ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކު ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
09 އޮކްޓޯބަރ 2022 - 15:32
ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެހެން ބައެއް ހޮސްޕިޓަލްތަކުގައި ވެސް ގިނަ ވާނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެހީގައި ތަމްރީނުވި ޑޮކްޓަރުން ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ރޭ ވިދާޅުވެއްޖެ އެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން ކުރިއަށް ގެންދާ "ޑިސްކަވަ ހޮސްޕިޓާލިޓީ" ގެ އެންމެ ފަހުގެ ޕްރޮގުރާމްގެ ބައިވެރިންނަށް އިންޓާންޝިޕް ދީ، ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޔުނިވާސަލް އުފެދުނީއްސުރެ ފެށިގެން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އެންމެ ބޮޑު އިސްކަމެއް ދިނީ މެޑިކަލް މީހުން ތަމްރީނު ކުރުމަށް ކަމަށެވެ.
"އައިޖީއެމް ހޮސްޕިޓަލްގައި ވެސް އެހެން ހޮސްޕިޓަލްތަކުގައި ވެސް ތިއްބަވާ ވަރަށް ގިނަ ޑޮކްޓަރުންނަކީ އަޅުގަނޑުމެން އެހީވެފައި ތިބި ޑޮކްޓަރުން. އެކި ރަށްރަށުގައި، މެލޭޝިއާ، ސްރީ ލަންކާ މިހެން ގޮސް އިންޑިއާ. ދެން އެ ވާހަކަ ދައްކާނެ ކަމެއް ނެތް. ބައެއް ކުދިން ދިޔަ ޔޫކޭ އަށް ވެސް ޔޫއެސް އަށް ވެސް،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ވިދާޅުވި އެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދާ "ޑިސްކަވަ ހޮސްޕިޓާލިޓީ" ގެ އެންމެ ފަހުގެ ޕްރޮގްމާގެ އިންޓާންޝިލް ހަވާލުކުރުމަށް ރޭ ބޭއްވި ހަފުލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި ޔުނިވާސަލްގެ ޗެއާމަން އެމްޔޫ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވިގޮތުގައި އައިޖީއެމްއެޗުގައި މީގެ 44 އަހަރު ކުރިން އުފެއްދި ޔުނިވާސަލުގެ އެހީގައި ތަމްރީނުކުރި ސްޕެޝަލިސްޓް ޑޮކްޓަރުން ވަރަށް ގިނަ ވާނެ އެވެ.
"... އެ ނޫން އެހެން ފީލްޑްތަކުން ވެސް އަޅުގަނޑުމެން މި ދަނީ [ރާއްޖެ އިން ބޭރަށް] ކުދިން ފޮނުވަމުން،" އެމްޔޫ މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެންމެ ކުރިން ޑޮކްޓަރުން ތަމްރީނުކުރީ ސީދާ ޔުނިވާސަލް އެންޓަޕްރިސަސް އިން ކަމަށް ވިޔަސް ޔުނިވާސަލް ފައުންޑޭޝަން އުފެދުމާއެކު ކިޔަވަން ފޮނުވަނީ ސްޓްރީމްލައިން ކޮށްގެން ކަމަށެވެ.
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން އިހަށް ދުވަހު ބޭއްވި "ޑިސްކަވަ ހޮސްޕިޓާލިޓީ" ޕްރޮގްރާމަކީ އޭގެ ބިންގާ ކަމަށް އެމްޔޫ މަނިކު ވިދާޅުވި އެވެ.
އައިޖީއެމް ހޮސްޕިޓަލްގައި ވެސް އެހެން ހޮސްޕިޓަލްތަކުގައި ވެސް ތިއްބަވާ ވަރަށް ގިނަ ޑޮކްޓަރުންނަކީ އަޅުގަނޑުމެން އެހީވެފައި ތިބި ޑޮކްޓަރުން."--- އެމްޔޫ މަނިކު
އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށާއި މަގުސަދަކީ ހޮސްޕިޓަލިޓީގެ ދާއިރާ އަށް ދިވެހިން ވެއްދުން ކަމަށް އޭނާ ވިދާޅުވ އެވެ.
