ރިޕޯޓް / ދަރުމަވަންތަ ހޮސްޕިޓަލް

ބޮޑު އިމާރާތުން ހިދުމަތަށް އައީ ކޮން ބަދަލެއް؟

ގިނަ ބަޔަކު ގަބޫލުކުރަމުން ދިޔައީ އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހެދި ދަރުމަވަންތަ ހޮސްޕިޓަލާއެކު މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް.

ދަރުމަވަންތަ ހޮސްޕިޓަލް: މި ހޮސްޕިޓަލް ހަދަން 2.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި.-- ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 25 ބުރީގެ ހޮސްޕިޓަލެއް މާލޭގައި އިމާރާތްކުރީ ސިއްހީ ހިދުމަތަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ބުނަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލާއެކު، އައިޖީއެމްއެޗަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެލެވުނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ފެށީ ޔާމީންގެ ވެރިކަމުގައި ކަމަށް ވިޔަސް އެ ތަން ނިމި، ބޭނުންކުރަން ފެށީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. ޔާމީން ވެރިކަމުގައި ހުންނެވި އިރު ދައްކަވަމުން ގެންދެވީ އަންނާނެ ބޮޑު ބަދަލުގެ ވާހަކަ އެވެ.

"ފަންސަވީސް ބުރީގެ ސިއްހީ ހިދުމަތް ދޭ އިމާރާތް އެއޮތް ނިމެނީ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ މެދެއްހާ ތަނުގައި ހުޅުވިގެންދާ ދަރުމަވަންތަ ހޮސްޕިޓަލަކީ އަޅުގަނޑުމެންގެ ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ވަރުގެ ކުރިއެރުން ހުރި ސިއްހީ ހިދުމަތް ދޭ ތަނަކަށް ވެގެން ދާނެ،" ޕީޕީއެމްގެ ކެމްޕެއިން ޖަގަހަ، "ރުމާލު 2" ހުޅުވަން އޮގަސްޓް 14، 2017 ގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވެފައި ވެ އެވެ.

އެކަމަކު، ސިންގަޕޫރު ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެން ދައުލަތުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހެދި 25 ބުރީގެ ހޮސްޕިޓަލް މާޗު، 2019 ގައި ބޭނުންކުރަން ފެށިއަސް ހިދުމަތުން އެއްވެސް ބަދަލެއް ފެނިއްޖެ ހެއްޔެވެ؟ ނުވަތަ ސިއްހީ ދާއިރާގެ ގިނަ މައްސަލަތަކެއްގެ ހައްލެއްގެ ގޮތުގައި ގަބޫލުކުރެވުނު އިމާރާތުން ރައްޔިތުންގެ ޝަކުވާތަކަށް ތަސައްލީއެއް ނުލިބި ބޭކާރުވީ ހެއްޔެވެ؟

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ގާތްގަނޑަކަށް 85 ޕަސެންޓް ބޭނުންކުރަން ފަށައި އެ އިމާރާތުގައި ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ކަމަށެވެ. ޖާގަ ތަނަވަސް ތަނަކަށް އެމްއާރުއައި އާއި އެކްސްރޭ އާއި ސްކޭނާއި އީސީޖީ އާއި އެންޑޮސްކޯޕީ ފަދަ ހިދުމަތްތައް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު، އެ ހިދުމަތްތައް ކުރިން ދިން އައިޖީއެމްއެޗްގެ ކޮޓަރިތައް މުވައްޒަފުންގެ އެކި ބޭނުންތަކަށާއި އެކި މަސައްކަތްތަކަށް ދަނީ ބޭނުންކުރަމުންނެވެ.

އަފީފާ ވިދާޅުވި ގޮތުގައި ބޮޑު އިމާރާތެއް ހުރި ނަމަވެސް ފަރުވާ ދިނުމުގައި އަދި ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާބިލް މުވައްޒަފުން ނެތުމެވެ. ނަމަވެސް، ހިދުމަތުގައި މި ވަގުތު ތިބި މަދު މުވައްޒުންނާއެކު ވެސް މުހިއްމު ބަދަލުތަކެއް ގެނެސްފައިވާކަމަށް ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ފަރުވާ ހޯދަން އޮންނަ ދިގު ކިއު ކުޑަކޮށްލުމެވެ.

