ޚަބަރު / އަބްދުﷲ ޝާހިދު (ކުރީގެ ފޮރިން މިނިސްޓަރު)

ޝާހިދުގެ ރައްދު ޑރ. ޝަހީދަށް: ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެ ކުރިމަތިލުމަކީ ކުށްވެރިކުރަން ޖެހޭ ކަމެއް ނޫން

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު: ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެއިން ކުރިމަތިލާން 2008 ގައި ނިންމި ނިންމުން ޝާހިދު ދިފާއު ކުރޭ --ފޮޓޯ/މިހާރު

އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ރާއްޖެއިިން ކުރިމަތިލާން 2008 ގައި އޭރުގެ ސަރުކާރުން ނިންމި ނިންމުމަކީ ވަކި މީހަކު ކުށްވެރިކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޑރ. އަހުމަދު ޝަހީދަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްދު ދެއްވައިފި އެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ މި ދައުރުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލާން 2008 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ފާޑު ވިދާޅުވުމުންނެވެ. ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވަން މިދިޔަ ހުކުރު ދުވަހު އދ. ގެ ޖެނެރަލް އެސެބްލީގައި ނެގި ވޯޓުގައި އިންޑޮނީޝިއާއާ ވާދަކޮށް، ބޮޑު ތަފާތަކުން ރާއްޖެ ބަލިވުމުން ޝަހީދުގެ ފާޑު ކިޔުން އަމާޒުކުރީ މައުމޫންގެ ސަރުކާރަށެވެ.

ޝަހީދު ވިދާޅުވެފައިވާ ގޮތުގައި އެފަދަ ޒިންމާދާރު ކަން ކުޑަ ނިންމުމެއް ނިންމި ސަބަބު އޭރުގެ ވެރިން ސާފުކޮށްދޭން ޖެހޭނެ އެވެ. އޭރު މައުމޫންގެ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވީ ޝާހިދެވެ.

ޑރ. ޝަހީދުގެ އެ ވާހަކަތަކާ ގުޅިގެން ޝާހިދު ވިދާޅުވީ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް އޭރު ރާއްޖެއިން ކުރިމަތިލާން ނިންމީ އިންސާނީ ހައްގުތައް ކުރިއަރުވައި، ބައިނަލްއަގްވާމީ ގޮތުން ބަސްވިކޭ ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށެވެ. ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަކީ އުނދަގޫ ކަމެއް ކަން ފާހަގަ ކުރައްވައި، ޝާހިދު ވިދާޅުވީ އޭރު ސަލާމަތީ މަޖިލީހަށް ވާދަކުރަން އޭރުގެ ސަރުކާރުން ނިންމީ ފަހުން އަންނަ ބަޔަކަށް ވެސް އޭގެ ފައިދާތަކެއް ހޯދައި ދިނުމުގެ މަގްސަދުގަ އެވެ. އަދި އެއީ ވަކި ބަޔަކު ކުށްވެރި ކުރަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުށަހެޅީ ވެސް އަޅުގަނޑު ފޮރިން މިނިސްޓަރަކަށް ހުރި ދުވަސްވަރު. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވެން އަންނަނީ އެކަމަށް ވަރަށް ދުރާލާ މަސައްކަތްތަކެއް ކޮށްގެން. އަދި ވަރަށް ފަހަކާ ޖެހެންދެން މި ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުން ވާދަކުރަން އޮތީ ވެސް ރާއްޖެއިން އެކަނި. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މީގައި ވަކި މީހަކު ކުށްވެރި ކުރުމަކީ އެއީ ހިތާމަ ހުރި ކަމެއް." ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ޑރ. ޝަހީދަށް ރައްދު ދެއްވައި، ޝާހިދު ވަނީ ސަލާމަތީ މަޖިލީހަށް ވާދަކުރަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ޝަހީދު އޭރު އަނބުރާ ނުގެންނެވީ ކީއްވެގެންތޯ ވވެސް ސުވާލު ކުރައްވައިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވީ ޑރ. ޝަހީދެވެ.