"މި ކޯސް ނިމޭއިރަށް ކުދިންނަށް ލިބޭނެ ކޮންމެވެސް ވަރެއްގެ އެކްސްޕޯޝާއެއް އަޅުގަނޑަށް ހީވަނީ ޓޫރިޒަމާ ބެހޭ ގޮތުން. އެ މީހެއްގެ އަތްމަތީގައި އޮތީ ދެން ކުރިއަށް ދިއުން،"
ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމު ފެށީ 2017 ވަނަ އަހަރު އެވެ. ހޮސްޕިޓާލިޓީ ދާއިރާގެ ސެޓްފިކެޓު 3ގެ އެ ޕްރޮގްރާމް ފެށީ 15 ބައިވެރިންނާ އެކު އެވެ. ނަމަވެސް 2018 އެ އެ ޕްރޮގްރާމުގައި 23 އަދި 2019 ގައި 28 ދަރިވަރުން ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަބީޙް
10 October 2022
މިދޭތެރެއިން މާލޭގައި ފަރުވާއަކަށް ގޮސްހުރުމަށް ވަރަށް ބޮޑަށް ދަތިވެގެން އެތައްރިސޯޓެއްގެ އޯނަރާ ގާތްގުޅުމެއް އޮންނަ ފަރާތެއް މެދުވެރުކޮށް ބޮޑުބޭފުޅަކަށް ދެންނެވީމާ ވިދާޅުވިޔޯ މިވަގުތު ފައިސާގެ އެހީއެއް ދެވޭކަށްނެތޭ! އެކަމަކު އޭގެފަހުން ވަރަށް އާދައިގެ މަސައްކަތްކޮށްލައިގެން އުޅޭ މީހެއްގެ ގާތުގައި ހާލު ބަޔާންކޮށްލުމުން 2000ރ ދެއްވި. މީ މަހުޖަނުންގެ ހާލު ހުރިގޮތަކީ!
އެމްސް
10 October 2022
ދެންވެސް ދާއިރާއަށް މެމްބަރަކު ހޮވާއިރު، ކޮންމެ ހިސާބެއްގަވެސް ކަމުދާ ޑޮކްޓަރުން ބައިތިއްބަން ޤާނޫނުން ލާޒިމް ކުރަން ބާރުއަޅާނެ މީހަކަށް ނޫނީ ވޯޓް ނުދޭތި!
ކުޗީ
10 October 2022
އަހަރެން ދަންނަ ޑޮކްޓަރެއް ސްޕެލައިޒް އަދި ސުޕަރ ސްޕެލައިޒް ވުމަށް ހިނގި ހުރިހާ ހަރަދެއްވެސް ދިނީ ޔުނިވަރސަލް ފައުންޑޭޝަން އިން. އެހީދޭ އެހެން މީހުންނާއި ވަރަށް ތަފާތުކޮށް އެއްވެސް ދެންކުންތެރިކަމެއް ނުގެންގުޅޭތީ ގިނަމީހުންނަކަށް މިކަމެއް ނޭނގޭ. ލާރި އެނބުރާ ދޭކަށްވެސް ނުޖެހޭ. އަހަންނަށްވެސް އިނގުނީ ވަރަށް ފަހުން. ޑޮކްޓަރެން ތަމްރީމް ކުރުން ކަހަލަ ހިޔުމޭނިޓީ އަށް ދޭއެހީ ތަކަކީ އެންމެ ރަނގަޅު ގޮތުގައި ދެވޭ އެހީ ...
