ޕީއެސްއެމް އޮފީސް. އެ ކުންފުނުގެ ކޮރަޕްޝަން މައްސަލަ އެސްއޯއީ ކޮމިޓީން ބަލަނީ--ފޮޓޯ:މިހާރު
20 ސެޕްޓެމްބަރ 2022 - 14:31
ޕީއެސްއެމްއާ ގުޅޭ 100 މިލިއަން ރުފިޔާގެ ހިޔާނާތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ އެ ހިޔާނާތާ ގުޅިގެން ޕީއެސްއެމް އިން މަޖިލީހުގެ ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީއާ މެދު ވެސް މަޝްވަރާކޮށްފަ އެވެ. ހިޔާނާތް ފޮރުވަން، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައިފައި ނުވާ ކަމަށް ވެސް ސިޓީގައި ވެ އެވެ. އެކަމަކު، ސިޓީގައި ބުނެފައި ވަނީ އެ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް އެ މަގާމުން ވަކިކުރުމާ އެކު، ބައެއް މީޑިއާތަކަށް އޭނާ ބުނި ގޮތުގައި އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅި ކަމަށެވެ. އަދި އެ ރިޕޯޓުތަކާ ގުޅިގެން ބޯޑުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުނެފައި ވެ އެވެ.
މި މައްސަލަތަކަކީ ދައުލަތަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ގެއްލުންވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ. ކުއްލި ގޮތަކަށް އޮޑިޓް ޑިޕާޓްމަންޓް އުވާލައި، އޮޑިޓްގެ ކަންކަން އައުޓް ސޯސް ކުރަން ނިންމީ ހިޔާނާތް ނުބަލާ އަދި ހިޔާނާތް ފަޅާ އަރުވާލި ރިޕޯޓްތައް ފޮރުވަން ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
އެކަމަކު ޕީއެސްއެމް އިން ކޮމެޓީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓްގެ މަސައްކަތްތަކަށް އިތުރު ފަސް ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށް ކުރީގެ ޗީފް އޮޑިޓާ އެދިފައިވާ ކަމަށާއި އެކަމަށް 70،000ރ. އިތުރަށް ހަރަދުވާނެ ކަމަށެވެ. އެހެންވެ، ކުންފުނީގެ ހިންގުމުގެ ހަރަދުު ކުޑަ ކުރުމުގެ ގޮތުން އޮޑިޓް މަސައްކަތްތައް އައުޓްސޯސް ކުރަން ނިންމީ ކަމަށް ސިޓީގައި ވެ އެވެ. އޮޑިޓް މަސައްކަތް އައުޓްސޯސް ކޮށްފި ނަމަ، އެ ކުންފުނީގެ އިންޓާނަލް އޮޑިޓަށް ކުރާ ހޭދަ ދެ ގުނަ ކުޑަ ކުރެވޭނެ ކަމަށް ޕީއެސްއެމް އިން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ޕީއެސްއެމްގެ ބޯޑާއި މެނޭޖްމެންޓުން ބޭނުންވާ ގޮތަކަށް ކަންކަން ނުދާތީ، އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ ގޮތަށް އެކަން ކުރަން އޮޑިޓަރުން އައުސޯސް ކުރުމަކީ ވެސް ކޮރަޕްޝަން ކަމަށެވެ.
"މައްސަލަ އަށް ބަލާ އިރު އެތައް މިލިއަން ޑޮލަރެއްގެ ހިޔާނާތް އެބަހުރި. އާކައިވެއް ހެދުމަށް ތިން މިލިއަނެއްހާ ޑޮލަރުގެ މުއާމަލާތެއް ހިންގައިފަ އޮތީ. އެހެން ނަމަވެސް އެތަނުގެ ކުރީގެ އިންޓާނަލް އޮޑިޓަރު ހާމަކުރައްވާ އެއްވެސް ކަހަލަ ގޮތަކަށް ފައިސާއެއް މެލޭޝިޔާ ކުންފުންޏަށް ވެސް ނުދޭ ވާހަކަ އާއި ވީނުވީއެއް ނޭނގޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޒޭ
21 September 2022
އާބާދީގައި ބައި މިލިއަން ހަމަ ނުވޭ. ވިޔަފާރިވެރިން ދައްކާ ޓެކުސުން ސަރުކާރުން ފޯރުކޮއްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮއްދީފައި ބާކީވެސް ކުރެވޭނެ. މަމެންނަށްވެސް ހިސާބު އިގޭ. އެކަމަކު ކޮރަޕްޝަން ހިންގާލައިން ބައިކުދިންނަށް ބައި އަޅައިން ގާނޫނުތެރެއިންނާ ބޭރުން ވައްކަން ކުރަންވީމަ ދެން ގިނަވާނީ ކޮރަޕްޝަން. މުއްސަދިވާނީ ތިމާމެންގެ ބައިގެ ކުދިން އެކަނި. ފުރެނީ ތިމާމެންގެ ބައިކުދިންގެ ޖީބު އެކަނި. މި ހަމަ އެފްރިކާގެ ކިބަޅި ގައުމެއް.
