ މީހާއަށް އެންމެ އޯގާތެރި ގޮތަށް މެރުމަށް އިސްލާމްދީން ވަނީ މީސްތަކުންނަށް ދަސްކޮށްދީފައި. މަނިކުފާނު ކުކުޅާއި، ގެރިއާއި، ބަކަރި ފަދަ ތަކެތި ކަރުބުރި ކުރުމުގެ ބަދަލުގައި އިންޖެކްޝަން ޖަހައިގެން މަރާލައިގެންތަ ކަނީ؟
ވަސް
12 August 2022
ޤާނޫނީ އެއްވެސް ހުއްޖަތެއް ނެތި ޕީޕީއެމް ކިޔާ ޕާޓީ އެއް މި ރައީސް އާއި ޙަވާލު ކުރަން މިރައީސްގެ ވެރިކަމުގައި ކޯޓަކުން ހުކުމްް ކުރި. އަދި މިރައީސް އެޙުކުމް ވަރަށް އުފަލުން ބަލައިގަތް.
ނޯނާ
12 August 2022
އެންމެ ހިއުމޭން ގޮތް އެ އޮތީ ދީނުގަ ފެންނަން. ލޯ ހުއްޓަސް ކަނު މީހުންނަކަށް ނުފެންނާނެ. ބަނީ އިސްރާއީލު މީހުން ފާޑަށް ވާހަކަ ތިހިރީ.
އަހުމަދު މުހައްމަދު
12 August 2022
މުސްިމުން ބޮން ގޮއްވައިގެން ޙާއްސަ ކޮށް މިސްކިތް ގޮއްވައިގެންް މީހުން މަރަނީ. އިޒްރޭލު.މީހުން ނަށް ވުރެ މާ ގިނައިން
ސަލަފޫ
12 August 2022
ކޮބާ ސަލަފޫ، މިހާރު ތިޔަބައިމީހުންނަށް އޯކޭ ދެއްތޯ؟ ކޮބާ ﷲގެ ޙުކުފުޅުގެ ދިފާޢުގައި ނެރޭ ބަޔާން. ބަލަގަ ޔާމީނުގެ ވެރިކަމުގައި ތިޔަބައި މީހުން އެންމެން (ޢަލީ ރަމީޒު އިސްވެ) ތިބީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ޔުނިވަރސިޓީގައި ދީން ކިޔަވަން އެހެންވީމާ އޭރު އެއްޗެކޭ ބުނެވޭގޮތް ނުވީ؟ އެއީ ސަލަފުގެ ކުށެއް ނޫންތާ؟
ޖުލައި
12 August 2022
ހުސް ބަހަނާ. ތަޙްޤީޤާ ފަނޑިޔާރު ގޭގެ ހާލަތު ތިހާ ދެރައިއްޔާ، އެހެން ހުކުމްތައްވެސް ތަންފީޒުނުކުރޭ. ދިގު މުއްދަތަށް. މީހުން ޖަލަށްލުމަކީވެސް އިންސާނެއް އަދި ކިއެއްތަ އެތައް އިންސާނެއްގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔުން. އެ ޙުކުމްތައް ތަންފީޒުކުރެވޭ އިރު މަރުގެ އަދަބުވެސް ތަންފީޒުކުރެވޭނެ. މަރުގެ ޙުކުމް ތަންފީޒުކުރަން ކެރޭ ވެރިޔަކު ނޫޅޭ.