ޚަބަރު / ފުރައްސާރަކުރުން

މޫނު ބުރުގާ އަޅައިގެން ހުރި މީހަކާ މަގުމަތިން ފޮށުނު މައްސަލައެއް!

މަޖީދީމަގު: ރޭ މަޖީދީ މަގުން ހިނގާފައި ދިޔަ އަންހެނަކަށް ވަނީ ފޮށިފައި-- ފައިލް ފޮޓޯ: މިހާރު

މޫނު ބުރުގާ އަޅައިގެން ދިޔަ އަންހެނަކަށް މާލޭގެ މަޖީދީ މަގުން ރޭ ފޮށުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެކަން ކުރިމަތިވި ކަމަށް ބުނާ އަންހެން މީހާ، ރޭ 9:40 ހާއިރު ކުރި ޓްވީޓެއްގައި ބުނީ، މަޖިދީ މަގުން ލާފައި ގެއަށް ދަނިކޮށް ފިރިހެނަކު އޭނާއާ ފޮށިފައިވާ ކަމަށެވެ.

އެ މީހާ ވަނީ އެ އަންހެންމީހާގެ ކަންފަތް ކައިރީގައި "އޭ ނިންޖާ" އޭ ކިޔާ ހަޅޭއްލަވައިގެންފައި ކަމަށާއި ބުރުގާގައި ހިފައި ދަމައިގަތް ކަމަށް ވެސް އެ ޓްވީޓުގައި ބުންޏެވެ.

އެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ މަގުމަތީގައި އަންހެނުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

ކުރިން ފޮށެނީ ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ އަންހެނުންނާ ކަމަށާއި މިހާރު މީހާ އެއްކޮށް ފޮރުވިގެން ހުއްޓަަސް ފޮށެމުން ދިއުމަކީ މުޖުތަމައުގައި ހައްދުފަހަނައަޅާފައިވާ މީހުން ގިނަވަމުންދާ ވަރު ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން އެބަދެ އެވެ.

އެ މައްސަލަ ފުލުހުން ބަލާ ކަމެއް އަދި ސާފެއް ނުވެ އެވެ.

މަގުމަތީގައި އަންހެނުންނާ ފޮށޭ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ. އެގޮތަށް ފޮށޭ ބައެއް މީހުން ސޯޝަލް މީޑިއާގައި ބޭޒާރުކޮށްފައި ވެސް އެބަހުއްޓެވެ.

41 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 24%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުކަޓު

09 September 2022

ކޮންމެކަމަކާ ކީރިތިކުރައްވާ ވެރިންތިބޭސަރުކާރުގަ ކަންހިނގާނީތިގޮތައް މިހާރުތިކަންއޮތްހިސާބުބެލިއަސް ވެރިމީހާއޮންނާނީ ކީރިތިކުރައްވަންމަގުމަތީ,ލިވާތުކުރަމުންބަޔަކުދުވިއަސް ކީރިތިފުޅުކުރައްވާފަވިދާޅުވާނެ ކުޑަކޮންއެއްފަރާތައްޖެހިލައިގެންތިބޭށޭ,ކޮންމެކަމެއްްކުރިއަސްމީހަކުހައްޔަރުކުރަންޖެހިއްޖެނަމަކީރިތިކުރައްވަމުންގޮސްްގިސްލެވޭނެ,ކިހާހިތްޕުޅުތިރިތޯ?ދެދައުރުކީއްކުރަންތޯ,ދުނިޔޭގަހުރިހާ,ދުވަހަކުހޮވާނަން!!

The name is already taken The name is available. Register?

ކިރު ސައި

08 September 2022

މިކަމުން އެނގެނީ ފޮށެނީ ލައިގެންގެން ހުންނަ ހެދުމުގެ ސަބަބުން ނޫންކަން، ކަމުގެ އަސްލު ސަބަބަކީ މިކަން ކުރާމީހާގެ އަޚްލާގެއް ގޮތެއް ފޮތެއް، ތަރުބިއްޔަތެއް ނެތުމުންކަން. އެކަމަކު ޝެއިޚުންކަމަށް ބުނާމީހުން އެބަހުރި ބުނެފަ 'އުރައެއް ނުލާ އޮންނަ މެޓަޔަށް ހިނިއަރާނެ ނޫންހޭ:'

The name is already taken The name is available. Register?

