ސެޕްޓެމްބަރ 26، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި ވޯޓު ލެއްވުމަށް ފަހު، އެ ގައުމުގެ ބްރަދާސް އޮފް އިޓަލީ ޕާޓީގެ ލީޑަރު ޖިއޯޖިއާ މެލޯނީ ޕާޓީގެ މައި އޮފީހުގައި އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ
26 ސެޕްޓެމްބަރ 2022 - 11:50
އިޓަލީ ވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި، މެދުމިނު-ކަނާތު ފިޔައިގެ ކޯލިޝަންގެ ލީޑަރު ޖިއޯޖިއާ މެލޯނީ ކުރި ހޯއްދަވައި، އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމުގެ ޝަރަފު ހާސިލުކުރެއްވުމުގެ ފުރުސަތު ތަނަވަސްކުރައްވައިފި ކަމަށް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފި އެވެ.
އިންތިޚާބުގެ ވޯޓުލުމަށް ފަހު، ނެގި ޚިޔާލު ހޯދުމުގެ ވޯޓު (އެގްޒިޓް ޕޯލް)ގެ ނަތީޖާ ދައްކާ ގޮތުން، މެދުމިނު-ކަނާތު ފިޔައިގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އަދި ޖިއޯޖިއާ ލީޑަރުކަން ކުރައްވާ ބްރަދާސް އޮފް އިޓަލީ ޕާޓީން، ވޯޓުގެ 26 ޕަސެންޓް ކާމިޔާބު ކުރާނެ އެވެ. އަދި އެ ކޯލިޝަންގައި ހިމެނޭ ލީގް ޕާޓީން 8.7 ޕަސެންޓާއި، ފޯވާޑް އިޓަލީ ޕާޓީން 8.2 ޕަސެންޓް ކާމިޔާބު ކުރާނެ އެވެ.
History is written! Despite Ursula von der Leyen's unworthy and dirty threats, Italians vote en masse for the far right. Giorgia Meloni first female premier in the history of Italy. pic.twitter.com/azjKug2xVm
— RadioGenova (@RadioGenova) September 25, 2022
"މި ގައުމުގައި ވެރިކަން ކޮށްދިނުމަށް އަހަރެމެންނަށް ދައުވަތު ލިބިއްޖެ ނަމަ، ގައުމު އެއްބައިވަންތަކުރުމުގެ މަގްސަދުގައި، އިޓަލީގެ އެންމެންނަށްޓަކައި އަހަރެމެން އެކަންތައް ކޮށްދޭނަން. އިޓަލީގެ ދިދަ މިނިވަންކަމާއެކު ހޫރުވައި، އިޓަލީގެ ރައްޔިތުންނަށްވީތީ ފަޚުރުވެރިވެވޭ ފަދަ ވެރިކަމެއް ކޮށްދޭނަން. ކަލޭމެން އަހަރެމެން އިޚްތިޔާރު ކުރޭ، އަހަރެމެން ކަލޭމެންނަށް ޚިޔާނާތެއް ނުވާނަން،" އިންތިޚާބުގައި ވޯޓު ލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖިއޯޖިއާ މެލޯނީ ވިދާޅުވި އެވެ.
