އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.
29 އޯގަސްޓް 2022 - 18:19
ފީނަން ގޮސް އުޅެނިކޮށް އުނގޫފާރު ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 4:20 ހާއިރު އެވެ.
ފަޒީލް ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
މަރުވި، އުމުރުން 25 އަހަރުގެ ޒުވާނާއަކީ އުނގޫފާރު ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އައި މީހެކެވެ. އޭނާ މަރުވާން މެދުވެރިވީ ކީއްވެކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިދަރިން
30 August 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ހުސޭނިކު
29 August 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. މައްޔިތާއަށް ފާފަފުއްސަވައި ސުވަރުގެ މިންވަރުކުރައްވާދޭވެ. މަރަކީ ކޮންމެ މީހަކާއި ބައްދަލުކުރާނެ އެއްޗެއް. ވަގުތެއް ނޭގޭނެ. ކުޑައެއް ބޮޑެއް މުސްކުޅިއެއް ޖިންސެއް ތަރުތީބެއް އިސްފަސް ވެގެނެއްނުވޭ. ބުއްދިވެރިން ނަކީ މިކަމަށް ވިސްނައިގެ ތައްޔާރުވަމުން ދާމީހުން..
ޙސެން
29 August 2022
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތް ﷲ މައްޔިތާއަށް ކަށްވަޅުގައި ސާބިތުކަން ދެއްވާ، މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ!
އާދިލު
29 August 2022
ހިތާވަވެރި ކަމެއް. މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި. ކޮންމެ މީހަކަށް ވެސް މިދުވަސް އެބައޮތްކަން ދަނެގެން ނަފްސުތައް އިސްލާހުކުުރަމާ.
ށަވިޔަނި
29 August 2022
ހޮތާމަވެރި މިފަދަ ހާދިސާތައް އިތިރުވަނީ. اللهم اغفرله وارحمه واسكنه في الجنة آمين
ޕްރޭމްޗޯޕްރާ
29 August 2022
انالله وانااليح راجغون