އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށްލި ފުލުސް މީހާ: އޭނާއަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެއް
22 ސެޕްޓެމްބަރ 2022 - 21:02
އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ މައްޗަށް ކަނޑައެޅި އަދަބު މާ ބޮޑު ކަމަށް ބުނެ އޭނާ އަދަބު ލުއިކުރަން ހައި ކޯޓަށް ދާން ދައުލަތުން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވީ އެއް އަހަރާއި އެއް މަހުގެ ޖަލު ހުކުމެކެވެ. އެއީ އަދަބުގެ ދެ ގުނަ މަތިކުރުމަށް ފަހު އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އޭނާގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފު ކުރަން ނިންމީ އަދަބުގެ މިންވަރު ބޮޑުވުމުން ކަމަށެވެ. ދައުލަތުން އެދުނީ ގާނޫނުލްއުގޫބާތުގެ ދަށުން ހަތް މަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.
ކްރިމިނަލް ކޯޓުން އެ ފުލުސް މީހާގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބޭ އިހުތިޔާރު ބޭނުންކޮށްގެންނެވެ. އެއީ އަދަބުގެ މިންވަރު ބޮޑުކުރުމަށް އޮންނަ އިހުތިޔާރެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގިރިގެ މައްޗަށް ވެސް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އޭނާއާ އެކު ގުޅުން ހިންގި ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް އިއްވީ ތިން މަހުގެ ގޭ ބަންދުގެ ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
112112
24 September 2022
މޮޅު މީހުންނަށް މޮޅު ގޮތް. ދެރަ މީހުންނަށް ދެރަ ގޮތް.
ރަދީފު،
24 September 2022
ފަރަކަށް ބޯޓެއް އުރުނީމަ ޖޫރިމަނާކުރަނީ ލިބުނު ގެއްލުމެއްގެ ބޮޑުކުޑަމިނަށް ބަލާފަ. އަޑުއިވޭގޮތުގަ،ނާޒިމު ސައްތާރު ގިރިއަށް އަރާފަ މަދު ވަގުތުކޮޅެއްގެތެެރޭގަ ފުންވެއްޖެ. ޕޮލިސްމީހާ ގިރިއަށް އަރާފަ ގަޑިއެއްހާއިރު ފުންނުވެ ޙަރަކާތްކުރިކަމަށްވޭ. އެހެންވީމަ ގިނަވަގުތު ގިރިއަށް ބީއްސާލައިގެން އުޅުނުމީހާއާއި ގިރިއަށް ބީއްސާލާފަ ކުޑަހިނދުކޮޅަކުން ފުންވި މީހާއާއި ތަފާތުވާނެ. އެއްގޮތަކަށް ދެމީހުންކުރި އެއްކުށަކަށް ދެ ޙުކުމެއްއައީ އެހެންވެގެންކަމަށް ވެދާނެ
ކަންނެ
23 September 2022
"ތާހިރު ދިރިއުޅުން" އެބުނީ ރަނގަޅަށް. އެއް ކިށެއް ކުރި ދެ މީހަކަށް އަދަބު ތަފާތުވަންޏާ އެވާގޮތެއް ބަލަންޖެހޭނެ ޕީޖީ.
ހިޔާލީ އަލީ
23 September 2022
ފީޖީން ހީވަނީ މިވެރިކަން އަވަހަށް ނިންމާލާ ނުވަތަ ރައީސަށް ހެސްކިޔާފަ މީހުން ބަވާ ވަރު ކުރަން އުޅޭހެން، މި ދެން ކޮން ކަމެއް ޕީޖީ މިކަމުގަ އުޅޭކަށް، މިއަށްވުރެ މާމުހިއްމު މައްސަލަތައް އެބަހުރި ފީޖީން ދުވަން ޖެހޭ
ކާލޯ
24 September 2022
ޕީޖީއަކީ މުޅި ދައުލަތް ތަމްސީލުކުރާ ބައެއް ޝަމީމު ކުރިޔަސް މިކަމުގައި މުޅި ދައުލަތް ޝާމިލުވާނެ! އެހެން ނޫންނަމަ އިސްތިއުނާފު ކުރަންޖެހޭނީ އަމިއްލަ ނަމުގައި، މިހާރު މިއޮތީ އިބޫ ސާލިޙްވެސް ހިމެނޭހެން އިސްތިއުނާފު ކުރަން ހުށައެޅިފަ!!! މިއީ ރޭވިގެން މިކަން ނޯމަލައިޒްކުރަން ކުރާ މުޑުދާރު ކަމެއް! ޤިޔާމަތްދުވަހުން ފަސޭހަ ނުވާނެ
މުންޖިޗޭ
23 September 2022
އޭނަކުރި ކަމަކީވެސް ބޮޑުކަމެއް، ކޯޓުން ކަނޑައެޅި އަދަބަކީވެސް ޤާނޫނުގައި އޮތް އަދަބެއް، އިސްލާމީ ޝަރީޢަތުގައި އޮތް އަދަބު އަދި މާބޮޑު، ކުރަންމިއުޅޭ ކަމެއް ސާފެއްނޫން، އެކަކު ގެއަށް ޙުކުމްކުރީމަ ގޭގަހުރެގެން ވަކާލާތުކުރަނީ، ލަދެއް ޙަޔާތެއްވެސް ނެތް، ޙީލަތްތެރިކަމުން އަދަބު ލުއިކުރުމުގެ ބޭނުމުގައި ރައްޔިތުންގެ ކިބައިން މާފަށް އެދެމޭ ބުންޏަސް އެއީ އިޚްލާޞްތެރި ތައުބާއަކުން ތައުބާނުވަހާ ހިނދަކު ސަލާމަތެއްނެތް، ރައްޔިތުން ކުރަންޖެހެމާފެއްނެތް.
