ލަންކާގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅު ކުރަނީ: މިރޭ ރާއްޖެ ބަލިކޮށް ލަންކާއިން ވަނީ ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅައުގެ ޗެމްޕިއަންކަން ހޯދާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
28 ސެޕްޓެމްބަރ 2022 - 23:36
ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތްުގައި މިރޭ ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދައި ސްރީ ލަންކާއިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.
މިރޭ ލަންކާއިން ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދީ 72-59 ންނެވެ.
މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ރާއްޖޭގެ ކުޅުން ފެނުނީ ދަށް ކޮށެވެ. ލަންކާއިން ތަފާތު ބޮޑު ކުރީ އެ ދެ ކުއާޓާ އެވެ. ހާފް ޓައިމް އަށް މެދު ކަނޑާލިއިރު ލަންކާއިން ލީޑް ކުރީ 24 ޕޮއިންޓްގެ ލީޑަކާއެކު 46-22 ންނެވެ.
ރާއްޖެއިން މުޅި މެޗުގައި ވެސް އެންމެ ރަނގަޅަށް ކުޅުނީ ތިންވަނަ ކުއާޓާގެ ފުރަތަމަ ފަސް މިނެޓް ތެރޭގަ އެވެ. ލަންކާއިން ޕޮއިންޓްތަކެއް ހޯދިޔަ ނުދީ ރާއްޖެއިން ކައިރިކައިރީގައި ޕޮއިންޓްތަކެއް ހޯދައި 16 ޕޮއިންޓަށް ފަރަގު ކުޑަ ކުރި އެވެ.
ލަންކާ އާއި ރާއްޖެ މިރޭ ކުޅުނު މެޗުގެ ތެރެއިން:
ފަހު ކުއާޓާގައި ވެސް ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ލަންކާގެ ކުޅުންތެރިން ހަމަޖެހިގެން ތިބެ ގޭމް ލަސްކޮށްގެން ކުޅެން މަސައްކަތް ކުރި އެވެ.
ދިވެހި ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޒުވާން ކުޅުންތެރިޔާ އިނާޝާ އެވެ. ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޖެނިކާ އެކުލޭ ފެނުނީ އެ ކުޅުންތެރިންގެ ތަޖުރިބާ ބޭނުންކޮށްގެން ކުޅުނު ތަނެވެ. އެކުލޭ 21 ޕޮއިންޓް ސްކޯ ކުރި އެވެ.
މުބާރާތުގެ ރަނަރަފް އަކީ ނޭޕާލެވެ. އެންމެ ފަހުގެ މުބާރާތުގެ ރަނަރަފް މަގާމު ލިބުނީ ނޭޕާލަށެވެ. ރާއްޖެ އަށް ތިންވަނަ ހޯދައިގެން ބްރޯންޒް މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މާދަމާ ރޭ ބޫޓާން އާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެގެން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދޭނެ އެވެ.
އެންމެފަހުން 2016 ގެ މުބާރާތުގައި ވެސް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދި އެވެ. އެފަހަރުގެ މުބާރާތަށް ރާއްޖެ ދިޔައީ ނިސްބަތުން ޒުވާން ސްކޮޑަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުލާއި
29 September 2022
މިރޭ މެޗުން ރަނގަޅު ބޫޓާން އަތުން މޮޅުވެވުނަސް ،
ބެލެނިވެރިން
29 September 2022
2016 ގަ ޓީމްގަތިބީ ފެންވަރު ގެ ދެކޯޗުން ( ހާޑީ އަދި ނަޒީ ކޯޗް) އެއީ ތަފާތަކީ ވ. ސަލާން
ޙިނި
29 September 2022
ރާއްޖެ ސިސްޓަމް ތަފާތުވާނެ. ސްކޫލް ތަކުގަ އުޅިވަރު ނުކުޅުވާ ދިވެހިން ކުޅެން ނިކުންނާނީ ސީދާ ޓޯނަމަންޓުތަކައް.
އާބިދާ ބިންތި ކެނެރީ
29 September 2022
"އެންމެފަހުން 2016 ގެ މުބާރާތުގައި ވެސް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދި އެވެ. އެފަހަރުގެ މުބާރާތަށް ރާއްޖެ ދިޔައީ ނިސްބަތުން ޒުވާން ސްކޮޑަކާ އެކު އެވެ." 2016ގަ ނެރުނީ ޒުވާން ސްކޮޑެއް.. 2022ގަ ދެވަނަ މުބާރާތަށް އެކުދިން މިތިބީ މުސްކުޅިވެފަ. އިމްޕްރޫވް ވޭބާ އެބަ؟
ހެޑްލައިން
29 September 2022
ޑޮމެސްޓިކް ކާމިޔާބް މިފެނުނީ!
