ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: މާލެ އަށް މީހުން ހިޖުރަ ކުރާ ސަބަބުތައް ކަމުގައި އެމަނިކުފާނަށް ގަބޫލު ކުރެވޭ ވާހަކަތަކެއް ހިއްސާ ކުރެއްވި--ފޮޓޯ: މަޖިލިސް
06 ސެޕްޓެމްބަރ 2022 - 13:08
ރާއްޖޭގެ އެހެން ރަށްރަށުގައި ދިރިއުޅެމުން އަންނަ މީހުން ވެރިރަށް މާލެ އަށް ބަދަލު ވަނީ ރަށްފުށު ދިރިއުޅުމަށް ޝައުގުވެރިކަން ނުހުންނާތީ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ކުންފުނިތަކުން މާލެ އާއި ރަށްރަށުން ނަގާ އަގުތަކުގެ ތަފާތުވުންތައް ނައްތާލުމާ ގުޅޭ ގޮތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހަޅާފައިވާ ގަރާރަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސަތުގައި އިންނަވައި ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ މާލެ އަށް މީހުން ހިޖުރަ ކުރާ ސަބަބުތަކުގެ ތެރޭގައި މުނިފޫހިފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުން ހިމެނޭ ކަމަށެވެ.
"އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާ ބޮޑަށް ޝައުގުވެރިވޭ، ރަށްފުށު ދިރިއުޅުމަކަށް މިހާރުގެ ޖީލު ނޭނބުރޭ،" ނަޝީދު ވިދާޅުވި އެވެ.
ރަށެއްގެ ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި ސަރުކާރުން އާންމު ހިދުމަތްތައް ހުރިހާ ރަށަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ހިޖުރަ ކުރާ މިންވަރަށް ބަދަލު ނާންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ އެ މައްސަލާގައި ވިސްނުން އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މާލެ އާއި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނާ މެދު ސަރުކާރުތަކުން ތަފާތު ކުރުން ގެންގުޅޭ މައްސަލާގައި މިދުވަސްވަރު ސޯޝަލް މީޑިއާގައި އަންނަނީ ވަރަށް ހޫނު ކޮށް ބަހުސް ކުރަމުންނެވެ.
އެ މައްސަލަ އެންމެ ބޮޑަށް ގޯސްވީ، މާލެ މީހުންނަށް ހިލޭ ގޯތި ދޭ މައްސަލައިގަ އެވެ. އެ މައްސަލާގައި ވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިނުކަނޑާ
08 September 2022
މާލެއޭ ކިޔައިގެން އަހަރެމެން ކާރީގައި ފޮނިނުކަނޑާ. އަހަރެމެން ކޯކު ބޮއެފައި އުކާލާ ދަޅު މާލެ ގެންގޮސްގެން އެއަށް ސައިބޮއި އުޅުނު. އަހަރެމެން ބުއި ސިނގަރޭޓުގެ ބަޓުތައް ގެންގޮސްގެން އެބުއި. ބޭސްކުރަން މުޅި ރާއްޖެއިން މިތަނަށް އައި. އަހަރެމެން ކުރިން ނުދެކޭ އެއްވެސް ވެހިކަލެއް މިހާރު މާލެއަކު ނުހުންނާނެ. އެންމެ ފުރަތަމަ ބައިސްކަލާއި ސައިކަލާއި ކާރާއި ވޭނާއި ޕިކަޕާއި ލޮރީއާއި ލޯންޗާއި ބޯޓާއި ސީޕްލޭންވެސް ދުއްވީ އަހަރެމެން. ތާރީޚް ބަލާލާ.
އަބްޑޫޅް
08 September 2022
ބީރަށްޓެހިންނަށް ބީރަށްޓެހި ރަށްފުށުން ހިލޭ ގޯތި ލިބޭ ނުން؟
މަކަރުވެރި ވެރީންގެ ގައުމު
07 September 2022
މަކަރުވެރި ވެރީންނޭ! ކެރެންޏާ ނިކަން މާލޭ ގަ އިތުރު ސްކޫލްތައް އެޅުން ހުއްޓާލަބަލަ. ހުޅުމާލޭ ގައި ސަރުކާރުން ފްލެޓު އެޅުން ހުއްޓާލާފަ ރިއަލް އެސްޓޭޓް ކުންފުނިތަކަށް ދޫކޮށްލަބަލަ. މާލޭ މީހުންނަށް ގޯތިވެސް ދެވުނީނު! ދެން ދައުލަތުގެ ބަޖެޓުން ކޮން ފުލެޓެއް ހުޅުމާލޭގަ އަޅާކަށްތަ؟ ކޮންމެ އަތޮޅަކުން އެންމެ ބޮޑު ރަށަކަށް ތަރައްގީއެއް ގެނެސްބަލަ. އެރަށްތަކުގައި ބާޒާރުތަކެއް އުފައްދަ ބަލަ. ވިޔަފާރި ތަކާއި ވަޒީފާގެ ފުރުސަތު އުފައްދާ ބޮޑު ބިޔަ ގަހަކީ ބާޒާރު
ކޮންސޮޅި
06 September 2022
ފުރަތަމަ ރަށްފުށު ދިރިއުޅު ޑިފައިން ކޮށްބަލަ. ރަށްފުށުގަ ދިރިއުޅުމަށް ބޭނުންވާނެ އެއްވެސް ޒަރޫރީ ވަސީލަތެއް ހިދުމަތެއްނެތް. ވަޒީފާ މަތީތައުލީމު ބޭސްވެރިކަން. ދެންބުނަލަދީ ތިޔަމާނަކުރާ މުނިފޫހިފިލުވުން، ގާތްތިމާގެ މީހުން ކައިރީ ދައްކަން ނުކެރޭ ވަރުގެ ރޯ ވާހަކަތައް..
