މިޔަންމާގެ ކުރީގެ ލީޑަރު އަން ސަން ސޫކީ: ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ އަށް ވަނީ ހަ އަހަރުގެ ޖަލު ހުމުެއް އިއްވާފަ --- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2022 - 14:38
ޔަންގޮން (އޯގަސްޓް 16) - ކޮރަޕްޝަންގެ ތުހުމަތުގައި މިޔަންމާގެ ކުރީގެ ލީޑަރު އައުން ސަން ސޫޗީ ހަ އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ އަސްކަރީ ސަރުކާރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އަސްކަރިއްޔާއިން ސޫޗީގެ ވެރިކަން ވައްޓާލީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ. މިހާރު އެ ގައުމުގެ ވެރިކަން ކުރަމުން ދަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުންނެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ސޫޗީގެ އަށް ކުރާ ދައުވާ އަކީ އޭނާގެ ވެރިކަމުގައި ދައުލަތުގެ ފައިސާ މާލިއްޔަތު ގަވާއިދުތަކާ ހިލާފަށް ބޭނުން ކުރުމުގެ މައްސަލަ އެވެ.
ސަރުކާރުގެ ބިންތައް ބާޒާރުގެ އަގުތަކަށް ވުރެ ކުޑަ ކުއްޔެއްގައި ދިނުމުގެ މައްސަލަ ވެސް އޭނާއާ މެދު އުފުލާފައިވެ އެވެ. އަދި ޗެރިޓީ ފަންޑުގެ ފައިސާ ބޭނުން ކޮށްގެން ގެތަކެއް އިމާރާތްކުރަން ހަވާލުކުރި މައްސަލަ ވެސް ސޫޗީއާ ދެކޮޅަށް އަސްކަރިއްޔާއިން ފެންމަތިކުރި އެވެ.
މިޑީއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ވަކީލަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނުދެ އެވެ. މީގެ ކުރިން އެހެން މައްސަލަތަކުގައި ވެސް ސޫކީ، 77، ގެ މައްޗަށް ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ.
ސޫޗީގެ ސަޕޯޓަރުން ބުނާ ގޮތުގައި ބާޒާރުގެ އަގަށް ވުރެ ކުޑަ ކޮށް އޭނާ ސަރުކާރުގެ ބިންތައް ކުއްްޔަށް ދިނީ ހޮސްޕިޓަލްތަކާއި ސްކޫލްތައް އެޅުމަށެވެ. އަދި ޗެރިޓީ ފަންޑުން އޭނާ ގެތަކެއް އިމާރާތް ކުރަން ދިނީ މަގުމަތި ވެފައިވާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާގެ ސަޕޯޓަރުން ބުނެ އެވެ.
މިޔަންމާގެ ސްޓޭޓް ކައުންސިލާގެ ނަމުގައި ސޫޗީ އެ ގައުމުގެ ވެރިކަމާ ހަވާލުވީ 2016 ގަ އެވެ. އޭނާގެ ވެރިކަމުގައި އެ ގައުމގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވި މައްސަލަ ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފރެފރެ
17 August 2022
އަނހާ ޑިމޮކްރަސީގެ .......ކިހިނެއް މިހެދީ
ނަސްލި
17 August 2022
މަ މެންގެ ސޫޖީ 4 ގަނޑު ފޮޓޯ ހިފައިގެން ރައީސް މީހާ ބުލެކުމެއިލް ނުކުރެވިގެން ދުވަނީ
ޕުއްލާ
16 August 2022
ތުހުމަތުގަ 6 އަހަރަށް ޖަލަށްނުލާނެ. ސާބިތުވީމަ ޖަލަށްލާނީ
އަލަމް
16 August 2022
މިގައުމުގައިވެސް ތިކަހަލަ ހައްދުފަހަނަޅައިފަިވާ ހުދުމުޚްތާރު ޑިމޮކްރޮސީގެ ބައްޕައެއް ހަމަ ސަން ސޫޖީ ކަހަލަ، ، މިހާރު ބަރުލަމާނީ ގެންނަން ދެފައި ތަޅަތަޅާ އެބައުޅޭ
ކުޑަވަޒީރު
16 August 2022
ކޮބާ ބޮޑުވަޒީރު
ނުރަބޯ
16 August 2022
އަލްޙަމްދު ލިﷲ. ރޮހިންގޔާ މުސްލިމުންނަށް ސިފައިން ލައްވާ އަނިޔާ ކުރުވި ނުބައި ޑަކައިތު މިއީ.
އަހުމަދު މުހައްމަދު
17 August 2022
މުސްލިމުން މާ ގިނަ މުސްލިމުން މަރާ
މުޙައްމަދު2020
17 August 2022
މުސްލިމުން މުސްލިމުން އެންމެ ގިނައިން މަރަނީ. މުސްލިމުންގެ ތެރޭގައި އެފަދަ ބައެއް ނޫޅެއެކޭ ނޫން. އެހެންނަމަވެސް އެމެރިކާއާއި ޔޫރަޕް ޤައުމުތަކާއި އިންޑިޔާއާއި މިޔަންމާއާއި އިޒްރޭލާއި ޔޫގޯސްލޭވިޔާފަދަ ޤައުމުތަކުން ޙައްޤަކާނުލައި މަރާފައިވާ މުސްލިމުންގެ ޢަދަދުވެސް ނޭނގޭ.
ޖުހާ.
17 August 2022
އެންމެ ގިނަ މުސްލިމުން މެރީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ގުޅިގެން. ދެވަނައަށް އިޒްރޭލް. ތިންވަނަ ސައޫދީ ކޯލިޝަނަށް.
ހަމްބަންޓޯޓާ
16 August 2022
ތިޔަ ގުރޫޕު މީހެއް އުޅޭނެ މިރާއްޖޭވެސް.... ޖަލަށް ހުކުމް ކުރާއިރަށް ދެން ވާނީ ބަލި، ނުރިއްސާ ތަނެއް ނޯންނާނެ، ދެން ފާޑުފާޑުގެ ކޮމިޝަންތައް ހަދައިގެން އަންނާނެ އޭނަ ނެރެން...ޖަލަކު ނޯވެވޭނެ