އަފީފާ އޭރު ވިދާޅުވީ ލޮލުގެ ޑިޕާޓްމަންޓާއި މެންޓަލް ހެލްތު ޑިޕާޓްމަންޓް ފިޔަވައި އެހެން ހުރިހާ ތަނެއްގެ ވެއިޓްލިސްޓު ކުޑަކުރެވިފައިވާ ކަމަށެވެ. ނަފުސާނީ ފަރުވާ ދޭ މަރުކަޒުގެ ވެއިޓްލިސްޓް ވެސް މި ވަނީ 3،500 އިން 510 އަށް ދަށްވެފަ އެވެ. އެހެން ޑިޕާޓްމަންޓްތަކުން ހަފުތާއެއްގެ ތެރޭގައި އެޕޮއިންޓްމަންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެހެން ކަންތައް ނުވާ ކަމަށާއި މަހަކަށްވުރެ ގިނަ ދުވަސްވާއިރު ވެސް ބައެއް މީހުންނަށް އެޕޮއިންޓްމަންޓް ނުލިބޭ ކަމުގެ ޝަކުވާ އަދިވެސް ދޭތެރެދޭތެރެއިން އާދެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ވެއިޓިން އޭރިޔާއެއްގައި މީހުން މަޑުކޮށްގެން.--- ފައިލް ފޮޓޯ: މިހާރު

"މިސާލަކަށް އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކަން މިއަދު ނޯޓުކުރިއްޔާ 2-3 ދުވަސް ތެރޭގައި އެޕޮއިންޓްމަންޓް ލިބޭނެ. އަދި ކޮންމެ ދުވަހަކު ވެސް ވޯކިން އޯޕީޑީއެއް އިންނާނެ. އެ ވަގުތު 10-15 ޕޭޝަންޓުންނަށް ދެއްކޭނެ. އެއީ ބަލި މީހުންނަށް ފަސޭހަވެގެންދާނެ ކަމެއް،" އަފީފާ ވިދާޅުވި އެވެ.

"އެކި ކަންކަމަށް ގާބިލް މީހުން ނެތުމުން ދަތިވޭ. އެންމެ އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތް. އަދި ވެސް އިތުރަށް މުވައްޒަފުން ބޭނުންވޭ."

ދާއިރާއަށް ގެންނަ ބަދަލުތަކާ އެކު، ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ވަރު މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޕްލާސްޓިކް ސާޖަރީ އާއި ރޫމަޓޮލޮޖީ އަދި ނިއުރޯ ސާޖަރީ ފަދަ މުހިއްމު ދާއިރާތަކުން ސްޕެޝަލިސްޓުން ފަރުވާ ދޭން ފެށުމުން އެ ބަލިތަކަށް ބޭރަށް ފޮނުވާ ވަރު މަދުވާނެ ކަމަށް ވިދާޅުވި އެވެ.

25 ބުރި: ހިދުމަތްތައް ބަހާލާފައިވާ ގޮތް

ގްރައުންޑް ފްލޯ: ކޮފީ ޝޮޕަކާ އެކު ބޮޑު ހުސް ޖާގައެއް އާއްމުންނަށް ހާއްސަކޮށްފައި. ފުރަތަމަ ފްލޯ: ތަހުލީލް ކުރުމުގެ ހުރިހާ ޚިދުމަތެއް (އެކްސްރޭ، ސިޓީ ސްކޭން، އެމްއާރުއައި)

2-3 ވަނަ ފްލޯ: އޯޕީޑީ، ބަލި މީހުން ބެލުމާއި ހަމުގެ ބަލިތަކުގެ ފަރުވާ.

ހަތަރުވަނަ ވަނަ ފްލޯ: ހައިޑްރޯ ޕޫލާ އެކު ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ.

ފަސްވަނަނުވަ ވަނަ ފްލޯ: ހަމުގެ ޑިޕާޓްމެންޓެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ސަރަހައްދަކާއި އަންހެން/ފިރިހެން ނަމާދުކުރުމުގެ ޖާގަ.

