ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސްގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
11 ސެޕްޓެމްބަރ 2022 - 10:06
ގާބިލް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ފަހު، ދެން އެންމެ އަވަހަށް ބޮޑުވާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އަށް ގެނައި އިންގިލާބީ ހެޔޮ ބަދަލަކީ ކޮންމެހެން ކުރަންޖެހޭ، އެކަމަކު ނުވެ އޮތް ކަމެއް ކަމަށެވެ.
އެ ބަދަލުތަކަށް ފަހު، މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާ އަށް ކަމަށް، ކައުންސިލްތަކަށް އަމާޒުކޮށްގެން ގެންދާ ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ. އެކަމަކު، މުސާރައާ ބެހޭ އިތުރު ތަފުސީލެއް ރައީސް ނުދެއްވަ އެވެ.
ވިޔަވަތި ކޮންފަރެންސްގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަށްތަކުގެ ތައުލީމީ ނިޒާމަށް ގެނައި ބަދަލު، މި އަހަރުގެ ހައި އެޗީވާސް އެވޯޑު ހާސިލްކުރި ދަރިވަރުންގެ އަދަދުން ފެނިގެން ހިނގައްޖެ ކަމަށެވެ. މުޅި ދުނިޔެއާ ވާދަކޮށް، އެކަހެރި އަދި ކުދި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުން ސިއްސައިގެންދާ ވަރުގެ ނަތީޖާ ހޯދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެކަން ލާމަރުކަޒީ ރާއްޖޭގެ، ޖަޒީރާ ކުދި ސްކޫލުތަކުން އެ ވަނީ ސާބިތުކޮށްދީފައި،" ރައީސް ވިދާޅުވި އެވެ.
ޖަޒީރާ، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު ކޮންމެ ރަށެއްގައި ވެސް އުޅޭ ދިވެއްސަކަށް ލިބިގެންވާ ކަމަށާއި އަދި މުޅި އުމުރު، އަވެދިނެތި ކުރާ މަސައްކަތުން ހައްގު އުޖޫރަ ލިބެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖަ ކަނޑައެޅިއްޖެ. އެ ފައިސާ އަތަށް ލިބިއްޖެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ މެއި މަހުން ފެށިގެން އަމަލުކުރަން ފެށި މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. އަދި ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. ލިބެ އެވެ. އޭގެ އިތުރުން މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ.
ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް މުސާރައިގެ ގޮތުގައި މަހަކު 33،075ރ. ލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކަރާތް
12 September 2022
ވޯޓް ކައިރިވާވަރަކަށް ތިކަހަލަ ހެޔޮބަދަލް އަންނާނެކަން އެންމެންނަށްވެސް އެގޭ. އެކަމަކު ވަރަށް ގިނަފަހަރަށް ވޯޓާކާރިކޮށް ޖަލުތަކުގެ ދޮރު ބޮޑުކޮށް ހުޅުވާލާ ބައެއް ކުއްވެރިން އެއްވެސް މޮނިޓަރިން ނިޒާމެއްނެތި މުޖުތަމައަށް ދޫކޮށްލާ! މިހެން ހެދީމަ ރައްޔަތުންނަށް ކޮންފައިދާއެއްތޯވާނީ. އެމީހުން ރިލީސްވީމަ ގަމުވެއްޜެނީ ބޮޑުބިރުވެރިކަމަކަށް.
ނަގިއްޔާ
12 September 2022
މުސާރަބޮޑުވީމަ އައިޖީއެމްއެޗުން ނަންބަރު ލިބުމުގައި ހުރި އުނދަގޫތަކަށް ހައްލެއް ލިބޭނެތޯ. މިހާރު މިއޮންނަ ސިސްޓަމަކުން ދެމަސްވާއިރުވެސް އެޕޮއިންޓްމަންޓްގެ ދުވަހެއްނުޖެހޭ، ދެން ބަލިބޮޑުވާތީ މަޖުބޫރުވަނީ ކުލިނިކަށް ދާން އެތާކު އާސަންދައެއް ގިނަފަހަރު ނުލިބޭ. އަތުން ހުސްޚަރަދު. ދެންބުނާނެ ހުސްނުވާ އާސަންދައޭ. މީ ބަލިމީހުންނަށް ކިހާ ބޮޑުރަކުލީފެއް. މިކަން ހައްލުކޮށްނުދެވޭނެތަ؟
ބޮޑުމީހާ
11 September 2022
ދައުލަތަށް ޚިދުމަތްކުރާ އެންމެންނަށް ވެސް އެކަށީގެންވާ ރަގަޅު އާމްދަނީއެއް ލިބެންވާނެ. މުސާރައިގެ ފަރަގު އަންނަންޖެހޭނީ ކިޔެވުމާއި، ތަޖްރިބާ އަދި ޒިންމާއަށް ބަލާފަ. މަޖްލިސް މެމްބރަކަށް 85000ރ ލިބިފަ، ކުންފުނީގެ ވެރިޔަކަށް 1 ލައްކަ ލިބިފަ ސިވިލްސާވަންޓަން 7000ރ ނުލިބުމަކީ ނާއިންސާފެއް.