ވާތު ފިޔައިގެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަސައްކަތްކޮށް، އިންތިޚާބުގެ ވޯޓުލުން ފެށުމާ ހަމައަށް ވެސް އެކަން ކާމިޔާބު ނުކުރެވުނު ޑިމޮކްރެޓިކް ޕާޓީ އަށް، މިފަހަރުގެ އިންތިޚާބުގައި ލިބޭނެ ކަމަށް ބެލެވެނީ 18.3 ޕަސެންޓެވެ. އުވިދާނެ ކަމަށް ބެލެވުނު ފައިވް ސްޓާ މޫވްމަންޓާ މެދު ލަފާކުރެވުނު ގޮތާ ޚިލާފަށް، ވޯޓުގެ 16.6 ޕަސެންޓް ކާމިޔާބު ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި ކަނާތު ފިޔައިގެ ފޯޒާ އިޓާލިއާ ޕާޓީގެ ލީޑަރު ސިލްވިއޯ ބެރްލުސްކޯނީ ވޯޓު ލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަނީ. --އޭއެފްޕީ
އިންތިޚާބުގެ ނަތީޖާ މިހާތަނަށް އިއުލާން ނުކުރި ނަމަވެސް، ބްރަދާސް އޮފް އިޓަލީގެ ލީޑަރު ޖިއޯޖިއާ ވިދާޅުވީ އިއްޔެ ބޭއްވި އިންތިޚާބަކީ، އިޓަލީ މިހާރު ބޭނުންވަނީ މެދުމިނު-ކަނާތު ފިޔައިގެ ސަރުކާރެއް ކަމަށް، އިޓަލީގެ ރައްޔިތުން ކުރި ވަރަށް ސާފު އިޝާރާތެއް ކަމަށެވެ.
ވެރިރަށް ރޯމަށް އުފަން ޖިއޯޖިއާ، ބްރަދާސް އޮފް އިޓަލީގެ ލީޑަރުކަމާ 2014 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު، އާންމު ރައްޔިތުންގެ މެދުގައި އެ ޕާޓީ އަށް މާ ބޮޑު ތާއީދެއް ނެތެވެ. އޭގެ ފަހުން 2018 ވަނަ އަހަރާ ހަމައަށް އައިއިރު ވެސް ރައްޔިތުންގެ މެދުގައި އެ ޕާޓީ އަށް އޮތް ތާއީދުގެ ނިސްބަތް 10 ޕަސެންޓަށް ވެސް ނާރަ އެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ބްރަދާސް އޮފް އިޓަލީ ޕާޓީގެ ލީޑަރު ޖިއޯޖިއާ މެލޯނީ ވޯޓު ލައްވަނީ. --އޭއެފްޕީ
އެހެން ނަމަވެސް، އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިދިޔަ އަށް އަހަރު އޭނާ ކުރެއްވި މަސައްކަތްތަކަށް، ސަރުކާރާ މެދު ނާއުންމީދުވެފައި ތިބި އިޓަލީ ރައްޔިތުންގެ ހިތްތަކުގައި ބުރަދަނެއް ދެވެން ފެށުނެވެ. މިދިޔަ 11 އަހަރުގެ ތެރޭގައި ހަތް ސަރުކާރު އުފެދިފައިވާ އިރު، މިހާތަނަށް އަޖުމަ ނުބެލި އޮތް ހަމައެކަނި އިޚްތިޔާރަކީ ޖިއޯޖިއާ މެލޯނީ އެވެ.
ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ މިހާރުގެ ބޮޑުވަޒީރު މާރިއޯ ޑްރާގީގެ ސަރުކާރަށް ތާއީދު ނުކުރާން އޭނާ ނިންމެވި ހިސާބުން ފެށިގެން، ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރުވި އެވެ. އިއްޔެގެ އިންތިޚާބުގައި ވޯޓުލީ މީހުންނާ ސުވާލުކޮށްގެން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، އެ ގައުމުގައި ވެރިކަން ކުރައްވާ ކަނާތު ފިޔައިގެ ފުރަތަމަ ލީޑަރަށް، އަދި އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު މިހާރު ވަނީ ޖިއޯޖިއާ އަށް ތަނަވަސްވެފަ އެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ކަނާތު ފިޔައިގެ ލީގް ޕާޓީގެ ލީޑަރު މަޓެއޯ ސަލްވީނީ ވޯޓު ލައްވަނީ. --އޭއެފްޕީ
އިންތިޚާބަށް ކެމްޕޭން ކުރެއްވި އިރު، އޭނާގެ ގެންގުޅުއްވީ މުހިންމު ތިން ވައުދެކެވެ. އެއީ ޓެކްސް ކުޑަކުރުމާއި، ގަވާއިދާ ޚިލާފަށް ހިޖްރަކުރާ މީހުން ގައުމަށް އެތެރެވުން ހުއްޓުވުމާއި، ވިލާތުގެ އިއްތިހާދުގެ ތެރޭގައި އިޓަލީ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދިނުމެވެ.
އިންތިޚާބުގެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އަންނަ ނޮވެމްބަރު މަހުގެ މެދުތެރެއާ ހިސާބުގައި ނޫނީ އާ ސަރުކާރެއް ނުއުފެއްދޭނެ އެވެ. މަޖިލީހަށް މިފަހަރު އިންތިޚާބުވި މެމްބަރުންނަށް ދެން އޮތް މަރުހަލާގެ މަސައްކަތަކީ، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް) އާއި ތިރިގެ (ޗެމްބަރ އޮފް ޑެމިއުޓީސް) ގެ ރައީސުން ކަނޑައެޅުމެވެ.
ސެޕްޓެމްބަރ 25، 2022؛ އިޓަލީ ވިލާތުގެ އާންމު އިންތިޚާބުގައި، އެ ގައުމުގެ ފައިވް ސްޓާ މޫވްމަންޓްގެ ލީޑަރު ޖުސެޕީ ކޮންޓޭ ވޯޓު ލައްވަނީ. --އޭއެފްޕީ
އެއަށް ފަހުގައި އޮންނާނީ، އެ ދެ މަގާމަށް ކަނޑައަޅާ ދެ ބޭފުޅުންނާއި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދި ޕާޓީތަކުގެ ލީޑަރުން، އިޓަލީގެ ރައީސް ސެރްގިއޯ މަޓަރެއްލާއާ އެކުގައި މަޝްވަރާ ކުރެއްވުމެވެ. އިންތިޚާބުގެ ނަތީޖާ އާއި މަޖިލީހުގައި ޕާޓީތަކަށް ގޮނޑިތައް ލިބުނު ނިސްބަތަށް ރިއާޔަތް ކުރެއްވުމަށް ފަހު، އައު ބޮޑުވަޒީރަކު ކަނޑައަޅުއްވާނީ، ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސެވެ.
އެއަށް ފަހު އާ ބޮޑުވަޒީރު، އޭނާގެ ކެބިނެޓްގައި ހިމަނުއްވަން ބޭނުންވާ ބޭފުޅުންގެ ލިސްޓެއް އެކުލަވާލައްވައި، ރައީސަށް ހުށަހަޅުއްވައި ރުހުން ހޯއްދެވުމަށް ފަހު، ގާނޫނު ހަދާ މަޖިލީހަށް އެ ލިސްޓް ހުށަހަޅުއްވައި، އާ ކެބިނެޓަށް އިތުބާރު އޮތްތޯ ބައްލަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
28 September 2022
ތިރީގައަބްޑޫޅްނަމުގަ ކޮމެއްކުރިމީހައަށް ދަންނަވަން އިޓަލީ އަދި ޔޫރަފައްއެތެރެވާ ހުރިހާ މުސްލިމުންނަކީ ޓެރިސްޓުނެއްނޫން!އަދި ދުނިއޭގަ އުޅޭ ހުރިހާ މުސްލިމުނަކީވެސް ޓެރަރިސް ނެނޫން!އެކަމަކު ތި ކަނާއަތު ފިއާގެމީހުން ހުރިހާ މުސްލިމުނަކީ ރެރަރިސްޓުން ކަމައްހަދާ ޔޫރަފުގަ މުސްލިނައް ނޫޅެވޭވަރު ކުރަމުން އެދަނީ!ނިއޮނާއެއް، ސިކިންހެޑެއް ކޫކުސްކުލާނެއް ވަކިނުވާ ތަނދޮރުނޭގި ކޮމެންޓުކުރާއަފުރާސިއާބު ދައްކާކަހަލަ ވާހަކަދައްއިގެން ގުޅި ލާމެފަވާދުނިއެއްގަނޫޅެވޭނެ
އަބްޑޫޅް
28 September 2022
ސަލީމު އިދުރީހާ، ރާއްޖޭގައި އިންސާނީ ހައްގުތައް ނުދީ އޮބަހައްޓާ، ހިފަހައްޓާފަ އޮންނަހާ ހިނދަކު، އެހެން މީހުންނާ ދިމާއަށް އިނގިލި ދިއްކޮށްގެން ނުވާނެކަން ދަންނަންޖެހޭނެ. އިޓަލީ އަށް ޓެރަރިޝްޓުން އަރަންޏާ އެ ޓެރަރިޝްޓުން ބޭލުމަކީ އެމީހުންގެ ހައްގެއް. ރާއްޖެއަށް ވެސް ތަމަޅަ ޓެރަރިޝްޓުން އެރީމަ، ކަލޭމެންވެސް އެ ޓެރަރިޝްޓުން ބޭލީމު ދޯ؟ އެއީ ކަލޭމެންގެވެސް ހައްގެއް.
