ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމާ އޭރު އެކަމުގައި އިސްކޮށް އުޅުނު ބައެއް ލީޑަރުން ދެކޮޅު ހެއްދެވި ކަމަށް -- ފޮޓޯ: ޕީޕީއެމް
07 އޮކްޓޯބަރ 2022 - 15:01
އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގުން އަތުލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބޭނުން ނުވި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވީއައިއޭ ފަދަ ދައުލަތުގެ ހަރުމުދާ ވިއްކަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ހަރުމުދާ ނުވިއްކޭ ގޮތަށް ދައުލަތުގެ މާއްލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފާސްކުރިއިރު، ގިނަ ސިޔާސީ ލީޑަރުން ވެސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އެއްބަސްވި ކަމަށެވެ.
އެކަމަކު، ނަަޝީދުގެ ސަރުކާރުން އެ އިސްލާހު ތަސްދީގު ނުކޮށް، ޖީއެމްއާރަށް އެއާޕޯޓް ދިން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ހަރުމުދާ ވިއްކުން މަޖިލީހުގެ ރުހުމެއް ނެތި ނުކުރެވޭނެ ކަމަށް، އޭރު އެއްބަސްވި ލީޑަރުން ތެރޭގައި ތަސްމީނު، ގާސިމް، ހަސަން ސައީދު، ޑރ. ޖަމީލް މި ހުރިހާ ބޭފުޅުން ހިމެނޭ. އެކަމާ ގުޅިގެން އެންމެ ފުރަތަމަ އަޅުގަނޑު ހައްޔަރުކުރީ ވެސް، ދައުލަތް ވައްޓާލަން އުޅޭ ކަމަށް ބުނެ އަޅުގަނޑުގެ ބަޔާނެއް ނަގަން،" ޔާމީން ވިދާޅުވި އެވެ.
Progressive Congress Coalition ge #MavesPPM Jalsaa #RY2023 pic.twitter.com/unYtZ3IJNz
— Progressive Party of Maldives (@ProgressPartyMV) October 6, 2022
"...ޖީއެމްއާރު އެގްރީމެންޓް ނުވަތަ ހަރުމުދާ ވިއްކާލަން ގާނޫނަށް އިސްލާހު ގެނައިއިރު އަޅުގަނޑުމެން އެންމެން ތިބީ އެއް އޮޑިއެއްގައި. ގާސިމް ވެސް އަޅުގަނޑު ވެސް ހަސަން ސައީދު ވެސް ތަސްމީނު ވެސް. އެކަމަކު ރައީސް ވަހީދު އަޅުގަނޑުމެންގެ މަޝްވަރާ އަށް އެއްކުރެއްވިއިރު ހިޔާލު މުޅިން ތަފާތުވެއްޖެ."
ގާސިމް ހަމަ ކަނޑައެޅިގެން ވިދާޅުވި ގައުމު ހިންގަން ހުންނަ މީހަކަށޭ އެންމެ ރަނގަޅަށް އެނގޭނީ މި ކަންތައްތައް ވާނެގޮތް އަދި ތީގައި ބޭރު ގައުމަކާ އެކު އޮންނަ ގުޅުމަށް ވާނެ ގޮތަކާ އެއްޗެހި. އެހެންވީމަ ތިމަންނަ ރައީސް ނިންމަވާ ގޮތަކަށް ނިންމަވާނަމޭ. -- ޔާމީން
މިހާރުގެ އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވި ގޮތުގައި، ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ބާތިލުކުރަން އޭރުގެ ސިޔާސީ ލީޑަރުން ދެކޮޅު ހެދީ ނަޝީދުގެ ވެރިކަން ނިމުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ އެއްބަސްވުން ބާތިލުކުރުމާ ގުޅޭ ގޮތުން ވަހީދުގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާކުރަން ސަރުކާރުން ބޭއްވި ބައްދަލުވުމެއްގައި އެ ބޭފުޅުން އެކަމާ ދެކޮޅު ހެއްދެވި ކަމަށް ޔާމީން ވިދާޅުވި އެވެ.
"ގާސިމް ހަމަ ކަނޑައެޅިގެން ވިދާޅުވި ގައުމު ހިންގަން ހުންނަ މީހަކަށޭ އެންމެ ރަނގަޅަށް އެނގޭނީ މި ކަންތައްތައް ވާނެ ގޮތް އަދި ތީގައި ބޭރު ގައުމަކާ އެކު އޮންނަ ގުޅުމަށް ވާނެ ގޮތަކާ އެއްޗެހި. އެހެންވީމާ ތިމަންނަ ރައީސް ނިންމަވާ ގޮތަކަށް ނިންމަވާނަމޭ،" ޔާމީން ވިދާޅުވި އެވެ.
