މިއޮޓްގެ ތަޖުރިބާކާރު ކެންސަރު ޑޮކްޓަރެއް ރާއްޖެއަށް
19 ސެޕްޓެމްބަރ 2022 - 15:14
އިންޑިއާގެ މަޝްހޫރު މިއޮޓް ހޮސްޕިޓަލުގެ ކެންސަރު ސްޕެޝަލިސްޓެއް މާދަމާ ރާއްޖޭގައި ފަރުވާ ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިއޮޓް ހޮސްޕިޓަލްގެ ފަރާތުން "އޭ ޓު ޒެޑް ކެންސާ ކްލިނިކް"ގެ ނަމުގައި، "ދަ ކްލިނިކް"ގައި ފަރުވާދެއްވާނީ އެ ހޮސްޕިޓަލްގެ ތަޖުރިބާކާރު އޮންކޮލޮޖިސްޓް، ޑރ. ސެންތިލް ކުމާރް ރަވިޗަންދަރެވެ. އޭނާ ދެ ދުވަހު ބަލި މީހުންނަށް ފަރުވާ ދެއްވާނެ އެވެ.
މިއޮޓް ހޮސްޕިޓަލުން ބުނިގޮތުގައި، ޑރ. ސެންތިލް އަކީ އެކިކަހަަލަ ކެންސަރަށް ފަރުވާކުރައްވާފައިވާ، 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑޮކްޓަރެކެވެ. އޭނާ ވަނީ މިހާތަނަށް 10،000 އަށް ވުރެ ގިނަ ޕޭޝަންޓުންނަށް ފަރުވާދެއްވައިފަ އެވެ.
މިއޮޓް ހޮސްޕިޓަލްގެ ލީޑް ސާޖިކަލް އޮންކޮލޮޖިސްޓް، ޑރ. ސެންތިލް ކުމާރް ރަވިޗަންދަރު
ކެންސަރު ބަލިތަކަށް ހާއްސަކޮށް ފަރުވާ ދޭ އިންޑިއާގެ އެންމެ މަގްބޫލް ހޮސްޕިޓަލްތަކުގައި ހިމެނޭ މިއޮޓް ހޮސްޕިޓަލަކީ އެއް ފުރާޅެއްގެ ދަށުން ތަފާތު ވައްތަރުގެ ކެންސަރު ޑައިގްނޯޒްކޮށް ފަރުވާދެމުން އަންނަ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލުގައި އެކި ގުނަވަންތަކުގެ ކެންސަރުތަކަށް ހާއްސަ ސްޕެޝަލިސްޓުން ހިމެނޭ 35 މެންބަރުންގެ ޓިއުމަރު ބޯޑެއް އޮވެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އެ ހޮސްޕިޓަލުން ބޯން މެރޯ ހޭދޭއިރު، މެޑިކަލް، ސާޖިކަލް އަދި ރޭޑިއޭޝަން އޮންކޮލޮޖީގެ ޓްރީޓްމެންޓް ވެސް ލިބެ އެވެ.
މިއޮޓް ހޮސްޕިޓަލުން ބުނީ މާދަމާ އާއި ބުދަ ދުވަހު ކުރިއަށްދާ "އޭ ޓު ޒެޑް ކެންސަ ކްލިނިކް" ގައި، ކެންސަރު ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށާއި ކެންސަރަށް ޝައްކު އުފެދޭ މީހުންނަށް ވެސް ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.
އެޕޮއިންޓްމަންޓް ހެއްދުމަށް 3334888 އަކަށް ގުޅައިގެން ނުވަތަ 9477294/ 9326772 އަށް ވައިބާ ކުރެވޭނެ އެވެ. އަދި މިއޮޓް ހޮސްޕިޓަލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތަ.
19 September 2022
ޑޮކްޓަރު އައީ ހޮސްޕިޓަލަކާ އެކީގަ އެއްނޫން. އާސަންދަ ލިބެނީ ރާއްޖޭގެ ހޮސްޕިޓަލުގެ ކެންސަރ ޑޮކްޓަރުން އަތުން. މީގެ ޕޮއިންޓަކީ ކޮބާ؟...