މިދިޔަ އަހަރު ބޭއްވި ކޮޕް26 ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ވާހަކަދައްކަވަނީ: ރާނީ އެލިޒަބަތުގެ ޖަނާޒާ އަށް ރައީސް އިނގިރޭސިވިލާތަށް ވަޑަައިގަންނަވަން ވަނީ ނިންމަވައިފައި -- ފޮޓޯ: ގެޓީ އިމޭޖެސް
13 ސެޕްޓެމްބަރ 2022 - 13:18
މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިނގިރޭސިވިލާތުން ދިން ދައުވަތު ގަބޫލުކުރައްވައި އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ.
ރާނީގެ ފަސްދާނުލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ.
ރާނީގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުނެފައިވެ އެވެ. ބޭރު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ބޭފުޅުންނާ އެކު ވަފުދުތައް ބައިވެރި ނުކުރުމަށް އިނގިރޭސި ޝާހީ އާއިލާއިން ވަނީ އެދިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ޖަނާޒާގެ ކަންތައް ކުރިއަށް ދާ ސަރަހައްދުތަކުގެ ޖާގައިގެ ދަތިކަމެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ އެންމެ އިސް ވެރިޔަކަށާއި އެ ބޭފުޅެއްގެ އަނބި/ފިރިންނަށެވެ. އެ ފެންވަރުގެ ބޭފުޅަކު ވަޑައިނުގަންނަވާ ނަމަ، އެ ގައުމަކުން ފޮނުވާ މަންދޫބަށް އެކަންޏެވެ.
ރާނީ ފަސްދާނުލާނީ ލަންޑަންގައި ހުންނަ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގަ އެވެ.
ހަތްދިހަ އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު، އުމުރުފުޅުން 96 އަހަރުގައި އަވަހަރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގަ އެވެ. ރާނީ އަވަހާރަވުމާ ގުޅިގެން، އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
14 September 2022
ރާނީ އެލިޒަބަތެއް ނޫން. އެއީ ބީރަށްޓެހި ބަސް. ރަނގަޅުގޮތަކީ އެލިޒަބަރު ރާނީ.
ކަތްދައްތަ
13 September 2022
އޑޕ ގެ ޖަޒާއަށް ނުވާނެ ކަމަށް އުއްމީދު ކުރަން.
އަބުޅޯ ޝާހިދު
13 September 2022
އަހަރެން ދަޢުލަތުގެ ފައިސާގަ ތިތަނަށް ނުދާނެ އެއްގޮތެއްވެސް ނޯންނާނެ
ފަހުދު
13 September 2022
އަނެއްކާ ދަތުރެއް ލައްވާލީ
އަސްލުގައި
13 September 2022
ރާނީއާ އެންމެ ގާތް ގުޅުމެއް މިގައުމުގަ އޮތީ މައުމޫންއާ. ރާނީއާއެކު އެންމެ ގިނަ ދުވަހު ވެރިކަމުގަ ހުރީ މައުމޫން. އުމުރުގެ ގޮތުންވެސް ރާނީއާ ކައިރި ކުރަނީ މައުމޫން. އާއްމުކޮށް އިބޫ ކީރިތި ކުރިއަސް މިކަމުގައި އިބޫއަށްވުރެ މައުމޫން މާ ހިތާމަކުރާނެ. މަންދޫބެއްގެ ގޮތުން މައުމޫން ފޮނުވުން މާ އައުލާކަން ބޮޑު. އަންނިއާ އިބޫއަކީ ރާނީއާ ދުވަހަކު ބައްދަލުވި ބައެއް ނޫން.
ޢެޑްމުންޑޯ
13 September 2022
ޜައީސް ނަޝީދަށް ފުރުސަތެއް ނެތްދޯ
ޠައްމީން
13 September 2022
ތިތަން ގޮސް ކީރިތި ނުކުރައްވްޗޭ..
އެކަމު
13 September 2022
އެއީ ކީރިތި ކުރަންވީ ކަހަލަ ތަނެއް.
ބޮޑުމީހާ
13 September 2022
މިދައުރުގަ މިރައީސް ދައުވަތުދޭ ކޮންމެ ތަނަކަށްވެސް ވަޑައިގަންނަވާނެ. ޚިތާނު ޕާޓީތަކުން ފެށިގެން، ބަށި މުބާރާތްތަކުންގޮސް ކިޔާނެ ކަމެއް ނެތް
ފާށަނާ
13 September 2022
ކޮންމެހެންވެސް މަނިކުފާނު ވަޑައިގަންނަވަންވާނެ ބޮޑު ވަފުދެއް ވެސް އެކުގައި ގެންދަން ވާނެ 12 މިނިސްޓަރުންނާ ޗީފް އޮފް ސްޓަފްއާ ދެތިން ސްޓޭޓް މިނިސްޓަރުންނާ ނައިބުންނާ އެކްސެކްޓިވް ޑިރެކުޓަރުން ވެސް ގެންދަވާނެ
އަހްމަދ
13 September 2022
އިނގިރޭސި ވިލާތުން އެއްވެސް ގައުމަކަށް ދައުވަތެއްނުދޭ.