ވިޔަފާރި / ރާއްޖެ-ޗައިނާ

ވިލާ ކޮލެޖުގައި ޗައިނާ ބަސް ދަސްކޮށްދޭ ސެންޓަރެއް ހުޅުވައިފި

ޗައިނާ ސަފީރު ވާންގެ ލިޖިން އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު ވިލާ ކޮލެޖްގެ "ޗައިނީސް ލެންގުއެޖް ސެންޓަރު (ސީއެލްސީ)" މިއަދު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލާ ކޮލެޖުގައި ޗައިނާ ބަސް ދަސްކޮށްދޭ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު، ވާންގް ލިޖިން އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.

ވިލާ ކޮލެޖްގެ "ޗައިނީސް ލެންގުއެޖް ސެންޓަރު (ސީއެލްސީ)" ހިންގާނީ ޗައިނާގެ ޗަންގްއާން ޔުނިވާސިޓީ އާއި ހޫނަން މާސް މީޑިއާ ވޮކޭޝަނަލް އެންޑް ޓެކްނިކަލް ކޮލެޖާ ގުޅިގެންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ސެންޓަރުގައި ހަތަރު ތަމްރީނެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންނާ ފަސޭހައިން ވާހަކަ ދައްކަން ދަސްކޮށްދޭ "ޓުއަރިޒަމް ޗައިނީސް" ކޯހާއި ވިޔަފާރީގެ މުއާމަލާތްތަކުގައި ޗައިނާގެ ބަސް ބޭނުންކުރަން ދަސްކޮށްދިނުމަށް ދެ ލެވެލަކަށް ބަހާލައިގެން ހިންގާ "ބިޒްނަސް ޗައިނީސް" ކޯސް ހިމެނެ އެވެ.

އާންމު ދިރިއުޅުމުގައި މީހުން ވާހަކަ ދައްކައި އުޅޭ މޫސުމާ ގުޅޭ ވާހަކަތަކާއި ކައިބޮއި އުޅޭ ތަކެއްޗާއި ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ޗައިނާގެ ބަސް ބޭނުން ކުރަން ދަސްކޮށްދޭ "އީޒީ އެޕްރޯޗް ޓު ޗައިނީސް" އަދި ގްރޭޑް އެކަކުން ހަތަކާ ދެމެދުގެ އުމުރުގެ ކުދިންނަށް އަމާޒު ކޮށްގެން ކިޔަވައިދޭ "އީޒީ ޗައިނީޒް" ކޯހެއް ވެސް ހަތަރު ލެވެލަކަށް ބަހާލައިގެން އެ ސެންޓަރުގައި ކުރިއަށް ދާނެ އެވެ.

ވިލާ ކޮލެޖްގައި ސީއެލްސީއެއް ހުޅުވަން ޗައިނާގެ ބައިނަލްއަގްވާމީ ތައުލީމީ ފައުންޑޭޝަނާއެކު އެއްބަސްވީ 2019 ވަނަ އަހަރެވެ. ނަމަވެސް، ކޮވިޑް-19 ގެ ދުވަސްވަރާ ގުޅިގެން ސެންޓަރު ހުޅުވުން ލަސްވީ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވާންގް ލީޖިން ވިދާޅުވީ، އެ ސެންޓަރުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.

ޗައިނާގެ ސަފީރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޗައިނާގެ ބަސް ދަސްކުރުމުން އެ ގައުމުގެ ސަގާފަތް ރަނގަޅަށް ދަސްވާނެ ކަމަށާއި އަދި ގިނަ ފުރުސަތުތަކެއް ދިވެހިންނަށް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗައިނާ ބަސް ރަނގަޅަށް ދަސްކުރުމުން ދިވެހި ޒުވާން ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވާނެ. ސީއެލްސީ އިން ތަމްރީނުވާ ދަރިވަރުންނަކީ ކުރިމަގުގައި ޗައިނާ އާއި ރާއްޖޭގެ ބަދަލުކުރުން ތަކުގައި ހިއްސާވާނެ ބަޔަކަށް ވާނެ ކަމަށް އުންމީދުކުރަން" ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ބަހުން ވާހަކަ ދައްކާ މީހުން ރާއްޖޭގައި ނޫޅޭތީ އެ ގައުމުގެ މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ޗައިނާގެ ޓޫރިސްޓް މަންދޫބުންގެ ފަރާތުން ލިބޭ ކަމަށް ފޮރިން ސެކްރެޓަރީ ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީ ލަތީފް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ސީއެލްސީ ހުޅުވުން ވެގެން ދާނީ އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް އުންމީދު ކުރަން،" ލަތީފް ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓޫން އަންނަ އެއް ގައުމެވެ. ކޮވިޑާ ގުޅިގެން އެ ގައުމުގެ ބޯޑަރު ބަންދުކުރުމާއެކު، ރާއްޖެ އަށް ސީދާ ދަތުރުތައް ހުއްޓާލި ނަމަވެސް، އަންނަ މަހު އަނެއްކާވެސް ދަތުރުތައް ފަށާނެ ކަމަށް ޗައިނާ ސަފީރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ ސަފީރުގެ އަގުވަޒަން ކުރުމުގެ ގޮތުން، އޭނާ އަށް ވިލާ ކޮލެޖުގެ ރެކްޓަ އަންވަރު ހަނދާނީ ހަދިޔާއެއް ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސީއެލްސީއާއެކު ރާއްޖޭގެ ރިސޯޓުތަކާއި ޑިއުޓީ ފްރީ އަދި އެއާޕޯޓު ފަދަ ތަންތަނުގެ މުވައްޒަފުންނަށް ޗައިނާ ބަސް ދަސްކުރުމުގެ ފުރުސަތު ލިބި، ޗައިނާގެ ޓޫރިސްޓުންނާ މުއާމަލާތުކުރަން ފަސޭހަވާނެ ކަމަށް ވިލާ ކޮލެޖުން އުންމީދުކުރެ އެވެ.

