ލޯކަމް މާރުކޭޓުގައި ބަޔަކު ފޮށިގަނޑުތަކެއް ހިފައގެން ދަނީ. ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި--ފޮޓޯ:މިހާރު
04 ސެޕްޓެމްބަރ 2022 - 13:16
ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް 5.2 ޕަސެންޓުން ހަ ޕަސެންޓަށް މައްޗަށް ހިނގައްޖެ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ކާބޯތަކެތީގެ އިންފްލޭޝަން ވަނީ އޭގެ ކުރީ މަހަށް ވުރެ 0.8 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ކާބޯތަކެތީގެ އަގުތައް އިތުރަށް އުފުލުނަސް ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ވަނީ 5.2 ޕަސެންޓުން 2.5 ޕަސެންޓަށް ދަށްވެފަ އެވެ. ޖުމްލަ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް ދެ ގުނަ ދަށަށް ގޮސްފައި ވަނީ ހައުސިން ދާއިރާ އާއި ފެނާއި ކަރަންޓުގެ އަގު ދަށްވުމާ ގުޅިގެންނެވެ. ފެނާއި ކަރަންޓަކީ ސަރުކާރުން ސަބްސިޑީ ދޭ ހިދުމަތްތަކެވެ. ޖުލައި މަހު ފެނާއި ކަރަންޓުގެ އިންފްލޭޝަން 12 ޕަސެންޓުން 0.8 ޕަސެންޓަށް ވަނީ ތިރިވެފަ އެވެ. މީގެ އިތުރުން ދަތުރުފަތުރުގެ އިންފްލޭޝަން ވެސް ވަނީ ދަށް ވެފަ އެވެ.
މި އަހަރު ފެށުނު އިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 1.9 ޕަސެންޓުގަ އެވެ. އެހެންވެ ހަ މަސް ތެރޭ ތަކެތީގެ އަގު ވަނީ ހަ ޕަސެންޓު މައްޗަށް ގޮސްފަ އެވެ. ރާއްޖޭގެ އިންފްލޭޝަން މި ވަގުތު ހުރީ ވޭތުވެދިޔަ ހަ އަހަރު ނާރާހާ މަތީގަ އެވެ.
ރަޝިޔާގެ ހަނގުރާމަ އާ ގުޅިގެން، މުޅި ދުނިޔޭގެ އިންފްލޭޝަން ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ދުނިޔޭގެ އިންފްލޭޝަން ރޭޓް ވަނީ އެވްރެޖްކޮށް 8 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދެކުނު އޭޝިޔާގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު މި ވަގުތު ހުރީ 23 ޕަސެންޓުގަ އެވެ. އަދި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް މައްޗަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
04 September 2022
ހުރިހާ ތަކެއްޗެއްގެވެސް އަގު ދަނީ އުފުލެމުން! ޑޮލަރުވެސް 15.42 އަކަށް ނުލިބޭ! ވަޒީފާއެއްނެތި އުޅޭ ރަޢިއްޔަތުންވެސް އެހާގިނަ! މިއަދު މިޤައުމުގަ ބިދޭސީން ތިބީ ހަމައެކަނި ވަޒީފާ ތަކަކުވެސް ނޫން! ލޯކަލް މާރުކޭޓުގަވެސް ގިނައީ އެމީހުންގެ އަމިއްލަ ގޮޅި! ބްލެކް މާރކެޓްގަ ޑޮލަރުގެ އަގު ކަނޑައަޅަން ބޮންދެއް ހުރިހެން، ރާއްޖޭގަ އުފައްދާ ހުރިހާ ތަރުކާރި/މޭވާ އެއްގެވެސް އަގު ކަނޑައަޅަނީ ބޮންދެއް! މާލެއާއި ހިސާބަށް ތަކެތި އައިސް ދިވެއްސަކަށް ލިބެނީ 4 ވަނަ އަށް!
ފަހީރާ
04 September 2022
އެމްއެމްއޭއަށް ބުނެވިދާނެ %1 އޭވެސް..އެކަމު އަގުތައް ބޮޑުވެފަ ހުރީ އެބުނާ %6އަށް ނޫންކަން އެއްމެނަށް އެނގޭ..
އެމްސް
04 September 2022
އެންމެ ކުޑަކޮށް ބޮޑުވި އެއްޗެތީގެ އަގުވެސް ހުރީ %25 އަށްވުރެ މަތީގަ! %50 ކީއްކުރަން %100 އަށްވުރެ މައްޗަށް އަގު ހިއްލުނު ތަކެތިވެސް އެބަ ހުރި! މިސާލަކަށް، ކޮވިޑްތެރޭ -/20 އަށް ކިލޯ ހުރި ބޮންތިރަތް ކެޔޮ -/45 އަށްވެސް އެބަ ހުރި!