"ޑރ. ޝަހީދަށް އެ ހުށަހެޅުން ގަބޫލުފުޅު ނުކުރެއްވޭ ނަމަ ޑރ. ޝަހީދަށް އޮތް އެ ހުށަހެޅުން އަނބުރާ ގެނައުމުގެ ފުރުސަތު ވެސް. އެއިރެއްގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށުގައި އޮންނަ ކަމެއް އެއީ. ރާއްޖޭގެ ހުށަހެޅުން އަނބުރާ ގެންނަން އޭރުގެ ރައީސް ނަޝީދަށް ޑރ. ޝަހީދު ލަފާ ދެއްވިތޯ އެބަ ޖެހޭ ބަލާލަން،" މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ލިބިއްޖެ ނަމަ ގިނަ ފިއްތުންތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، ޝަހީދު ވިދާޅުވެފައިވަނީ އެ ގޮނޑި ރާއްޖެ އަށް ލިބުނު ނަމަ އެއީ ކުރިމަތިވާނެ ބޮޑު ބަދު ނަސީބެއް ކަމަށެވެ. އަދި އެ ގޮނޑި ކާމިޔާބު ނުވުމަކީ މި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ފިއްތުންތަކެއް ކުރިމަތި ކޮށްގެން އެއްވެސް ގައުމަކަށް ސަލާމަތީ މަޖިލީހުގައި ހާސިލް ކުރެވޭނެ ކަމެއް އޮންނާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ސަލާމަތީ މަޖިލިސް ފިޔަވައި ދެވަނަ އަށް އެންމެ ވާދަވެރި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރު ކަން ރާއްޖެއިން ކޮށްފައި އޮތުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އޭގެ ވަރަށް ބޮޑު ހެއްކެއް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް މެމްބަރު ކަން ރާއްޖެ އިން ކުރުން. ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިވި ނަމަ އެކަން އެނގިވަޑައިގަންނަވާނީ ޑރ، ޝަހީދަށް. އެއީ އޭރު މިނިސްޓަރަކަށް ހުންނެވީ ވެސް ޝަހީދު. އެކަމަކު އަޅުގަނޑު މިނިސްޓަރަކަށް ހުރިއިރު އަދި އޭގެކުރިން ވެސް، ކިތަންމެ އެކުވެރި ގައުމަކުން ކަމަށްވީ ނަމަވެސް ފިއްތުންތަކެއް ކުރިމަތިކޮށްގެން އަޅުގަނޑުމެން ލައްވައި ކަމެއް ހާސިލް ކުރުވިފައެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވި ހަމައެކަނި ސަބަބަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. އިންސާނީ ހައްގުތަކުގެ ދާއިރާއިންނާއި ބޭރުގެ ޖަމާއަތްތަކުގެ ނިންމުންތަކަށް އަމަލު ނުކުރުމަކީ އޭގެ މިސާލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާގައި ތައުލީމީ ގާބިލް ބޭފުޅުން ތިއްބަސް، ހުރިހާ ކަމެއް ހަލާކު ކުރަނީ ސިޔާސީ ފިކުރުތަކުގެ މީހުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެކަމަށް ގާބިލް ބޭފުޅުން ރާއްޖޭގައި އެބަތިބި މިހާރު ވެސް. އެކަމަކު ސިޔާސީ މީހުންނާއި އެހެން ބައެއް ފިކުރުތަކުގެ މީހުން ވަދެ ކަންކަން މި ހަރާބު ކޮށްލަނީ. އެއީ ފޮރިން ސާވިސް ވިޔަސް އަދި އެހެން ކަންކަން ވެސް އޮތީ މިފަދަ ގޮތަކަށް،" ޝާހިދު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ރާއްޖެއަށް ކާމިޔާބު ނުވުމުން އިދިކޮޅު ފަރާތްތަކުގެ ބޮޑު ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ ގޮނޑި ކާމިޔާބު ނުވީ ސަރުކާރުން ބޭރުގެ ޖަމާއަތްތަކުގެ ނިންމުންތަކަށް އިހްތިރާމް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ އެ ގޮނޑި ކާމިޔާބު ނުވުމުން އެނގިގެންދަނީ ކުދި ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ފުރުސަތު ހަނިވެފައިވާ މިންވަރު ކަމަށެވެ.