ބްރިންގް ބެކް ޓީވީއެމް
21 September 2022
ޕީއެސްއެމްއަކީ އެކުންފުނި އުފެއްދީއްސުރެ އަބަދުވެސް ކޮރަޕްޝަން ހިންގާ ހާއްޔެއް. އެންމެ ރަނގަޅީ ހަމަ ޓީވީއެމް ޓީވިއެމްގެ ގޮތުގައި، އަޑު އަޑުގެ ގޮތުގައި އޮތް ދުވަސްވަރު. ކޮން ކުންފުއްޔެއްތަ؟ ދުނިޔޭގެ އެހެން ތަންތާކުވެސް ދައުލަތުގެ ޓީވީ ގަނޑެއް ހިންގަން ބޮޑެތި ކުންފުނިތަކެއް ނުހަދައޭ. މިރާއްޖޭގަ މިއޮންނަ ގޮތަކީ ކޮންމެ ކަމަކަށް ސަރުކާރުން އެބަޖެހޭ ކުންފުނި ހަދަން. ކުނި އުކާލާ ކުންފުނި، މަގު ތަޅާ ކުންފުނި ބަތްކައްކާ ކުންފުނި. ވަޓް ނޮންސަންސް؟؟ އުވާލާ!
މުލޭ
21 September 2022
މިގައުމަށް ލިބޭ ޢާމްދަނީ އަކީ ދަރަނިވެރިނުވެ އުޅެވޭ ވަރުގެ އާމްދަނީއެއް. ނަމަވެސް ކޮރަޕްޝަނާއި ފަސާދައިގެތެރެއިން ފައިސާކޮޅު ކޮންމެވެސް ބައެއްގެ ޖީބުތަކަށް ވަދެ ހުސްވޭ. ދެން މިޖެހެނީ ދަރަނި ނަގަން. މިއީ ގުޅިގެން ރޭވިގެން ހިންގާ ޖަރީމާތަކެކޭ ބުނެވޭވަރަށް ތިލަކޮށް ކަންކަންފެންނަފަހަރު ގިނަ.
ކަންމަތީ ސޭޓު
21 September 2022
އަހަރުމެން ޓެކްސްއާ ޖޫރިމަނާ ދައްކަ ދައްކާ އުމުރު މި ހުސްވަނީ. ސަރުކާރުން އެއަށް ހަދާ ގޮތެއް މަހުން މަހަށް ހާމައެއް ނުކުރޭ. އެކަމަކު އަހަރުމެން އެބަ ޖެހޭބައި ރުފިޔާއެއްގެ ފައިދާ ވިޔަސް ޓެކްސް ރިޕޯޓު ހުށަހަޅާ ބައިންގަޑަށް ދަންދެން ދައްކަން. މުސީބާތެކޭ މީ
އާރޓިސަން
21 September 2022
މިކުންފުނިން 6 މިލިއަން ރުފިޔާގެ މަސައްކަތް ކުރުވާފަ އެއްރުފިޔާ ނުދޭ. މިހާރު 5 އަހަރު މިވަނީ. އަހަރެން މިވީ ބަނގުރޫޓް. ކާލި މީހުން އެއުޅެނީ އުފަލުގަ.
ާއބބދހދހ
21 September 2022
މިތާކުނެތް 6 މިިލިޔަން ރުފިޔާ ޚަރަދު ކޮށްފަ ހުރި މަސައްކަތެއް
ގަބުޅި ކަތީބު
20 September 2022
ތިކަހަލަ އެތައް މައްސަލައެއް ފެންމަތިވެ އެކަންކަން ބަލަން އަނެއްކާ އިތުރު ހަކަތަޔާ ފައިސާ ހަރަދުކުރެވޭ އެބަ. ހަމަގައިމުވެސް ނިކުތް ނަތިޖާއެއް ފެނުނު އާދަމުގެ ދަރިޔަކު ނެތް.
ައަސޭ
20 September 2022
ތިތަނަކީ ޓެކުސް ފައިސާއިން ހިންގާވަރު ތަނެއްނޫން.. އަލީ ހުސައިން ވިދާޅުވާ ގޮތައް އުވާލަންވީ.. ދައުލަތުން މުސާރަދޭ އެންމެ ތައުލީމީ ފެންވަރު ދަށް ވެރިން ތިބިތަން? ވަރަށްގިނަ ވާނެވެރިން އެއްވެސް އުސޫލެއްނޯންނާނެ
ވެރިން
20 September 2022
90% ވެރިންގެ އޯލެވެލް ފެންވަރު ނުހުންނާނެ އަލީ ޚާލިދުގެމެއިލް މިކަމަށް ހެކިވޭ? ތަލްވާރު އިއްބެ ކައިރީ އަހާލަ ބަލަ ކިތައް މާއްދާއިންތޯ ފާސްވި?
އެމްޖޭ
20 September 2022
މީ %100 ތެދު
ޢަޑޭ
20 September 2022
ޢިކުރާމް އާއި އެކު ވައްކަން ކުރިމީހުން އިސްކޮށް ތިބެގެން ކިހިނެތް ތިކަން ބަލާނީ ? ޢޭރު ހަނީފް އުޅެނީ 2 ޖީބަށް އެންމެ ފަހުގެ އައި ފޯނު ޖަހިގެން އެޕަލް ވޮޗް އަޅައިގެން 2 އެޕާރޓް މަންޓް ކުއްޔަށް ހިފައިގެން 2 އަނބިން ގޮވައިގެން.. ދެންވިސްނާ ދެންތިބި ވަގުން އުޅޭނެގޮތް??
ޙިނި
20 September 2022
ހާދަ ވަގުން ގިނަ ގައުމެކޭ