ހަ ވަނަ ފްލޯ: އީއެންޓީ (ކަރުންމަތީގެ ބަލިތައް)، އޮފްތަމޮލޮޖީ (ލޮލުގެ ބަލިތައް) އަދި ޑެންޓަލް ޑިޕާޓްމެންޓް.7 ވަނަ ފްލޯ: އެންޑޮސްކޯޕީ އާއި ކްލޮނޮސްކޯޕީ އަށް ބްރޮންކޮސްކޯޕީ އާއި އޮޕަރޭޝަން ތިއޭޓަރެއް.

އަށް ވަނަ ފްލޯ އާއި 14 ވަނަ ފްލޯ: މެޑިކަލް ސްކޫލް. ވަކިވަކިން ދެ ފްލޯ ދޭން ޖެހުނީ، މެޑިކަލް ސްކޫލް ހިންގާނެ ޖާގައަށް އެދުނުއިރު، އެހެން ތަނެއް ހުސްކޮށް ނެތުމުން.

ނުވަ ވަނަ ފްލޯ: ގިނަ ތަހުލީލުތަކެއް ކުރެވޭ، ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް

9 -10 ވަނަ ފްލޯ: ކާޑިއެކް ސެންޓަރު.

11 ވަނަ ފްލޯ: ކެތު ލެބު (ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރާ)އި ރާއްޖޭގައި މުޅިން އާ، ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރު. އޭގެ އިތުރުން ކާޑިއޯ ކެއާ ސެންޓަރުގެ 10 ކިއުބް.

12 ވަނަ ފްލޯ: ހަތަރު އޮޕަރޭޝަން ތިއޭޓަރު.

13 ވަނަ ފްލޯ: މެޝިނަރީޒް އާއި އިކުއިޕްމެންޓްސްތަކަށް.

14 ވަނަ ފްލޯ: މެޑިކަލް ސްކޫލް.

15 އިން 17 އަށް: ބަލި މީހުންގެ ޕްރައިވެޓް ރޫމްތައް، ކޮންމެ ފްލޯއެއްގައި 12 ކޮޓަރި ހުންނާނެ.

18 އަދި 19: އެގްޒެކެޓިވް ރޫމް.

20 ވަނަ ފްލޯ: ރައީސުލްޖުމްހޫރިއްޔާ އާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ޚާއްސަ.

21 އިން 23 އަށް: ޑޮކްޓަރުންގެ އެކޮމޮޑޭޝަން. ކޮންމެ ފްލޯއެއްގައި ހުންނާނީ، ދެ ކޮޓަރީގެ ހަ އެޕާޓްމެންޓް. މިއީ އެކި ގައުމުތަކުން އަންނަ ވިޒިޓިން ޑޮކްޓަރުންނާއި އެ ނޫން ވެސް ޚާއްސަ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ޚާއްސަކޮށްފައިވާ ތިން ފްލޯ.

24 ވަނަ ފްލޯ: މާލޭގެ މަލަމަތި ފެންނަ، ހިތްގައިމު ރެސްޓޯރެންޓެއް.

ޝަކުވާތައް ހައްލުނުވަނީ ކީއްވެ؟

މި ރިޕޯޓަށް ވާހަކަ ދެއްކެވި އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 40 ޕަސެންޓް ބޭނުންކުރި ނަމަވެސް އާއްމުންގެ ގިނަ ޝަކުވާތަކަށް ހައްލެއް ލިބުނީސް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ޒަމާނީ ވަސީލަތްތައް ފުރިހަމަކޮށް، ދަރުމަވަންތަ ހޮސްޕިޓަލުގައި ހަދާފައިވާ ހަތަރު އޮޕަރޭޝަން ތިއޭޓަރު އަދިވެސް ބޭނުން ނުކުރާ ކަމަށެވެ. އެކަމަކު، ރާއްޖެ އިން ނުލިބޭ ހިދުމަތްތަކުން ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީީނުވެގެން ހިދުމަތަށް ނުކުތުމަކީ ހެޔޮ ފާލެއްކަން އެ ޑޮކްޓަރު ގަބޫލުކުރައްވަ އެވެ.