ސަލީމު އިދުރީސް
28 September 2022
އޭތް އަބްޑުލް އަގަނޑު ރައްދުދީނީ ތިބޭޅާގެ ކޮމެގަ ހުރި ވާހަތަކައް! ތިއަކީ ދޮގުވާކަޔެނޫން! ތިވާކަތަކާ އަގަނޑު ކޮމެއްޓު ގަހުރި ވާހަކަތަކާ މާބޮޑު ގުޅުމެއްނުފެނޭ! އަދި ތިއަކީ ދިގުވާކަށްވީމަ ތިބޭފޫޅާ ބުނަންބޭނުން ވާގޮތައް ތިވާކަ ބުނުމުގެ މާހައުލެއް ނެތީމަ ނުބުނެވެނީ ކަމުގަ ވެދާނެ
އަފްރާސިޔާބު
28 September 2022
ސަލީމޫ! ލޭމައްޗަށް ދަންޏާ ފާގަކޮޅެއް ހޯދައިގެން ޖޫސް ހަދައިގެން ބޯލަންވީނުން. ސަލީމަށް އެނގޭތަ އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެކޭ. ހަރުކަށިކަމަކީ އިސްލާމްދީނާ ބީރައްޓެހި އެއްޗެކޭ. " ޔައްސިރޫ ވަލާ ތުޢައްސިރޫ" މާނައަކީ މީސްތަކުންނަށް ކަންކަން ފަސޭހަ ކުރާށެވެ. މީހުންނަށް ކަންކަން އުނދަގޫ ނުކުރާށެވެ. މީ ބުޚާރީއާ މުސްލިމް ގައި އިއްތިފާގު ވެވޭ ޙަދީސެއް. މެޖޯރިޓީ ނޮން މުސްލިމް ގައުމުތަކަށް ދާންވާނީ އެތަންތަނުގެ ގާނޫނުތަކާ އެއްގޮތަށް އުޅެންނޫންތޯ؟
އަބްޑޫޅް
28 September 2022
އަފްރާސިޔާބު، "ޔައްސިރު ވަ ލާ ތުޢައްސިރު" ގެ މާނައަކީ، "އެއީ ފަސޭހަ (ކަމެއް) އަދި އުނދަގޫ ކަމެއް ނޫން". މިއީ، މި ޖުމްލައިގެ އަމިއްލަ ޒާތުގަ، ބުހާރީ އާއި މުސްލިމު ގެ ހަދާޘެއް ނޫން. ހަދީޘެއްގަ މިހެން އޮތުން އެކަށިގެން ވޭ. ދުއާއެއްގަ ވެސް މިހެން އޮވެދާނެ. ހަދީޘް ލިޔާއިރު، ހަދީޘުގެ ފުރިހަމަ މަސްދަރު ދިނުންް އެއީ އެދެވިގެންވާ ކަމެއް.
