ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި ހުރި ޕާރުސަލް -- ފޮޓޯ: ކަސްޓަމްސް
30 އޯގަސްޓް 2022 - 17:11
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި، ފާސްކުރުމުގެ ތެރޭގައި މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުގައި ކަމަށެވެ.
ބަލައި ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މެފެޑްރޯން" އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ. އެއީ އެ ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މި އަހަރު އަތުލައިގަތް ދެ ވަނަ ފަހަރު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އޭގެ ބަރުދަނުގައި 526 ގްރާމް ހުރި ކަމަށާއި އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލައިގައި ތުހުމަތުވާ ދިވެހި ފިރިހެނަކާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މި އަހަރު އެންމެ ފުރަތަމަ އަތުލައިގަތީ، ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި މާޗު 1 ގަ އެވެ. އެ ފަހަރު 585 ގްރާމްގެ މެފެޑްރޯން އަތުލައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިކޮޅު
31 August 2022
ޑްރގު ދެއްކޭ އެތެރެ ކުރި މީހުންނެއް ނުދެއްކޭ މީ ދްރަގު ފެތުރުމުގެ ކޮޅު ގަދަކޮށް އޮންނަ ކަމެއް
ވަހީދު
31 August 2022
ރާއްޖެއާއި ބޭރުގެ ފަރާތްތަކާއި ދެމެދު މިފަދަ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުން ތަކުގައި ވަރަށް ގިނައިން ސޮއިކޮށް އެކަމުގެ އުފަލުގައި ސައިބޮއި ޕާޓީ ބާއްވާތަން ޚަބަރުތަކުގައި ވަރަށް ގިނައި ފެނޭ. އެކަމަކު އެންމެ ކުޑަ މިނުން މިފަދަ ސާމާނު ރާއްޖެއަށް ފުނުވާ ގައުމެއްގެ ނަން ވެސް ޚަބަރަކުން ނުފެނޭ. އެއީ ކީއްވެބާ؟
އެމްސް
31 August 2022
ވަޒީފާގެ %90 އޮތީ ބިދޭސީންނަށް! ދިވެހިނަށް އޮތީ މަސްތުވާތަކެއްޗާއި، ފޭރުމާއި ވައްކަން ކުރުން!
1828
30 August 2022
ސާބިތުވާނެބާ؟