ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ.
11 ޖުލައި 2025 - 14:16
ސިއްހީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، އުމުރުން 57 އަހަރުގައި ޑރ. އިބްރާހީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގެންދިޔަ ތަނާ އެވެ.
އައްޑޫ ހުޅުދު އަށް އުފަން، ޑރ. އިބްރާހީމް ދިރިއުޅުއްވަނީ އާއިލާއާ އެކު ޔޫއޭއީގެ ދުބާއީގަ އެވެ. އިތުރު ފަރުވާއަށް އޭނާ ކޮޗިން އަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގަ އެވެ.
ޑރ. އިބްރާހިމްގެ ޖަނާޒާގެ ކަންކަން މިއަދުގެ އަސަރުގެ ނަމާދަށް ފަހު ކޮޗިންގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ސިއްހީ ދާއިރާއިން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ޑރ. އިބްރާހީމް ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިންނެވެ. ހާއްސަކޮށް ތެލެސީމިއާގެ ދާއިރާއިން ގިނަ ދިރާސާތަކެއް ހައްދަވާފައިވެ އެވެ.
ޑރ. އިބްރާހިމް ވަނީ މޯލްޑިވްސް ބްލަޑް ސާވިސް އުފެއްދެވުމުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ. އަދި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ކުރެއްވި އެވެ.
ޝީގެ ބައެއް މަގާމުތައް އަދާކުރެއްވުމުގެ އިތުރުން އައިޖީއެމްއެޗުގައި ވެސް އޭނާ މަސައްކަތްކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަކް
11 July 2025
އޭނަގެ ފުރާނަޔަށް ސުވަރުގެ ދެއްވުން އެދި ދުއާކުރަން. އެކަމަކު ކޮންމެވެސް ސަބަބަކާހުރެ ގައުމުދޫކޮށް ބޭރު ގައުމެއްގެ ޚިދުމަތުގައި އޭނަ ދެމިހުރިކަމީ ވިސްނާލަން ޖެހޭކަމެއް. ހަމަގައިމުވެސް އޭނަ ކިޔެވުން ފުރިހަމަކުރުމުގައި މިގައުމުގެ އެހީތެރިކަން އޭނަޔަށްވާނީ ލިބިފައި. ވަޒީފާގެ މާހައުލުގައި ކަންތައްތައްދާ ގޮތުން ގައުމުދޫކޮށް ދާންވެއްޖެނަމަ ދެން ގައުމުގައި ތިބޭނީ ކޮންބަޔަކުބާ؟
މުޖޫސް
11 July 2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އިބްރާހިމ
11 July 2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އޮނަރަބްލް އަފީފު ދީދީ
11 July 2025
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ހުޅުދޫ
11 July 2025
މުއްތު އަކީ އިންސާނުންގެ ތެރެއިން ޚުލްގު ހެޔޮ ހިތްތިރި މީހުނާގުޅޭ އިހްސާންތެރި ބެފުޅެއް. އެންމެނަށް ހެޔޮ ބަސްބުނާ ހެޔޮކޮށް ހިތާ އެހީތެރިވާ ބޭފުޅެއް. ތިމާގެ އަމިއްލަ މަސްލަހަތަށްވުރެން އެހެން މީހުންގެ މަސްލަހަތު ކުރިޔަށް ނެރެ ޖެހިލުމެއް ނެތި ޚިދުމަތް ކުރުމުގެ ލާމަސީލު މިސާލެއް. ސައިންސާއި ބަޔޯގެ ރިސާޗް ކުރުމާއި އަވަސް މިނެއްގައި ކަންކަން ދެނެގަތުމުގައި ވިސްނުން ތޫނު ބޭފުޅެއް. ދުނިޔޭގެ ފެންވަރުގައި އެބޭފުޅާގެ އަގުހުރި ޚިދުމަތް ވަނީ ދޫކުރައްވާފައި.
ކޮއްކޮ544
11 July 2025
އަގު ހުރި ދަރިއެއް ގެއްލުނީ...ކޮވިޑްގަ ދިވެހިންނައްް ވަރައް ކަންކަމުގަ ހިޔާލު ދެއްވި...އެޗްޕީއޭއިން ދިނީ ބީރު ކަންފަތެއް... ކޮންމެހެން އަމިއްލަ ގައުމުގަ މަސައްކައް ނުކުރިޔަސް...
