އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުތައް ދެއްވަނީ.---ފޮޓޯ: މަޖިލިސް
28 ސެޕްޓެމްބަރ 2022 - 10:27
ޖުމުލަ 157 ސްކޫލެއްގައި އެއްދަންފަޅި އަށް މިހާރު ކިޔަވައި ދެމުން އައި ނަމަވެސް ގޮންޖެހުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރިޔަސް އޭގެ މަންފާ ނުލިބޭ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަނީ އަބްދުﷲ ވިދާޅުވުމާ ގުޅިގެން ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ، އެ ކޮންސެޕްޓްގެ ދަށުން ވަށައިޖެހޭ ތައުލީމެއް ކުދިންނަށް ދިނުން މުހިންމު ކަމަށާއި ހަމައެކަނި އޮތް ކަމަކީ ސެޝަން ބަދަލުކުރުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ވަށައިޖެހޭ ކޮންސެޕްޓަށް މިހާރު ކިޔަވައިދެނީ އެއްދަންފަޅީގެ 157 ސްކޫލުގެ ތެރެއިން 44 ތަނެއްގައި ކަމަށާއި އެ ކޮންސެޕްޓްގައި ކުދިން ކިޔަވަން ދާނީ ހެނދުނު ހައެއް ޖަހާކަންހާއިރު ކަމަށެވެ. ކަސްރަތުގެ ހަރަކާތަކާއެކު ކިޔެވުން ފަށާނީ ނާސްތާ އަށް ފަހު އެވެ.
"ކަރިކިއުލަމްގައި ވާ އެކަޑެމިކް މާއްދާތައް ކިޔެވުމަށް ފަހު އަދި އެ ކުދިން ސްކޫލުގައި ހޭދަކުރާނެ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުރުމާއި ކްލަބް އެކްޓިވިޓީސް އާއި މި ކަހަލަ ވަގުތުތަކެއް ސްކޫލުގައި ހޭދަކުރާނެ. ދުވަހީ މަސައްކަތް ނިންމާލާފައި ގެ އަށް ދާނީ. އިތުރު މަސައްކަތްތަކެއް ދެން އެ ދުވަހަކު ނޯންނާނެ. ވީކެންޑްސްގައި ސްކޫލަށް އަންނާކަށް ނުޖެހޭނެ،" އާއިޝަތު އަލީ ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފެއް ވެއްޖިއްޔާ މިހާރު މި އޮންނަނީ ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށް. އެކަމަކު އެއްދަންފަޅީގެ ސްކޫލެއްގައި ނަމަ އަށް ގަޑިއިރު ވަރު އެބަ ހޭދަކުރަންޖެހޭ. އެހެންވީމާ އިތުރަށް އެ ހޭދަވާ ވަގުތަށް އަޅުގަނޑުމެން އޯވަޓައިމް އެބަ ދޭންޖެހޭ. އަދި އަޅުގަނޑުމެންގެ ނިޒާމު އޮތް ގޮތުން އެ އަކަށް އަޅުގަނޑުމެންނަށް ކޭޓަ ކުރެވޭކަށް ނެތް،"--- އެޑިއުކޭޝަން މިނިސްޓަރު
އެކަމަކު، އޭނާ ވިދާޅުވީ އެ ކޮންސެޕްޓަށް ކިޔަވައި ދިނުމުގައި ކުރިމަތިވާ ގޮންޖެހުމަކީ ސިވިލް ސާވިސްގެ ނިޒާމުގެ ތެރެއިން ބައެއް ކަންކަން ކުރުން ކަމަށެވެ.
އާއިޝަތު އަލީ ވިދާޅުވިގޮތުގައި، އެއްދަންފަޅީގެ ސްކޫލުގެ ތެރެއިން ވަށައިޖެހޭ ގޮތަށް ކިޔަވައިދޭން 44 ސްކޫލެއް ބަދަލު ކުރިޔަސް ކިޔަވައިދޭން އިތުރު ވަގުތު ޓީޗަރުން ހޭދަކުރަންޖެހެ އެވެ.
