11 އޮކްޓޯބަރ 2022 - 09:44
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާ އަށް ދާ އަންހެނުން މީގެ ފަހުން މަހްރަމަކު ގެންދަން ނުޖެހޭ ގޮތަށް ކަނޑައަޅައި، ހައްޖާއި އުމްރާ އަށް އެތެރެވުމުގައި ލުއިފަސޭހަ ގޮތްތަކެއް ސައޫދީ ސަރުކާރުން ހަމަޖައްސައިފި އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ސައޫދީގެ ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ އިއްޔެ ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކުން އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީއަށް އެތެރެވާ އިރު، މަހްރަމަކު ގެނައުން މިހާރު މަޖުބޫރު ނޫން ކަމަށެވެ. މަހްރަމުންނަކީ، ފިރިމީހާ އާއި ބައްޕަ ނުވަތަ ދާއިމަށް ކައިވެނި ހަރާމް ފިރިހެނުންނެވެ.
މިހާތަނަށް ސައޫދީ އަރަބިއްޔާ އިން އަމަލުކުރަމުން އައި އުސޫލުގައި އޮންނަ ގޮތުން، އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީ އަށް އެތެރެވާ ކޮންމެ އަންހެނަކު، އޭނާއާ އެކުގައި މަހްރަމަކު ގެންދަންޖެހެ އެވެ. އެ އުސޫލު ދޫކޮށްލީ ކީއްވެގެން ކަމެއް ސައޫދީ ސަރުކާރުން ނުބުނެ އެވެ.
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަށް އެތެރެވާ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސި އިރު، މައްކާގެ ހަރަމްފުޅު ބޮޑުކޮށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް މިހާރު ވަނީ ފަށައިފަ އެވެ. އެ މަޝްރޫއުގެ ޚަރަދުތައް 200 ބިލިއަން ރިޔާލަށް ވުރެ އިތުރުވާނެ ކަމަށް ސައޫދީ ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ދިނުމުގައި ސައޫދީން މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ، ކޮންމެ މަހަކު ވެސް ވަކި އަދަދަކަށް ވިސާ ދޫކުރުމެވެ. އަދި އުމްރާގެ އަޅުކަން ކުރުމަށް އެތެރެވެވޭނީ އެކަމަށް ޚާއްސަ ވިސާއެއް ނަގައިގެންނެވެ.
ނަމަވެސް މީގެ ފަހުން، ކޮންމެ މަހަކު ވިސާ ދޫކުރުމަށް ވަކި އަދަދެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"މިހާރު މި ހަމަޖެއްސި ގޮތުން، ކޮންމެ ކަހަލަ ވިސާއެއްގައި ސައޫދީ އަށް އެތެރެވާ މީހަކަށް ވެސް އުމްރާގެ އަޅުކަން އަދާކުރެވޭނެ. ކޮންމެ މަހަކަށް ވަކި ކޯޓާއެއްގެ ވެސް މިހާރަކު ނޯންނާނެ."