ގޮތްހުސް

08 September 2022

ކިތައް ހާސް ފުލުހުން މިރާއޖޭގަ އުޅޭ ؟ 4000 5000 ކިހާ ފައިސާ އެއް ދުވާލަކު ހަރަދުވޭ މިވެރިން ކައި ބޮއި މަޖާކުރަން. އަދި ރައްޔިތުންގެ ފައިސާ އިން އެންމެ ބޮޑު މުސާރަ ވެސް ނަގަނީ މިވެރިން. ޢެކަމު މާލެ ތެރެ ބަލަހައްޓާތަ ؟ ގޭންގު ތައް މިވެރިން ނަކައް ނުހިފޭއްޓޭ. މަގުމަތީގެ އަމަން ނުބެލޭ. ޓުރެފިކް ނުބެލޭ، ކޯޓް ތަކުން، އެންޓި ކޮރަޕްޝަން، ވެސް ބަލާނީ ސޯސްފުޅިއެއް، މުރަނގަފަތް ކޯޅިއެއް ވަގަށް ނަގާ މައްސަލަ. 50،000 މަތި ނުބަލާ ފައިލް ކުރާނީ.

The name is already taken The name is available. Register?

ވިޖޭ

08 September 2022

މާލެ އަންނަނީ މަޖާކުރަން އެަހެންވީމާ ވާނީ އެހެން

The name is already taken The name is available. Register?

ބޮޑުމީހާ

07 September 2022

ކޮރަޕްޝަން އާއްމު ވެއްޖެ ތަނެއް ރަގަޅެއް ނުވާނެ. ދީނީ އިލްމުވެރިންނާއި ސިޔާސީ އެކްޓިވިސްޓުން މިބަލަނީ އެންމެ ގިނައިން ކަޓް ލިބޭނީ ކިހިނެއްތޯ

The name is already taken The name is available. Register?

97542

07 September 2022

އެކަކާވެސް ފޮށިގެންނުވާނެ.އަހުމަދު މުހަންމަދު ގެ ކޮމެންޓަކީ ވަރަށް ފެންވަރު ދަށް ވިސްނުނެއް.

The name is already taken The name is available. Register?

ޢަހުމަދު މުހައްމަދު

07 September 2022

ޢެންމެންނާ ވެސް ފޮށޭ، މީ ހާދަ ޙާއްސަ މީހަކަށެ ވާނީ ދޯ

The name is already taken The name is available. Register?

ވަހީދު

08 September 2022

އެންމެންނަކާ ނުފޮށޭ. އަދި ނުވެސް ފޮށެވޭނެ. މީހުން ކެޓަގަރީކޮށްގެން ފަންތި ކުރުމުގެ ވިސްނުން ދޫކޮށްލާ. އެއީ ނާތަހުޒީބު ވިސްނުމެއް.

The name is already taken The name is available. Register?

ފޯސްް

07 September 2022

ދެންފަހަރަަކުން ފަހަތުންގޮސް ފޮޓޯ ނޫނީ ވީޑިއޯއިން ކާކުކަން އެނގޭ ވަރު ކޮށްލާ. ނިންޖާ ފެންނާނެ ރަގަޅަށް ތިމީހަކަށް އޭރުން.

The name is already taken The name is available. Register?

ކާފު

07 September 2022

ފޮށުން އޮތީ މުޅިންވެސް، އަހަރެންނާ ދިމާލަށް ކާފަރެކޭ ވެސް ގޮވި މަގުމަތިން އެއްދުވަހު ބުރުގާ ނާޅާ ހުރީމަ.

The name is already taken The name is available. Register?

ވަހީދާ

08 September 2022

ބުރުގާ ނާޅާ ހުރީމަ ކާފަރަކޭ ނުގޮވާނެ. ތިއީ ކަނޑައެޅިގެން ދޮގެއް

The name is already taken The name is available. Register?

އަސްލި

07 September 2022

ރަށްރަށުން މީހުން ހުރިހާ ނުބައިކަމެއް ކުރަން ޖަމާވަނީ މާލެއަށް. މިފަދަ މީހުން އެމީހެއްގެ ރަށަށް ފޮނުވާލާކަށް އަދިވެސް ނުވަނީބާ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454