ޝަހުމް: އޭނާ މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/ޕޮލިސް
04 ސެޕްޓެމްބަރ 2022 - 12:22
މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ހައި ކޯޓުން އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި 2011 ވަނަ އަހަރު ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން މިދިޔަ އަހަރު ފަހުކޮޅު ހުކުމްކުރީ އެ ހަމަލާއަށްފަހު އަހުސަން މަރު މަތީގައި އޮވެގެން ބުނި ބަހަށް ބުރަދަން ދީގެންނެވެ. އެއީ މަރު މަތީގައި އޮވެގެން ބުނި ބަސް (ޑައިން ޑިކްލަރޭޝަން) ރާއްޖޭގެ ކޯޓަކުން ހެއްކެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މައްސަލަ އެވެ.
ޝަހުމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން މިދިޔަ ހަފުތާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް، އެ މައްސަލަ އެ ކޯޓުން އަދި ބަލައެއް ނުގަނެ އެވެ. ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހުށަހަޅާނީ ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުންނެވެ.
އަހުސަން
ޝަހުމްގެ އިތުރުން މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވެސް މި މައްސަލާގައި ހައި ކޯޓުން އިއްވި އެވެ. އެއީ އަހުސަން މަރާލުމުގައި ޝަހުމަށް އެހީތެރިވެދިން ކަމުގެ ކުށުގަ އެވެ.
Maru matheegai bunaa bas varugadha hekkakah: Thaareekhee nimmumeh!
The most trusted news source in the Maldives
Mihaaru
ޝަހުމާއި ޝިމާޒްގެ މައްޗަށް ކުރި ހުކުމަކީ ޑައިން ޑިކްލަރޭޝަން ބަލައިގަތް ފުރަތަމަ މައްސަލަ
ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އައިއިރު އޭނާ ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ. އެއީ 2010 ވަނަ އަހަރު މާފަންނު ޔޫތު ސެންޓަރު ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ.
Ahusan ge maru: Shahum maran hukum koh, Shimaz 15 aharah jalah
The most trusted news source in the Maldives
Mihaaru
ޝަހުމާއި ޝިމާޒްގެ މައްޗަށް ކުރި ހުކުމް
އެ މައްސަލާގައި ތުހުމަތުގައި ޝަހުމް ހައްޔަރުކޮށްފައި ހުއްޓާ 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ހެލްތް މިނިސްޓްރީގެ ލިޔުމެއް ނުލިބޭތީ އޭރުގެ ހެލްތް މިނިސްޓަރު ޒިންމާދާރު ކުރަން ކަމަށް ބުނެ އެވެ. އޭނާ ދޫކޮށްލިތާ ދުވަސްކޮޅެއް ވީތަނާ، އަހުސަނަށް ހަމަލާދީ މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ފަޅު ރަށަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސް އަނގަ
04 September 2022
ނުކުރެވޭނެ މަރުގެ ހުކުމް ތަންފީޒެއް... ތަނެއްގަ ބަޔަކު ކުރިޔަކަސް މިގައުމަކު ތިކަމެއް ނުވާނެ
އެމްސް
04 September 2022
މީހަކު މަރަން ދީނުގަ އޮންނަނީ ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމި، ވާރުސިންގެ ބަހައްވެސް ފަހު! އަދި އެކަންކަމެއް ފުރިހަމައެއް ނުވޭ އެހެން ނޫންތޯ؟
ޙިނި
04 September 2022
އުމުރައް ޖަލައްލީމަވެސް 25 އަހަރުފަހުން މިނިވަންވޭ، މިވެސް ހެއްވާ އަދި ވެރިން ކަންފަސޭހަޔައް އަޅާނުލާ އޮތަ ކަންކަން.
ހާއިބްރީ
04 September 2022
މައިބަދާގައި ރިއްސާތީވެ ރާއްޖޭން ބޭރަށްފުރުވާ ނުލާފިއްޔާ ކިތަންމެހާވެސް ރަނގަޅު.
ދިވެހި މައިންނަށް
04 September 2022
ހެޔޮނުވާނެ، ދަރިންކޮޅު މިފަދަ މުޖުރިމުންނަށް ވިޔަނުދިނުމަށާއި، މުޖުރިމުންގެ، ކިބައިން ރައްކާތެރި ކުރާށެވެ! އެކަން ކުރެވޭނީ ޚާއްޞަކޮށްު މައިން އެމީހުންގެ ދަރިންނަށް ފާރަވެރިވެ ދަރިންނާ އެކުވެރިވެ ކުޑައިރުއްސުރެ ރަނގަޅަށް ތަރުބިއްޔަތު ދެވިގެންނެވެ. ފިރިމީހާ ވަރިކޮށްފައި ދިޔަޔަސް، ދިރިއުޅެނީ ކުޑަ ތަންކޮޅެއްގައި ވިޔަސް ނުހަނު ތަކުލީފާއިއެކުގައި ވިޔަސް ދަރިންކޮޅު ދޫކޮށް ނުލާށެވެ! ﷲ އެއްވެސް އަޅަކަށް ނޫފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެ އެވެ.
އޮނަރަބްލް އަފީފު ދީދީ
04 September 2022
ސްޕްރީމް ކޯޓްގެ ޗީފް ޖަޖު އަދި ބެންޗްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ތިކަމުގައިވެސް އިންސާފުވެރި ހުކުމެއް ނެރެދެއްވާނެ ކަމާއިމެދު ޝައްކެތް ނުކުރަން # މިފަދަ ޤާތިލެއްގެ ދިފާޢިގައި ދައުލަތުން މަސައްކަތް ކުރިކަމުގައިވިޔަސް ނުލަފާ ޤާތިލްގެ ހަންޖަރުން އިތުރު މީހެއްގެ ފުރާނަ ދުއްވާލަން ދައުލަތުން އެފުރުސަތު ނުދެއްވާނެ ކަމަށް ހީކުރަން. # ތިއީ ރައްޔިތުންގެ ތެރެއަށް މިކިވަނެއްގެ ގޮތުގައި ދޫކޮށްލާވަރަށްވުރެން ނުރައްކާތެރި މީހެއް.