އދ. އާއްމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ: އޭނާ މަގާމަށް އިންތިހާބުކުރީ އެއް އަހަރަށް.
12 ސެޕްޓެމްބަރ 2022 - 12:15
ދުނިޔޭގައި އެންމެ ބާރުގަދަ އެއް ލީޑަރުގެ ގޮތުގައި، އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.
ރާއްޖެ އަށް ވަރަށް ބޮޑު ކާމިޔާބީއަކާއި ޝަރަފެއް ލިބުނު އެ މަގާމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އދ، ގެ ރައީސްކަމުގައި ޝާހިދު ފުރަތަމަ ރިޔާސަތު ބެލެހެއްޓެވީ ސެޕްޓެމްބަރު 14، 2021 ގަ އެވެ.
ގިނަ ގައުމުތަކެއް ތަމްސީލްވާ ޔޫއެންގެ ރިޔާސަތަށް މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ ހޮވުނީ އެ އަހަރު ނެގި ވޯޓުގަ އެވެ. މެމްބަރު 193 ގައުމަކަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ޝާހިދު ރައީސަކަށް ހޮވަން 143 ގައުމަކުން ތާއީދުކުރި އެވެ.
ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އެވެ. އޭނާ އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ރާއްޖެ އިން އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ބައެއްގެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ، ޝާހިދުގެ ރިޔާސަތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ދުނިޔެ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި މިންތީގެ ހަމަހަމަކަމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ރާއްޖެއަށް ފައިދާކުރާނެ ދޮރުތަކެއް ހުޅުވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މަގާމާ ހަވާލުވެވަޑައިގެން ޝާހިދު ވިދާޅުވެފައި ވަނީ ކުޑަ ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ އދގެ ރިޔާސަތުގައި ހޭދަކުރާ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަރަށް ގިނަ ފުރުސަތުތައް ލިބި ވަރަށް ބޮޑަށް ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަން ލިބޭނެ ކަމަށެވެ.
ކޮވިޑުގެ ނުރައްކަލުން ރާއްޖެ އަރައިގަތުމަށް މަސައްކަތްކުރަމުން ދިޔައިރު، ރާއްޖެއަށް އަދި އދ.ގެ ގައުމުތަކަށް އެހީ ހޯއްދެވުމަށް ޝާހިދު މަސައްކަތްތަކެއް ކުރެއްވި އެވެ.
ރާއްޖެއިން އދ.ގެ ރިޔާސަތު ކާމިޔާބުކުރަން ގައުމުތަކުގެ ތާއީދު ހޯދަން ކެމްޕެއިނެއް ކުރި އެވެ. އެ ކެމްޕޭނުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނގެތީއާދަނު
14 September 2022
ދެން ކޮންކަމެއްވީ؟ އދ. ޢަށް ގެނެވުނު ބަދަލެއް، ވީ މޮޅެއް ބުނެދީބަލަ. ދިވެހި ރާއްޖެއަށް ނަމެއްގައި މަގާމެއް ފުރުން ފިޔަވައި ވީ މޮޅެއް ލިބުނު ކުރިއެރުމެއް ލިބުނު ބާރެއް ބުނެދީބަލަ. އެމަނިކުފާނަށް ވަރަށް މޮޅުވެއްޖެކަން ޔަގީން...ދެމަގާމް، ފައިސާ، ދެންވެސް ބައިވަރު ކަންތައް
ބިޔަރޭ
13 September 2022
الحمدلله ދިވެހި ދައުލަތުން ތިޔަކަމައްވެސް އެތައް ބައިވަރު އިސްރާފު ތަކެއް ކުރެވިއްޖެ. ތިޔަ މަގާމަކުން މިރާއްޖެއައް ލިބުނު އެކައްޗެއްވެސްނެތް. ވީ ފައިދާއެއްވީ ޝާގިދާއި އޭނާގެ ފަހަތުގަ އުޅޭ މީހުނަށް އެތައް އެތައް މަގަކާއި ހޮސްޕިޓލާއި ބްރިޖެއް އަޅާނެހާފައިސާ ތިޔަކަމައް ހޭދަކުރެވުން. ލިބުނު އެއްޗެއް ހަރާން.
