ވިޔަފާރި / މޯލްޑިވިއަން އެއާލައިން

އަނބުރާ ފޮނުވާލަން ނިންމި މޯލްޑިވިއަންގެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އަށް!

މޯލްޑިވިއަންގެ ފްލައިޓެއް. މޯލްޑިވިއަންގެ އެއާބަސް 321 ގައި މައްސަލައެއް ޖެހުމުން އެބޯޓު ވަނީ އަނބުރާ މާލެ އައިސްފައި--ފޮޓޯ:މިހާރު

މާލެ އިން އިންޑިއާގެ ޓްރިވެންޑްރަމަށް މިއަދު މެންދުރު ފުރި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، މޯލްޑިވިއަންގެ އެއާބަސް 321 ގެ މަރުކާގެ ބޯޓަށް ދިމާވީ ހައިޑްރޯލިކް ޕްރެޝާ އިންޑިކޭޓަރުގެ މައްސަލައެއް ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މައްސަލަ ހައްލު ކުރެވެންދެން އެ ބޯޓުގެ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

އެ މަތިންދާބޯޓުގައި 74 ފަސިންޖަރުން ދަތުރުކުރިއިރު، ލިބުނު ގެއްލުމުގެ ބަދަލު އެ އެންމެންނަށް ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މިއަދު މައްސަލަ ދިމާވި އެއާބަސް 321 މަރުކާގެ ބޯޓުގެ މެއިންޓަނަންސް ހަރަދު ބޮޑު ކަމުން، ކުއްޔަށް ނެގި މުއްދަތު އިތުރު ނުކޮށް ބޯޓު އަނބުރާ ފޮނުވާލަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެ ބޯޓު ކުއްޔަށް ނަގާފައިވާ މުއްދަތު އަންނަ އަހަރުގެ މޭ މަހަށް ހަމަވާނެ އެވެ.

މޯލްޑިވިއަން އެއާލައިނުން މި ވަގުތު އެއާބަސް މަރުކާރުގެ ދެ ބޯޓު ގެންގުޅެ އެވެ. އެ ދެ ބޯޓު އާންމުކޮށް ބޭނުން ކުރަނީ ރާއްޖެ އިން ބޭރުގެ ދަތުރުތަކަށެވެ.

30 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 15%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރ

19 September 2022

ހުސް ޚަރަދުގެވާހަކަ ދައްކައި ކަންކަން ނުކުރެވޭ ވާހަކަ ދައްކާނެ ނާޤާބިލްމީހުން. ޚަރަދު ކޮށްގެން ފައިދާ ހޯދޭނީ. މި ބޯޓަކީ މޯލްޑިވިއަން ފްލީޓްގައި އޮތް އެންމެ އައު ބޯޓްކަންވެސް ބައެއް ބޭފުޅުން ފާހަގަކޮށްފައިވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 September 2022

މޯލްޑިވިއަނުންކުރާ ބައިނަލްއަޤުވާމީ ދަތުރުތައް ހިދުންހިދަށް ހުއްޓާލަން ކުންފުނީގައިތިބިމީހުނަށް ފިނޭންސް މިނިސްޓްރީން އަންގާންޖެހޭ. # އަދި "ބަގުރޫޓްވުމުގެ ދިގުމާޒީއެއް ދަމަހައްޓަމުންއަންނަ" ޤައުމީ އެއަރލައިން ކުންފުނި އަނެއްކާވެސް ބަގުރޫޓްވުމުގެ ކުރިން ކުންފުނީގެ މިހާރުގެ ބޯޑް އުވާލާ ސީނިއަރ މެނޭޖްމަންޓްގައި ތިބިމީހުން ފެނަކައާއި ވެމްކޯ ފަދަ ކުންފުނިތަކަށް ބަދަލުކޮށް ތެދުވެރި ހިންގުންތެރި ޓީމެއް މިތަނަށް ގެންނާންވެއްޖެ. މިމީހުނަކަށް މިކަންނުވާނެ.

The name is already taken The name is available. Register?

ޖެނީ ޑމޑ

18 September 2022

ކަލޭ އާދޭ ހަވާލުވާން ހަދަންވީ ގޮތް ތިހާބޮޑަށް އިނގެންޔާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 September 2022

އެއަރމޯލްޑިވްސް ހިންގާން އަމްބަރީ އަބުދުއްސައްތާރު ހުންނެވުމެކޭ މިހާރު ތިތަން ހިންގާން ތިބި ކުދިން ތިތަން ހިންގުމެކޭ އެއްވެސް ތަފާތެއްނެތް. # ކޮންމެދުވަހަކު އޮފީހަށްއައިސް އޭނާއަހާނެ "ކޮބާ މިއަދުގެ ސޭލްސް ކިހިނެއް" ޖަވާބުލިބުމުން އުފާވެފައިހުންނަމީހާއަކަށް ނޭގޭ މިއީ ސިންގަޕޯރ އެއަރލައިންސް އާއިއެކު އެދުވަސްވަރު މާލެއަށް ޖެއްސި ހުރިހާ އެއަރލައިންތަކެއްގެ PSA އޮންނައިރު އެތަންތަނުގެ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްގެ ޖުމްލަކަމެއް.