ޗައިނާ އިން އަންނަނީ އެހެން ގައުމުތަކުގައި ވެސް ސީއެލްސީތައް ހިންގަމުންނެވެ.

18 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިޔާލީ އަލީ

29 September 2022

ޗައިނާގެ ބަހާ ސަގާފާ ވީމާ ދީނާ ގުޅުން ނެތް އެއްޗަކަށް ނުވި، ތިއީ ހިންދީ ބަސް ނަމަ ލަވަ އަލީމެންނަށް ނުވެސް ނިދޭނެ. މި ކަހަލަ ކަންކަމާ ހުރެ ޒަމްޒަމް ފާރިސްމެން ދައްކާ ވާހަކައަށް މީހުން ޖޯކު ޖަހަނީ

The name is already taken The name is available. Register?

ސެމި

29 September 2022

ޗައިނާގެ ޕްރޮޕެގެންޑާ ފަތުރާތަނަކަށް ތިތަންނުވާނެކަމަށް އުއްމީދުކުރަން!

The name is already taken The name is available. Register?

ކޮވެލި

29 September 2022

ވަރަށް ރަނގަޅު ކަމެއް. ގައުމަށް ފައިދާ ހުރި ކަމެއް.

The name is already taken The name is available. Register?

ކޮތަރޭ

29 September 2022

އިންޑިއާ ހައި ކޮމިޝަންގެ ބަހެއް ނެތްތަ މިކަމުގަ؟

The name is already taken The name is available. Register?

އަބްޑޫޅް

29 September 2022

ހޫނ. ނެތިއްޔާ ރަނގަޅީ.

The name is already taken The name is available. Register?

އިންތިޒާރު

29 September 2022

ވަރަށްގިނަ ދުވަސްތަކެއްގެ ފަހުން ތިޔަކަން ތިޔަވީ. އެ މީހުން ވަރަށް މަސައްކަތްކުރި ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ތިކަންވޭތޯ. އެތަނުގައި ހުންނަ ބޯހަރު ގޮތްދޫނުކުރާ ހަރުކަށި މީހެއްގެ ސަބަބުން ތިކަންނުވީ. އެމީހުން ބޭނުންވީ ހަތަރުފަސް ޓީޗަރުން ތިބެގެން އެކިސަބްޖެކްޓްތައް ކިޔަވައިދޭން. ހިލާމިބުނާ މީހާ ކޮޅުކޮޅު ދައްކައި ބަހަނާ ދައްކައިގެން މިކަން ވިޔަނުދިނީ. ކޮށްދިންނަމަ މިހާރު ރާއްޖޭގައި ޗައިނާބަހުން ފަސޭހަކަމާއެކު ވާހަކަދައްކާނެ އެތައް ބަޔަކު ތިބޭނެ.

The name is already taken The name is available. Register?

އަބްޑޫޅް

29 September 2022

感謝我們的中國朋友 。 中國是馬爾代夫最古老的鄰國。 އަހުރެމެންގެ ސިނަ ރަށްޓެހީންނަށް ޝުކުރު ދަންނަވަމު. ސީނުކަރަ އަކީ އަހުރެމެންގެ އެންމެ ޒަމާންވީ އަވަށްޓެރިޔާ.

The name is already taken The name is available. Register?