"ސިވިލް ސާވިސްގެ މުވައްޒަފެއް ވެއްޖިއްޔާ މިހާރު މި އޮންނަނީ ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށް. އެކަމަކު އެއްދަންފަޅީގެ ސްކޫލެއްގައި ނަމަ އަށް ގަޑިއިރު ވަރު އެބަ ހޭދަކުރަންޖެހޭ. އެހެންވީމާ އިތުރަށް އެ ހޭދަވާ ވަގުތަށް އަޅުގަނޑުމެން އޯވަޓައިމް އެބަ ދޭންޖެހޭ. އަދި އަޅުގަނޑުމެންގެ ނިޒާމު އޮތް ގޮތުން އެ އަކަށް އަޅުގަނޑުމެންނަށް ކޭޓަ ކުރެވޭކަށް ނެތް،" ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސަބަބާ ހެދި ހުރިހާ ސްކޫލެއްގައި ކިޔެވުން އެއްދަންފަޅި އަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން އެ ދިމާލަށް މި ދަނީ. މިހާރު 44 ސްކޫލެއްގައި މި ގޮތަށް މަސައްކަތް ކުރެވެމުން އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ ހުރިހާ ސްކޫލަކަށް މި ކޮންސެޕްޓް ތައާރަފު ކުރެވުން،" ވަޒީރު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތައުލީމާ ބެހޭ ވަޒީރު ވަޑައިގަތީ، ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހަދަން ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ކުރިއަށް ނުގެންދާތީ އެކަމާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވާށެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ސުވާލު ކުރައްވަނީ.---ފޮޓޯ: މަޖިލިސް
އާއިޝަތު އަލީ ވިދާޅުވީ، އެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ތާވަލުކުރި ކަމަށާއި އެކަމަކު ޑިޒައިން މަރުހަލާގައި މުހްޔިއްދީން ސްކޫލުގެ މެނޭޖުމަންޓާ ވާހަކަ ދެއްކުމުން ބައެއް ކަންކަން ފާހަގަކުރުމާއެކު ވިސްނުން ބަދަލުވީ ކަމަށެވެ.
މެނޭޖުމަންޓުގެ މައްސަލައަކީ ވަޒީރު ވިދާޅުވިގޮތުގައި އެ ހޯލު އަޅަން ނިންމި ތަނުގައި އެ ކަން ކޮށްފި ނަމަ ބޭނުންވާ ޖާގަ ނުލިބުމެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުތައް ދެއްވަނީ.---ފޮޓޯ: މަޖިލިސް
"އެ ގޮތަށް ހޯލު އަޅާ ކަމުގައި ވެއްޖިއްޔާ މިހާރު އެ މީހުން ބޭނުންކުރާ ސެން ކްލާސްރޫމާއި އަދި އެހެން އިމާރާތްތަކެއް ތަޅާލަން ޖެހޭތީ އެހެން ލޮކޭޝަނަކަށް މަލްޓިޕާޕަސް ހޯލު ގެންދަން [ހުށަހެޅީ]. އެހެންވީމާ އަޅުގަނޑުމެން އެހެން ލޮކޭޝަނެއް ފާހަގަކޮށް މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ލޮކޭޝަންގެ ކޮންސެޕްޓް ޑިވެލޮޕްކޮށް، ޑިޒައިންގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ،
އާއިޝަތު އަލީ ވިދާޅުވިގޮތުގައި، މަލްޓިޕާޕަސް ހޯލު ހެދުމަށް ބަޔަކު ހޯދަން މި މަހުގެ 14 ގައި ވަނީ ބީލަމަށް ލައިފަ އެވެ.
"މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިމިފައި ހުރީ. ޓެންޑަރިން ނިމުހާ އަވަހަށް އިއުލާން ކުރެވޭނެ،" ވަޒީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްކައްކާ
29 September 2022
ސްކޫލްތައް 8.00-13.00އަށް ހަދާ. ހެޔޮނުވާނެ.
މޮކޮސްބޭ
28 September 2022
ޓީޗަރުން ހަމަނުވޭ، ރަނގަޅު ޓީޗަރުންނެއް ނުތިބޭ، މިއަދު އޭލެވެލް އޮރިއެންޓޭޝަން، ޓިއުޝަން ނަގަން 30 ހަކަށް ޓީޗަރުންނާ ގުޅިއްޖެ - ޙުރިހާމީހުންވެސް ފުލް . . .މީހަމަ އޯކޭތޯ! ެ
ޖހޖގޖގގޖ
28 September 2022
ސުކޫލުތަކުގެ ޖާގަ އިތުރުކޮށްގެންވެސް އެއް ދަންފަޅިއަށް ކިޔަވަދެން ފަށަންޖެހޭ. މަގޭ ދެދަރިންދަނީ ދެގަޑިއަށް ހުވާ މިބުނީ ސްކޫލުކަންކަމާ ޓިއުޝަންތަކާ އިތުރު ހަރަކާތުގަ އުޅެ އަހަރެން ގައިގަ ކޮންމެ ދުވަހަކު އެރިއްސާ ރިއްސުމާ ވާ ވަރުބަލި ބުނެދޭންވެސް ނޭނގޭ
ތުނޑުހަސަނު
28 September 2022
އިތުރު ގަޑިއަކީ ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމުން ލިބޭ ޢިނާޔަތެއް. މަހު މުސާރައަކީ މަސައްކަތްކުރަންޖެހޭ ދުވަސްތަކުގައި ކޮންމެ ދުވަހަކު 8 ގައިރަށް ދެވޭ އެއްޗެއް. 6 ގަޑިއިރު މަސައްކަތް ކުރަންޖެހުމަކީ ވެސް ޢިނާޔަތެއް. އެއީ 8 ގަޑިއިރު މަސައްކަތްކުރަންޖެހޭ މަދުފަހަރަކު ބަހަނާ ދައްކަން އޮތް ޙުއްޖަތެއް ނޫން. 24 ގަޑިއިރު މަސައްކަތް ކުރަންޖެހުނަސް އިތުރުގަޑި ނުލިބޭ މީހުން ވެސް މިގައުމުގައި މަސައްކަތް އެބަކުރޭ.
ބެރޭ
28 September 2022
ދަންނަވަންތޯ ޑރ. ލަޤަބް ލިބުނަކަސް ހުރިހާކަމަކުން ޑރ. ލެވެލަށް ނުދެވޭނެ! މާދުރަށްނުގަސް މިބުނަން އުޅެނީ ތަޢުލީމީ ދާއިރާ ފުނޑުފުނޑު ވެއްޖޭ މިހާރު. ސިޔާސީގޮތުން ތިޔަދާއިރާއަށް ލާފަތިބި އިސްވެރިންނަކީ ހަމަ ފައްކާ ސޮހޮލުންނޭ! އެހެންވެގެންނޭ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވިގެން ތިޔަ އުޅެނީ. ދެން އޮތީ އަހަރެއްހާދުވަސް . އޭގެފަހުން އެޑިޔުކޭޝަން މިނިސްޓްރީ ފޯމަކަށް އަޅުވާލާނަން. ބަލަން ތިބޭ ތިބައިގަނޑު ޖެހޭނީ ދާން. ރޮމުން ދާން.
އާދަނާ
28 September 2022
ބެރޭ، އަށް މާމޮޅަށް އެނގިގަނެގެން ޕޮރޮފެސަރަކަށް ވެގަނެގެން ތިވާހަކަ ދެކެވެނީ. ސައިޒު ނުއޮޅި ހުރެވޭތޯ ބަލާ!