Progressive Congress Coalition ge #MavesPPM Jalsaa #RY2023 pic.twitter.com/RxXesD62vU
— Progressive Party of Maldives (@ProgressPartyMV) October 6, 2022
"ތަސްމީނު ވިދާޅުވި ވާހަކަފުޅަކީ ރާއްޖެ އަބަދު ވެސް ތަރައްގީ ކުރެވޭނީ ބޭރުގެ އިންވެސްޓަރުން ގެނެސްގެންނޭ، ތިވަރުގެ އިންވެސްޓްމަންޓެއް ހުއްޓާލައިފި ކަމަށް ވަންޏާއި ދެން މި ތަނަށް އިންވެސްޓްމެންޓެއް ނާންނާނެއޭ. އެހެންވީމާ ތިމަންނަ ތާއީދު ކުރަނީ ޖީއެމްއާރާ އެކު ކުރިއަށް ދާށޭ. ދިވެހި ސަރުކާރުގެ ފަރާތުން މިކަން ވިސްނަދޭން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް."
މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ވެސް ބައެއް ޖަލްސާތަކުގައި ޖީއެމްއާރު އެއްބަސްވުމާ ދެކޮޅު ހެއްދެވި ކަމަށް ވިދާޅުވާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
އަޅުގަނޑުމެން ނެތް ތަންތާނގައި މި ބޭފުޅުންނަށް ކޮންމެ ވަހަކާއެއް ވެސް ދެއްކިދާނެ. އެކަމަކު މިއީ ކަންތައްތައް ހިނގާދިޔަ ގޮތް. ހުރިހާ ބޭފުޅުން އޭރު ތިއްބެވީ ޖީއެމްއާރާ އެކީ ކުރިއަށް ވަޑައިގަންނަވަން. މިއަދު ވެސް މި ތިބީ ހަމަ އެހެނުންތޯ؟ މިއަދު ވެސް މި މީހުން މި ތިބީ އިންޑިއާ އެކު ކުރިއަށް ދާން. -- ޔާމީން
"އަަޅުގަނޑުމެން ހުރިހާ މަސައްކަތެއް ނިމި ޖަލްސާ ރޫޅާލައި، ޖީއެމްއާރާ އެކު އެގްރީމެންޓް ކޮށްގެން ތިބެން ބޭނުން ނޫން ކަމަށް ދަންނަވާފައި އަޅުގަނޑު ދެންނެވިން މި ހިސާބުން ބޭނުންވަނީ ޖަލްސާ ދޫކޮށްފައި ދާށޭ. އެ ހިސާބުން އިމްރާން ވަޑައިގެން ޖަލްސާއާ ގުޅިވަޑައިގަތީ ވެސް. އޭރު ޖަލްސާ ހިނގާތާ ވިއްސަކަށް ފަންސަވީހަށް މިނެޓް ވެއްޖެ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނެތް ތަންތާނގައި މި ބޭފުޅުންނަށް ކޮންމެ ވަހަކާއެއް ވެސް ދެއްކިދާނެ. އެކަމަކު މިއީ ކަންތައްތައް ހިނގައިދިޔަ ގޮތް. ހުރިހާ ބޭފުޅުން އޭރު ތިއްބެވީ ޖީއެމްއާރާ އެކީ ކުރިއަށް ވަޑައިގަންނަވަން. މިއަދު ވެސް މި ތިބީ ހަމަ އެހެނުންތޯ؟ މިއަދު ވެސް މި މީހުން މި ތިބީ އިންޑިއާ އެކު ކުރިއަށް ދާން."
Progressive Congress Coalition ge #MavesPPM Jalsaa #RY2023 pic.twitter.com/UXiW1j3R3n
— Progressive Party of Maldives (@ProgressPartyMV) October 6, 2022
ރޭގެ ޖަގަހަ ޖަލްސާގައި ޔާމީން އެ ވާހަކަތައް ހިއްސާކުރެއްވީ އެ މަނިކުފާނުގެ ވެރިކަމުގައި ތަރައްގީ ކުރެއްވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާ އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ ކަންކަމާ ގުޅޭގޮތުން މި ސަރުކާރުން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެވެ. އެ ވާހަކަ ފައްޓަވަމުން ވިދާޅުވީ "ކަމެއް ކޮށްދިނުމަށް ފަހު މެޑަލް ޖައްސަވަން ބޭނުންމެއް ނުވޭ،" ކަމަށެވެ.
ދިވެހި ސަރުކާރުން 452 މިލިއަން ޑޮލަރު ހަރަދުކުރި އާ ރަންވޭ ބޭނުންކުރަން ފެށީ އިއްޔެ އެވެ.
ޔާމީންގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް މަޝްރޫއަކީ ވެލާނާ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ. އެ ޕްރޮޖެކްޓްގެ އެއްބައި ކަމަށްވާ އާ ރަންވޭގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ބީޔޫސީޖީންނެވެ. އެ ސަރުކާރުގައި 2015 އަހަރު ހަވާލުކުރި އެ މަސައްކަތް ޔާމީންގެ ފަސް އަހަރުގެ ދައުރުގެ ފަހުކޮޅު ނިންމައި އެ މަނިކުފާނު އެ ތަން ރަސްމީކޮށް ހުޅުއްވައި ދެއްވި ވެސް މެ އެވެ.
އެކަމަކު، އެ ރަންވޭއާ ކައިރީގައި ހުރި ބައެއް އިމާރާތްތައް ނެގުމަށް ވަގުތު ދިއުމުން ރަސްމީކޮށް ބޭނުންކުރަން ފެށުން ދިގުލައިގެން ދިޔައީ އެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ވެސް އެ މަޝްރޫއަށް ހުރަސް އެޅި ކަމަށް މި ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންޓިރީނދޫ
09 October 2022
ޖީއެމްއާރަށް އެއަރޕޯޓް ދިނުން އެއީ ޚިޔާނަތަށް ނުވާނެ ހަމައެކަނި ގޮތަކީ ގަހެއްބުޑެއް ނުދަންނަ ގަމާރުންނަށް ވުން. ނަޝީދަށް ބާރުލިބިގެން ހެދިހައި ޑީލަކުން ދުވަނީ ގައުމިއްޔަތެއް ޢަހްދެއް ނެތް ޚިޔާނާތުގެ ކުނިވަސް. ޔާމީނު ކުރިހާކަމެއް ރަނގަޅެކޭ ނުން. އެކަމަކު އެއަރޕޯޓަށް ބޮޑުއަގު ދީފައިވެސް އެއޮތީ ޒަމާނީފެންވަރުގަ ހަދާދީ ބޮޑުކޮށްފައި. ހަމައެކަނި މިޑީލުންވެސް ނަޝީދާ ޔާމީނު ނުވަތަ ރީނދުލާ ފިޔާތޮށީގެ ތަފާތު މީ! ނުއަގުގާ ގައުމު ވިއްކުމާ ބީނާކުރުނުގެ...!
ޣުއި ފާތުމަ
08 October 2022
ޢެއަރޕޯތް ގެ ކިންގު ސުލްތާނު ތިކަމަށް އެއްބަސް ވި ބާ
ގޯތިސަލާ
08 October 2022
ގާސިމާ އިމްރާނާ އެއްބަސްވެގެންތަ ފަޅުރަށްތަށް ވިއްކާފަ ލިބުނު ހުރިހާ ފައިސާތައް ތިބޭފުޅާގެ އެކައުންޓަށް ޖަމާކުރީ ހާދަހާ ލަދުހަޔާތް ކުޑަ މީހެކޭމީދޯ
ސެބަނަސް
08 October 2022
ތިބޭފުޅާ ކުރިކޮންމެކަމެއްވެސް ކުރީ ފައިސާގަނޑެއް ހޯދާނެ ގޮތެއް ކަޓެއް ނެގޭނެ ގޮތެއް މަގުފަހިކުރުމަށް ޗައިނާއިން ނެގިލޯނުތަކުގެ ފައިސާއިންވެސް މަނިކުފާނު ކަޓުނެގިކަން އެނގޭމީހުން އެބަތިބި އެވަރުން ނުފުދިގެން ފަޅުރަށްތަށް ވިއްކާފަލިބުނު ފައިސާތައްވެސް އަމިއްލައެކައުންޓަށް އެޅީ އެއީ ހަމަ ގައުމުދެކެ ލޯބިވާލެއް ބޮޑުކަމުން
މަކުނު
08 October 2022
ބޮޑުކައްކާ ކައްކަމުން ދާއިރު ކައްކާ ހުރިހާ އެއްޗަކުން ކަމުން ކަމުން ދާނެ، ތަފާތަކީ އޭނަ ކައްކާ އެއްޗެތީގެ ބޮޑުބައެއް ނުކައި ފެންނަން ހުންނާނެ، ޔާމިންގެ މިސާލެއްމީ، 30 އަހަރުން މައުމޫނައް ނުވެވުނުވަރު 5 އަހަރުން ޔާމިން ކޮއްފަ އެހުރީ، މިހާރު މިތިބަ މީހުން ޖެހުނު އެއްޗެއް ކަމުން ދިރުވަމުން އެދަނީ، އިންސާފު ހޯދަދޭނަމޭ ކިޔާފަ މީނާގެ ކޮއްކޯފުޅައް ގިރިއަކަށް އެރުނު ހިސާބުން އެނގިއްޖެ އިންސާފުވެރިކަން
