ހާރިސް: އޭނާ މަރާލި މައްސަލާގެ ހުކުމް އިއްވުން ވަނީ ފަސްކޮށްފައި
04 އޮކްޓޯބަރ 2022 - 14:53
ހުޅުމާލޭ ހާފްވޭ ހައުސް ކައިރީ، ހާރިސް އަބްދުލްއަފޫރުގެ މަރާލި މައްސަލާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.
ސެޕްޓެމްބަރު، 2017 ގައި ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. ފަސް އަހަރަށް ވުރެ ދިގު ދެމިގެންދިޔަ އެ ޝަރީއަތަށް ފަހު އެ މައްސަލާގެ ހުކުމް މިއަދު މެންދުރު އިއްވަން ކުރިން އޮތީ ހަމަޖައްސައިފަ އެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި ހުކުމް އިއްވުން ފަސްކުރީ އެ މައްސަލަ އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާތީ އެވެ.
އެ މައްސަލާގައި ދައުލަތުގެ ބައެއް މުހިންމު ހެކިވެރިންތަކެއް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކޯޓަށް ހާޒިރެއް ނުކުރެވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހާރިސް މަރާލީ ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ކުށް ސާބިތުވެއްޖެނަމަ، އަދި ވާރިސުން ބޭނުންވާ މަރުގެ އަދަބު ކަނޑައެޅޭނެ އެވެ. އެހެން ނޫންނަމަ، އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ދަރިން
05 October 2022
ދިވެހިންނަށް ދިވެހި ބިމުގައި އޮތް އެންމެ "އަނިޔާވެރި" އެއްޗަކީ ތިޔަ ބުނާ "ދިވެހި ޤާނޫނު"! މީ ވަރަށް ވާހަކަ!!!!!!!!
އޮނަރަބްލް އަފީފު ދީދީ
04 October 2022
އުއްމީދަކީ ހާރިސްގެ ޤާތިލުގެ އަތުން ފައިސާކޮޅެއް ލިބިދާނެ ކަމުގެ އުއްމީދަށްޓަކާ (މަރުގެ ދިޔަ) ނުވަތަ އޭނާގެ ގޭންގްގެ ފަރާތުން އިންޒާރުދޭތީވެ މާތް ﷲ ގެ މަގަށް އާއިލާއިން ފުރަގަސް ނުދެއްވާނެ ކަމަށް. # ރާއްޖޭގައި މިކަން ހައްދުން ނެއްޓިފައިވާތީ އިސްލާމީ ޝަރީއަތުގައި މަރަށް މަރުހިފުމަށް އަލް ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތުގައި އޮތް قِصَاص ހިފުމަށް (މަރުގެ ޙުކުމަށް) އާއިލާއިން ބާރު އެޅުމަކީ މުޖުތަމައުގެ ރައްކަލަށްޓަކާ ކޮންމެހެންވެސް ކުރާންޖެހޭ ކަމެއް.
ސައްޙާފް
06 October 2022
މާތްﷲ ވާރިސުންނަށް ފުރިހަމަ އިޚްތިޔާރު ދެއްވި ކަމަކަށް، ނުފޫޒުފޯރުވާ، އެއިޚްތިޔާރުގެ ބޭނުން ކުރުމަކީ ފައިސާއަށް ހެއްލި ﷲ ގެ މަގަށް ފުރަގަސްދިނުންކަމަށް ނިންމަން ކާލޭތީ ކާކުތަ؟؟؟ ތިކަހަލަ ރޯނު އެދުރުން ގިނަވެގެން މިޤައުމު ހަލާކުވެދަނީ.
އަދުލު އިންސާފު
04 October 2022
ކޯޓު ތަކަކީ މިރާއްޖޭގެ ރައްޔިތުންނަށް އެންމެ އަނިޔާވެރިވާ ތަން ހާއްސަކޮށް ކްރިމިނަލް ކޯޓް ކޮން އިތުރު ދިރާސާއެއް ކުރަން އޮންނާނީ