ޗޮއްޕަޓުލާލް
29 September 2022
ސަލީމުބޭވެސް ބައެއް ފަހަރު ވ.ރަނގަޅު ވާހަކަ ދައްކާކަން އުފަލާއިއެކު ފާހަނގަކޮށްލަން..☆☆☆
އަބްޑޫޅް
28 September 2022
ވަރަށް ރަނގަޅު ހަބަރެއް. އިޓަލީއަށް އަރަމުން އަންނަ ޓެރަރިޝްޓުން ދަމާ ބާލާނެ. ޗާލްސް މަރުތޭލަ އާއި ތިންވަނަ ޖޯން ސޯބިއެސްކީ އާއި ފާޑިނަންޑާއި އިސަބެއްލާ އާއި އެއް ހަމައިގެ، ފިސާރި ބަތޮލާ އެއް ތިޔައީ.
ސަލީމު އިދުރީސް
27 September 2022
ހަންގޭރީއަށް ސަޕޯޓުކޮއް ދުނިއޭގަ މިބާވަތު ކަން ހިނގާގޮތް އެގޭ މުސްލިމަކު ވާހަކަނުދައްކާނެ! 2019 ،2020 އަދި ހާންގޭރީގެ މުސްލިމު ރެފުޖީން މެދު ކަންކުރިގޮތް ގޭތޯ! ދެންތިކިއަނީ ކޮމިއުނިޒަމްގެ ވާހަކަ ޗައިނާ މުސްމުނައް ރައްކާތޯ؟ ހަދާ ގޮތުގެ ވާހަކަ އަޑުއެހިންތޯ؟ ރޫސީން ޗެނިއާ މުސްލިމުނައް ހެދިގޮތް އެގޭތޯ! ޗައިނާއޮއްވަ މުސްލިމުން ޔޫރަފައް އެތައް ގުރުބާނީވެގެން ހިޖުރަކުރަނީ ކީއްގެންކަންއެނގޭތޯ؟ ކަލޭއަތުގަ ރަނގަޅު ޖަވާބު އެބައޮތްތޯ؟ މަގޭއަތުގަ އެބައޮތް
އަފްރާސީޔާބު
28 September 2022
ކީއްކުރަން މުސްލިމުން ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށްދާންވީ؟ އަމިއްލައަތުން ހަލާކުގެ ތެރެއަށް ވެއްޓިގަތީމާ ދެން އުޅެންޖެހޭނީ ގަނަތެޅުމުގައި. "މުސްލިމު" ގައުމުތަކަކީ ޔޫރަޕިއަނުން އުޅޭގޮތަށް ބަރަހަނާކަމަށް ލޯބިވާ، ރަލާއި މަސްތުވާ ތަކެއްޗާއި އޫރުމަހާއި ޖުވާޔާއި ނާސިގެހިންގުން ފަދަ ކަންކަމަކީ "މުސްލިމު"ން ނުހަނުކުރާހިތްވާ ކަމަކަށްވާތީ ޔޫރަޕަށްގޮސް އެތަންތަނުގައުޅޭނަމަ އެމީހުން ރުހޭގޮތަށް އުޅެންވާނީ. ސަލީމަށް އެމީހުން އުނދަގޫ ނުކުރަނީ ރަށުގައި ހުންނާތީ
ސަލީމު އިދުރީސް
28 September 2022
އޭތް އަފްރާސީޔާބު ތިވާހަކަ މާ ދިގުވެއްޖެ ތިކަމާ ގުޅިގެން ދަކަންހުރި ގިނަވާހަކަތައް އެބަހުރި. އެކަމަކު ތިކޮމެއްޓައް ހިނިގަނޑަކުން ދީފައެއީނީ ލައިކެއް އެއީ މަގޭ
ޗޮއްޕަޓުލާލް
29 September 2022
ސަލީމުބޭ މަވެސް ހިނިގަނޑަކުން ލައިކެއް އޭނީ ދީފަ..
ވިކިލީކްސް
27 September 2022
މީނާއަކީ މުސްލިމުންނާ ވަރަށް އެންޓި މީހެއް.
