ޚަބަރު / މަސްތުވާތަކެތި

ބޫޓުން ޑްރަގް ފެނުނު މައްސަލަ: ފުލުހުން ބުނަނީ ލިޔުންތައް ފޮނުވިކަމަށް

ފުލުހުންގެ މައި އިދާރާ: ލިޔުމެއް ނެތިގެން ކުށް ސާބިތުނުވިޔަސް، ފުލުހުން ލިޔުންތައް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނޭ --- މިހާރު ފޮޓޯ

23 ސެޕްޓެމްބަރ 2022 - 00:25

11 comments

ބޫޓު ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލާގައި ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ލިޔުންތައް ނެތިގެން ކުށް ސާބިތު ނުވިޔަސް، އެ ހުރިހާ ލިޔުންތައް ޕީޖީއަށް ފޮނުވާފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިންޑިއާއިން 2013 ވަނަ އަހަރު އައި ދެ މީހަކު ހައްޔަރުކޮށް، ދައުލަތުން ދައުވާކުރީ އޭގެ ތެރެއިން އެކަކުގެ ބޫޓު ތެރެއިން ބައި ކިލޯގެ ޑްރަގް ފެނުނު މައްސަލާގަ އެވެ. އެކަމަކު ކުށް ސާބިތުނުވެ، އެ މީހުން އިއްޔެ ސަލާމަތްވީ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ލިޔުންތައް ދައުލަތުން ހުށަހަޅާފައި ނެތުމުންނެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހް "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފޮނުވިއިރު ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ހުރިހާ ލިޔުންތަކެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ލިޔުން ކޯޓަށް ފޮނުވާފައި ނެތްކަން އެނގުނީ ހުކުމުން ކަމަށް ވިދާޅުވި އެވެ.

"ޑީއީޑީ އާއި އިންވެސްޓިގޭޝަނުން ޔަގީންކޮށްދޭ ލިޔުންތައް ހަމައަށް ފޮނުވި ކަމަށް،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ފޮނުވާ ލިޔުންތަކުގެ ތެރެއިން ހެކީގެ ގޮތުގައި ކޯޓަށް ފޮނުވާނެ ލިޔުންތައް ކަނޑައަޅަނީ ޕީޖީ އޮފީހުންނެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ މާއްދީ ހެކިތައް ފުލުހުން ނެގުމަށް ފަހު އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުމެވެ. ޗެއިން އޮފް ކަސްޓަޑީ ނެތުމުން މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވެ އެވެ.

11 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެއްޔާބެގެ ދަަރި

25 September 2022

ތިއީ ރޭވިގެން ހިނގާ ކަންކަން. ލިޔުން ގެއްލުނު ހިސާބެއް ދެން ނުވެސް ހޯދާނެ. ހޯދާކަށް ނުވެސް އުޅޭނެ. ކޮންމެވެސް ނުފޫޒެއްގެ ތެރެއިން ނޫނީ ކޮރަޕްޝަނެއްގެ ތެރެއިން ތި ލިޔުން އޮންނާނީ ގެއްލިފައި

The name is already taken The name is available. Register?

ގަނޑުރަބަރުދީދީ

25 September 2022

މިކަމުގައި އިހުމާލުވީ މީހަކު ވަޒީފާއިން ވަކިކުރަން ޖެހޭ ދެން އެހެން ނޫނިއްޔާ ކީއްކުރަން ރައްޔިތުން ބުރަމަސައްކަތުން ހޯދާ ލާރިކޮޅުން ޓެކްސްނަގާފައި މި މީހުންނަށް ދޭންވީކީ މަސްތުވާ އެއްޗެއްސަކީ ސަމާސާ އެއް ނޫން ދެއަހަރު ނުފުރޭ ކުއްޖަކު ނޮޅާލީވެސް ހަކުރު ގަންނަން ރުފިޔާ ދީގެން ކަމަށް އޮތް ނޫހުގައި

The name is already taken The name is available. Register?

ހިޔާލީ އަލީ

24 September 2022

ކުރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ކިތަންމެ ހިމަ ލޯވަޅަކުންވެސް މި ވަރަށް ޑްރަގު މައްސަލަތަކުގެ މީހުން ތި ދޫކޮށްލަނީ އެއްވެސް ބިރެއް ކުލުނެއް ނެތީތޯ. ޝަރީއަތުގަ ވާހަކަ ދައްކާއިރުވެސް ހީވާނީ ދިފާއީ ވަކީލެއްހެން، އާއްމު ރައްޔިތުންނަށް ހީވަނީ ޕޮލިހުން ދޫކޮށްލަނީއޭ ސަރުކާރުތަކުން ދޫކުރަނީއޭ، މި މައްސަލަތައް ނުކެރޭ މީޑިއާތަކުންވެސް ސާފުކޮށްދޭކަށް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 September 2022