ޕަޕެޓް

29 September 2022

އެއޮތީ ޕަޕެޓް ކޯޗުން ލައިގެން ރާކަނި މަސް ކެވިފަ. ދެންވެސް ސުޕުންގެ ބަހަށް ވުމެންސް ޑިވިޝަން ގެ ސީނިއަރ ކޯޗުން ބާކީ ކުރަމުން ގެންދޭ އެޑަމް! މީ މަޖާ ކަމެއް.

The name is already taken The name is available. Register?

ރައްޒާގު

29 September 2022

ޕްރައިވެޓް ކޮލެޖްތައް މި ގައުމުން އުވާލަންޖެހޭ. ފެންވަރުދަށް ކޯސްތައް ހިންގަނީ ވިޔަފާރި އުސޫލުން. އިނގިރޭސި ވިލާތުގެ ބްރޭންޑްތައް ބޭނުންކޮށްގެން ހަމަ ކަރުދާސް ވިއްކުން ނޫން އެހެންކަމެއް ނުކުރޭ. އުވާލަންވީ.

The name is already taken The name is available. Register?

ޏަމްނަމ

29 September 2022

ނެޭގޭ ވާހަކަ ދައްކާތި

The name is already taken The name is available. Register?

ނޫސަންގު

29 September 2022

މަތީ ތަޢޮލީމުގެ ގައުމީ ސިޔާސަތުގައި ޕްރައިވެޓް ކޮލެޖްތަކުގެ ދައުރު އޮވޭ ބަޔާން ކޮށްފައި. އޯލެވެލް އޭލެވެލް އަކީ އިނގިރޭސިންގެ އެއްޗެއް ނޫންތަ. މަތީ ތަޢޮލީމުގެ ފެންވަރަކީ އެއްވެސް ގައުމެއްގައި އެގައުމެއްގެ ސަރުކާރުން ހިފަހައްޓާ އެއްޗެއް ނޫން. އަދި ހިފެހެއްޓޭނެ އެއްޗެއްވެސް ނޫން. އެކަން ކުރަނީ އެކަމުގައި އުޅޭ ފަންނީ މީހުން. ސަރުކާރުން މަގުފަހި ކޮށްދެނީ

The name is already taken The name is available. Register?

ޚަލީލް މުހައްމަދު

29 September 2022

އަޅުގަނޑުމީ ވިލާކޮލެޖުގެ ޔޫވީ ޑިގްރީއާއި މާސްޓާސް ނިންމައިގެން މިހާރު ރާއްޖޭން ބޭރުގަ ވަޒީފާ އަދާކުރާ މީހެއް..ޔޫވީ ކަހަލަ ރަގަޅު ޔުނިވާސިޓީއެއްގެ ސެޓްފިކެޓު ރާއްޖޭގައި ހުރެގެން ލިބުނުކަމީ ވަޒީފާލިބުނު ސަބަބު..ފެންވަރު ރަގަޅު ލެކްޗަރާސްމޮޅު، ޔޫވީ ލައިބްރަރީ ފުލްއެކްސެސް އަގުދީގެންވެސް ވިލާ އަށް ދިޔައީ ފެންވަރު ރަގަޅުވީމަ ކަރުދާސް ގަންނާކަށް ނޫން ..ސަރުކާރުގެ ޔުނިވާސިޓީތަކުން ކީއްވެ މިފެންވަރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމް ނުހިންގަނީ !

The name is already taken The name is available. Register?

ދޯޕައްޓާ

28 September 2022

ސަރުކާރުން ދަންނަންއެބަޖެހޭ މިއަދު އިލްމާއި އުފެއްދުންތެރި ދިރާސާތައް އޮތީ ޗައިނާއާއި އެމެރިކާގައިކަމާއި، އިނގިރޭސިންގެ ތަރިއޮއްސި އިންޑިއާއަށްވުރެ ފަހަތަށް ވެއްޓިފައޮތްއިރު ސްކޫލުތަކުގައި އިނގިރޭސިންގެ ޕުރޮޕެގެންޑާ ކިޔަވަދިނުމާއިގެން އަދިވެސް ކުރިއަށް ދާންވީތޯ.

The name is already taken The name is available. Register?

ދެންވީއޭ

28 September 2022

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އަކީ އެއީ ސަރުކާރުން ބޮޑު ގެއްލުމުގައި ހިންގަން ޖެހޜނެ ތަންތަނެއް ނޫނޭ ގައުމީ ޔުނިވަރސީޓީ ވިލާ ކޮލެޖް އަށް ކުރިއަޓް އޮތް 1000 އަހަރަށް މަހަކު 1 ލައްކަ ރުފިޔާ އަށް 1000 އަހަރު ތެރޭގައި ކުއްޔަށް ބަދަލެއް ނާންނަ އެސޫލުން ކުއްޔަށް ދޭންވީއޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454