އޭގެ އިތުރުން އޭނާ ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ކުރަންޖެހޭ ހޭދަ ވެސް ސައޫދީ ސަރުކާރުން މިހާރު އަންނަނީ ކުޑަކޮށްދެމުންނެވެ. ހައްޖާއި އުމްރާގެ އަޅުކަމަށް އެތެރެވާ މީހުންނަށް ޚިދުމަތް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަން ފެށުމުން، ހައްޖާއި އުމްރާވެރިން އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ކުރަންޖެހޭ ޚަރަދު ވެސް ކުޑަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ދެ ހަރަމްފުޅުގައި ހައްޖުވެރިންނާއި އުމްރާވެރިންނަށް ބައެއް ކަހަލަ ޚިދުމަތްތައް ދިނުމުގައި ރޮބޮޓް ބޭނުންކުރުން ހިމެނެ އެވެ. އޭގެ އިތުރުން ހައްޖާއި އުމްރާގެ ހުއްދަ ހޯދުމާއި ވިސާ ހޯދުމަށް "ނުސްކް ޕްލެޓްފޯމް" ތައާރަފްކުރި ފަހުން، އެ ޕްލެޓްފޯމްގެ ޒަރީއާއިން ހުއްދަ އަށް އެދި ހުށަހެޅުމާއި، ހުއްދަ ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ވިސާ ވެސް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީއްކޮ
12 October 2022
ދެން ފިރިއެެއް ހޯދުމުގެ ވިސްނުމަށް ޓާޓާ.. ބައިބައި..ގުޑްނައިޓް
ނަޖްދީ ސަލަފީ
11 October 2022
މީގެ ދުވަސްކޮޅަކާއި ޖެހެންދެން ސަޢޫދީ ވައްހާބީ މުފުތީން ފަތުވާ ދެއްވާފައި ވަނީ އަންހެނުން ކާރު ދުއްވުމަކީ މުޅިން މަނާ ކަމެއް ކަމުގައި. ވައްހާބީންނަކީ ހުރިހައި ކަމެއްގައިވެސް އެތެރޭގެ އޮއްޓަރަށްވުރެ ބޭރުފުށުގެ ތޮށިގަނޑަށް ނުވަތަ ލިޓެރަލް މާނަޔަށް އިސްކަން ދޭ ބައެއް. އެހެންވެ މިކަހަލަ ދެކޮޅު ނުޖެހޭ ފަތުވާތައް ނެރެނީ. ދެން މިރާއްޖޭގައި މި އުޅުއްވާ ހުރިހައި ޝައިޚުންނަކީ މަދީނާ ޔުނިވަރސިޓީއިން ވައްހާބީ ފަލްސަފާ ހިފައިގެން އަންނަ ބޭފުޅުން.
ނޫސަންގު
11 October 2022
ދިވެހި ދައުލަތުން އެ އޮތީ ރާ ވިއްކުންވެސް ހުއްދަ ކޮށްފައި. ކަނޑައެޅިގެން ޙަރާމް ކަމެއް. އެއިން ލިބޭ މަންފާ ކައިބޮއެގެން އަޅުގަނޑުމެން އެންމެން މިއުޅެނީ. ވިއްކުމާ ނުވިއްކުން އެއީ އެމީހެއްގެ ކަމެއް.
ކަނާތު ސަންގު
12 October 2022
ދިވެހި ދައުލަތުން ރާ ވިއްކަނީ ދިވެހިންނަށްތަ؟ ކަލޭވެސް އަދި އަހަރެން ވެސް އެންމެ ކައިރީގައި އޮތްލަންކާ އަށް ވެސް ދޭ ބަލަ! ބޭނުން ވަރަކަށް ބޯން ބޭނުމިއްޔާ ބޯންވީ! ވީމާ، އަމުދުން މީހުން ނޫޅޭ ރަށް ރަށުގައި ރާ، މުސްލިމުންނަށް ނޫން މީހުންނަށް ވިއްކިޔަސް އޭގައި އޮތް ގޯހަކީ ކޮބާ؟ ވީމާ، މުސްލިމަކަށް ވެ ހުރެ ރާ ބުޔަސް، މުސްލިމަކަށް ރާ ވިއްކިޔަސް، ދިނަސް އޭގެ އަޒާބު ލިބޭނީ އެކަން ކުރި މީހަކަށް، އެންމެންނަކަށް ނޫން.
ބީރުބޮލު ވަޒީރު.
11 October 2022
މިކަމުންވެސް އެނގެނީ ދީނަކީ އެވަގުތަކު ވެރިކަމުގެ ބާރުތައް ލިބިފައި އޮތްބަޔަކު ބޭނުންގޮތަކަށް ތަރުޖަމާކުރާ އެއްޗެއްކަން. ޒުވާނުން ދީނާއި ދުރައްދަނީ މިކަހަލަ ރިވޮލިއުސަން ދީނަށް އަންނާތީ.
ބުރުގާ
11 October 2022
ކީކޭބާ ރައްޖޭގެ ޝަލަފު ޖަމިއްޔާއިން މިކަމާބެހޭގޮތުން ބުނާނީ....؟؟؟!
ނޯނީ
11 October 2022
އިވެންޗުއަލީ އެވްރީތިންގ އިސް ޕަވަރ، ޕަވަރ އޮން ވިމެން، އެންޑް އެގެއިންސްޓް ވިމެން.