"ޔޫނުސް ސޮބާހް "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފޮނުވިއިރު ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ހުރިހާ ލިޔުންތަކެއް ފޮނުވާފައިވާނެ" މިއީ މަޖިލިސް މެންބަރުކަން ގެއްލުނުތޯ ނުގެއްލޭތޯ ބަލަން ހުށަހެޅި މައްސަލައަށް ޔާމީނުގެ ދައުރުގައި ސްޕްރީމް ކޯޓުން ނެރުނުފަދަ "ވާނުވާ" ވާހަކަ ތަކެއް. # އޮޅުވާ ނުލައްވަވާ. ކޯޓްގެހުކުމް ޔޫނުސް ސޮބާޙު އަލުން ކިޔާލުންރަނގަޅު. އެހުކުމަކުނެތް ތިޔަބުނާ "ގުޅޭ" އެއްގެ ވާހަކަ. އޮތީ އޭގެއަސްލު ހުށަހަޅާފައި ނެތް ވާހަކަ.

The name is already taken The name is available. Register?

ޣާބިރު

23 September 2022

މިހާރު މި އެނގެނީ ޕީޖީ އޮފީހުން ކުށްވެރިން ދޫކުރަން ގަންނަ ގަނޑު

The name is already taken The name is available. Register?

ރަދީފު2020

23 September 2022

ތުހުމަތުވާ މީހަކު ވީއްލެނީ 3 ސަބަބަކާހުރެ. (1) ފުލުހުން ދޫކުރަން ބޭނުންވާމީހާ ދޫވަނީ ތަޙްޤީޤުގަ އޮންނާނީ ޢަސްދުގަ ކޮންމެވެސް ކަމެއް ފުރިހަމަ ނުކޮށް (2) ޕީޖީ ދޫކުރަން ބޭނުންވާމީހާ ދޫވަނީ އުންސުރު ފަންސުރު ހަމަނުވާތީ ޝަރީޢަތަށް ނުފޮނުވުން ނުވަތަ ޝަރީޢަތަށް މައްސަލަ ފޮނުވާއިރު ކޮންމެވެސް ކަމެއް ފުރިހަމަނުކޮށްއޮތުން ނުވަތަ ލިޔެކިޔުމެއް މަދުވުން (3) ފަޑިޔާރު ދޫކުރަން ބޭނުންވާމީހާ ދޫވަނީ ޝައްކެތް ނެތް މިންވަރަށް ސާބިތު ނުވާތީއޭ ކިޔާފަ.

The name is already taken The name is available. Register?

އަލީހަމީދު

23 September 2022

3 ފަރާތުން ގުޅިގެން ކުރާ ކަމެއްބާ!!! ބައެއްފަހަރު ފުލުހުން، އަނެއްބައިފަހަރު ޕީޖީ، އަނެއްބައި ފަހަރު ކޯޓުން. ކޮންމެ ގޮތެއްވިޔަސް ބޮޑެތި ޑްރަގްގެ މައްސަލަތަކުގަ ސާބިތު ނުވާކަން ފާހަގަކުރެވޭ. 2013 ގެ މައްދަލައެއް ހުކުމަކާހަމަޔަށް ދާން އަދި ތަންކޮޅެއް އަވަސް.

The name is already taken The name is available. Register?

ގަފޫރް

23 September 2022

އެމީހަކީ ޕީޖީން ދޫކުރަން ބޭނުންވާ މީހެއް..ފުލުހުން ދޫކުރަން ބޭނުންމީހެއް ނަމަވެސް މިފަދަ ގޮތްގޮތް ދިމާވާނެ..ކޯޓުން ދޫކުރަން ބޭނުންވާ މީހުންވެސް ތިބޭނެ.3މުއައްސަސާއަށް ބާރު ނުހިނގާނީ ނިކަމެތިން ފަހަތުގަ ސިޔާސީ މީހުން ނުތިބޭ މީހުން..

The name is already taken The name is available. Register?

1828

23 September 2022

ޔޫނުސް ސޮބާހް ދިވެހި ރައްޔިތުންނަށް ބުނެދީބަލަ މައްސަލަ ސާބިނުވަނީ ޤާނޫނާ ޚިލާފަށް ހެކި ހޯދުމުގެސަބަބުންކަމަށް ޝަރުއީ ކޯޓަކުން ހުކުމް ކުރުމުން، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަށް އެންގި ފުލުސް އޮފިސަރާއި އައިއޯއަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު ނާޅަނީ އެއީ ޤާނޫނާ ޚިލާފަށް ފުލުހުން ކުރިކަމަކަށް ނުވާތީ ތޯ؟

The name is already taken The name is available. Register?

އެމްސް

24 September 2022

ތަޙުޤީގު ކުރުން ފުލުސް އޮފީސް ތެރެއިން ބޭރުކުރަންވެއްޖެ!

The name is already taken The name is available. Register?

އަހްމަދ

23 September 2022

ޝަމީމު ބުނާނެ ފަޅޮލޭ އަދިވެސް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454