ކޫއްޑޫގައި މަސްކިރުވަން ކިޔޫގައި ޖެހިފައި ތިބި ދޯނިތަކެއް-- ފޮޓޯ: ފަރެސްމާތޮޑާ މަސްވެރިން
29 ސެޕްޓެމްބަރ 2022 - 13:02
ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ބިދޭސީއަކު މިއަދު ވެއްޓި ހާލު ސީރިއަސްވެއްޖެ އެވެ.
މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ހެނދުނު އެ ހާދިސާ ހިނގުމުން ފަރުވާ ދިނުމަށް ވަގުތުން އެ އަތޮޅު ވިލިނގިއްޔަށް ގެންދިޔަ ކަމަށެވެ.
ވިލިނގިލީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިގެން އުމުރުން 41 އަހަރުގެ ބިދޭސީއަކަށް 8:30 އިން ފެށިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަނިޔާވި މީހާ ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސައްކަތުގައި އުޅެނިކޮށް މީގެ ކުރިން ވެސް އެތައް ބިދޭސީންނަކަށް ބޮޑެތި އަނިޔާތައް ވެފައި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަމަނަަ
29 September 2022
ވަރަށް ފަރުވާކުޑަކޮށް ރާއްޖޭގައި ހިނގާކަންކަން މިހުންނަނީ. މަަސައްކަތުގެ މާހައުލުގައި ހުންނަންޖެހޭ ސަލާމަތީ އެއްވެސް މިންގަނޑެއް ހުރޭބާއޭ ހިތައްއަރާ. ހުރިއްޔާ އެއްވެސް ވަރަކަށް އަމަލުނުކުރޭ އަދި ފިޔަވަޅުވެސް ނާޅާ. އިންސާނިއްޔަތުކަމެއް ނުހުންނާތީ މިކަހަލަ މީހާގެ ހައްޓަށް/ފުރާނައަށް ނުރައްކާ ހުށަހެޅޭ ކަންކަން ނިކަމެތި މަޖޫރީމީހާ ލައްވައި ކުރުވަނީ.
ޓިނުއަދުރޭ
29 September 2022
ކޫއްޑުގަ ހުރޭތަ ވެންޓިލޭޓަރ، އެތަނުގެ ފުރާޅު ޓިނު ބަދަލުކުރަން އުޅެނިކޮށް ވެންޓިލޭޓަރަށް ވެއްޓުނީމަ އަހާލީ
މިސްޓަރ ޓިނޭ
30 September 2022
ކުޑައިރު މައިންބަފައިން ގެ ސަބަބުން ވާ ކަންތައްތައް މި ފެންނަނީ ، ޯޯ ކުދިން މައްޗަށް އެއްލާފައި ނުހިފިގެން ވެއްޓި ބޯ ޖެހުނީމަ ވަނީ މިހެން ، ކޮމެންޓު ކުރާއިރު ނޭގޭ ކީކޭ ކަމެެެއްމިކިޔެނީ
ޅޮސްމުޅޮސް
29 September 2022
އައިސީޔޫ ޓިނުތަ ބަދަލުކުރީ
ގުދުގުދާބެއްޔާ
29 September 2022
މަހީކުރީ އަދުރޭ ވެއްޓުނީއޭ ޚަބަރުގައޮ އޮތް ކަމަށް!
ކަތްދައްތަ
29 September 2022
ސުރުޚީގެ ފުރަތަމަ ކަލިމަ ކިޔާލާފަ އަދުރޭ ބާއޭ ހިތައް އެރިތަނުން ދެން އޮތްކަލިމަ މިކިޔާލެވުނީ. އަވަސް ޝިފާއަކަށް އެދެން.
ނުރަބޯ
29 September 2022
ކަލިމައޭ……؟