04 ސެޕްޓެމްބަރ 2022 - 22:37
ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމު ފަރަށް އެރި ސަރަަހައްދު ސާފުކޮށްފައިވާ ކަމަށް ބްރިޖް އަޅާ އިންޑިއާގެ ކުންފުނި އެފްކޮންސް އިން މިރޭ ބުނެފި އެވެ.
އެ ކުންފުނިން ބުނީ މޫސުން ކިތަންމެ ގޯސް ނަމަވެސް މިއަދު ފަރުމަތި ސާފުކޮށް ކުނިތައް ނަގައިފައިވާ ކަމަށެވެ.
އެފްކޮންސް އިން ބުނީ ކުނިތައް ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 28 ގައި ކަމަށެވެ. އޭރު ވެސް ވަރަށް މޫސުން ގޯސްވެ ކަނޑުގަދަ ނަމަވެސް މަސައްކަތް ކުރި ކަމަށް ބުންޏެވެ.
އެފްކޮންސްއިން ބުނީ އެ ސަރަހައްދުގައި ހުރި ކުނިތައް ނެގުމަށް އެންމެ އެކަށީގެންވާ މެޝިނަރީސް ބޭނުންކުރި ކަމަށާއި ދެން އޮތީ އެންވަަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ އެކު ހަދާ ޖޮއިންޓް ސާވޭއެއް ކަމަށެވެ. އެ ސާވޭގައި، ފަރަށް ލިބިފައިވާ ގެއްލުން ބަލާނެ އެވެ.
މިދިޔަ މަހުގެ 16 ގައި ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ. މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މިދިޔަ މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމާރުލްގައުމު.
06 September 2022
އެހެންވެ ދޯ. ހުޅުމާލެ ބްރިޖް ޗައިނާއިން އަޅަމުން ދިޔައިރުގެ ފޮޓޯއެއް ނަގާފަ އިއްޔެ އެފްކޮން އިން އަޅާ ބްރިޖުގެ ކޮންސްޓްރަކްޝަން ފާމްއޭ ކިޔާފަ ޓްވީޓް އެކުރީ. ކަލޭމެން މާ ތާހިރުވާނެ ކަލޭމެން ރައްޔިތުންނަށް ރައްކާތެރިކާމާއެކު ގަލޯހާޖަތް ކުރެވޭނެ ގޮތް ހެދިއްޔާ.
ކަށިންއާވި ނަގަމުން
05 September 2022
ކުނި ނަގައިފީމޭ ބުނެ ނިންމައި ނުލެވޭނެ ފަރަށް ލިބުނުގެއްލުމަށް ބަދަލް ނެގެންޖެހޭނެ
ރަދީފްއޮފިޝަލް
05 September 2022
ޔޭސް ޔޭސް.އެއީ ގޭ ވަލުފަފަރާތުގަ މާމަ ގޯތީގަ ހުރި ބަނބުކެޔޮ ގަހުން ވެރިފަ ހުރި ފަތް ނެގުން ކަހަލަ ކަމެއް.އެހެންވީމަ ފަރުމަތިން ކުނި ނެގުން އެއީ ފަސޭހަކަމެއް.ލަދު ކޮބާ؟/ ވ.ވެދުން
ހައިރާނާ
05 September 2022
ކުނިތައް ނެގިޔަސް އަދި ނުނިމޭ. ފަރަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭ.
ކަޓްޕަޓޭލް
05 September 2022
ކޮން ޖޮއިންޓް ސަަވޭއްތަ . އިންޑިއާ ކުންފުނިންދޯ ސާވޭވެސްކޮށްފަ ފައިން ދައްކަންޖެހޭވަރު ކަނޑައަޅާނީ
ސަސި.
05 September 2022
ނައިމްބެކޮބާ އަވަހަށް ދިރާސާ ފަށަމާބަހީ، ފަރަށް ގެއްލުމެއް ވެފަ ނެތް ނަމަވެސް އެންމެ ކުޑަމިނުން ފަރަށް އެއްޗެއް އެރިކަން ނޫނީ ނާރާކަން ވާނެ ބުނެދޭން.
އުދުހޭ
04 September 2022
އެފްކޮންސް އިން ބޭނުންވަނީ ޖޫރިމަނާގެ ބަދަލުގައި ފަރަށް ކޮންކްރީޓްއަޅާ ބައްދާށޯ. މުރަކައަކީ ދިރޭ ހެދިބޮޑުވާ އެއްޗަކަށްވާތީ ކޮންކްރީޓްވެސް ހަދަންޖެހޭނީ ދިރޭގޮތަށް.
މިވަގުތަކީ ބްރިޖެއް އަޅަން ޖެހޭ ވަގުތެއްނޫން!
04 September 2022
ފެށުން ގޯސް. ނިމުން މާގޯސްވާނެ! ބްރިޖް ނޭޅިގެން ކޮންޓްރެކްޓް ކެންސަލް ކުރާނެ. ދެން ދިޔަ ދޭންޖެހޭނީ ބިލިއަނުން!