ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށް ފްލައިޓަށް އަރާވަޑައިގަންނަވަނީ -- ފޮޓޯ: ރައްޔިތުން މަޖިލީސް
12 އޮކްޓޯބަރ 2022 - 10:32
ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައިއެމްއެފްގެ ދައުވަތު ގަބޫލުކުރައްވައި، ނަޝީދު މިރޭ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ފައްޓަވާ އެ ދަތުރުފުޅު ނިންމަވާލައްވާނީ މި މަހު 19ގައި ކަމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ބާއްވާ "ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)"ގައި ކަމަށެވެ. އެ ފޯރަމްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދުނިޔޭގެ 20 ގައުމެއްގެ ފިނޭންސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ ދަތުރުފުޅުގެ ހަރަދުތައް ހަމަޖައްސަނީ އެ ފޯރަމް އިންތިޒާމުކުރާ ފަރާތުން ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ފޯރަމްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމަށް އިގުތިސާދީ ހީނަރުކަން ކުރިމަތިވެ ދަތިތަކާ ކުރިމަތިލައި އަދި ސޮވަރިން ޑިފޯލްޓްގެ މިންވަރަށް އެ ގައުމުތަކުގެ އިގުތިސާދު ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެވެނީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އިގުތިސާދަށް މިހާރު ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށާއި އެއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އެ ފޯރަމްގައި އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު އެންމެފަހުން ވަޑައިގަތީ ސްރީ ލަންކާ އަށެވެ. އެއީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ
12 October 2022
މީނާއަށް ދައުލަތުން ކުރާ ހޭދަތައް ހުއްޓާލަންޖެހޭ
1206
12 October 2022
ހުންނާނީ ޚަރަދު ކުޑަވެފައި. އަހަރުމެންގެ ކީސާ ކަންފަތިވެ ހަސްނެތިވެ މިދަނީ މިވެރިންގެ ޚަރަދު ބޮޑު ސިޔާސާތުގެ ބިލުތައް ދެއްކުމުގައެވެ. މި މީހުންނާ ޖެހުނީމާ ޚަރަދު ކުޑަކުރެވޭކަށް ނެތް. އެކަމަކު އަހަރުމެންނާ ޖެހުނީ މި މީހުން ބޮޑު ކުރި ވަރަކަށް ޓެކްސް ދައްކަންވީ.
ސީޒަން ޖެކުހަން
12 October 2022
އަނެއްކާ ވޮޝިންޓަނަށް ގޮސް އެތަނުގެ ކަޑައަކަށްވަދެ ބޮޑީގާޑުން ދުރުގާތިބޭން އަމުރުކޮށްފާ ފޯނު ގެއްލުވާލާނީއެއްނޫން.
ބޮޑުމީހާ
12 October 2022
ތިމާވެއްޓަށް ނުވަތަ ވެށިހިމާޔަތްކުރަން ނަޝީދުކުރިކަމަކީ ކޮބާ؟ ހެޑްލައިން ހެދުންނޫންކަމެއް ނެތް
ހުތްއާދަނު
12 October 2022
ރައީސް ކިޔާފިއްޔާ އަބަދުވެސް ކޮންމެވެސް ވިލާތެއްގައި ނުނީ ކަރައެއްގައި. ވަރަށް ޚަރަދު ކުޑަވެއެއްނު.
ބަކަމޫނު
12 October 2022
އަލުންކިޔާލަންފެނޭ. ޚަރަދުދޭ ފަރާތް އެގޭނެ އޭރުން
ޒައިދު
12 October 2022
ހަސަދަވެރިކަމުގެ ޒައްރެއްގެ މިންވަރު ހިތުގައިވާ މީހާ ވެސް ސުވަރުގެ ނުވަންނަހުއްޓެވެ..
ދޮންބެއަލީ
12 October 2022
ނިކަން ދެކިބަލާށެވެ. ބިމުން ފަޅާ އާރޯ ނިރެއް ހެދި ބޮޑުވެ އެގަހުން ހިޔާލިބި މޭވާ ލިބި އެންމެފަހުން ނެތި ފަނާވެދެއެވެ. ކުޅަދުންވަންތަ ކަމުގެ ހެކިތަކެކެވެ . މިގޮތަށް ބަޔެއް ބޭފުޅުންގެ ތަރިއަރާ އޮށްސި ނަން ވެސް ކިލަބުވެ، ފަޑުވެއެވެ . މިބީދައިން ޤައުމަށް ލައިބިލިޓީއަކަށްވެފައި 2 ތަނުން މުސާރަ އާއި އިނާޔަތް ރަނގަޅު އެއްވެސް ވާހަކައެއް ނުބުނެވެއެވެ.
ސަލީމު އިދުރީސް
12 October 2022
ރައީސް ނަސީދާ ރައީސް ސޯލިހާ މިވަގުތު ހިއާލު ތަފާތުވުން ހުއްޓަސް އެބޭފުޅުންނަކީ ގައުމައް ދެރަޔެއް ދޭނެބޭޅުން ނެއްނޫން! އަދި ރައްތުންގެ ތީޖޫރި އަމިއްލަ އަންބޮޑިޔައް ޖަހާ އަމިލަ ގެ ވިލާ ގަނޑާ ޖެހޭދެން ވެރިކަން ލިބުމުން ހިއްލި ބޭފުޅުން ނައްނުވާތި ފައިސާ ބެހޭގޮތުން ސައްކުރުމުގެ ޖާގަޔެއް އޮތްކަމުގަ ނުދެކެން
ފެންނަގޮތް
12 October 2022
އަމިއްލަ ގެ ނުހަދާނަމަ ދެން ވަރިހަމަދޯ އެހެން ރަށްރަށުގަ ގޯތިތައް ގަނެ ގެސްޓްހައުސްތައް ހަދާ އިނގިރޭސިވިލާތުގެ ޚަރަދުބޮޑު ދިރިއުޅުން އާއްމު ގޮތެއްގަ އުޅުނަސް؟ އަދި ދަރަނިވެރިވެފަ އޮތް ދައުލަތުގެ މާލިއްޔާއިން ތިމާގެ ހުރުމާ ސެކިއުރިޓީއަށް އެހެން މީހަކަށް ދުވަހަކު ހޭދަނުކުރާ ވަރަށް ހޭދަކުރިއަސް؟ ގައުމުން ބޭރަށް ކުރާ ދަތުރުތައް އިންތިހާއަށް ގިނަވެ މިލިއަނުން ފައިސާ ޚަރަދުވިއަަސް؟
ޑިސްއޮނަރަބަލް ޑީޑީ
12 October 2022
މީ ދަރުމަންތަދަރިވަރުންނަށް އިގްތިޞާދު ކިޔަވައިދިން އިގްތިޞާދީ ރޯނުއެދުރުބޭދޯ.
އެދަނީ
12 October 2022
އައިއެމްއެފްގެ ޖަލްސާގަ ޗައިނާގެ ވާހަކަ ދައްކަން އިންޑިއާއިން ފޮނުވާ މަންދޫބު އެ ދަނީ. ކުރީގަ މިގައުމުގަ މައުމޫނޭ ކިއުން ނުހުއްޓޭ ގޮތަށް މިހާރު މި ބޭފުޅާއަށް އޮންނާނީ ޗައިނާއޭ ކިއުން.