މައްކުބޭ
11 July 2025
އަމިއްލަ ޤައުމުން ބާކީކޮށްލި ވާހަކައަކީ ވެސް ދައްކާލަންޖެހޭ ވާހަކައެއް. މިޤައުމަކީ ވެސް ޔަހޫދީން ފާޑިގެ ބައިގަނޑެއް ޤައުމު ކޮންޓްރޯލް ކުރާ ޤައުމެއްވިއްޔާ!!
ހުސްނީއެ
11 July 2025
ކީވެބާ ޔޫއޭއީގަ ބޭސް ނުކުރީ؟ އެފޯޑް ކުރެވޭނެކަން ޔަގީން ދޯ؟
ޕެރިސް
11 July 2025
އިންޑިޔާގެ ބައެއް ސިއްހީ ހިދުމަތްތައް ޑުބާއީ އަށް ވުރެ މާ ކުރީގައި ހުރީ. މެލޭޝިއާ އަށް ވުރެވެސް. އިންޑިޔާއަކީ މެޑިކަލް ރިސާޗުގައިވެސް ދުނިޔޭގެ ފެންވަރުގައި ގުނަލެވޭ މޮޅެތި ޑޮކްޓަރުންވެސް ތިބި ތަނެއް. އެމެރިކާ ޔޫކޭ ތަންތާވެސް އިންޑިޔާ ޑޮކްޓަރުން ވަރަށް ގިނަވާނއ
ވާނުވާ ދިވެހިންނެވެ
11 July 2025
ހާދަ ޖަޖްމެންޓަލް އޭ ދޯ. އަސްލު އެއަޔަކީ ތިޔަ މީހުންނާ ބެހޭ ވެސް ކަމެއް ނޫންތާ. ދުބާއީ ޔުނިވަސިޓީއެއްގެ ޕުރޮފެސަރަރެއްގެ މުސާރަ ވަރަށް ބޮޑު ވާނެ
މެޑްސިޓީ
11 July 2025
ކޮޗިން ގެ އެސްޓަރމެޑިސިޓީ އަށް ބޭސްފަރުވާ އަށް ދާ ޑުބާއީ އަދި މެދުއިރުމަތީ މީހުން ވަރަށް ގިނަވާނެ. އިންޑިއާ ގައި ބޭސްވެރިކަމަށް މޮޅު އެކްސްޕާޓް ޑޮކްޓަރުން ދުނިޔޭގެ ނިސްބަތުން ގިނަވާނެ. އަހަރެމެންނަށް ގިނަފަހަރު ދެވެނީ އަދި ރާއްޖެ އަންނަނީ ތަޖުރިބާ ހޯދާ ޑޮކްޓަރުން.
ދޮންހުސްނީ
11 July 2025
މި ހުސްނީ މެންނަނަށް ހިވަނީ އިންޑިއާއޭ ބުނީމަ އެއީ ދިވެހިން ޔޫރަޕަށް ދާން ފައިސާ ނެތިގެން ބޭހަށްދާ ތަނެއްކަމަށް. އެކަމަކު ޔޫރަޕުމީހުންވެސް ބޭހަށްދަނީ އިންޑިއާއަށް. ޔޫރަޕު ހޮސްޕިޓަލްތަކުގައިވެސް އެންމެ މޮޅީ ހަމަ އެއްކަލަ އިންޑިއާ ޑަކްޓަރުން. ކިތަންމެ ފޫހިވިޔަސް އެއީ ހަޤީގަތަކީ. ބޭސްވެރިކަމުގައި އެމީހުން އުޅެނީ މަކުރީގަ.
ސަންޑޭ
11 July 2025
ތައިލެންޑަށާ ޑުބާއީ އަށް ބޭހަށް ތި ދަނީ އަތުގައި ފައިސާ ހުރިކަން ދައްކަން. ރަނގަޅު ޑޮކްޓަރުން ކައިރިން ރަނގަޅު ފަރުވާ އެއް ހޯދަން ބޭނުން ނަމަ އިންޑިޔާއަށް ދާންވީ.
މހއމ
12 July 2025
އައި ވޯޒް ތިންކިން ދަ ސޭމް