ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ބެލުމަށް އައި މާހިރުންގެ ޓީމާ، ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާ އިއްޔެ މަޝްވަރާކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
23 އޯގަސްޓް 2022 - 12:14
ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނީ ގައިންގަޔަށް ނާރާ ބަލިތައް އަދި ހާއްސަކޮށް ކެންސަރު ކޮންޓްރޯލްކުރުމަށް ކުރެވޭނެ ކަންތައްތައް ދިރާސާކުރާ ޓީމުގައި ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާއި ސަރަހައްދީ އަދި މައި މަރުކަޒުގެ މާހިރުންނާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަދި އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސަރަށް ނިސްބަތްވާ ފަންނީ މާހިރުން ހިމެނޭ ކަމަށެވެ.
އެ ޓީމުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގައި މަސައްކަތްކުރާނެ އެވެ. ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލްތަކުގެ އޮފިޝަލުންނާ އެ މުއްދަތުގައި މަޝްވަރާކޮށް ބައެއް އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ގައިންގަޔަށް ނާރާ އަދި ހާއްސަކޮށް ކެންސަރު ކޮންޓްރޯލްކޮށް ސިއްހީ ދުޅަހެޔޮކަން އިތުރުކުރަން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމެއް ވަރަށް މުހިއްމު ކަމަށެވެ.
@MoHmv is committed in addressing cancer prevention, early diagnosis, clinical management and palliative care through Primary Health Care model. pic.twitter.com/3LerBhtzjC
— Ministry of Health (@MoHmv) August 22, 2022
އެހެންވެ، އެ ބަލިތައް ދުރާލައި ދެނެގަނެ، ރައްކާތެރިވާނެ ގޮތާއި ފަރުވާކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކަނޑައެޅުމުގައި ބޭނުންވާނެ މިންގަނޑުތަކާއި ފަރުވާއަށް ބޭނުންކުރާނެ ގައިޑްލައިންތައް ތައްޔާރުކުރުމަށް ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި ކެންސަރު ކޮންޓްރޯލްކުރުމަށާއި ކެންސަރަށް ފަރުވާ ދިނުމާއި ކެންސަރު ބަލީގެ މީހުންގެ މައުލޫމާތު ބަލަހައްޓައި އަދި ހިދުމަތްތައް ރޭވިފައި ހުރި ގޮތްތައް ބަލާނެ ކަމަށެވެ. އޭގެ އިތުރުން ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކެންސަރު ބަލި އަދި ދިގު މުއްދަތުގެ ބަލިތަކަށް ހުށަހެޅޭ ހިރާސްތަކާއި ބަލިތަކުން މީހުން ރައްކާތެރިކުރުމާއި ފަރުވާގެ ނިޒާމު އިންތިޒާމް ކުރެވިފައިވާ ގޮތުގެ މައުލޫމާތު ދެނެގަންނާނެ ކަމަށް ބުންޏެވެ.
އެ މައުލޫމާތުގެ އަލީގައި ޕަބްލިކް ހެލްތުގެ ނިޒާމް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ސަރުކާރަށް ލަފާ ދިނުމަށް ވަނީ ނިންމައިފަ އެވެ.
ކެންސަރު ބައްޔާ ގުޅޭ ދިރާސާ ކުރަން ފެށިއިރު، ރާއްޖޭގައި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
24 August 2022
ސިހުރުގެ ސަބަބުންވެސް ކެންސަރު ގިނަވޭ.
އެލާޓް
23 August 2022
މިގައުމުގެ މީހުން ކޮރަޕްޝަނާ އެހާ ދޯހަޅީ ކީއްވެގެންތޯވެސް އެބަ ދިރާސާކުރަން އެބަޖެހޭ.
ހުތްޓައްޕު
23 August 2022
ފޮނިޓައްޕޫ! މޭވާޔާ ތަރުކާރީ އެތެރެކުރަނީ ހަމައެކަނި އިންޑިޔާއިންތޯ. އިންޑިޔާ ދަނޑުވެރިން އެކަނިތޯ ކެމިކަލް ބޭނުންކުރަނީ. އެހެން ގައުމުތަކުގެ ދަނޑުވެރިން ބޭނުން ކުރަނީ މާމުއި ތޯ,
ާއާދަނު
23 August 2022
މިމީހުންނަށް ދޮގުނުހަދާ ރަނގަޅަށް ހުރިހާކަމެއް ކިޔާދޭތި
ނުވާނެ
24 August 2022
ބަލިމީހުން އަމިއްލައަށް ކުރެވޭ ގޯސްކަންކަން ކިޔައިދޭނެބާ؟ ބައެއް މީހުން އާދައިގެ ބަލިތަކުގަ ޑރއަށް ދައްކާއިރުވެސް އެބަ ދޮގުހަދާ އޮޅުވާލާ ޑރއަށް. ކައިބޮއި ހަދާ އެއްޗެހި ނުކާ ކަމަށް ހެދިގެން ޑރ އަށް މައުލޫމާތު ދީ ހަދާ އެބަ. ދިރާސާއަކަށް ދޮގު މައުލޫމާތު ދިނުން ހައްލުވެދާނެ ކަންނޭނގެ މީހާ ފާޅުނުވާ ގޮތަށް މައުލޫމާތު އެއްކުރާނަމަ.