ފާމަސިސްޓުން
11 September 2022
ސިއްޙީ ދާއިރާގަ އުޅޭ ބައެއް މީ. މުސާރަ ބޮޑުކުރާ އިރު އަހަރުމެން މަތިން ހަނދާން ނައްތާނުލައްޗޭ
ގޮނޑިކޮޅު
11 September 2022
ފުރަތަމަ މިނިސްޓްރީގެ ގޮނޑިކޮޅުތަކުގެ މުސާރައެއްނު ބޮޑުކުރާނީ.... އެއަށްފަހު އެއްނު ބަލި މީހާއަށް ހިދުމަތް ދޭ މީހުންގެ ކުރެވޭނީ
އުނބުށޭމު
11 September 2022
ސިވިލްސާރވިސް ކޮމިޝަނުން ފަންނީ ތަޖްރިބާކާރުންގެ އެހީގައި މުސާރައިގެ އޮނިގަނޑު އެކުލަވާލެއްވި އިރު ދިގުމުއްދަތުގެ އެލަވަންސްއާއި ސެޓިފިކެޓް އެލަވަންސް އުވާލެއްވީ ކޮންމެ ސެޓިފިކެޓްގެ ލެވެލްއަށް މަގާމުތަކުގެ ޝަރުޠުތައް ހަމަޖެއްސުމަށްފަހުގައި ކަމަށް އެނގިފައިވެއެވެ. ނަމަވެސް އޭގެފަހުން އެކިތަނުން އެކިގޮތަށް މުސާރައިގެ އޮނިގަނޑުތައް ހަދަމުންއައިސް އުވާލެވުނު އެލަވަންސްތައް އަނެއްކާވެސް ދޭންފަށައިފިއެވެ. އަލުން އޮނިގަނޑުތައް އިޞްލާޙުކުރާއިރު އެކަން ރ
އެއްކަލަވެންޓިލޭތަރު
11 September 2022
ނޭވާ ލާން ގެނގުޅޭ މެޝިން ގަޑުން ވެސް ވަގުން ވައްކަން ކުރާނޭ، މީ ނިއު ވޯލްޑް ގަވާންމަންޓްގެ ޕަޕެޓެކޭ
ާއުނިމާ
11 September 2022
ސިއްޚީ ދާއިރާޔާ ގުޅުން ހުރި އެންމެނަށް ބޮޑު ނުކުރެވިއްޖެއްޔާ ޞިއްޚާ ދާއިރާކިޔާނެކަމެއްނެތް! އަދި ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ އެލަވަންސްވެސް މިއަންނަ ޑިސެންބަރު މަހު ބޮޑުކޮށްދިނުމަކީ އިބޫގެ ވައުދެއްކަމުގައި ހަނދާންކޮށްދެން!
ހިޔާލީ އަލީ
11 September 2022
މުސާރަ ބޮޑުކުރުމަކީ ވަރަށް ބޭކާރު ކަމެއް، ފުރަތަމަ އެމީހުން ގެ މަސައްކަތް ބަރާބަރަށް ކުރެވޭތޯ ބަލަންވީ، ސިވިލް ސަރވިސްގަ ބަންދު ދުވަސްތައް އެހާ ގިނަ މަސައްކަތް ކުރަން ޖެހޭ ގަޑި އެހާ މަދު އަދި ރޯދަމަސް އައިމަ 2 ގަޑިއިރު މަސައްކަތް. މި ވަރު ބަޔަކަށް ބޮޑު މުސާރަ އެއްވެސް ގޮަތަކަށް ހައްގެއް ނޫން
ދވހ ސރކރ
11 September 2022
މުސާރަ ބޮޑު ކުރިޔަސް ވޯޓެއް ނުދެވޭނެ. ދީނާ ގައުމު މިހިންމު، ދީނާ ގައުމު ނެތިއްޔާ މުސާރައިން ކީއްތޯ ކުރާނީ