ކުރީގެ ރައީސް ޔާމީން އިދިކޮޅުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ގައުމީ ދުވަހުގެ މެސެޖާއެކު އެ މަނިކުފާނު ވިދާޅުވީ، މިއީ ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއް ކަމަށް---ފޮޓޯ: މިހާރު
27 ސެޕްޓެމްބަރ 2022 - 12:46
ރާއްޖޭގެ ގައުމީ ދުވަސް މިއަދު ފާހަގުކާއިރު، މިހާރު ލޮލުން ފޭދެނީ ފުން އަސަރުގެ ކަރުނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިހާރުގެ އިދިކޮޅު ލީޑަރު ޔާމީން، މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މެސެޖު ޓުވީޓަކުން އާންމުންނަށް ދޫކޮށްލެއްވީ "ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ" ހިތްދަތިކަމާއެކު އެވެ.
ގައުމީ ދުވަސް އެ ބޭފުޅަކާ ގުޅުވައިގެން ފާހަގަކުރާ ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާން އާ ކުރައްވަމުން ޔާމީން ވިދާޅުވީ، މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށެވެ.
"...ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ އެވެ،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރޭ ކެންޑިޑޭޓް ވިދާޅުވި އެވެ.
ބަނަވެނާމާންވަމުންދާދުވަސްތަކެއްގެހިތްދަތިކަމާއެކުވެސް ޤައުމީދުވަހުގެހެޔޮއެދުންތައްލޮބުވެތިރައްޔިތުންގެއަރިހަށްފޮނުވަމެވެ.ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ.ނަމަވެސް މިއަދުލޮލުން ފާއްދާލަނީފުންއަސަރުގެކަރުނައެވެ😢
— Abdulla Yameen (@prz_ymn) September 27, 2022
ކުރީގެ ރައީސް ޔާމީންގެ ޓްވީޓު
މީގެ ކުރިން ދުވަހަކު ވެސް ރަސްމީ ޓްވިޓާ އެކައުންޓެއް ނުގެންގުޅުއްވާ ޔާމީން، ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވީ، މި އަހަރުގެ މޭ މަހު އެވެ. އެ އެކައުންޓު މެދުވެރިކޮށް، ސިޔާސީ ޓްވީޓުތަކުގެ އިތުރުން ގައުމީ އެކި މުނާސަބަތުތަކުގައި ޔާމީން ޓްވީޓު ކުރައްވަ އެވެ.
އާންމުކޮށް، އިނގިރޭސި ބަހުން ޓުވީޓް ކުރައްވާ ޔާމީން، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ޓުވީޓް ކުރެއްވީ ދިވެހި ބަހުންކަން ވެސް ފާހަގަކުރެވެ އެވެ.
ޔާމީން މީގެ ކުރިން އެންމެ ގިނައިން ޓްވީޓު ކުރައްވާފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުންނެވެ.
އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅުން ފެއްޓި "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީން އިސް ދައުރެއް އަދާކުރައްވައި އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް މިހާރު އެ ހަރަކާތް އޮތީ ހުއްޓިފަ އެވެ.
ރިޔާސީ އިންތިހާބަށް ޔާމީން ތައްޔާރުވަމުން ގެންދަވާއިރު، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ ދައުވާތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ގެންދެ އެވެ. އެ މައްސަލައިގައި މިހާރު ހެކިބަސް ނަގައި ނިމިފައިވާއިރު ދެން އޮތީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުކުމް ކުރުމާ ހިސާބަށް ދިޔުމުގެ ކުރިިން އިއްވާ ހުލާސާ ބަޔާން އިއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޕިލްޓްމިލްކް
29 September 2022
ކަރުނައިގެ ޙަޤީޤަތަކީ ކޮބައިބާ. ވިސްނާ ފިކުރުކޮށްކޮށްގެ އަންނަ ނަތީޖާއަކީ 1- ތިމަންނާއަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އައިސް، އަލުން ވެރިކަން ހޯދުމުގެ ފުރުޞަތު ގެއްލިދާނެ 2- ތިމަންނަ އަސްލު ބޭނުންވި ވަރަށް ފައިސާ ޕަކަޅާ ނުކޮށްލެވުނޭ، އަދި ލަނޑުދޭން ޖެހޭ އިތުރު މީހުންވެސް އެބަތިބި. 4- ޣާޒީއެއްފަދައިން، ރައްޔިތުންގެ ޙައްޤުގަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު ޚިދުމަތް ކުރަން ލިބުނު ފުރުޞަތު ބޭނުން ނުކރެވުނު މިއިން ކޮންމެވެސް ސަބަބަކަށް ވާނީ
ހަސަންކާރި
28 September 2022
ވެރިކަމުން ފައިބައިގެން ދިޔައިރު ތިޖޫރީ އިންތާނގައި އިން ވަޅުގަނޑު ފެނިފައި މަގޭ ލޮލުންވެސް ފުން އަސަރުގެ ކަރުނަ ފޭބި.