ގައުމުގެ ދޫ
28 September 2022
ގޮންޖަހާނީ ބޮލަށް.
ޢަނީޟާ
28 September 2022
ތައުލީމީދާއިރާ ރަނގަޅުކަމަށް ދައްކަން ރައްޔިތުން ލޮލުގަ އަޅާ އަނދުމަކީ ޓޮޕްޓެން.އަނދުން ފޮހެލާފައި ރަނގަޅަށް މަންޒަރުބަލާލާފިއްޔާ ފެންނާނީ ޓޮޕްޓެންއަކީ އިމްތިހާންހެދި 12%ކުދިން ބާކީ 82ޕަސަންޓުގެ ތެރެއިން ބޮޑުބައެއް ރަނގަޅަށް އޯލެވެލްއިން ފާސްނުވޭ.އަދި މިއީ ގްރޭޑު10އެއްގެ ހާލު.ކޮބައިތޯ ގްރޭޑު 1-9ގެ ކަންތަށް.ފެންވަރުނެތް ޓީޗަރުން، 30-35 ކުދިން ކްލާހެއްގަ،ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ރަނގަޅަށް ހާޒިރު ނުވޭ!މިއީ ގައުމުގެ ތައުލީމީ ނިޒާމު އޮތްހާލަކީ
އާނީޝާގެ ދަރި
28 September 2022
އަދި ތިވަރަކުން ހާލަތެއް ނުބުނެދެވޭ! ފާސް ޕަސެްނޓޭޖް އެގެން އެބައޮތް %80 އާއި ކައިރީގައި... ދެން ލަލަލާ.
ޢިބޫ
28 September 2022
މިގައުމުގެ ތައުލީމީ ސިޔާސަތުގެ ދަށުން 2 ކުދިން 3 ކުދިން ސްކޫލަށް ވައްދައިގެން އުޅޭ ބެލެނިވެރިއަކަށް ކާންބޯން މަސައްކަތް ކުރާނެ ވަގުތެއް ނުވާނެ.
ޗގހފހވހ
28 September 2022
އަސްލުވެސް. މިއޮއް އާބާދީ މަދުތަނުގަވެސް މެނޭޖް ނުވެގެން އެއުޅެނީ.
ހިޔާލީ އަލީ
28 September 2022
އެންމެ ބޮޑު މުސާރައިގަ، ހުކުރު ހޮނިހިރު އަދި ހުރިހާ ގައުމީ ދުވަސްތައް ބަންދުވެފަ، ވިއްސާރައެއް ރޯޣާއެއް އުޅެންޏާ ބަންދުވެފަ އަދި ރޯދަމަހު 2 ގަޑިއިރު މަސައްކަތްކުރަން ޖެހޭ ބަޔަކު ދުވާލަކު 8 ގަޑިއިރު މަސައްކަތް ނުކޮށްގެން އެމީހުންނަށް އޯވަޓައިމް ދީގެން ތިވަރުން ކޮންމެހެން 1 ދަންފަޅިއަށް ކިޔަވާދޭކަށް ނުޖެހޭ، ތި މީހުން ކަނޑާލާފަ ބޭރު މީހުން ގެންނަންވީ، ދިވެހިން ގެ ފޮނިކަން މި ހުންނަނީ 8 ގަޑިއރު ސްކޫލެއްގަ މަސައްކަތް ނުކުރެވޭ. ނަންވާނީ ބަނީއިސްރާއިލް
މިނިސްޓަރޭ
28 September 2022
11،12 އަށްދާ ކުދިން ރަށް ރަށަށް ގޮސްސަ ވަކި ކޮންތާކައްތަ ވަންނަނީ.އަތޮޅު ތިބުނާ ސްކޫލް ތަކެއް ހަމަޖައްސާނަމަ އެބަޖެހޭ ރަށް ރަށުން އަންނަ ކުތިން ތިބޭނެ ދަނާލެއް ކަހަލަ ތަނެއް ހަދަން