ގަބުޅި ކަތީބު
06 September 2022
ދެން އެހެންވިއްޔާ ކޮބާ ކަލޭމެންގެ އެޖެންޑާ 19؟؟ ގައިމު އެޖެންޑާ 19 ވިއްކައިގެން ކަލޭމެން ވެރިކަމަށް އައީ. ފާޑެއްގެ ނޫ އިގުތިސާދަކާއި ޖަޒީރާ ދިރިއުޅުމަކާއި އޯގާތެރި ސަރުކާރެކޭ ކިޔައިގެން.
ކަނބިލި
06 September 2022
މީނާއަށްވުރެ ގަމާރު މީހަކު ނުދެކެން
ބޮޑުމީހާ
06 September 2022
ކޮންމެ މީހަކު ދެއްކިޔަސް ރަަގޅު ވާހަކައެއް. ރަށްރަށުގަ ބަދަރާއި ތާރަ ކޮންމެ އެއްޗެއް އެޅިޔަސް އެންމެން ހިޖުރަކުރަނީ މާލެއަށް. އައްޑޫ ގިނަ މީހުން އުޅެނީ މާލޭގަ. ހުރިހާ ރަށެއް ތަރައްގީއެއް ނުކުރެވޭނެ. ކޮންމެ އަތޮޅަކުން ވަކި ރަށެއް ތަރައްގީކުރަން ވިސްނައިގެން އާބާދީ އެއްފަސްކުރަންވީ...
1828
06 September 2022
ތިޔަ ބުނާހެންވެސް ކަންކަން ކޮށްގެންތާ އެކަމެއް ވާނީ؟ ސަރުކާރުތަކަކުން ބޭނުމެއް ނުވެއޭ އެގޮތަށް އެއްފަސް ކުރާކަށް.
ބޯބޮޑޭ
07 September 2022
ރަނގަޅަށް މައުލޫމާތު ހޯދައިގެން ވާހަކަދައްކާ. މާލޭ ބަހުރުވަނޫން ބަހުރުވައަކުން ވާހަކަދައްކާ ކޮންމެމީހަކީ އައްޑޫމީހެއް ނޫން. އޭގެތެރޭގައި ހުވަދޫއާއި ފުވައްމުލަކު މީހުންވެސް ތިބޭ. ކުރިއާއި އަޅައިބަލާއިރު އައްޑޫއިން މާލެއަށް ހިޖުރަކުރާ މީހުން މަދުވާނެ.
ހެލޯހި
06 September 2022
ޜައްރަށު މީހުން ހަމައިގަތިބޭތީ ދެއްތޯ
ނޯ ޓް ޖަޒީރާ ރާއްޖެ
06 September 2022
186 ރަަށުގައި ހުރިހާކަމެއް ފުރިހަމަކޮށްގެން އުޅެން ޕްލޭން ކުރާނީ މޮޔައިންގެ ސަރުކާރަކުން. ކިތަންމެ ބޭނުންވިޔަސް އެވަރެއް ދިވެހި ދައުލަތަކު އަދި ނެތް. އަދި އެއީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭނެ ކަމެއްވެސް ނޫން. ކިތަންމެ ދަތުރަކުން ގުޅުވިޔަސް 99 ޕަސެންޓް ކަނޑުއޮތް ތަނެއްގަ ބޮޑުކަމެއް ދިމާވާ އިރެއްގައި އޮންނާނީ ނުވެފަ. މިކަން އެނގިތިބެ، ގައުމު ދަރުވާ ހަނާވިޔަސް ހެޔޮކޮށް، ޖަޒީރާ މެނިފެސްޓޯ ހަދައިގެން ރައްޔިތުން ގުނބޯ ހެއްދީ ވޯޓް ހޯދަން.
ކޮބައިހޭ ލަދު
06 September 2022
އެންމެ އިހުއްސުރެ މާލެ ތަރައްގީކުރީ އަތޮޅުތަކުން ވާރު ނަގައިގެން. މަގުތަކާއި އިމާރާތްތައް އެންމެ ކުރީކޮޅު ހެދީ ރަށްރަށުން އުވަ/އަކިރި ގެނެސްގެން. މިވަރުންވެސް މާލެ އެެރެނީ ކުޑަސިޓީ ހައްދައިގެން. ދެން ބަދަލުކުރީ ކުލީ އަޅުންނަށް. ރާއްޖޭގެ 2000 އަހަރުވީ ތާރީހުގައި މާލެ ފިޔަވައި އެ ފެންވަރަށް އެހެން އެންމެ ރަށެއްވެސް ތަރައްގީ ނުކުރީ ހަމަ ގަސްތުގަ. ދެންވެސް ކިޔައި ރަށްރަށުމީހުން މާލެ އަންނަ ވާހަކަ. ލަދެއް ނުގަނޭ ދޯ މާލޭ ގަނޑުވަރުތެރޭ ބޭފުޅުން.