"އޮޕަރޭޝަން ކުރަން ހާއްސަ ކޮށްފައިވާ ދުވަސްތަކެއް އިތުރެއް ނުވޭ. އޮޕަރޭޝަން ޓޭބަލެއް ނެތް. އެ މަސައްކަތް ކުރާނެ ބަޔަކު ނުވާތީ ދިމާވާ ގޮންޖެހުންތައް އެއީ. އެ މައްސަލަ ވެސް މި ގުޅެނީ ޑޮކްޓަރުންގެ މުސާރައާ،" އޭނާ ވިދާޅުވި އެވެ.

އެހެން ޑޮކްޓަރަކު ވިދާޅުވީ އެ ބޭފުޅުން އެންމެ ހިތްހަމަޖެހޭ ވަރަށް ކަންކަން ބަދަލުނުވިއަސް ދަރުމަވަންތަ ހޮސްޕިޓަލާ އެކު ރަނގަޅު ނަތީޖާތަކެއް ނުކުމެފައިވާ ކަމަށެވެ.

"ތަނަވަސް ޖާގައާ އެކު އައުޓްޕޭޝަންގެ ހިދުމަތްތައް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް، ދަރުމަވަންތަ ހޮސްޕިޓަލް ބައްލަވައިލައްވަނީ: ދަރުމަވަންތަ ހޮސްޕިޓަލް އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރާ ކަމަށް ވިދާޅުވި..-- ފައިލް ފޮޓޯ: މިހާރު

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ އެހެން ބޭފުޅަކު ވިދާޅުވީ، ވަސީލަތްތައް ފުރިހަމަވި ނަމަވެސް ވަރަށް ގިނަ ހިދުމަތްތައް ނުފެށި އެބަހުރި ކަމަށެވެ. ހަށިގަނޑުގެ އެންމެ ހިމަ ނާރުގައިވާ ކަންކަން ދެނެގަނެވޭވަރުގެ 3-ޓެސްލާގެ އެމްއާރުއައި މެޝިން ހުއްޓަސް އޭގެ ބޭނުމެއް ނުކުރެ އެވެ.

ހޮސްޕިޓަލްގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފަނީ ސިޔާސީ ވިސްނުމެއްގައި ތުހުމަތުކުރާއިރު އެހާ ބޮޑު އިމާރާތަކަށް ބޭނުންވާ މުވައްޒަފުން ހަމަވެގެން ނޫނީ ހިދުމަތް ނުދެވޭނެކަން ވެސް އެއީ ހަގީގަތެކެވެ. ޑޮކްޓަރުން ވެސް އަދި ސަޕޯޓް ސްޓާފުން ވެސް ނުލިބުމަކީ މިހާރު އޮތް ބޮޑު ގޮންޖެހުމެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރިއިރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ނުދޭ ކަމަށެވެ.

"...އަޅުގަނޑުމެންގެ ސިޔާސަތަކީ ރާއްޖޭގެ މައި ސިއްހީ ހިދުމަތްދޭ ތަނަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުގައި ހަދައިގެން އެ ތަން އައިޖީއެމްއެޗާ ގުޅިފައި އިނަސް އަސްލު ހޮސްޕިޓަލަކީ ދަރުމަވަންތަ ހޮސްޕިޓަލް،" ނާޒިމް ވިދާޅުވި އެވެ. "މިހާރު އެ ބޭނުންކުރަނީ އައިޖީއެމްއެޗްގެ ވިންގެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް."