ސަލީމު އިދުރީސް
27 September 2022
އަފުރާސިއާބުމެންގެ ސިކުނޑިއައް ހަސަދަވަދެ ފުރި ބާރުވެފަވާތި އެހެންއެއްޗެއް ވަންނާނެ ޖާގަނެތީތޯ؟ ކަނާއަތު ފިއާގެ ފާޓީތައް ވެރިކަމައް އައިސްްގެން ޔޫރަފުގަ މުސްލިމުނައް އެގޮތައް ދިރިއުޅެވޭނެތޯ!ކާނާއަތު ފިޔާގެ މީހުން މުސްލިމުން މަރާ މިސްކިއްތަކުގަ އޫރުބޯއެލުވާކަން ނޭގޭތޯ!އޮސްޓުރީޔާ، ފޮލެންޑު، ފުރާންސްންވެސް މަރީ ލަޕެން ކިރީޔާނުހޮވި ދިއައީ ދެންތިހޮވުނީ ކިޓަލީގެ ކަބަލެއް2018ފެށިގެން އެފާޓީތައް ކުއްލިޔަކާމައްޗައް ދިއައީ ކީއްވެކަންނޭގޭތޯ
އަފްރާސިޔާބު
27 September 2022
ތިބުނާ ވާތުފިޔާގެމީހުން މުސްލިމުން މަރަމުންދާ އަދި މުސްލިމު ގައުމުތަކަށް ބޮން އަޅަމުންދާލެއް މަދުކަމަށްތޯ ތިބެލީ.ބަލަ ޔޫރަޕުގައި ވާތެއްކަނައަތެއް ކިޔާނެކަމެއްނެތް އެންމެންގެ މަގްސަދަކީވެސް މުސްލިމުން ނައްތާލުން. ސަލީމަށްނޭގުނީ އެމެރިކާއާ ޔޫރަޕުގެ އެއްނަންބަރު ދުޝްމަނަކީ މުސްލިމުންކަން ކަނޑައަޅައި ނައްތާލަން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް. އެމީހުންގެ އެމަސައްކަތް މަޑުޖައްސަލާންޖެހުނީ ކޮމިއުނިޒަމްގެ ނުރައްކާ ބޮޑުވެގެން އެކަންނައްތާލެވެންދެން
އަފްރާސިޔާބު
27 September 2022
ކޮމިއުނިޒަމްގެ ނުރައްކާ ބޮޑުވީކަމަށް ބަލަންޖެހުނީ ޔޫރަޕު ބައްރަށާއި އެމެރިކާ ބައްރަށާއި އޭސިޔާބައްރަށް ކޮމިއުނިޒަމް ފެތުރި ސޮވިއެޓްޔުނިއަންގެ ބާރު ދުނިޔެއަށް ގަދަވާންފެށުމުން. ކޮލޯނިއަލް ޔޫރަޕިއަން އަކީ ވަރަށްރީތި ގޮތްތައް މަކަރުވެރިގޮތުގައި ބޭނުންކޮށްގެން އެމީހުންގެ ދުޝްމަނުން ނައްތާލާބައެއް. އެގޮތުން މުސްލިމުންނަށް ދެއްކީ ދީނެއް ގަބޫލުނުކުރާ ބަޔަކު މުސްލިމުން ނައްތާލަން މަސައްކަތްކުރާ ކަމަށާއި އެމީހުންނާ ހަނގުރާމަކުރުމަކީ މުސްލިމުންގެކަމެކޭބުނެ
ހިޔާލީ އަލީ
26 September 2022
