ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ރަނގަޅަށް މަސައްކަތްކުރޭތޯ ކަށަވަރުކުރުމަށް ބޭއްވި ޓްރަޔަލް.-- ފޮޓޯ: އެމްއޭސީއެލް
10 ޖުލައި 2025 - 10:02
މި މަހުގެ 26 ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރޭތޯ އިއްޔެ ކަށަވަރު ކޮށްފި އެވެ.
އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓު ކުރުމަށް ހާއްސަ ޓްރަޔަލްއެއް އިއްޔެ ބޭއްވި ކަމަށެވެ.
އެއީ، އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެ ތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓު ކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނު ކުރުމާއި ހުޅުުވުމުގެ ކުރި އާއި ފަހަށް މުޅި ޓާމިނަލް ތައްޔާރު ކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ޕްރޮސެސްގެ ބައެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ރަނގަޅަށް މަސައްކަތްކުރޭތޯ ކަށަވަރުކުރުމަށް ބޭއްވި ޓްރަޔަލްގައި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއޭސީއެލް
އެ ކުންފުނިން ބުނިގޮތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނާ އެކު ކުރިއަށް ގެންދިޔަ އެ ޓްރަޔަލްގައި މޯލްޑިވިއަން އެއާލައިންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެ އެވެ. އަދި އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަން ވެސް ޓެސްޓުކޮށްފައިވެ އެވެ.
އެ ޓްރަޔަލްގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ޓްރަޔަލްގެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންއަށް ވަޑައިގަތީ ވެސް ޝަރީފެވެ.
Our CEO & MD, Ibrahim Shareef Mohamed, shared his experience as the first trial passenger and expressed his full confidence that the new terminal is ready for operations and will provide excellent services. We successfully conducted a check-in system trial using mock passengers… pic.twitter.com/N9vHLPK83S
— Maldives Airports Company Ltd (@MACLmedia) July 9, 2025
ޝަރީފުއާ އެކު، އެ ޓްރަޔަލްގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ޓްރަޔަލް ނިންމުމަށް ފަހު ޝަރީފް ވިދާޅުވީ މޯލްޑިވިއަން އެއާލައިންގެ ޗެކިން ސިސްޓަމްތަކުގެ ޓްރަޔަލްއެއް ކުރިއަށް ގެންދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ ކުންފުނީގެ މުވައްޒަފުން މިހާރު ތިބީ އާ ޓާމިނަލް ހުޅުވުމަށް ވަރަށް ބޮޑަށް ތައްޔާރުވެ، ވަރަށް ގައުމީ ޖޯޝެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ރަނގަޅަށް މަސައްކަތްކުރޭތޯ ކަށަވަރުކުރުމަށް ބޭއްވި ޓްރަޔަލް.-- ފޮޓޯ: އެމްއޭސީއެލް
"ޔަގީންކުރައްވާ، މިއޮތީ މިކަން ފައްޓާފައި، މިކަން ފެށިފައި. ކުރިއަށް އޮތީ ވަރަށް ބާރު ސްޕީޑުގައި މަތިންދާބޯޓުތައް ގެނެސް, ރަސްމީކޮށް މިތަން ހުޅުވުން. މުވައްޒަފުން ތިބީ ވަރަށް އުފަލުގައި, ވަރަށް ވަރުގަދަ ގައުމީ ރޫހެއްގައި," ޝަރީފް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ނިޔާޒް ވިދާޅުވީ އާ ޓާމިނަލް ހުޅުވަން ވާއިރަށް އެމްއޭސީއެލްއާ ގުޅިގެން ކުރަން ޖެހޭ ގްރައުންޑް އޮޕަރޭޝަންގެ ޓެސްޓުތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
"އުއްމީދަކީ މި އާ ޓަމިނަލަކީ އަޅުގަނޑުމެންގެ ފަސިންޖަރުން އަދި ރައްޔިތުންނަށް ވެސް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ވުން،" އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ރަނގަޅަށް މަސައްކަތްކުރޭތޯ ކަށަވަރުކުރުމަށް ބޭއްވި ޓްރަޔަލް.-- ފޮޓޯ: އެމްއޭސީއެލް
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރިތައް ވަމުންނެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކާ އެކު އާ ޓާމިނަލްގެ އޮޕަރޭޝަން ފަށާއިރު، އެމްއޭސީއެލްގެ އަމާޒަކީ މި އަހަރު ޓޫރިސްޓް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޓަފޫޅި
10 July 2025
މިއަދު ކުރި ވިއްސާރައިގައި ފުނުނު މަންޒަރަކީ އާޓާމިނަލުން ފުރާ މީހުން ނުތެމި ޓާރމިނަލައް ވަދެވޭނެ ގޮތެއް އޮންނާނެބާއެވެ.