އޭނާ ވިދާޅުވީ އައިޖީއެމްއެޗްގައި ހުރި ބައެއް ޑިޕާޓްމަންޓުތައް ބަދަލުކޮށްލުމުން ނުފުދޭނެ ކަމަށާއި އޭރު އޮތް ސިޔާސަތަކީ އެއީ ވަރަށް ވަރުގަދަ ޑައުގްނޯސްޓިކް ސެންޓަރަކަށް އެތަން ހެދުން ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ފިޒިއޮތެރަޕީ ފްލޯގައި ހިމެނޭ ހައިޑްރޯ ތެރަޕީ ޕޫލް: މިއީ ރާއްޖޭގައި އަލަށް ފެށި ހިދުމަތެއް--ފައިލް ފޮޓޯ: މިހާރު

ނާޒިމް ވިދާޅުވީ، ޔާމީންގެ ސަރުކާރުގެ ވިސްނުމަކީ މޮޅު ޑޮކްޓަރުން ގެނެސް، ދަރުމަވަންތަ ހޮސްޕިޓަލަކީ މި ސަރަހައްދުގައި ހުރި އެންމެ ވަރުގަދަ ހޮސްޕިޓަލަށް ހެދުމަށް ކަމަށެވެ. ހާއްސަކޮށް ޑައިގްނޯސްޓިކް ފެސިލިޓީސް އަށް އިސްކަން ދޭން ވަރަށް ބޮޑަށް ބޭނުންވި އެވެ.

އޭނާ ވިދާޅުވީ ތަން ހެދުމުގެ މަގްސަދު ހާސިލްކުރުމަށް ބޭނުންވާ ދިވެހި ޑޮކްޓަރުން ތަމްރީން ނުކުރެވޭ ނަމަ ރާއްޖެ އިން ބޭރުން ގެނެސްގެން ވިޔަސް އެ ޑިޕާޓްމަންޓްގެ ހިދުމަތް ދިނުމަކީ އޭރު ވިސްނި ކަންތައްތައް ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ސަރުކާރުގެ ހަރަދުގައި 70 އެއްހާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރަން ފޮނުވި ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި މުވައްޒަފުން ތަރައްގީ ނުކުރެވޭ ނަމަ އިމާރާތުގެ ބޭނުން ރަނގަޅަށް ނުހިފޭނެ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތަށް، އައިޖީއެމްއެޗްގެ ވާހަކަތަކުން ވެސް އެނގެނީ މުވައްޒަފުންގެ ދަތިކަމެވެ. ޑޮކްޓަރުންގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ އެހެން މުވައްޒަފުން ހޯދުން ކޮވިޑްގެ ބަލިމަޑުކަމާ އެކު ވަރަށް ބޮޑަށް ދަތިވި އެވެ. އެހެންވެ އިމާރާތަކުން އަދި ހިދުމަތް ބަދަލެއް ނުވެ އެވެ. މެޝިނަރީޒްއަކުން ވެސް އެކަމެއް ނުވެ އެވެ. މުޅި ތަން ހިންގައި ބަލަހައްޓާނެ އިންސާނީ ވަސީލަތް އެބަ ބޭނުންވެ އެވެ. ޖެހެނީ އެ މަސައްކަތަށް ހާއްސަ އިސްކަމެއް ދީ އަވަސްކުރާށެވެ.

52 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 10%
icon angry icon angry 79%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަފީޤު

15 October 2022

ރިޕޯޓް ލިއުނުއިރު ދިރާސާއެއް ހަދާފަ ރިޕޯޓް ލިއެލިނަމަ މިއަށްވުރެ ރަގަޅު ރިޕޯޓެއް ލިއެވޭނެ

The name is already taken The name is available. Register?

ދޮގެއްތަ؟

15 October 2022

ތި ސުވާލަށް ޖަވާބު ދެވޭނީ ތިތަނުން ޚިދުމަތް ހޯދަން ފުރުސަތު ލިބުނު ޝާހީންނަށް ކޮވިޑް ތެރޭވެސް އަހަރުމެން އާދޭސް ކޮށްވެސް ތިތާކަށް ނުގެންދިޔަ. ވައްތަރެއްގެ ފަޅުރަށަކަށް ލީ. ތަފާތެއް ނެތްނަމަ ތިތަނުގަ ވެޑުވި ޝާހީންވެސް ލީހީ އަހަރުމެން ލީ ފަޅުރަށަކަށްނު.

The name is already taken The name is available. Register?

ޖެކް

13 October 2022

މިތާ މިހަރަ ކަހަލަ ވެރިޔަކު ސިންގަޕޫރުގަ ވެރިޔަކަށް ބެހެއްޓިއަސް އެތަނުގެ ހޮސްޕިޓަލްތަކުންވެސް ލިބޭނީ ރާއްޖެއިން މިލިބޭ ޚިދުމަތްތައް!

