ޚަބަރު / ފުލުހުން

ޕޮލިސް އެކަޑެމީ އަށް ހިތަދޫން ބިން ދޫކޮށްފި

ޕޮލިސް އެކެޑެމީގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ.

ފުލުހުންގެ ޕޮލިސް އެކަޑެމީ އަޅަން އައްޑޫ ހިތަދޫން ދިން ބިމާ ބެހޭ ގޮތުން އައްޑޫ މޭޔަރާއި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި އަޅަން ނިންމާފައިވާ ޕޮލިސް އެކަޑެމީ އަށް ހިތަދޫން މިހާރު ލިބިފައިވާ ކަމަށާއި އެތަނުގެ ބިންގާ މި މަހު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ހިތަދޫ ލިންކް ރޯޑްގައި ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސް ހުންނަ ސަރަހައްދުން ޕޮލިސް އެކަޑެމީ އަޅަން ހަމަޖެހިފައިވާ ބިން ވެސް މިހާރު ސާފުކޮށް ނިމިފައިވާ ކަމަށެވެ.

"މި މަހުގެ ތެރޭގައި ބިންގާ އަޅަން މިހާރު އަންނަނީ ތައްޔާރުވަމުން. ބޮޑަށް ލަފާ ކުރެވެނީ މި މަހުގެ ފަހުކޮޅު ކަމަށް ބިންގާ އަޅާނީ،" އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް ފެށިގެން މި އަންނަނީ ޕޮލިސް އެކަޑެމީ އަޅާނެ ބިމެއް ހޯދަން 2012 އިން ފެށިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެކި ފަހަރު އެކި ލޮކޭޝަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވި އެންމެ ފަހުން މި ހަމަޖެހުނު ބިމުގެ ކަންކަން ހަމަޖެހިގެން ދިއުމާއެކު."

އައްޑޫ ޕޮލިސް އެކަޑެމީ އަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއަށް އިންޑިއާ އިން ވަނީ 18 މިލިއަން ޑޮލަރު ހަމަޖައްސައިފަ އެވެ.

ފުލުހުންގެ ޕޮލިސް އެކަޑެމީ އަޅަން ނިންމާފައިވާ ބިމާ ބެހޭ ގޮތުން ކަމާ ގުޅޭ ބޭފުޅުން މަޝްވަރާ ކުރައްވަނީ. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ޕޮލިސް އެކަޑެމީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ ވެސް އިންޑިއާ ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏަކުންނެވެ. މި މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

"ޒަމާނީ ފެންވަރުގެ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށް، ފެންވަރު ރަނގަޅު ފުލުހުންގެ އެކަޑެމީ އަށް އައްޑޫގައި މި ގާއިމު ކުރަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫގައި ފުލުހުންގެ އެކަޑެމީއެއް ގާއިމު ކުރަން ތައްޔާރުވަމުން މި އަންނަނީ، ފެބްރުއަރީ 8، 2012 ގައި ހިތަދޫގައި ހުރި ފުލުހުންގެ ޓްރޭނިން ސްކޫލް ބަޔަކު ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައި ވަނިކޮށެވެ.

8 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 27%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްވާގެ ތެލެފޯނާ

06 January 2017

ޕޮލިހުންނަށް ދީފަ ހުރިބިންތައް މިހާރުވެސް މަދެއް ނޫން، އަދި ކުޑައެއްވެސް ނޫން. މުސަތަޤްބަލްގަ ފުލުހުންވެސް ކުންފުނި ހަދައިގެން ވިޔަފާރިކުރުމުގެ ވިސްނުން ހުރީކަން ނޭނގޭ ދޯ!!!

The name is already taken The name is available. Register?