The name is already taken The name is available. Register?

ސައްތާރު

18 September 2022

ދެން މޯލްޑިވިއަން އިން ވަކިވާންވީއެއްނު؟

The name is already taken The name is available. Register?

ކެޕްޓަން ސާމިހް

18 September 2022

މޯލްޑިވިއަންގަ މާފުއްޕާފަ އުޅޭ 5 ޕައިލެޓުން ބޭރުކުރީމަ މޯލްޑިވިއަން ސަޅިވާނެ. ތިތަން ހަލާކު ކުރަނީ އެމީހުނޭ.

The name is already taken The name is available. Register?

ކެޕްޓަން ޝާމް

18 September 2022

މިއަދި ކާކުތަ؟

The name is already taken The name is available. Register?

ކެޕްޓަން ސާމިހް

18 September 2022

މީކާކުހޭ؟ މީރާއްޖޭގެ އޭވިއޭޝަންގެ މުސްތަގުބަލް

The name is already taken The name is available. Register?

ކަރަންޓޭ

18 September 2022

މިދިވެހިރާއްޖޭގެސަރުކާރުންއަމިއްލައެއްމެއުދުހޭބޯޓެޢްވެސްއުދުއްސާނެކަމެއްނެއްއަމިއްލަމީސްނީހުންނަށްއުދުހޭބޯޓްގަނެއުދުއްސަންހުއްދަދޭންވީއެއިރުސަރުޖާރަށްފާއިދާބޮޑުވާނެއަދިއެއްވެސްއެއާޕޯޓަކަށްނުދަރާނެބޯޯޓަކަށްތެއުއަޅާކަށްނުޖެހޭނެޕައިލެޓުންނާއިކުރޫންނެއްނުތިބޭނެމޭންޓްނަންސްކުރާކަށްނުޖެހޭނެ ކުރަންޖެހޭކަމަކީރަގިޅުތިޖޫރީތަކެއްހަދާފާމިރާއްޖޭގެހުރިހާއެއާޕޯޓްތައްއިންޓަނޭޝަނަލްކޮށްޖައްސާފްލައަޓްތަކަށްޙިދުމަތްދީގެންލާރިނަގާތިޖޫރިތައްފުރާލާ

The name is already taken The name is available. Register?

އުނދުނޭ

18 September 2022

ކަލޯ ކަލޭ ކީބޯޑު ސްޕޭސް ފިތް ހަލާކުވީތަ

The name is already taken The name is available. Register?

ފަހުދު

18 September 2022

321 އަދިވެސް މި ދުނިޔޭގަ ދުއްވާ ދޯ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

18 September 2022

ދިއުޅިއެއްނުވާ ބަޔަކާއި މެނޭޖްމެންޓް ހަވާލު ކޮއްގެން މޯލްޑިވިއަންގެ ދުވަސް ދުއްލާފި ! ދަތުރު ފަތުރުގެ އަގުތަށް އިންތިހާ އަށް އުފުލާގެންވެސް ބަގުރޫޓް ވަނީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 September 2022

ކުންފުނި ހިންގާން ޙަވާލުވެތިބި ސީނިއަރ މެނޭޖްމަންޓާއި ސޯލިޙްގެ ސަރުކާރުން އައްޔަންކުރި ކުންފުނީގެ ބޯޑްގައިތިބީ ކޮންކަހަލަ ބައެއް. # މިއަށްވުރެން ރަނގަޅުވާނެ އެމީހުން ގޭގައި ބައިތިއްބައިގެން މިހާރުވެސް ދެމުން ގެންދާ ބޮޑު މުސާރަ އެމީހުނަށް ދޭގޮތަށް ކުންފުނި ހިންގަން ކަމުގެ އިލްމާއި ތަޖުރިބާ ހުރި އަދި ބޭރުގެ ފަރާތްތަކާއި މުއާމަލާތް ހިންގޭވަރުގެ ކުޅަދާނަކަން ހުރި ބަޔަކު ކުންފުނީގެ ހިންގުމާއި ޙަވާލު ކުރިޔަސް. އެމީހުން އަމިއްލައަކަށް ދުރަކަށް ނުދާނެ.

The name is already taken The name is available. Register?

ޖަހަންގީރު

17 September 2022

އެއްވެސް މީހަކަށް އަނިޔާއެއް ނުވިކަމަށްޓަކައި ﷲއަށް ޙަމްދު ކުރަން. ސުވާލަކީ 236 ފަސިންޖަރުންގެ ޖާގަ އޮންނަ އޭ321 ގެ ފްލައިޓެއްގަ 74 ފަސިންޖަރުން ގޮވައިގެން ދަތުރުކުރީމަ ހަމަ ދެކޮޅު ޖެހޭތޯއޭ؟

The name is already taken The name is available. Register?

މަޝަންދަތި

17 September 2022

ތިކަހަލަ ދުންނާރާ ތެޔޮ މާލޭގަ މިދުއްވާ ޕިކަޕުތަކަށްވެސް އަޅަންވީ، ނޯއްދަމާނުލެވޭ ބައެއް ޕިކަޕުތައް ފަހަތުގަ ޓުރެފިކުގަ ޖެހިއްޖިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454