The name is already taken The name is available. Register?

ޙުވޭ

13 October 2022

ހަމަ ތިގޮތަށް އައްޑޫ ހޮސްޕިޓަލުގެ ރިޕޯޓެއްވެސް ޖަހާލަބަލަ. ސިޔާސީ މީހުން ލައިގެން މިކަހަލަ ހުރިހާތަނެއް ވަނީ ހަލާކު.

The name is already taken The name is available. Register?

އެމްސް

14 October 2022

ހުރިހާދިމާލެއްގަވެސް ތިބީ ބޮންދުންނެއް ނޫންތޯ! ހުރިހާ ސަރުކާރަކުންވެސް ބާކީ ކުރަނީ ދިވެހީން ނޫންތޯ!

The name is already taken The name is available. Register?

ހޮޓްކިންގ

13 October 2022

ޚިދުމަތް ރަނގަޅުވާނީ ޚިދުނަތްދޭންތިބި މީހުންވެސް ރަނގަޅުވެގެން. ތި އިމާރާތް ކިތަންމެހާވެސް ރީތިވެފާ ސާފުތާހިރު އަދި ފުރިހަމަ. ނަމަވެސް އައީއެމް އެޗްގެ ފެއިލްވެފާވާ މެނޭޖްމަންޓްގެ ދަށުން އެތާނގެ ރުންކުރު ބަލިމީހުންނާ ބީރައްޓެހި މުވައްޒަފުން ލައިގެން އެތަން ރަނގަޅެއް ނުވާނެ.

The name is already taken The name is available. Register?

އެމްސް

14 October 2022

ސިއްޙީ ޚިދުމަތް ފޯރުކޮށް ދޭންވެސް މައިގަނޑު ގޮތެއްގަ ބޭނުންވާނީ ޑޮކްޓަރުން، ނަރުހުން، އަދި އެހެނިހެން ސްޕެޝަލިސްޓުން، ހަމަ އެކަނި މެނޭޖްމެންޓް މީހުނެއް ނޫން! ރަގަނޅު ޚިދުމަތެއް ފޯރުކޮށްދޭން ރާއްޖެއަށް ބޭނުންވާނީ ކިތައް ޑޮކްޓަރުން، ނަރުހުން ނުވަތަ ސްޕެޝަލިސްޓުންތޯ އެއްވެސް ސަރުކާރަކުން ހޯދައިފިތޯ؟ އެއީ 10،000 ކަމަށް ވެއްޖެއްޔާ އެޢަދަދު ހަމަ ކުރަން އަހަރަކު 100 ޑޮކްޓަރުން ނަމަވެސް ތަމްރީނަށް އެބަފޮނުވާތޯ؟

The name is already taken The name is available. Register?

ދިވެހިދިދަ

13 October 2022

ފިނޭންސް މިނިސްޓްރީގަ އަހާލަން ވީނު ކީއްވެތޯ ބިލްޑިންގް ހިންގަން ބޭނުންވާ އަދަދަށް މުވައްޒަފުން ނުދީ ހިފަހައްޓަނީ. ބަޖެޓް ނެތިގެން އެއްވެސް ކަމެއް ނުކޮއްދޭވާހަކަވެސް ލިޔުމުގަ ހިމަނާލުން މުހިއްމު….

The name is already taken The name is available. Register?

އެމްސް

14 October 2022

ކޮންމެ ކަމެއްވެސް ކުރެވޭ ވަރުގެ އެތައްލައްކަ ބިދޭސީންނެއް މިޤަައުމުގަ އުޅޭނެ!

The name is already taken The name is available. Register?