އުމަރު

06 January 2017

އައްޑޫގެ ރައްޔިތުން ތިޔަކަމާ ދެކޮޅެއްނޫން އެކަމަކު އައްޑޫގެ ގެސްޓްހައުސްތަކާއި އިޤްތިސާދީ މަސައްކަތްކުރަން އެންމެ ކަމުދާ ސަރަހައްދު އެއްކޮށް އެވަނީ މިހާރު ޕޮލިސް އެކަޑަމީއަށް ދެވިފައި، އައްޑު އަތޮޅުގެ ހިއްކި ބިމުން ކީއްވެގެންތޯ އެބިން ކަނޑަނެއެޅީ، ޕޮލިހުންނާއި ސިފައިން އަބަދުވެސް ބަލަނީ ކޮންމެ ރަށަކުންވެސް ބޮޑު ބިމެއް އެމީހުންގެ އަތްމައްޗަށް ގެނެވޭތޯ އަދި ގިނަފަހަރު ބިންތަށް ނަގާނީ އެރަށެއްގެ އިޤްތިސާދު ކުރިއަރުވަން ޕްރައިވަޓް ސެކްޓަރަށް ދޫކުރަން އޮންނަ ބިންކޮޅު، އައްޑު އަތޮޅުގެ ގަމުގައި ސިފައިން ބޮޑުބިމެއް ހިފައިގެން އެބައުޅޭ މިހާރު އެދެވުނީ އައްޑޫގެ ރައްޔިތުން ގެދޮރު އެޅުމަށާއި އިޤްތިސާދީ މަސައްކަތްކުރުމަށް އޮތް ބިންކޮޅު، ގަން އިންޓަނޭޝަނަލްކޮށްފައި އެންމެ ފުރަތަމަ އަޅަންޖެހެނީ ޕޮލިސް އެކަޑަމީއެއްނޫން، އައްޑު އަތޮޅުގައި އެބަޖެހޭ އެނދު ގިނަކުރަން އައްޑު އަތޮޅަކީ އެހާގިނަ ބިމެއް އޮތްތަނެއްނޫން އަދި ފަޅުރަށްތަކެއް ހުރި އަތޮޅެއްނޫން، ދިވެހި ސަރުކާރުން އައްޑު އަތޮޅުގެ ރައްޔިތުން މާލެގެނެސް މުޅި އައްޑު އަތޮޅު އެގެންދަނީ ފަޅުކުރަމުން، މިކަންކަމާ އައްޑު އަތޮޅުގެ ހުރިހައި ރައްޔިތުންވެސް ހިތްހަމަ ނުޖެހޭ

The name is already taken The name is available. Register?

އިބިރިހިން ބެއްޔާ

07 January 2017

ޙެއުވާހަކާއް.

The name is already taken The name is available. Register?

މެންޓަލިސްޓް

05 January 2017

ތިޔައެކަޑަމީގައި އޮންނާނީ ސްޓިކާރ ޖަހަން ދަސްކޮއްދިނުމާއި ،،، ފުޓްބޯޅަލީގްތަށް ބަރާބަރަށް ބަލައި ދިރާސާކުރަން ދަސްކޮއްދިނުން ،، އެއީ މިހާރުވެސް ފުލުހުން އެންމެ ޕްރޮފެޝަނަލްކޮށް ކުރާކަމަކީ ،،، އެހެން ހުރިހާ ކަމެށް އޮންނާނީ ބޮއްސުންލާފައި ،، ވަރަށްވެދުން

The name is already taken The name is available. Register?

ގޮހޮޑާ

05 January 2017

ފުލުސް ޓުރެއިނިންގ ސުކޫލު "ބަޔަކު" އަންދާލިއްޔޭތޯ.... ބަލަ އެއީ ކޮންބައެއްކަން ތިބޭފުޅުންނަށް ހަމަ ނޭގެނީތޯ ތިހެން ތިތާ ތިލަކުރެއްވީ ....

The name is already taken The name is available. Register?

ލާލި

05 January 2017

ބޯހަލާކު

The name is already taken The name is available. Register?

ވިސްނާތި

05 January 2017

އައްޑޫގެ ތަރައްގީ އަށް ވަރަށް ގިނަ ކަންކަން މިސަރުކާރަށް ކޮށްދެވިދާނެ އައްޑޫ ސިޓީ ކައުންސިލުން މިސަރުކާރާއި އެކު ސްޓޭންޑް ބައިގައި ތިބިނަމަ. މިކަން އައްޑޫ ސިޓީ ކައުންސިލުން ކޮށްދެއްވާނެ ކަމަށް މަމެން އުއްމީދު ކުރަނީ. އައްޑޫ ސިޓީ ކައުންސިލުން އަތޮޅުގެ ތަރައްގީ އަށް ޓަކައި ރާއްޖޭގައި ހުރި އެންމެ މުއްސަނދި ދިވެހި ކުންފުންނަކަށް އިސްމެހެލާ ހެރަ އާއި ސަވާހެލި ދީގެން ރިސޯރޓް ތަރައްގީ ކުރެވޭ ތޯ ސަރުކާރަށް ލޮބީ ކޮށްގެން މަސައްކަތް ކުރަންވީ އެވެ. އެއިރުން ތަމެންގެ ސިޓީ ތަމެންނަށް ތަރައްގީ ކުރެވޭނީ. މިއަދު އިދިކޮޅު ކްރިޓިކްސް އަށް ތަމެންނަށް ކޮށްދެވޭނެ އެއް ކަމެއްވެސް ނޯންނާނެ އެމެންނަށް ސިޓީ ކައުންސިލުގެ ގޮނޑި ތައް ދިނަސް. މީ ތަމެން ވިސްނަން ޖެހޭނެ ކަމެކެވެ.

The name is already taken The name is available. Register?

ޢަހުމަދު

06 January 2017

ރައްޔިތުންނަށް ކަންކަން ކޮށްދޭން އެތަންއްގައި އޮންނަ ކައުންސިލަކީ ކޮންމެހެން ތަމެންނަށް ތާއީދުކުރާ ކައުބްސިލަކަށް ވާކަށް ނުޖހޭ. ތަމެން ވެރިކަމަށް ގެންނަން ވޯޓްދިން ބަޔަކުވެސް އެތާގަދިރިއުޅޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454