ފަނޑިޔާރުންގެ ހުވާ: ގާޒީ އަލީ އަބްދުﷲއާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
18 ސެޕްޓެމްބަރ 2022 - 17:38
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާ މެދު ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ގާޒީ އަލީއާ މެދު ފިޔަވަޅު އަޅަން ނިންމީ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދުމުން އެ އަމުރާ މެދު ގޮތެއް ނިންމާފައިވަނީ އެކަށީގެންވާ މުއްދަތަށް ވުރެ ގިނަ ދުވަހުން ކަމަށްވާތީ ކަމަށެވެ. އެއީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުމުގައި ފަރުވާ ކުޑަކުރުން ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފްވެފައިވާތީ އޭނާއަށް ނަސޭހަތް ދިނުމާ އެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެކުރިން ވެސް ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމުމުގައި ލަސްކުރުމާއި އަދި މައްސަލަތައް ނިންމުމުގައި އަމަލުކުރި ގޮތުން ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
19 September 2022
ދީބަނާޒްއަ ފިޔަވަޅު އަޅަން ނުކެރެނީ ކީއްވެގެންބާ؟ ހިޝާން ހުސެންގެ ބެސްޓް ފްރެންޑަށް ވެފާ މަސްތޫރުގެ ކްލާސް މޭޓަށް ވީމަތޯ؟
2000
19 September 2022
އިސްތުއފާ ދިނީމާ ނިމުނީ
ދުމްމ
18 September 2022
ނަސޭހަތް ދިނުމާއެކު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުން ސުލޫކީ މައްސަލައެއްގެ އަދަބަކީ؟؟!! ހެހެހެހެހެހެ...
ހިޔާލީ އަލީ
18 September 2022
ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅިޔަސް ކޮންމެވެސް ބަޔަކު އެބަޖެހޭ ނަސޭހަތްދޭން، ހާދަ އަވަހޭ ޑްރަގު މީހުން ބަންދުން ދޫވާލެއް
ހުސެން
18 September 2022
ލ.ގަމު އަވަށެއްގައި ވެސް ފިޔަވަޅުއަޅަންޖެހޭ މެޖިސްޓްރޭޓެއް ވަޒީފައިގައި އެބައުޅޭ، މީނާ ކުރާކަމަކީ ފެމެލީ މައްސަލަތަކުގައި ވަރަށްގިނަފަހަރު އަންހެން މީހާގެ ހައްގުތައް ގެއްލޭގޮތައް މައްސަލަތައް ނިންމުން، ފަނޑިޔާރުންނަށް ލިބޭ އިހުތިޔާރުގެ ދަށުންވެސް ކަންކަން ނިންމޭނީ ރީސަނެބަލްގޮތަކަށް އެހެންނޫނީ ކޮބާ ކޯޓުތަކުގެ ބޭނުމެއް؟ މިބުނި މެޖިސްޓުރޭޓުގެ ޝަކުވާ ޖޭއެސްސީއަށް ހުށަހެޅުމުގެ މަސައްކަތްވެސް ކުރިޔަށްއެބަގެންދަން!! ބަލަމާ ވާގޮތެއް.
ދޭދޭކަމަނަ
18 September 2022
މައްސަލަ ހުށަހަޅާ. ކާކުކަން ނޭނގޭގޮތަށްވެސް މިހާރު މައްސަލަ ހުށަހެޅޭނު. ދިވެހިން ދިވެހިންގެ ޤަޢުމު އިސްލާހުކުރަން މަސައްކަތްކުރަންވާނެ.
ކިޔު
18 September 2022
ހުސެއިން ބޭނުންވާ ގޮތަށް ނުނިންމައިފި ނަމަ ހުސެއިނަށް ކަމަކު ނުދާނެ. ހުސެއިނަށް އިންސާފަށް ވާނީ ހުސެއިން ބޭނުންވާ ގޮތް.
ހުސެން
18 September 2022
@ކިޔު، އެއްގޮތަކަށްވެސް ތިޔަހީކުރާހެނެއްނޫން އިންގޭތޯ! ރަށްރަށުގައި ވަރަށްބޭއިންސާުފުން މައްސަލަތައް ނިންމަމުންދޭ، ގިނަފަހަރު ރަށްރަށުގައި އުޅޭ ރައްޔިތުން ހައިކޯޓާހަމައަކަށް ނުދާނެ، ނުވަތަ ދާންވީ މަގުނޭންގޭތީ ދެންހަދާނެގޮތެއް ނުވިސްނި ބޭއިންސާފުން ނިންމިޔަސް ދެންހެދޭނެގޮތެއްނެތްކަމަށް ހީކޮށް ދޫކޮށްލަނީ!! ނަމަވެސް އަޅުގަނޑު ދުލެއްނުދޭނަން، ދާންޖެހިއްޖެނަމަ ސުޕުރީމްކޯޓާ ހަމަޔަށްވެސް ދާނަން،