ކަތްދައްތަ
12 September 2022
މިހާ ހިނދުކޮޅަކަށް މިގައުން މިހާ ބޮޑު ޚަރަދެއް ދުއްވާލިއިރު ބާވަތަކުން ހީވޭބާއޭ ހިތައް އަރެވެ.ރައްޔިތުންގެ މާލިއްޔަތު ކޯޓުލައިގެން ތިބޭ މީހުން ކޮންމެ ގޮތަކަށް ކެޔަސް އެނުވޭ އައިބު ކަމަކަށް. ކޮފީ ފުޅިން ކޮފީ ސަމުސަލެއް ނެގީމާ ބޫން އަޅުވާ އަޑު ހާދަ ގަދައެވެ.
ައަލިބެ
12 September 2022
މިކަމަށް ދިޔަ ހަރުދުގެ ފުރިހަމަ ތަފްސީލް ދައުލަތުން ބެނެދޭންޖެހޭނެ
ކަނބިލި
12 September 2022
މީހަކު އަމިއްލައަށް ޕްރޮމޯޓްވެ ރިޔާސީ ޓިކެޓް ހޯދަން ކުރި ދަތުރު ސުމެއް. ބޭކާރު ޚަރަދުތަކެއް ދައުލަތުން ކުރެވުނު. އިތުރު ކަމެއް ނުވޭ. އެކަމަކު މީނާގެ ދަތުރުތަކާއި މަގާމުތަކަށް މީހުން ލައްވާ ފާޓު ބޮޑުކުރުން ކުރިއަށް ދާނެ.
ޙައްބޭ
12 September 2022
އދ ގެ ރައީސެއް ނުހުރޭ. އދ ގެ ވެރިޔަކީ ސެކެޓެރީ ޖެނެރަލް. ދެން އަހަރަކު އެއްފަހަރު އާންމު މަޖިލީސްގެ ޖަލްސާތައް ބަލަހައްޓަން ޗެއަރ އަކު ހޮވަނީ. ޢާންމު މަޖުލީހުގެ ގަރާރުތަކާއި ފާސްކުރުންތަކަކީ ގައުމުތަކަށް އަމަލުކުރުން ލާޒިމްވާ ކަންތައްތަކެއް ނޫން. ދެން އެމަޖުލީހުގެ ޗެއަރޕާސަން ނުވަތަ ތިކިޔާ ރައީސް ބާރުގަދަ ރައީސަކަށް ވަނީ ކިހިނަކުން؟ ޝާހިދު މާވަރުގަދަ ރައީސަކަށް ހަދައިގެން ތިއޮޅުވާލަނީ އދ ގެ ހިސްޓަރީ. ގްރޭޑް 7 ގެ ކުދިންނަށް އދ ގެ އޮނިގަނޑު އެނގޭނެ
ހިޔާލީ އަލީ
12 September 2022
ދިވެއްސަކަށް ލިބުނު ވަރަށް ބޮޑު ފަހުރެއް، އެހެން ވިޔަސް އަބަދު މީހުން ދެކެ ރުޅިއައިސް ނަފުރަތު ފަތުރާ މީހުންނަށް މިވެސް އެއްވެސް ފަހުރެއް ޝަރަފެއްނޫން
އުދުހޭ
12 September 2022
ދެން ކޮންކަމެއްތަ ކޮށްދެވުނީ؟ ކީހާ ޅެން ފަރިއްސަށްދޯ؟
އުނބުށޭމު
12 September 2022
އެހުރިހާ ދަތުރެއް ކުރާއިރު އަޅެ ރާއްޖެއަށް ކުރިން ލިބުނު ވަރަށްވުރެ އިތުރަށް ނުހޯދުނަސް އެމިންވަރަށްވެސް ހައްޖުކޯޓާ ހޯދުނު ނަމަވެސް ލައްކަ ބޮޑުވަރުވީ ތާއެވެ. އެތަނަށްގޮސް ވެސް އެފަދަ ވާހަކައެއް ދެއްކިކަމަކަށްވެސް މިއިން ނޫހަކުން ބުނެފައެއް ނެތެވެ. ހައްޖު ކިޔު ހަޔެއްކަ އަހަރަށް ދެމިގެންދިޔައިރު އެއީ މިވެރިންނަށް މުހިންމު ކަމަކަށް ނުވަނީކަންނޭނގެއެވެ.
ބަޑިތަކުރު
12 September 2022
ދައުލަތުން އެކަމަށް ކުރަންޖެހުނު ޚަރަދު ތަންކޮޅެއް ކުޑަވެދާނެ ކަންނޭނގެއެވެ. އެކަމަކުވެސް ބަޖެޓް ހުސްކުރަން ކުރާ ދަތުރުތައް ހަމަބާރަށް ކުރިޔަށްދާނެއެވެ.