ބަންދުގައި ނުވަ އަހަރާއި 11 މަސް ދުވަސް ހޭދަކޮށްފައިވާތީ ކޯޓުން ނިންމީ އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު އަދަބެއް ނެތް ކަމަށް. މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން އޭނާ ހުރީ ދޫކޮށްލާފައި.
ޖުވެނައިލް ކޯޓު: އައްޔުބޭގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ކުއްޖާ މިނިވަންކުރީ އޭނާއަށް ކަނޑައެޅި އަދަބަށް ވުރެ ދިގު މުއްދަތެއް ތަންފީޒު ކޮށްފައިވާތީ --- ފޮޓޯ/މިހާރު
14 ސެޕްޓެމްބަރ 2022 - 14:49
ދ. ކުޑަހުވަދޫގައި 2012 ވަނަ އަހަރު މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގައި ބައިވެރިވިކަން ސާބިތުވި މީހަކު ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ނުވަ އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2012 ގައި އައްޔުބެއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ކުށް ސާބިތުވި އެވެ. އައްޔުބޭގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމުން އެ ކުއްޖާ ބޮޑުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން ޖުވެނައިލް ކޯޓުން ނިންމީ ކުށް ސާބިތުވި ކުދިން ޖަލުގައި ބޭތިއްބުމަށެވެ. (އެ މީހުންނަށް މިހާރު 18 އަހަރު ވަނީ ފުރިފަ އެވެ. އެކަމަކު އެ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.)
އޭގެ ނުވަ އަހަރު ފަހުން އޭގެ ތެރެއިން އެކަކުގެ މައްސަލާގައި ހައި ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމީ އައްޔުބެ މަރާލުމުގައި ބައިވެރިވިކަން އޭނާގެ މައްޗަށް ސާބިތުވިޔަސް، އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ބަލާއިރު އޭނާއަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެހެންވެ، ގާނޫނީ ގޮތުން ދޭންޖެހޭ އަދަބުގެ ބައި ޖުވެނައިލް ކޯޓުން ކަނޑައަޅަން ހައި ކޯޓުން އޭރު އެންގި އެވެ.
ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، މިދިޔަ މަހުގެ ފަހުކޮޅު ޖުވެނައިލް ކޯޓުން ނިންމީ އޭނާއަށް ގާނޫނީ އަދަބެއްގެ ގޮތުން ހަތަރު އަހަރާއި ތިން މަހާއި ހަ ދުވަހަށް ޖަލަށްލުމަށެވެ. އެއީ އޭނާ އެ ކުށުގައި ބައިވެރިވެފައިވާ މިންވަރާއި ތަހުގީގަށް ދީފައިވާ އެއްބާރުލުމަށް ރިއާޔަތްކޮށް، އަދަބުގެ މިންވަރު މަތިކޮށް އަދި ދަށްކުރުމަށްފަހު މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް ދޭންޖެހެނީ ގާނޫނުގައި ބުނާ އަސާސީ އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކަމަށްވާތީ އެއީ އޭނާގެ އަދަބު އިތުރަށް ލުއިވި ސަބަބެކެވެ. އަދި ހަތަރު އަހަރަށް ޖަލަށްލިޔަސް، އޭނާ މިހާތަނަށް ޖަލުގައި ނުވަ އަހަރާއި 11 މަސް ދުވަސް ހޭދަކޮށްފައިވާތީ ކޯޓުން ނިންމީ އިތުރަށް ތަންފީޒުކުރަންޖެހޭ އަދަބެއް ނެތް ކަމަށެވެ.
އެގޮތަށް ޖުވެނައިލް ކޯޓުން ނިންމުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވެސް އޭނާ ހުރީ ބަންދުން ދޫކޮށްލައިފަ އެވެ. އެގޮތަށް އަމަލުކުރީ ވެސް އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާތީ އެވެ.
ދައުލަތުން ކޯޓުގައި އެދުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް އަދަބު ކަނޑައެޅުމަށެވެ. އެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅި ނަމަ، އޭނާ އެއްކޮށް މިނިވަނެއް ނުވީހެވެ.
