މުލި އެއާޕޯޓުގެ މަސައްކަތް ކުރަނީ. އެ އެއާޕޯޓު އިތުރަށް ބޮޑު ކުރަން ވަނީ ނިންމާފައި--ފޮޓޯ:އެމްޓީސީސީ
30 އޯގަސްޓް 2022 - 12:48
މުލީގެ އެއާޕޯޓު، ޖެޓްތަކަށް ޖެއްސޭ ގޮތަށް ބޮޑު ކުރަން ނިންމައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ އެއާޕޯޓުގައި ހަދަން ފުރަތަމަ އެއްބަސްވީ 1،200 މީޓަރުގެ ރަންވޭއެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެނދުމުގެ މަތިން ރަންވޭގެ ސައިޒު 1،500 މީޓަރަށް ބޮޑު ކުރަން މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއާއެކު އަގަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމަކު އިތުރަށް ހަރަދުވާނީ ކިހާވަރެއް ކަން އަދި ޔަގީން ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މުލިީގެ އެއާޕޯޓު ބޮޑު ކުރަނީ ޕްރައިވެޓް ޖެޓްތަކަށް ޖެއްސޭނެ ގޮތް ފަހިކުރުމަށެވެ. އަދި އިތުރު 300 މީޓަރު ބޮޑު ކުރާތީ އެ އެއާޕޯޓު ތަރައްގީ ކުރަން ކުރިން ކަނޑައެޅި އަގު ކަމަށްވާ 222 މިލިއަން ރުފިޔާ އަށް އިތުރު 70 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އޭގެ މާނައަކީ މުލގެ އެއާޕޯޓުގެ އަގު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އަށް މަތިވުމެވެ.
މުލީގެ އެއާޕޯޓުގެ 30 ޕަސެންޓުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި ހިސާބަށް އެ ޕްރޮޖެކްޓް އެއްކޮށް ނިންމައިލުމެވެ. އެ އެއާޕޯޓުގެ ފަޔާ ބިލްޑިންގާއި ޕެސެންޖާ ޓާމިނަލް އަދި ރަންވޭގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
މުލީ އެއާޕޯޓުގެ އިތުރުން އަލިފުށި އެއާޕޯޓުގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެއާޕޯޓު ހެދުމަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒަސް
30 August 2022
ތިފެށުނީ އަނެއް ކުޅި.. ދެން އަންނަ އިންތިކާބުގައި އޮންނާނީ ރަންވޭ 1200 އިން 1500 އަށް ބޮޑުކުރުމުގެ ވައުދު.
ކުޗީ
30 August 2022
ރަނގަޅު ނިންމުމެއް.
އެމްސް
30 August 2022
ރަޢިއްޔަތުންނަށް ކިރިޔާވެސް ފައިދާއެއް އޮތީ އިންޑަސްޓްރީސް އުފެދި/ވަޒީފާ އުފެދިގެން! 1 ސިނާޢަތު އުސޫލު ދޫކޮށްލަން ޖެހޭ، ފަތުރުވެރިކަމަށް އެކަނި ބަރޯސީވުމީ ގޯހެއްކަން ކޮވިޑުން އެކަނިވެސް ދަސްވާންވާނެ!
ސައިޚް
30 August 2022
ސުރުޚީ ކިހިނެއް މިއޮތީ.؟ މުލީގެ. ؟ އެއާރޕޯރޓްގެ.؟ މުލީ އެއާރޕޯރޓް ރަންވޭ، މިގޮތް ކިހިނެއްވާނެ.؟ ވިސްނާލުން ރަނގަޅު.
އަސްލުވެސް ދޯ
30 August 2022
އަދި އެއްތަންކޮލު ރަނގަޅެއްނޫން. ހިމަދިގުކޮށް ހުންނަ ތަންތަނާއި ތަކެއްޗަށް ނިސްބަތްކޮށް ބުނާއިރު "ރަންވޭ ބޮޑުކުރުމެއް" ނޫން ލިޔަންވީ "ރަންވޭ އިތުރަށް ދިގުކުރުން" މިހެން ލިޔަންވީ. ރަންވޭ ބޮޑުކުރާނަމަ ރަންވޭ ފުޅާކޮށް ދިގުކުރާނީ..
ފުނޯސް
30 August 2022
މަހީކުރީ މުލީއާގޭގައި ރަންވޭ އަޅަނީ ކަމަށް
އެޑްމުންޑޯ
30 August 2022
ގޯހެއްނޫން ، ރަގަޅުކަމެއް ، އެއަރޕޯޓަށް ލިބޭ އާމްދަނީ އިތުރުވެގެން ކުރިއެރުންތައް ލިބޭނީވެސް
ނަންޖެހުން
30 August 2022
މުލީގެ އެއާޕޯޓުގެ ރަންވޭ 1،500 މީޓަރަށް ބޮޑުކުރަނީ، ބޭނު މަކީ ޖެޓްތައް ޖެއްސޭ ގޮތް ހެދުން މުލީގެ އެއާޕޯޓު،،، މުލީ އެއާޕޯޓު މީގަ ކޮބާ މައްސަލައަކީ
ގުލްޒާރު
30 August 2022
ޝުކުރިއްޔާ ރައީސް ޔާމީން.
ޓޯނީ ބްލެއަރ، މާތޮޑާ
30 August 2022
ކޮބާތަ ފަރެސްމާތޮޑާ އެއާޕޯޓުގެ ހަބަރަކީ؟
ޖުހަހަހަހާ
30 August 2022
އެއަރޕޯޓުން ރަށެއް ބުރިޖެއްވެސް އެޅިނަމަ.