ހަސީ
11 October 2022
ސައުދީ ރަސްގެފާނުވެސް ޤައުމުތަކަށް ޒިޔާރަތްކުރައްވާއިރު އެކަނި ދެވޭނެގޮތް ހެއްދެވުން އެދެން.. އޭރުން ޚަރަދު ވަރަށް ކުޑަވެ ލުއިފަސޭހަ ވާނެ..
ބޭބެބުނީ
11 October 2022
ގަވައިދު ބަދަލުކުރިޔަސް ﷲ ބާވާލެއްވި ދީނުގައި ކަމެއް ކުރުމަށް އޮތްގޮތް ބަދަލެއް ނުކުރެވޭނެ. އަހަރެމެން އަޅުކަންކުރަނީ ﷲ އަށްނަމަ އެގޮތުގައި ހިފާމީހަކަށް ފަހުދުވަހު ހުރި ފައިދާ ބޮޑެވެ
ބަަބުލް
11 October 2022
ގިނައީ މީހުން އަމިއްލަ ސަގާފަތް އޭގެތެރެއަށް ލައި ދީނުގެ ކަންކަން ކަމަށް ހަދައިގެން އުޅޭކަންކަން.
ދީން
11 October 2022
ދީނުގައި އޮންނަ ގޮތް މާނަ ކުރަނީ އަމިއްލަ އެދުމަށް ފައިދާ ވާގޮތަކަށް. އަމިއްލަ ފައިދާ އެއް އޮންނަ ކޮންމެ ކަމެއް ހުއްދަ. އެހެން ބަޔަކަށް ފައިދާވާ ކޮންމެ ކަމެއް ހަރާމް.
އަފްރާސިޔާބު
11 October 2022
ވަރަށް ރަނގަޅު ނިންމުމެއް. ވަކިދުވަހަކު ނުވަތަ ވަކިވަގުތަކު ކުރަން މަޖުބޫރުވާ(ދީނުގައި ކަނޑައަޅުއްފައިވާ) ކަންކަން ފިޔަވައި އެހެންކަން ފަސޭހަ ކުރަންވީ. ސައޫދީގައި އޮތް ހަރުކަށި ގޮތްގަނޑު ކަނޑުވާލުމަށް ވަލީ އަހުދު ތިކުރައްވާ މަސައްކަތް ވަރަށް ފުރިހަމަ. އެކަމަކު ހިއެއްނުވޭ މާގިނަދުވަހަކު ހިފަހައްޓާލެވޭނެ ހެނެއް.
ސީބެ
11 October 2022
ވވވވ ނުބައި ނިންމުމެއް. ﷲގެ ދީނާ ޚިލާފު ނިންމުމެއް. ﷲ އާއި ﷲގެ ރަސޫލާއެންގި އަދި ދަސްކޮއްދެއްވި ގޮތަށް ކުރާ އަޅުކަމެއްގެ ދަރުމަޔާ ށަވާނު ލިބޭނީ
ހަރުކަށި
11 October 2022
1400 އަހަރު ކުރީގެ ވިސްނުން ދޫކޮއްލުމަށް އެމް-ބީ-އެސް ކުރައްވާ މަސައްކަތަށް ތަރުހީބު ދެން.
ސެމި
11 October 2022
ސީބެ ކަހަލަ މީހުން ދީންގެ ކަންތައް އޮޅުވާލަންއުޅޭތީ ދެރަ! މަހްރަމަކާނުލާ ދީނުަގައި ނޯވޭ ހަރާމްކޮށްފައެއް.
ވާނުވާ.
11 October 2022
އަމިއްލަ ޤައުމުގައި ތިބެފަ ލާރި ދައްކާލައިގެން ހައްޖުވެވޭ ގޮތްވެސް ދުވަސްކޮޅަކުން ހަމަޖައްސާލީމާ ރަނގަޅުވާނެ.
އައިސް
11 October 2022
އަހަރެން ހުކުރު ކުރަނީ ގޭގަ. ސަފު އޮވޭ ގެޔާ ހިސާބަށް އައިސް. ލޮލް