އެފޫ
10 October 2022
ދައްކާ ވާހަކަ، މިޤައުމުގެ ރައްޔިތުންގެ ރިސޯސްތައް ފައިސާގެ ނުފޫޒުގަ އެތައް އަހަރަކަށް ދަމައިގަނެގެން ތިހޯދާ ފައިސާ އަކީ ކޮންފަދަ މުޑުދާރު އެއްޗެއް. މީހަކަށް އެއްޗެއް ނުދެއެކޭނޫން. އަދިމިހާރުވެސް އެއަރޕޯރޓް ކޮމްޕެނީވެސް އެއޮންނަނީ އެމީހުން ހިސޯރުކޮށްފަ. އެތައް ފަޅުރަށެއް ދަމަިގެންފަ. ތިމީހުން ސަރުކާރަށްވުރެ ގިނައިން ދިވެހިރައްޔަތުންނަށް ޚަރަދުކުރަންޖެހޭ.
އުނބުށޭމު
10 October 2022
ރާއްޖޭގާ ނިކަމެތިންނާ ފައިސާ ވެރިންނާ ދޭތެރޭ މިއޮށްބޮޑު ފަރަގު ނައްތާ ނުލެވި އިތުރަށ އެ ފަރަގު ބޮޑުވެގެން މި ދަނީ މި މީހުންގެ ނުފޫޒުންނެވެ. މިސާލު: ވެލާ (ނ. އަތޮޅު) ރިސޯޓުން ދޭ ސާވިސް ޗާޖު 2000 ޑޮލަރު. ދިވެހި މަހުޖަނުންގެ ކުންފުނިތަކުން ސާވިސް ޗާޖު 1000 ރުފިޔާ ނުޖެހޭ ފަހަރު ގިނައީ!
އެމްސް
10 October 2022
ރާއްޖެއަށްވުރެ ބިން މާގިނަ ޤައުމުތަކުގަވެސް ކަންކަމަށް ބިން ދޫކުރަނީ ގިނަވެގެން 35 އަހަރަށް، އެކަމަކު ރާއްޖޭގެ ރަށްތައް 100 އަހަރަށް، މާނައަކީ އަންނަން އޮތް ޖީލަށްވެސް ބެލުމެއް ނެތި ކަންކަން އެބަ ކޮށްލައޭ!
ރާއްޖެ
10 October 2022
ހަގީގަތުގައި ނިކަމެތިންނަށް އެހީތެރިވުމުގައި ގާސިމް ވަރެއް ނެތް.
އަހްމަދ
10 October 2022
ވިލާ ފައުންޑޭޝަނުގެ އެހީގައި އޮސްޓްރޭލިޔާއިން ކޯހެއްހެދި އަހަރެންގެ ދަރިފުޅު ކޯސް ނިންމާފައި އައިމާ އޭނާއަށް ދިޔަ ކަރަދު މަހަކު ވަކިވަރެއް ފައުންޑޭޝަން ގެ އެކައުންޓަށް ދައްކަންޖެހުނު. އެމީހުންކުރި ޚަރަދު އަނބުރާ އަތުލި. މީހަގީގަތް.
އަލިފުޅު3
10 October 2022
އަހްމަދ ގެ ކޮމެންޓަށް ބުނެލަން އޮތީ ވިލާ ފައުންޑޭޝަނުގެ ޙަރަދުގައި ދަރިފުޅު އޮސްޓްރޭލިއާ އަށް ކިޔަވަން ދިޔައިރު ހެދުނު އެއްބަސްވުން ދުށީމުހޭ؟ އޭގާ ދަރިފުޅު ސޮއި ކުރީ ލިޔެފަ އޮތް އެއްޗެއް ކިޔާފަހޭ؟ ނޫނީ ފައިސާ ދައްކަންޖެހޭ ކަން އިނގުނީ ކިޔަވާ ނިމިގެން ރާއްޖޭ އައުމުންހޭ؟ އަހަރުމެން އިންސާނުނަނަކީ ޝުކުރުވެރިވާންވެސް ނެނގޭ ބަޔަކީ ބާއެވެ؟ ހރި ހިތާމައެއްގެ ބޮޑު ކަމާއެވެ!