އދ. ގެ އެންމެ ވާދަވެރި އަދި އެންމެ ބާރުގަދަ ސަލާމަތީ މަޖިލީހުގެ މި ސަރަހައްދުގެ ގޮނޑި އިންޑޮނީޝިއާ އިން ކާމިޔާބުކުރީ 144 ގައުމެއްގެ ވޯޓު ލިބިގެންނެވެ. ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމެއްގެ ވޯޓެވެ. މިއީ ރާއްޖެއިން އެ ކައުންސިލަށް ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވިޔަސް، އިންޑޮނީޝިއާ އިން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ.

ޖުމްލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކައުންސިލްގެ 10 މެމްބަރުންނަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ދެ އަހަރުގެ މުއްދަތަށް އިންތިޚާބުކުރާ މެމްބަރުންނެވެ. ބާކީ ތިބޭ ފަސް މެމްބަރުންނަކީ ދާއިމީ މެމްބަރުންނެވެ. އެއީ އެ މަޖިލީހަށް ހުށަހެޅޭ ކަންކަން ވީޓޯކޮށް، ބޭރުކޮށްލުމުގެ ބާރު ލިބިފައިވާ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ، އެމެރިކާ އާއި ރަޝިއާ އާއި ޗައިނާގެ އިތުރުން އިނގިރޭސިވިލާތް އަދި ފްރާންސެވެ.

21 ކޮމެންޓް, 75 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 1%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުނބުށެން

12 June 2018

އަހަރެމެންކަހަލަ ޚާރިޖީ ދާއިރާއިން އަލިފުބާވެސް ނޭނގޭ މީހުންގެ ހިތުގައިވެސް އުފެދުނު ސުވާލަކީވެސް އެނިންމުން އަނބުރާ ގެނެވޭނެ ގޮތެއް ފަހުންއައި ސަރުކާރުތަކަށް ނޯންނާތޯއެވެ. މިސުވާލަކަށް ޖަވާބު ލިބުނީތީ އުފާކުރަމެވެ. ހީވާގޮތުން އަންނަ ސަރުކާރަކުން އެދާއިރާގެ ވަޒީރުކަން ތިމާއަށް ނުލިބި އެހެން މީހަކަށް ލިބިދާނެތީ އެކަމަށް އެންމެ ލާއިގު މީހަކީ ތިމާކަން ދައްކަން އުޅުނީއެވެ.

The name is already taken The name is available. Register?

މުޚުތާރު

11 June 2018

ގޮނޑި ކާމިޔާބެއް ނުވޭތަ. ކޮބާ ޝައިނިންގ ސްޓާރ. ތަޖުރިބާކާރު އެޓާނީ ޖެނެރަލް އަވަހަށް ސުޕްކޯޓަށް ވަޑައިގެން އިންޑޮނީޝިއާގެ ގޮނޑި ގެއްލުވާލާ.

The name is already taken The name is available. Register?

ރިޔާ

11 June 2018

އިދިކޮޅަކަށް ރަނގަޅުއެއްގޮތެއްވެސް ނެތް. ގޮނޑިލިބުނީމާވެސް ކަމަކުނުދޭ، ނުލިބުންވެސް ކަމަކު ނުދޭ

The name is already taken The name is available. Register?

ކަދުރޭ

11 June 2018

ކެންޑިޑޭޓްއެއްގެ ނަމާހިސާބުން ޕާރޓީ ތެރޭބައިބައިވެ ކޯލިޝަން ބައިބައިވެ އަރާރުން. މީގެނއ އެގެނީ ގައުމަށް ހެދިގެން އުޅޭބަޔަކު މީގަނެތްކަން.

The name is already taken The name is available. Register?