އެކަމަކު ކޯޓުން ނިންމީ ލުއި އަދަބު ބަޔާންކުރާ ގާނޫނެއްގެ ދަށުން އަދަބު ކަނޑައެޅުމަކީ ގާނޫނީ ހަމައެއް ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމަށެވެ.
އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވި ދެވަނަ މީހާ ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ މިނިވަންކޮށްފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން އޭރު ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު ވަހީދު
15 September 2022
އެހެންވީމާ 13 އަހަރު ވަންދެއް ޖަލުގަ އޮންނަންޖެހުނީތާ !
ލާމަސީލު
15 September 2022
ރިހާކުރުފުޅި ވަގަށް ނެގީމަ 6 އަހަރު. ކޮންޓެކްޓް އުސޫލުން ފައިސާވެސްލިބި މީހަކު މެރީމަވެސް 4 އަހަރު. މިވާގޮތުން ކޮންޓެކްޓް އުސޫލުން މީހުން މެރުމަށް ހިއްވަރުލިބުން ނޫންކަމެއް ނުވާނެ. މިއީ ނުހަނު ދެރަ ހިތާމަވެރި ކަމެއް. ގައުމަށްވުރެ އެކަކުވެސް ބޮޑެއްނުވާނެ. މީހުން މެރީމާ އެމީހާ ހިންދެމި ނުލެވޭ ވަރުގެ ހަރުކަށި އަދަބު ދޭން ޖެހޭނެ. ޖީެއްސްޓީ ނުދެއްކީމާ މީހަކު މެރުމަށްވުރެ އަދަބު ބޮޑުވީމާ ގައުމުގެ ހާލަތު ވަރަށްބޮޑަށް ވަޒަން ކުރެވޭ.
ކިލާނީ
15 September 2022
މީހަކު މެރިކުށް އޭނަގެ މައްޗަށް ސާބިތުނުވާކަމަށް އެ އޮތީ، އެއީ ކުޑަކުއްޖަކަށްވާތީ ސާބިތުވި ކުށުގެ ތިންބައިކުޅަ ދެބައި އެއޮތީ. ގާނޫނުގައި ހުރި އުނިކަން މެމްބަރުން ލައްވައި ރަނގަޅުކުރީމަ، އެދޭގޮތަށް ޙުކުމް އަންނާނީ.
އަބްޑޫޅް
15 September 2022
ޖަލު އެއީ ހަމަ އެކަނި، އެތަނެއްގަ "އޮންނަ" ތަނެއްތަ؟ އިށީނދެ އިނުމާއި ކޮޅަށް ހުރުމުގެ ހުއްދަ ނޯންނަނީތަ؟
ރަދީފްއޮފިޝަލް
15 September 2022
ކަލޭ އެބަޖެހޭ ދިވެހި ބަހުގެ ހަމަތައް ދަސްކުރަން.މަމޮޅުވާން ނަމަކަށް @ައަބްޑޫލް ޖަހައިގެން ކޮސް ގޮވަން ތި އިންނަނީ.ވ.ވެދުން
ވަހީދު
15 September 2022
ދިވެހި ބަހުގައި ހަމަތަކުން ބަލާއިރު، އަންހެނެއް ނަމަ، ތަނެއްގައި އިންނާނީ، ފިރިހެނެއް ނަމަ ތަނެއްގައި ހުންނާނީ. މިސާލަކަށް ފާތުމަ އިނީ ގޭގައި. މޮހެދޭ ހުރީ ގޭގައި. އެގޮތަށް
މީޒާން
14 September 2022
ލަދުވެތި ހަބަރެއް، ޖޭއެސްސީއަށް ދަންނަވާލަން އޮތީ އަދި އިތުރު 4 ފަނޑިޔާރުން އެކޯޓަށް އައްޔަން ކުރާށޭ. މުޅި ގައުމު މި ފުނޑެނީ ޖޭއެސްސީއަށް އެމީހުންގެ ޒިންމާ އަދާ ނުކުރެވޭތީ. ފަނޑިޔާރުގޭގެ މައްޗަށް ވެރިވެ އޮވެ ތިމާމެންނާ ގުޅުންހުރި މީހުންނަށް ގާޒީކަން ދިނުންނޫން ކަމެއް ޖޭއެސްސީއަކަށް މިއަދަކު ނުކުރެވޭ. އިޢުލާނު ކުރުމުގެ ކުރިއަށް މަޤާމު ދޭނެ މީހުން އޮންނަނީ ނިމިފައި. އޭނާ 9 އަހަރު ޖަލުގައި ހޭދަކުރުމުގެ ޒިންމާ އުފުލާނެ މީހަކުނެތް.