ކޮންމެ މީހެއް ވެރިކަމުގަ ހުއްޓަސް އެމެރިކާ، ޔޫރަޕް، އިޒްރާއިލްގަ ހިނގާނީ އެމީހުންގެ ސަގާފީ ވެރިކަން، އެ ބަދަލުވާނެ ކަމަށް ހީކުރާނީ މޮޔައިން. ޔޫކޭގެ އާ ބޮޑުވަޒީރު ފުރަތަމަވެސް ގުޅީ ޔުކްރެއިންއަށް، އިޓަލީގެ ބޮޑުވަޒީރުވެސް ކަންތައް ކުރާނީ އެގޮތަށް، ފްރާންސްގެ ރައީސް 2 ވަނަ ދައުރެއް ލިބުނީވެސް ޔުކްރެއިން ހަނގުރާމައިގެ ސަބަބުން
އަބްޑޫޅް
29 September 2022
ބަލަ، ޔޫރަޕު، އެމެރިކާ އިޒުރޭލު، މިކަހަލަ މިކަހަލަ، ތަހުޒީބު ރަށް ރަށަށުގަ އެ މީހުންގެ ސަގާފީ ވެރިކަންކުރުމުގެ ފުރިހަމަ ހައްގު އެބަ އޮތޭ. އެއީ ހަމަ ކަލޭމެންނަށް ވެސް އެ ހައްގު އޮތްގަޮތަށް. ތަހުޒީބު ރަށްރަށަށުގަ ދީނުގެ ފުރިހަމަ މިނިވަންކަން އޮވޭ. ކަލޭމެން ލަންޑަނަށް، ޖެރޫސަލަމަށް ގޮސް މިސްކިތަށް ދެވޭނެ. މި މިނިވަންކަން ކަލޭމެން އޮންނަނީ ސޮއިކުރި މުއާހަދާ ތަކާ ހިލާފަށް ބަންދު ކޮށްފަ. ވީމާ ކަލޭމެންގެ އަގެއް، އިހުތިރާމެއް ނެތް. ދެން އަނގަނުތަޅާ.
އ23ބ
26 September 2022
މޮރޮކޯ ގެ ރާނީ ރޫބީ ގެ ވޯޓު ލިބުނީ ބަރުލުސްކޯނީ އަށް ބާ؟
އަފްރާސިޔާބު
26 September 2022
ޔޫރަޕާއި އެމެރިކާއިން އިންޒާރު ދިނުމުންވެސް އެކަމަށް އިޓަލީގެ ރައްޔިތުން ފަރުވާލެއް ނުބަހައްޓައި އެ ހޮވީ ޕުޓިންގެ ރަހުމަތްތެރިންގެ ޕާޓީ. މިހާރު އެގޮތުގައި ފާޅުގައި އީޔޫ / އެމެރިކާއާ ދެކޮޅަށް ޔޫރަޕުން އެނުކުތީ އިޓަލީ ޕޮލެންޑް، ހަންގޭރީ. ސިއްރުގައި ފިންލެންޑާއި، ކްރޭޝިއާއާއި މޯލްޑޯވާ އާއި ބަލްގޭރިއާ.
ބީރުބޮލު ވަޒީރު.
26 September 2022
ކޮންއިރަކު ޕޮލެންޑު ރަސިއާ އާއި އެއްކޮޅަށް އެރީ؟ އަޖާބެެއް.
އަފްރާސިޔާބު
26 September 2022
ބީރު ބޮލު ނުދެނެހުރިންދޯ ޕޮލެންޑްގައި އޮތް ރަޝިޔާއާ ދެކޮޅު ސަރުކާރު އެތަނުގެ ރައްޔިތުންގެ ވޯޓުން އުފުރާލިކަމެއް. ބަލަ ފްރާންސްގެ ރައީސުގެ ޔަހޫދީ ކަމުން އެސޮރު ރަޝިޔާ ގޮތްގަނޑު ދެއްކީމާއޭ އޭނާވެސް ހޮވުނީ. މިހާރުވެސް އެސޮރުގެ ޔަހޫދީކަމުން ދެބައި މީހުންނަށްވެސް ހީވަނީ އޭނާ ހުރީ ތިމަންނަމެން ފަޅީގައޭ.
ށަވިޔަނި
26 September 2022
މިނިވަން ގައުމެއްގެ ގޮތުގައި ވެރިކަން ކުރާތި.
48343
26 September 2022
މަރުހަބާ ކަމަނާ.