މާލޭގައި އިއްޔެ ބަހަށް ބަޔަކު އަރަނީ: ބައެއް ބަސް ސްޓޮޕްތަކުގައި ވެހިކަލްތައް ޕާކުކުރި މައްސަލަ އިއްޔެ ފެންމަތިވި.---ފޮޓޯ: ނިޝާން އަލީ| މިހާރު
06 ސެޕްޓެމްބަރ 2022 - 10:49
މާލޭގައި މިނީ ބަހުގެ ދަތުރުތައް އިއްޔެ ފަށާފައިވާއިރު، ބަސް ރޫޓުގައި ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.
"...ބަސް ރޫޓަށް އުނދަގޫވާ ގޮތަށް، ޕާކުކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން ޓޯ ކުރަންޖެހޭ ހާލަތުތަކުގައި ޓޯ ކުރަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ފުލުހުން ކުރި ޓުވީޓެއްގައި ވެ އެވެ.
ފުލުހުން ބުނިގޮތުގައި، އެމްޓީސީސީން މާލޭގައި ބަހުގެ ހިދުމަތް ދޭން ފެށުމާއެކު، ބައެއް މަގުތަކުގައި އުޅަނދުތައް ޕާކުކުރުން މަނާކޮށް، ޕާކުކުރުމުގެ އިންތިޒާމުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.
މިނީ ބަހުގެ ދަތުރުތައް ފެށުމަށްޓަކައި މާލޭގެ އެންމެ ބާރު ބޮޑު މަޖީދީ މަގާއި އަމީނީ މަގުގައި އެއްކޮށް ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އޯކިޑް މަގާއި ފަނޑިޔާރު މަގުގައި ވެސް ޕާކްކުރުމުގެ އުސޫލުތަކަށް ފުލުހުން ވަނީ ބަދަލު ގެނެސްފަ އެވެ.
ފުލުހުންގެ އެދުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އިތުރު ސަރަހައްދުތަކުގައި ޕާކިން ޒޯނުތައް ހަދަމުންނެވެ. އޭގެ ތެރެއިން ގިނަ ޕާކިން ޒޯނުތައް މިހާރު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
މާލޭގައި މިނީ ބަހުގެ ދަތުރުތައް އިއްޔެ ފެށިއިރު، ފުރަތަމަ ދުވަހު ވެސް ބައެއް ބަސް ސްޓޮޕްތަކުގައި ވެހިކަލްތައް ޕާކުކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
07 September 2022
ފިހާރަ ދޮރުމަތީގައި، ގޭގެ ދޮރުމަތީގައި ސައިކަލު ކާރު ޕާރކް ކޮށްގެން، ވިޔަފާރިކުރަން، ގެއަށްވަންނަން މީދިވެހީީންގެ ގޮތް....ހަމަ ނަގަންވީ އުނދަގޫވާގޮތަށް ހުންނަންޏާ....
އިބޫބެ
06 September 2022
"ބަސްބަހީ މީހުން ހަދާއެއްޗެއް ބަލަގަ ނޫނޭ ތެދޭ" ކިހާބޮޑު ހަޤީޤގަތެއް
ސަންގުމަރުމަރު
06 September 2022
ނަގާ... ފިޔަވަޅު އަޅާ
ދޮންކަބިލި
06 September 2022
ބަސް ދަތުރުތަކަށް ޓެކްސީތަކުން ޖެއްސުންކުރޭ..!
ބަލަންމިތިބީ
06 September 2022
އެއްކަމެއްނުކުރެވޭނެ. ގެންދަންޏާ ގެންދާނީ އާދައިގެ މީސްމީހުންގެ ތަކެތި. ހުޅިންނާއި ބުރޭންޑެޑް ހެދުމުގެ ތަކެއްޗެއް ނުގެންދެވޭނެ.
ސެލޭމާނު
06 September 2022
ވަރަށް ރަނގަޅު ކަމެއް
ރެޓޭ
06 September 2022
ހަދަނަވީ ގޮތަކީ މާލޭގައި ގްރައުންޑް ފްލޯގައިހުރި ހުރިހާ ފިހާރަތަކާ ގުދަންތައް ބަންދުކޮށް ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލް ކުރަންވީ! ހުރިހާ އިމާރާތެއްގެ ގްރައުންޑް ޕާކިންއަށް ހަދަންވީ! އެކަމަކު މިކަން ކުރެވޭނީ ހެޓިލަރަކު ވެރިކަމަށް އައި ދުވަހަކުން!
ކޮސްކޮހުން
06 September 2022
މޭރީ ބްރައުން ހުޅުވި ދުވަހުވެސް ކިއު އުސްފަސްގަޑާ ހަމަޔަށް އޮތް އެއްބަޔަކު ނިމިގެން ނިކުންނަށް ދެކަށް ކިޔުގަ ހެ ހެ
އަހަންމާކަލޯ
06 September 2022
ނަގަންވީ ހަމަ، ނަގަންވީ އެކަންޔެއް ނޫން ނައްތާލަން ވެސް ވީ!!! ގާނޫނާ ގަވާއިދު އެބަޖެހޭ ތަންފީޛު ވާން!!!
އައްޔަ
06 September 2022
އަޅުގަނޱުމީ ޓެކްސީ ދުއްވާމީހެއް އިއްޔެގަ އަޅުގަނޱައް މިނީބަހަކުން ޖެއްސުންކުރި އެއްވެސްފަލިޔަކުން އެރިޔަކަނުދިން ބޭފުލެއްގެ އެޕޮއިންމެންޓް ގަޱިޖެހޭތީ ތަންކޮޅެއް އަވަހައްދާން ބަރުގޮނު އެޅީމަވެސް ޖާގަނުދިން ހަމަކުރީ ޖެއްސުން އެ ބަސް ދާންވާތަނަކައް ދެވެންދެން އޮންނަންޖެހުނީ ފަހަތުގަ އެމްޓީސީސީ ހޮޓްލައިންއައްވެސް ގުޅިން މިނީބަހުގެ ނަމްބަރ ވެސް ދިނިން ބުނި ބަލަނީޔޭ އެޔައްވެސް ފިޔަވަޅު އަޅަންޖެހޭނެދޯ
ކާސައްޕަ
06 September 2022
ދެން އެހަށް ގޭގަ މަޑުކޮށްލައިގެން ހުރެލާފަ އެހެން ވަޒީފާއެއް އިހްތިއާރު ކޮއްލާ
ސަނައްޓޭ
06 September 2022
އޭރުވެސް އެނގޭ ޓެކްސީ ކުރާ ބައިގަނޑަށް ހަޖަމެއް ނުވާނެކަން. ބަހުގަ ދިޔައިރު އެނގުނީ މިމީހުން ބަހަށް ކުރާ ޖެއްސުން. ޓެކްސީތައް ސައިޒުކުރަންވީ