ސަރީ55
24 September 2022
ޤާނޫނުގަ އޮތް އަދަބު އެއީ އިސްލާމީ ޝަރީޢަތުގަ އޮންނަ އަދަބަކީ. އެހެން އަދަބެއް ނޯންނާނެ އިސްލާމީ ޝަރީޢަތަކު.
މުންޖިޗޭ
24 September 2022
ލިވާޠުކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަ އަދަބެއްނޫން. ޑރ. އިޔާޟު ކައިރިން އަހާބަލަ، އޮޅުންއަރާފަ އޮތިއްޔާ އޭރުން ސާފުވާނެ.
ފަލަސްތީން
23 September 2022
އެމްޑީޕީގެ އިސްމީހުންނަކީ ގައްދާރު ބައެއް.
އެމްސް
23 September 2022
އަލަމްގީރުމެންގެ ކަންކަން ބަލާ ހުއްޓުވަން ތިބޭނީ ފުލުހުން! ފުލުހުންގެ އެފަދަ ޢަމަލުތައް ހުއްޓުވަން ކޯޓްތައް! ކޯޓްތަކުގެ ކަންކަން ބަލަން މަޖިލިސް! މަޖިލިސް ޒިއްމާދާރު ކުރުވަން ވޯޓް ނުވިއްކަމާ!
މުންޖިޗޭ
23 September 2022
އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކައާ ވަރަށް ވައްތަރު، އެންމެފަހު ބުޅާ ނުކުމެ މީދާ ފަހައިގަތީމަ އެއްޗަކުން އެއްޗަކުންގޮސް ކަންނިމޭނީ، ނިމޭއިރު އޮންނާނީ ވާނެ ހަތަރެތިވެފަ.
ކުދީނާ
23 September 2022
ހިހިހީހީހީ ހުހުހުހޫ ހޭހޭހޭ ދެން އެޖެންޑާ 19 ގަހިމެނޭ ކަންތަކަކީމީބާ
ހައިރާނ
23 September 2022
ރަޖިސްޓްރީފީ ނުދިނީބާ!؟ އެހެންނޫނީ މިކަމުގައި، މިހިންވާންޖެހޭ ސަބަބެއް ނުވިސްނޭ.
ެއެޑަމް
23 September 2022
ޕީޖީ އައްއޮންްނަނީ ދަޢުވާ ކުރުމާ ނުކުރުމުގެއިޚުތިޔާރު ކަމައް އަޅުގަޑުމީގެކުރިން ހީކުރަނީ އެކަމަކުމިހާރުއެގިއްޖެކޯޓުގައިދަޢުވާކުރަނީވެސް ޕީޖީކަން އަދިޙުކުމްކުރަންވީގޮތާމުއްދަތުވެސް ޤާޒީއައްއަންގަނީވެސްޕީޖީކަން,މިފަހަރުމިއޮތީގާޒީއަމުރައްކިޔމަންނުވީމާް,ޕީޖީ,އަތައްގޮވާފަރާއްޖޭގަ މަޖިލިސްތެރޭގަ ޖާބިރުމެން,އަރާރުންވެގަޔައްއަރާތަޅާފޮޅާފަ,ވަޤުތުންވަޤުތައްހަދާގާނޫނުދަސްކުރިއަސްޕީޖީކަމާޤާޒީކަމާ އެޓަނީޖަނަޜަލްކަންކުރެވޭނީ ދީނާ,ސަރީޢަތާ,ޤާނޫނުވެސް,އެގިގެން,