1206

13 October 2022

ނިންމާފައި ހަވާލު ކުރީމާ ވެސް ލަންފަންލައިލައި ތިބި ބަޔަކު ކަމެއް އިތުރަށް ރަނގަޅު ކުރަން ކަމެއް ކުރާނެ ކަމަށް ދުށުމީ މޮޔަ ވިސްނުމެއް. ސޯލިޙު ސަރުކާރަކީ ތަންމަރު ތާޅަފިލި ސަރުކާރެއް. ޖަމަލު ފޮޑި ނޫން ކަމެއް ނުކުރެވޭ. މިލިޔަނުން ބިލިޔަނުން ގޭ ދޮށު ކުދިންނަށް ބަދަލު ދިން. އެކަން ކުރި ވަރަށް ރަނގަޅަށް. ނޭވާ ހޮޅި ކުޑަތާ ނޭއާވި (އޮކްސިޖަން) ވެސް ވައްކަމުން މިންޖު ނުވި.

The name is already taken The name is available. Register?

އެމްސް

14 October 2022

25 ބުރީގެ ޢިމާރާތެއް އަޅަން ޚަރަދުކުރި ފައިސާއަށް 2500 ޑޮކްޓަރުން އުފެއްދުނީސް! އައިޖީއެމްއެޗްގަވެސް ޚިދުމަތް ނުދެވިގެންއުޅޭ މައިގަނޑު ސަބަބަކީ އެކަށީގެންވާ މިންވަރާއި ގާތަށްވެސް ޑޮކްޓަރުން ނެތީމަ! އަހަރަކުން 2 އަހަރުން ޢިމާރާތެއް އަޅާ ނިއްމާލެވިދާނެ، އޭގެހެއްކެއް ދަރުމަވަންތަ، ހުޅުމާލެ ފޭސް 2 އަދި ބްރިޖަކީވެސް! އެހެނަސް އޯލެވެލް/އޭލެވެލް ފެންވަރަށް ކިޔަވާލަން މަދުވެގެން 10 އަހަރު ނަގާ، ސްޕެޝަލިސްޓް ޑޮކްޓަރެއް އުފައްދަން އިތުރު 10 އަހަރު ނަގާނެ!

The name is already taken The name is available. Register?

ޖަސންކޮ

13 October 2022

މިހާރު ތިއުޅޭ މިނިސްޓަރ ނަސީމަކަށް ތިމުވައްޒަފުންނެއް ނުހޯދޭނެ...އެއީ ބޮޑުއަގައެއް.

The name is already taken The name is available. Register?

އުމަރު ބނޑދ

13 October 2022

ކޮންބަދަލެއްތޯ އަންނާނީ ޑޮކުޓަރުން ދުވަނީ ލާރީފަހަތުން ...........ޑޮކުޓަރ ކިޔޫ 800 އިނ މަތީ ރަސްމީ ވަޒީފާ އައި ޖީއެމް އެޗް ދުވާލަކުބެލެނީ 5 ބަލިމީހުން ދެން ދުވަނީ އެއް ކުލިނިކުން އަނެއްކުލިނިކައް އެއްލާރިން ދެލާރި ހަދަން މިއުޅޭ ޑޮކުޓާރުންނަކީ ރަހުމެއްކުލުނެއްނެތް ބަޔެއް ފައިސާ ފައިސާ

The name is already taken The name is available. Register?

ކިންގް ޗާލްސް 10

13 October 2022

ހެހެހޭ، އެންޓިކެންޕެއިންގ ޖައްސަން އަދި އަވަސް 2023 ފެށުނީމާ ތިޔަ ކެންޕެއިންނެއް ކުރަން މަށަށް ފެންނަނީ، 2019 ގަ އޮތް މަޖިލިސް އިންތިހާބުގަވެސް ވވވ ފުރިހަމައަށް އެންޓިކެންޕެއިންގ ޖެއްސީމެއްނު، އަލިފާންފޮއްޓެކޭ އެތަނަކަށް މިޒަމާނުގެ މެސިނެރީސްއެއް ނުވެއްދޭނެއޭ ކިޔާގެންވެސް، އެ އިމާރާތުގެ 24 ވަނަ ފްލޯރގަ މިހާރު އެހަދަނީ އެތަން ހިންގަން ހަވާލުކޮށްފައިވާ ބަންދަށް ހާއްސަ ކޮޓަރި ކޮޅު، މިމީހުންނަށް ކަމެއްވެފައެއްނު ދެންތިބި ބަޔަކަށް ޙިދުމަތެއްދެވޭނީ…

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454