ލައްކަވާހަކަ

10 June 2018

މީގަ އަހަރެން ބުރަވާނީ ޑރ ޝަހީދުގެ ކޮޅަށް. ސެކިއުރިޓީ ކައުންސިލަކީ ހިއުމަން ރައިޓުސް ކޮމިޝަނާއި އަޅާކިޔާ ވަރަށް ވުރެ އާރާއި ބާރުގަދަ ތަނެއް..

The name is already taken The name is available. Register?

މުހަންމަދު އަޒުމީލް

10 June 2018

"ޑރ. ޝަހީދަށް އެ ހުށަހެޅުން ގަބޫލުފުޅު ނުކުރެއްވޭ ނަމަ ޑރ. ޝަހީދަށް އޮތް އެ ހުށަހެޅުން އަނބުރާ ގެނައުމުގެ ފުރުސަތު ވެސް. އެއިރެއްގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށުގައި އޮންނަ ކަމެއް އެއީ. ރާއްޖޭގެ ހުށަހެޅުން އަނބުރާ ގެންނަން އޭރުގެ ރައީސް ނަޝީދަށް ޑރ. ޝަހީދު ލަފާ ދެއްވިތޯ އެބަ ޖެހޭ ބަލާލަން،" އެއީމަބުނިވާހަކަ ނިންމުން އަނބުރާގެންނާކަށް ހުރަހެއްނެތޭ އެއިރުވެސް

The name is already taken The name is available. Register?

ހައްގު ބަސް

10 June 2018

'ސިޔާސީ މީހުންނާއި "އެހެން ބައެއް ފިކުރުތަކުގެ މީހުން" ވަދެ ކަންކަން ހަރާބު ކުރާ ވާހަކަ ތިދައްކަނީ އަމިއްލައަށް ސިޔާސީ މީހަކަށްވެ ހުރެ. ދެން 'އެހެން ބައެއް ފިކުރު ތަކުގެ މީހުންނަކީ ކޮންބައެއްކަން ސާފުކޮއް ބުނަން ނުކެރުނީ ކީއްވެގެންބާ.

The name is already taken The name is available. Register?

ޕޮގުބާ

10 June 2018

ސާހިދަކީ ޑ.ރ ސަހީދުއަށް ރަށްދުދޭވަރަށްވުރެ މާދަށްފަންތީގެ މީހެއް ކޮންމެމީހަކުވެސް ރަށްދުދޭންވާނީ އެމީހަކާ އެއްފެންވަރެއްގެ މީހަކަށް އެހެންނޫނީ އެއަށްވު ދަށުފެންވަރުގެ މީހަކަށް

The name is already taken The name is available. Register?

ހުސެންހ

10 June 2018

ތިގޮވާނީ އަތައް، ތީމުޅިން މަތިފަޑިން ޖާގަބޭނުންވާމީހުން ތިމީހުން ޔާމިނުގޯސްވަނީ ޔާމިނު ތިމީހުން ބަލައިނުގަންނާތީ. އެހެންނޫންނަމަ ތިދޫތަކުން މީހާރު ޔާމިނައް ސަނާކިޔާނެ.

The name is already taken The name is available. Register?

ފަޤީރުކަލޯ!

10 June 2018

ސާބަސަ! ޝާހިދު! ޝަހީދުމެން ނަމުގެ ކުރިއަށް ޑޜ ޖަހައިގެން ތިއުޅެނީ ކޯއްޗެއް ފޫބައްދަންތޯ! ބޮނދު ބުޑަށް ޝާހިދު އެ ސައި ކީ! ދެންނެތް އަރާނެގެއެއްވެސް! އެހެންނޫނަސް ތި ޝަހީދު ފޮރިން މިނިސްޓްރީގައި ހުރި ދުވަސްވަރު ކަމެއް ކުރެވިފައި ނެތްކަން އަމިއްލައަށް އިޢްތިރާފުވީއެވެ. އެކަމަކު ލަދުގަންނާކަށް ނޭގޭނެވިއްޔާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454