ފޮނިޓައްޕު ހަސަނު
23 August 2022
މިރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ތަކައީ މިރާއްޖެއަށް އިންޑިއާ އިން އެތެރެކުރާ ތަރުކާރީ އާއި މޭވާއަކީ ދަނޑުވެރިކަން ކުރަން ހުއްދަަ ނުކުރާ ބާވަތުގެ ކެމިކަލް އަޅައިގެން ގެން ހައްދާތަކެތި ކަމުގައި ވުމުން އެ ބޭނުން ކުރުމުން އިންސާނުންނަށް އޭގެ ނުބައި އަސަރު ކުރުން .
ބުރާންޗު
24 August 2022
ރާއްޖޭގެ ދަނޑުތަކުގައި ބޭނުންކުރާ ވަރުގަދަ ކެމިކަލްތަލުގެ ވާހަކަ ކީއްވެ ނުދައްކަނީ؟
ދީންއޮވޭ
24 August 2022
ދުނިޔޭގަ ލެއްވި ނުފެންނަ އެތައް އެތައް ގެއްލުންދެނިވި އެއްޗަކާ ތިމާމެންނާ ދިމާވެ އެތަކެތީގެ ބޭނުން ކުރަންޖެހިދާނެކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުންވަނީ އެކަމުގެ ހައްލުވެސް ލައްވާފަ. މުސްލިމުންގެ ގޮތުގައި ތިބޭނަމަ މާތްﷲއަށް ވަކީލުކުރުން އޮންނަންވާނެ. އަދި ކަންކަމުން ރައްކާތެރިކުރުމަށް ދުއާކުރުން އޮންނަންވާނެ. ކުޑަމިނުން ކެއުމުގެ ކުރިން ބިސްމި ކިޔާލުން އޮންނަންވާނެ. ހުރިހާ ކަމެއްގެ ހައްލު ވޭ ދީނުގައި.
ރުޅިގަދަ އާބިދު
23 August 2022
ތިޔަ މާހިރުން ފޮނުވަންވީ ރަށްރަށުގެ ހޮސްޕިޓަލަކަށް ނޫން. ފުރަތަމަ ފޮނުވާ ތޮއްޑޫއަށް. އެތަނުގެ ވެއްޔާއި ފެނުން ސާމްޕަލް ނަގަން. ރާއްޖޭގައި ވިއްކާ ތަރުކާރީއާއި މޭވާ ހެއްދުމުގައި ހައްދެއް ނެތި ކެމިކަލް އަޅާކަން އެންމެންނަށް ވެސް އެގޭ. ދެން ތިޔަ މާހިރުން ފޮނުވާ މާލޭގެ ތަރުކާރީ މާރުކޭޓަށް. ދޮންކެޔޮތައް ޓެސްޓުކުރަން. ދެން ތިޔަ މާހިރުން ފޮނުވާ ރާއްޖެތެރޭގައި ފައިބަރުގެ މަސައްކަތްކުރާ ރަށްރަށަށް. ދެން ތިޔަ މާހިރުން ފޮނުވާ މާލޭގެ ސުޕަމާކެޓްތަކަށް
މުހައްމަދު.
23 August 2022
ރާއްޖެއަށް އެތެރެކުރާ މޭވާއާއި ތަރުކާރީ އަކީ ބޭރުކުރާ ގައުމެއްގެ އެފަދަ ތަކެތީގެ ތާޒާކަން އަންގައިދޭ ހުއްދަ އޮވެގެން ބޭރުކުރާ ތަކެތި ކަން ޔަގީންކުރުމުންވެސް ގިނަ ބަލިތައް މަދުކުރެވޭނެ.
މުހައްމަދު.
23 August 2022
މާކަބޮޑު ދިރާސާއެއް ކުރާކަށް ނުޖެހޭ. ކުރަންޖެހޭ ކަމަކީ ޑޮކްޓަރީ ބޭސް ކެއުން މަދުކުރުން. ޚާއްސަ ކޮށް ނުގުޅޭ ބޭސް އަމިއްލަޔަށް ދެނެގަނެ ކެއުން ހުއްޓާލާ މަސްތުވާތަކެއްޗާއި ސިނގިރޭޓާއި ދުފާތަކެތި ބޭނުންކުރުން ހުއްޓާލާ ހަށިގަނޑަށް ފައިދާހުރި ތާޒާ ކާނާ ކެއުން އަދާކުރުން.
ކުނާހަސަން
23 August 2022
މިތަނަށް އެތެރެކޮށްގެން ފިހާރަތަކުގަ ވިއްކަން ހުންނަ ކާތަކެއްޗަކީ ކިހާރައްކާތެރި އެއްޗެއްތޯ އޭގައި ނުރައްކާތެރި ބާވަތްތަކުގެ ކެމިކަލްސް ހުރޭތޯ ސަރުކާރަކުން ނުބަލާ ހަމަ ކޮންމެ މީހަކުވެސް ބޭނުން އެއްޗެއް އެތެރެކޮށްގެން ވިއްކަނީ ދެން އަހަރުމެން އެއްޗެހި ކައިގެން މިފާޑުފާޑުގެ ބަލިތައްމިވަނީ
ގިރާސައި
23 August 2022
އެއް ހަފްތާ ތެރޭކޮން ދިރާސާއެއް ކުރެވޭނީ ސަރުކާރުން ތިކަހަލަ ކަންތަކާ ކަންބޮޑުވާނަމަ އަމިއްލައަށް އިސްނަގައިގެން ބަޔަކުލައްވާ ތިދިރާސާތައްކުރާނެ އެކަމަކު ސަރުކާރުން ހުރިހާކަމެއްވެސް ކުރާނީ ސިޔާސީފައިދާއަށް ބަލައިގެންވީމަ މިކަހަލަ ކަންކަން މީ އެހާބޮޑެތި ކަންކަމެއް ނޫން