ފޮނިޓައްޕު ހަސަނު
14 September 2022
އޭނަ 9 އަހަރު ޖަލުގައި ހޭދަކުރީ މީހަކުު މެރުމުގައި ބައިވެރިވެގެން. މިހާރު އޭނަ ހުންނާނީ މީހުން މެރުމުން މާސްޓާޒް ހަދައިގެން.
މިއީ މަށޭ
14 September 2022
އޭ މަށޭ ކިޔާތަ އެބަ؟
ޢަރުތަ
14 September 2022
ތޫނު އެއްޗަކުން ނޫނީ އެހެން ގޮތަކުންވިޔަސް އިންސާނެއްގެ ފުރާނަ ދުއްވާލުމުން ދެވޭނެ އަދަބެއް ނެތް ގޮތަށް ޤާނޫނު ހަދައިގެން...........%100 މުސްލިމު ޤައުމެއްގަ މިފަދަ ކަންކަން ކުރަން ހެޔޮވެދާނެތޯ!
ޖާބެ
14 September 2022
ފައިސާ ލިބުނުގޮތަކައް ހޯދައިގެން ސިޔާސީމަގާމަކައް އާދެވުނީމަ އިންސާފުގެ މަތީގެއިން އެމީހަކުބޭނުންގިތަކައް މިގައުމުގަ ލިބޭނެ, ބައެއްމީހުންނައް ލަންޑަނުން ހޮލިޑޭވެސްލިބޭ މިއީ މިހާރުގެ ހަޤީގަތަކީ
ޙިނި
14 September 2022
މިހަކު މަރަން އެހީވީމަވެސް 4 އަހަރު ޖަލުހުކުމެއް މިއަންނަނީ، މީޖޯކެއްތަ
ޢަރުތަ
14 September 2022
އަމިއްލައަށް ހަދާ ޤާނޫނު ތަކުގަ ހުންނާނީ މުޅިންވެސް ޖޯކު، އެއީ ވަކިބަޔަކަށް ހެޔޮވަރުކޮށް ފަހާތީވެ ވާގޮތް.
ހާމިދު ޝާހިދު
14 September 2022
ޝަރުއީ ދާއިރާގައި ތިބި ގާޒީންނާ ވަކީލުންނާއި ލޯޔަރުންގެ "ކޯޓު" އަދި މިއަށްވުރެއްވެސް 3 ގުނަ ބޮޑުކޮށް ފަހައިގެން ލައިގެން ތިބެންވީ، ކްލައުން ހެދިފައި. މުޅިން ފޭލްވެފައިވާ މަންޒަރު މިފެނަނީ. މަރުވި މީހާއަށްވެސް ހައްގުގެއްލުނީ. ކަންކުރި ކުދިންނަށްވެސް ހައްގު ގެއްލުނީ
ހުސެއިން ފަހުމީ
14 September 2022
މިއީ ޝަރުއީ ދާއިރާގައި ތިބި ގާޒީންނާ ވަކީލުންނާއި ލޯޔަރުންގެ މައްސަލައެއް ނޫން. ހާމިދު ޝާހިދު މެންކަހަލަ ދިވެހިން ނުވިސްނާ ގާނޫނު ހަދަން މަޖިލީހަށް ވައްދާފައިތިބި ބޯގަމާރުން، ޔައުނީ މަޖިލިސް މެންބަން ހަދާ ގާނޫނުތަކުގެ މައްސަލަ.