ޖަގްނީ
10 July 2025
މަރްހަބާ ރ.ސޯލިހް، މަނިކްފާންގެ ހިކްމަތްތެރިކަމުން ރާއްޖޭގެ ދޮރާށި އިތުރަށް ހުޅިވެގެން ގޮސް އެތަށް ރައްޔިތުންއަށް މަންފާ އާއި ފައިދާ ކުރާނެ. މުއީޒުއާއި ނަޝީދު ކިތަމެވަރަކަށް މަނިކްފާން ގެ ލެގަސީ ފުހެލަން އުޅުނަސް އެކަމެއް ނުވާނެ.
ޒިމް...
10 July 2025
ޗަކޮޔާ ކޯއްޗެއް ޗަ ހަދަނީ.....
މިނިވަން 60
10 July 2025
އެހެންވީމަ ޔަގީންކުރައްވާ މިއޮތީ މިކަން ފައްޓާފައި، މިކަން މިއޮތީ ފެށިފައި." ޝަރީފް ދެން ކޮން 26 ނޫނީ 27 ވީހެއް ހެއްޔެވެ، ތިޔަ އޮތީ އާޓާމިނަލް ހުޅުވިފައެވެ.
ހަޒާރޯން
10 July 2025
ކަރަންޓު ނުދިޔައިއްޔާ ރަނގަޅު
ލަގެޖު
10 July 2025
ލަގެޖް އަރުވާބައި ހުރީ ހަމަކުރިންހެން އެއް އުސްމިނެއްގަ. ބައެއް އިންޓަނޭޝަނަލް އެއަރޕޯރޓް ގަ މިހާރު ހުންނަނީ ތިރިކޮއް ފުލޯ ލެވެލްއާއެއްވަރައް، އެހެންވެ ވަރައް ފަސޭހަ ލަގެޖް އަރުވާލަން ނުއުފުލާ.
މިތުރާ
10 July 2025
ރ.ސޯލިހުގެ ދުރުވިސްނުން ފުޅުން، ޓާމިނަލް ގަ ދުނިޔޭގެ ފަހުގެ ހުރިހާ ވަސީލަތެއް އެކުލެވިގެން ވާނެ.
ނަސްރު45
10 July 2025
ބަލަ ޓާމިނަލެއް ހަދަންޔާ ތިޔަ ހުރިޙާ ކަމެއް ވެސް، ހުރިހާ ގަވްމެއްގައި ވެސް ކުރާނެ. މާ ބޮޑަށް ފޮޓޯނަގާ، ވީޑިޔޯ ހަދާ ކްރެޑިޓް ނަގަން ޖެހޭ ކަމެއް ނޫން.
އަޒީމްބެ
10 July 2025
ސިސްޓަމް ޗެކޭ ކިޔާފަ ލާފައިން ފޮޓޯ ކަމަކު ނުދޭ..
ހަސީނާާ
10 July 2025
ދެން ދެ އިރު ދެ ދަޅައަށް އާ ޓަރމިނަލްގެ މިވޭނި ކަމެއް ކޮށްފިޔޭ ނުކިޔާ، ނިންމާފައި ދައްކަބަލަ. އަހަރެމެނަށް ވެސް އެނގޭ ބޮޑު އެއަރޕޯޓެއް ހުޅުވާއިރު ތިތާ މަސައްކަތް ބޯކޮށް އޮންނާނެކަން.