ލައުރާ
10 October 2022
ކަލަ ގޮވާލާ އެވަރަށް. ރައްޔިތުން މޯގޭޗުކޮއްފަ ރިސޯަތުހަދަން ބޭރުންނެގި ލޯނުތައް ރައްޔިތުންނަށް ޕޭބެކްކުރީ. ކުރަންވެސްޖެހޭނެ އެއަކީ ހެޔޮފުޅުކަމެއް ނޫން އޭނަގެ
އުދުހޭ
10 October 2022
ޚަރަދުން ބައެއް ދައްކާގޮތަށްވެސް ދިޔައީ އެހެންގޮތެއް ނެތުނީމަދޯ؟ ލޯނެއްގައި ދިޔަނަމަ ޚަރަދުގެ އިތުރުން އިންޓަރެސްޓުވެސް ދޭންޖެހުނީސް. އެވަރުންވެސް ޝުކުރުވެރި ނުވަންދޯ؟
އެމްސް
09 October 2022
މެޑިކަލް ދާއިރާ އިން ތަމްރީނުވާން ބޭރަށް ކުދިން ނުފޮނުވާތާ މިހާރު ކިތަންމެ އަހަރެއް!
ރަސީ
09 October 2022
އަދި މިއަޑު އެހީ މިކަހަލަ ކަންކަން ވެސް ކުރާ ބައެއްކަން. އަހަރެން ކުރިން ހީކުރަނީ ހަމައެކަނި ވިޔަފާރި ކުރަން އުފަންކުރައްވާފައި ތިބި ބައެއްކަމަށް ދެކިގެން އުޅޭ ބައެއް ކަމަށް. އެމީހުންގެ އެހީގައި ނިކުންނެވި ފާހަގަ ކުރެވޭ ޑޮކްޓަރުންގެ ނަން ހައިލައިޓް ކޮށްލެވުނުނަމަ މިދައްކާވާހަކައަށް ހާދަބޮޑު އިތުބާރެއް ލިބުނީސްއޭ
އެމްސް
10 October 2022
ރާއްޖޭގަ ތިބި ކަށީގެ ގިނަ ސްޕެޝަލިސްޓުން، ޑރ. ޝާން، ޑރ. ޝަކީލް ފަދަ އެތައް ބަޔަކު!
ކަޅު ކަލޯ
09 October 2022
ދިވެހިންނަށް ތައުލީމާއި ތަމްރީނު އަދި ބޭސްފަރުވާ އާއި އެހެނިހެން މާލީ އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދީފައިވަނީ ގާސިމް އިބްރާހިމް
ބޭންކު
10 October 2022
ވޯލްޑް ބޭންކުން ލޯނެއް ނެގީ އެކަން ކުރަން ޝަރުޠުކޮށްގެން. އެއީ އެހެންވެގެން ކުރަންޖެހުނު ކަމެއް.
ބަލި ޕޫލް
10 October 2022
ގަސިމް އައް ދަންނަވާބަލަ ހަމަ އެގޮތައް ގެންގުޅޭ މުއައްޒަފުންނަ އޯގާތެރިވެ ސާވިސްޗާޖު ކޮޅު ހަމަޔައް ދޭން
ހަނީލާ
09 October 2022
އެނގޭ، ފޯމްލީމަ އެމްޑީޕީ ބިގަރުން ނޫނީ ބޮޑުބޭފުޅުންގެ ދަރިންގެ ފޯމްތައް ހޮވަނީ، އެވެސް ހަމަ އެދުވަހު ފޯންކޯލަކުން، އެހެންކުދިން އެތަށް ދުވަހެއްކޮއްފަ ‘ތިފީލްޑަކަށް މިފަހަރު ނުދޭ’ ސޯ ކެވޭ ދުވަހު ކެވޭ މީހުން ކާނެ. ނިމޭއިރު ގައުމަށް ހިދުމަތް ވީމަ ނިމުނީ.