ކަންއޮތްގޮތް
28 September 2022
ތިޔަފައިބަނީ ހިތާމައިގެ ކަރުނަ. އެއީ ވެރިކަންދިނީމައި، ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވެ، ވަކިރައްޔަތުންނަށް އެކިކަންކަން ކުރެވުނުގޮތާއި، ރައްޔިތެއްގެ ޙައްޤު ނުޙައްޤުން ދަމައިގަނެ، އެއާއި ބެހެވި، ބޮޑުބޭޒާރަކުން ބޭޒާރުވެ، ރައްޔިތުން ތިމާގެމަތިން ފޫހިވެއްޖެކަމާއި ދެވަނަފަހަރަށް ވެރިކަމަށް ފައިނަގާއިރު އެކަމަށް ރައްޔިތުން އިޖާބަނުދޭނެކަން ކަށަވަރުވާތީވެ ފައިބާ ހިތާމައިގެ ކަރުނަކަމުގައެވެ. ވަގުތު ފާއިތުވެއްޖެ. މަޢާފުނުކުރެވޭނެ.
ބޮކި
27 September 2022
ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ގޮސް މިއެޅެނީ މިކަލޭގެ އެކައުންޓަށް ؟؟؟؟؟؟؟
ޖސޖސޖސޖ
27 September 2022
ކޮބާ ސުޕޭސް؟؟
މޯހިރު
27 September 2022
ގައުމުގެ ޚަޒާނާ ޒުވާނުން އަތަށްދީފަ ތާސްކުޅުއްވާތީ ތޯ
ކަރުނަ ޑޮލަރަށް
27 September 2022
ތިކަރުނަތަށް ބޭންކު އެކައުންޓުތަކަށް ޑޮލަރަށްވެގެނޭ އެޅެނީ، މަނިކުފާނު ރޮއިފަ ބަހައްޓާ އޭރުން 1 މިލިއަން 10 މިލިއަނަށްވާނެ
ކްިަިަު
27 September 2022
އ ސުކުން
ހަސަންކާރި
28 September 2022
މި ކޮމެންޓު އެބަޖެހޭ ފްރޭމްކޮށްފައި ބައިންދަން
އެމެރިކާ
27 September 2022
ރައިސް ޔާމިން މިހާރު ތބި ސިޔާސީ މީހުންނައްވުރެ މާ ބޮޑައްވެސް ރަނގަޅު
ފޮނިޓައްްޕު ހަސަނު
28 September 2022
ކަލެއަށް އޭން ރަނގަޅުވެގެން ތިއުޅެނީ ގައުމު ލޫޓުވައިގެން ލިބުނު ފައިސާގެ ބައެއް ލިބިފައި ވާތީ.
އެއީއޯ
04 October 2022
ވެރިކަން ކުރަން ނޭނގުނީމާ ދޯ؟ ކިތައް ފަހަރު ކާފިޔު ހިންގި؟ ކިތައް ނައިބު ރައީސު، ކިތައް ޑިފެންސް މިނިސްޓަރު؟ ކިތައް ހޯމް މިނިސްޓަރު؟ ކިތައް ލީޑަރު ޖަލަށްލި؟ ކިތައް އެކުވެރިންނާ ގުޅުން ކަނޑާލީ؟ ކިތައް މިލިޔަން ގެއްލުނު؟ ކިތައް ފިސްތޯލަ ބޭރުވި؟ ކިތައް މެންބަރުން ވަކިކުރި؟ ކިތައް ގާޒީ ޖަލަށް ލީ؟ އަދިވެސް ތަ؟ ފަހުން.
މުހައްމަދު
27 September 2022
ގުރޫޕު ފަހަތަށް ލައިގެން މަގުތަށް މަތީގައި އުޅުއްވި ހަނދުމަފުޅު އެބަހުރިތޯ.
އެ ގުޅި
27 September 2022
އެކައުންޓަށް ކަހާލެވޭނެ ލާރިކޮޅެއް ނުލިބިގެންތޯ ލޮލުން ކަރުނަ ނުހިކިގެން ތި އުޅުއްވަނީ