ކޮތަރޭ
29 September 2022
ރާއްޖެ އަށް ވާނީ ތިވަރު. ބަށި މެޗެއް ކުޅުނަސް މިހާރު މޮޅުވާނީ ލަންކާ. އޮށްވަޅު ކުޅުނަސް، ފައިގަތަޅާ ކުޅުނަސް މޮޅުވާނީ ހަމަ އެމީހުން. ދިވެހީން އުޅެނީ ސިޓިންގރޫމްގައި ތިބެ ގޯޕީ ބަހޫ ބަލައިގެން ދިރިއުޅުން ދުންތަނަނަނަނަނަ ކުރަން
ތުނޑުހަސަނު
29 September 2022
ފުރަތަމަ މެޗު ބަލާފައި އެނގިއްޖެ އެމެޗަކީ ރާއްޖޭގެ ފައިނަލް މެޗުކަން. އެމެޗުން މޮޅުވެގެން އުފާފާޅުކުރީ ވޯލްކަޕް ހޯދި ޓީމުތައް ވެސް އުފާފާޅުނުކުރާ ވަރަށް. އެހިސާބުން ދުވެހިޓީމަށް މުބާރާތް ނިމިއްޖެ، ޓާގެޓު ޙާޞިލުވިކަހަލަ. ރޭގަ މެޗު ފެށިއިރު ވެސް ކުޅުންތެރިންތިބީ ވަރުބަލިވެފައި. ކޮންޓެއިނަރުން ލޮރީތަކަށް މުދާ ހުސްކޮށްފައި ވަރުބަލި ނުފިލާތިބިކަހަލަ ގޮތަކަށް ފެނުނީ. ސީރިއަސްކަމެއް ނުފެންނާނެތާ އެހާ ވަރުބަލި ވީމަ. ވަރަށް ފޫހިވެއްޖެ.
ރަދީފު،
29 September 2022
ރާއްޖޭގެ ޓީމުން ރަގަޅު ކުޅުމެއް ދެއްކި.ކުރީކޮޅުގަ ޓީމަށް ގެންނަންޖެހޭ ބަދަލުތަކެއް ނުގެނެވި ލަސްވީމާ ލަންކާ އަށް ލީޑެއްނެގިމޮޅުވީ.ލަންކާޓީމަކީ ވަޒީފާއެއްގެ ގޮތުގައި ހަމައެކަނި ކުޅޭ ޓީމެއް. ޕްރެކްޓިސް ކުރުމާއި ފިޓުވުމަށް މަސައްކަތް ކުރުމަކީ އެމީހުންގެ ވަޒީފާ.ރާއްޖޭގެޓީމު އޮފީހަށް ދަމުން، ޢާއިލާއާދަރިން ބަލަމުން ދޭތެރެދޭތެރެއިން ވިހަމުން ގޮސް، މުބާރާތް ފަށަން ދެ މަހަށްވީމަ ޕްރެކްޓިސްކުރަންފެށިޔަސް ބުންވަރެއް ޖޯރެއްނުލިބޭނެ. ޓީމުގެހިއްވަރަށް ސާބަސް
ކެން
29 September 2022
ތިވާހަކަ އަހަރުމެން ގަބޫލުކުރަންވީ؟؟؟ އެއީ ލަންކާ. މިރާއްޖެއާ އެންމެ ކައިރީގަ އޮންނަ ކަރަ. ކޮންއެއްޗެއް އޮޅުވާލަންތަ ތިއުޅެނީ؟؟؟ އާ، ދިވެހި އަންނެނުންނަށް އެކަނިވިއްޔާ ދަރިން ލިބެނީ.. ރަދީފު ކަލޭ ހަމަތަ؟
ސްޕުން
29 September 2022
އާ އެހެންޏާ ފަހެ އެންމެ މެޗަކް މޮޅުވެގެން ހީވީ ފީބާ ބާސްކެޓް ވޯލްޑް ކަޕް ލިބުނުހެން ، އެއުޅޭ މަކްލޫފްވެސް ހިވާނީ އެހެންކަމަންހެން ރަން މެޑަލް އޭ ރަންމެޑަލްއޭ ކިޔާ ވަރުން ދެން ކީކޭ ބުނާނީ ދޯ މިމީހުންގެ ކަންކަން ހުރި ގޮތް
އަބްޑޫޅް
29 September 2022
ކޫލް. ސިންގަޅައިންނަކީ ރަނގަޅު ބައެއް. އެއުޅޭ ހިންދީން ކަހަލަ ބޮޑާ، ތަކައްބުރު ބައެއް ނޫން. ސިންގަޅައިންނަކީ އަހުރެމެންގެ ދެބެންގެދަރި ކުދިން.