ޚަބަރު / ހުސައިން ޝަމީމް (ޕީޖީ)

ޖަލުތަކުގެ ހާލަތު ބެލުމުން ފިޔަވަޅުތައް އެޅުން އަވަސްވެގެންދާނެ ކަމަށް ގަބޫލުކުރެވޭ: ޝަމީމް

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕީޖީ ޝަމީމް އިއްޔެ ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް

21 ސެޕްޓެމްބަރ 2022 - 14:41

4 comments

ޖަލުތަކުގެ ހާލަތު ބެލުމަށް ހުރިހާ ޕްރޮސެކިއުޓަރުން ޖަލަށް ވަޑައިގަތުމުން، މަސައްކަތަށް އިތުރަށް ފަރުވާތެރިވެ ފިޔަވަޅުތައް އެޅުން އަވަސްވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކާ ގުޅިގެން ޝަމީމް ވިދާޅުވީ ދައުލަތުގެ ވަރަށް ގިނަ ވަކީލުންނަށް ޖަލުގެ ހާލަތު އިހުސާސްނުވާ ކަމަށެވެ. އެހެންވެ، ޕީޖީ އޮފީހުގެ އިސް މުވައްޒަފުންނާއި ދައުލަތުގެ ވަކީލުންނާއެކު، ޖަލުތަކަށް ޒިޔާރަތްކުރަން އަންނަ މަހު ޕްރޮގްރާމެއް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ވަރަށް ގިނަ ޕްރޮސެކިއުޓަރުންނަށް ޖަލުގެ އިހުސާސެއް ނުވޭ. އަޅުގަނޑު ކަން ދިމާވި ގޮތުން ބައެއް މީހުންގެ ވަކީލެއް ގޮތަށް މަސައްކަތްކޮށްފައި ހުރީމަ ކޮންމެ ވެސް ވަރަކަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީމަ ވާ ގޮތާއި ހުކުމް ތަންފީޒުކުރަން ދިޔައީމަ ވާ ގޮތް އިނގޭ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަ މަހު ތައާރަފްކުރަން ޕްރޮގްރާމެއް ހުރިހާ ޕްރޮސެކިއުޓަރުން ޖަލަށް ވަޑައިގަންނަން. ހުރިހާ ޕްރޮސެކިއުޓަރުންނާއި ޕީޖީ އޮފީހުގެ ސީނިއާ ހުރިހާ މުވައްޒަފުން، ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ތިބޭ ތަނަށް ވެސް ޒިޔާރަތްކޮށް އެތަން ހިނގާ ގޮތް ބަލައި އެކަން ދިރާސާކުރަން ފީލްޑް ޓްރިޕެއް ގޮތަށް ހުރިހާ ބޭފުޅުން ވަޑައިގަންނަވާނެ."

އޭނާ ވިދާޅުވީ އެ ޕްރޮގްރާމާ އެކު މަސައްކަތަށް ކުރިއަށް ވުރެ ބޮޑަށް ފަރުވާތެރިވެ، އެ ވާހަކަތައް ގަބޫލުކޮށް ފިޔަވަޅުތައް އެޅުން އަވަސްވެގެންދާނެ ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހަކު މި ފަހުން މަރުވި ހާދިސާއާ ގުޅިގެން ޝަމީމް ވިދާޅުވީ އެ ދެ މީހުން މަރުވުމުގައި ޕީޖީން ކުރަންޖެހޭ ކަމެއް ކޮށްފައި ނެތް ކަމަށެވެ.

ނަމަވެސް، އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތް ހަދައި މައްސަލަ ހައްލުކުރަން ކުރާ ކަމަކީ ޖަލަށް ޒިޔާރަތްކުރުންކަން ޕީޖީ ފާހަގަކުރެއްވި އެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމާ

24 September 2022

ދައުރު ނިމޭއިރު ކުރެވުނު ކަމެއް އެބައޮތްތޭ…..

ލެޒް ނަންނަ

22 September 2022

އަސްލު މައްސަލަ ފެށެނީ ހިއުމަންރައިޓްސްގަ ތިބި ނަގޫ ފިތިފަ ތިބި މެންބަޅުންނާ ހަމައިން. ޖަލުތަކަށް ގޮއްސަ ރިޕޯޓު ހެދީމަވީތަ؟ ސަރުކާރަށް ލަފާ ދިނީމަވީތަ؟ ކަން ކުރާކަށް ނޫޅޭ. ގަނޑެއްގަ އެއްޗެއްލިޔެފަ ދެން ބުނަނީ އަނިޔާއޭ. 2013 ގަ އެކަމެއް ތައާރަފު ކުރިއްސުރެ ބަޔާޅީސް ރިޕޯޓު ލީމޭ. ފަޅޮލޭތޯ؟ ބާރަނާގޭ މުނާޔާ ނައިބުގޭ އަދުހަމް ކަހަލަ މީހުން އަޅާ ހިއްވަނީ ދަތުރު. އޮންލައިން ކޮށްވެސް އޮންނަ އާދައިގެ ދަތުރެއްގަ އެބަ ގޮސްލާ ޖެނީވާއަށް ޕެރިހަށް. އިސްތިއުފާ!!

ހިޔާލީ އަލީ

21 September 2022

ޖަލުތަކަށް އެއްތާކަށް ތޮއްޖެހޭ ގޮތަށް ގޭންގު މީހުން ލީމާ މުޅި ޖަލު ބަދަލުވަނީ އެމީހުންގެ ތަނަކަށް، ހަރުކަށި ފިކުރަކީ ގޭންގުތަކުން ކުށްތައްކުރާ ހިތްވާ ބަޔަކު އަލުން އެކަހަލަ އަމަލު ހިންގަން ބޭނުންކުރާ ސޭފް ޕްލެޓްފޯމް

ނުހާނު

21 September 2022

ދެން ޖަލު ބަލާފައި، ބަންދުކުރަން ޖެހޭ މީހުންވެސް ބަންދު ކުރަން ނުޖެހޭ ކަމަށް ވަކީލު ކޯޓުގައި ބުނާށޭތަ ތި ބުނަނީ؟ ހެއްވާ ކަންކަން ދޯ. ވަކީލުން ކޯޓުތަކުގައި ދައްކަނީ ގާނޫނުގައި އޮންނަ ހާލަތުގައި، ގާނޫނުގައި ބުނާ މީހުން ޖަލުގައި ބަންދުކުރުމުގެ ވާހަކަ. ކޮންމެހެން ޖަލު ހުންނަ ގޮތް ވަކީލުންނަށް ނޭނގިގެނެއްނޫޅޭ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454