އަނެއްކާ
08 October 2022
ބަލަ ޔާމީނޫ ކަލޭގެ ކަންތަށް ހާދަބޯޑުވެއްޖޭދޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާގެ ކަލޭމީހަކަށް ހަދައިދިން ކަލޭގެ އަމިއްލަ ބޭބެ ޖަލުގައި ބާއްވާ ތަޅުވާލިދުވަސްތަށް ހަދާންނެތުނީހެއްޔެވެ.ދިޔަފަދަ ދޮގުތަށްތިޔަހަދަނީ ތިޔަހަދާ ދޮގުތަށް މާތްﷲ ދެނެވޮޑިގެންވާކަން ހިތަކަށް ނާރާހެއްޔެވެ. ބަލަކަލޭ މާތްﷲގަންދީހުވާކޮށް ވެރިކަމާއި ހަވާލުވެ ރައިޔަތުންގެ ފައިސާއަށް ހެދިގޮތްވެސް އެފަރާތް ދެނެވޮޑިގެންވާނެ ކަން ދަންނާތިއިނގޭ. ހާދަ ދަހިވެތިކަމެއް ވެރިކަމައިގެން ހުރޭދޯ؟
އެމްސް
08 October 2022
ޔާމީންގެ މިސާލަކީ އިބޫގެވެސް މިސާލު! އިބޫއަށް ވެރިކަމަށް އާދެވުނީ ނަޝީދު އެގޮތަށް އެންޑޯޒް ކޮށްގެން! އެކަމަކު މިއަދު ހުރިހާ ބާރެއް އޮތީ ބުރޯ އަތްމަތީ!
ކުރަންވީއޭ
08 October 2022
އެމްޑީޕީގެ ވެރިކަމަކީ އެއީ ދިވެހިރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލައިގެން އެމެން ރާއްޖޭގައި ވެރިކަން ކުރަން އުޅޭ ޕާރޓީ އެކޭ އެފަދަ ޕާރޓީ އަކަށް ކިޔާނީ ބައިނަލް އަގްވާމީމިންގަބޑުން ގައުމަށް ގައްދާރުވެފައިވާ ގައްދާރުންގެ ޕާރޓީއޭ އަވަހަށް އެމެން ވއރިކަމުން ބޭރުކުރަން ރައްޔިތުން ނިކުންނަންވީއޭ ލަސްނުކޮށް މިކަން ކުރަންވީއޭ
އެމްސް
08 October 2022
ރަޢިއްޔަތުންނަކީ މިޤައުމުގަ ދިރިއުޅޭ ބޮންދުން ތޯ؟ ހަމަގައިމުވެސް އެޕާޓީއެއްގަ ދިވެހިރަޢިއްޔަތުން އެންމެ ގިނައީ އެމްޑީޕީގަ!
މަހޭބެ
08 October 2022
ޔާމީން ހަމައެކަނި އެ ޖަލްސާގައި ޖީއެމްއާރާ ދެކޮޅަށް ވާހަކަދެއްކި އެނޫން އެއްވެސް ކަމެއް ނުކުރޭ... ހުރިހާ ކަމެއްކުރީ 3000 ހަމަނުވާ ކުޑަ ޤައުމީ ޕާޓީން ޑރ ޙަސަން ސަޢީދު... ޔާމީނަކަށް މިކަން ދޮގުކުރާކަން ނުކެރޭނެ... އެންމެ ދެރަވެގެން އޭރުގެ އެޓާނީ ޖެނެރަލް (ޔާމީން ޕާޓީގެ ބޭފުޅެއް) މަސައްކަތް ކުރެއްވީ ޖީއެމްއާރާ އެއްކޮޅަށް އަދި ރައީސަށް ލަފާއެރުވީވެސް ޖީއެމްއާރާ އެއްކޮޅަށް
އެމްސް
08 October 2022
އެއްވެސް ސަރުކާރަކުން އިސްކަމެއްނުދޭ ކަމަކީ، މީހުން ބިނާކުރުމާއި، ވަޒީފާތަކަށް ދިވެހިން އިސްކުރުން! ކޮންކްރީޓްކުރަން ހުރިހާ ސަރުކާރަކުންވެސް ވަރަށް ފޯރިހުރޭ!
ޥަސް
08 October 2022
ބަޔަކަށް ވާނުވާ ނޭގުނަސް މި ފަހުގެ ތާރީޚުގައި މި ޤައުމަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޖީއެމްއާރު ބޭރުކުރަން ނިންމި ނިންމުމުން.
މައިސަރާ
08 October 2022
އޮޅުންފިލުވައިދީ ބަލަ އެވާގޮތް. ނުކުރެވޭނެ! ކުރާކަށް ނުވެސް އެނގޭނެ! ޔާނުވަރެއް ހަމަ ނުލިބޭނެ!
ޓިނު
07 October 2022
ވެރިކަން ގެއްލުނީމަ މިހާރުތިކޮވަނީ ކޮސް